24 ނޮވެމްބަރ 2022 - 19:43
ބޮލީވުޑްގެ މަޝްހޫރު ޖޯޑު، އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ ދަރިފުޅަށް "ރަހާ" ގެ ނަން ދީ އެކަން އިއުލާނުކޮށްފި އެވެ.
އާލިއާ ވިހޭ ހަބަރު ލިބުމާ އެކު ބެލުންތެރިން އައީ ދަރިފުޅަށް އެކި ނަންތައް ދެމުންނެވެ. އަދި ވަރަށް ގިނަ މީހުން ބުނަމުން އައީ އެ މީހުން ދަރިފުޅަށް ނަން ކިޔާނީ ދެމީހުންގެ ނަމާ ގުޅުވައިގެން ކަމަށެވެ.
އާލިއާގެ އިންސްޓްގްރާމްގައި ހިއްސާކުރި މިފޮޓޯގައި އޭނާ އާއި ރަންބީރުގެ ފުސް ފޮޓޯއެއްގެ ފަހަތުން ފެންނަން އިނީ ތުއްތު ކުއްޖެއްގެ ޖޯޒީއެއްގައި "ރަހާ" މިނަން ލިޔެފަ އެވެ.
އާލިއާ ބުނެފައިވާ ގޮތުގައި "ރަހާ" މި ނަން ދިނީ ދަރިފުޅުގެ މާމަ ނީތޫ ކަޕޫރެވެ. އަދި ޕޯސްޓުގެ ތިރީގައި "ރަހާ"ގެ މާނާގައި ވަރަށް ރީތި މާނަތަކެއް އެކުލެވިގެންވާ ކަމަށް ވެސް އޭނާ ފާހަގަކޮށްފައި އިނެވެ. އަދި އެކި ބަސްބަހުން ދަރިފުޅުގެ ނަމުގެ މާނަ ވެސް ލިޔެފައި އޮތެވެ.
"ރަހާ" އަކީ ސްވާހްލީ ބަހުން އުފާވެރިކަމެވެ. އަދި ސަންސްކްރިކްތު ބަހުން ގިންތި އަދި ބަންގްލަދޭޝް ބަހުން އެއީ އަރާމު ކަމަށައި އަރަބި ބަހުން އެއީ ސުލްހަ ކަމަށް ބުނެފައިވެ އެވެ.
ދަރިފުޅުގެ ނަމާ މެދު ވަރަށް ހިތްހަމަ ޖެހިފައި ހުރިކަން ފާހަގަކުރަމުން އާލިއާ ބުނެފައި ވަނީ އަދި ކިރިޔާ އެ މީހުންގެ ދިރިއުޅުން ފެށުނީ ކަމަށެވެ.
މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި އާލިއާ އާއި ރަންބީރަށް އަލަތު ދަރިފުޅު ލިބުނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. ވިއުމަށް ފަހު އާލިއާ އެންމެ ފުރަތަމަ، ޖޯޑެއްގައި "މާމާ" ޖަހާފައި ހިއްސާކުރި ފޮޓޯ އަށް ވެސް ބެލުންތެރިންގެ ލޯބި ލިބުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
28 November 2022
ތީ ރަގަޅުނަމެއް އައްޑޫ ހުވަދޫ ދަރިކޮޅަށް ނިސްބަތްވާ ރަހާ ޢާއިލާ އަށްލިބުނު ތަރިއެއް ތީ
އިބިރިހިމް ރަހާ
27 November 2022
އައްޑޫ ގައި ރަހާ ހުސްްވަމުން ދަނިކޮށް ރަހާ އާލާ ކުރުމަށް ލިބުނު ހިތްވަރެއް!
އަމާ
27 November 2022
މާމަ އެއް ނޫން. މަމާ
ހިލަބެ
26 November 2022
އެއީ ސަތޯރަހާއަށް ނިސްބަތްކޮށް ދީފައިންނަމެއްކަމަށް ލަފާކުރެވެނީ....
އެކަލޯ
25 November 2022
އައްޑޫ ރަހާ ދޯނީގެ މަސްވެރިން މިހާރު ތިބޭނީ ވަރަށް އުފަލުން
އެޑްމުންޑޯ
25 November 2022
ރަހާ މިއީ އައްޑޫގެ ޚާއްސަ ނަމެއް ، ދޮންރަހާ ، އަލި ރަހާ ، ރަހާ ބެއްޔާ ، ފަދަ ކިތަންމެ ނަމެއް އައްޑޫގައި މީހުންނަށް ކިޔާ އުޅޭ
ށަވިޔަނި
25 November 2022
އަރަބިން ރަހާ ގެ މާނައަކީ އެމީހުން އެބުނި މާނައެއްނޫން. ރަހާ އަކީ ހަމަކޮށް ބޮޑަށް ފެތުރިފަ އޮންނަ ތަން ނުވަތަ ދުން ނުވަތަ ހިރަފުސް. ނުވަތަ އެއީ މިހާރު ތުރުކީ ސަރަހައްދުގައި ހިމެނޭ ރަށެއް. އެމީހުން އެބުނި މާނައިގައި ބޭނުންކުރަނީ ރާޙާ. އައްޑޫ ބަހުން ރަހާ ކިޔާ. މާނަ ނޭނގޭ.
ދޮން ރަ ހާ
25 November 2022
މަރުޙަބާ ރަހާ އަށް
ދގދސެފ×
24 November 2022
ތީ މުސްލިމްކުއްޖަކާ ހާދަވައްތަރޭ.
ގެދާނޯމޮސް
24 November 2022
އާލިޔާ ގެ މިލޯބިވެރިޔާ ގެ އުންމީދުގަ ހުއްޓާ އެތަކެއް ފަންނާނުން އޭނާ ކައިހުސްކުރި ފަހުންވިޔަސް ލޯބިހާސިލްވީ ކަމުގެ ސީލްޖެހީ އާލިޔާގެ ހަށިގަނޑުގެ ވޭނާއި ފުރާނައިން ނެވެ. ފިރިހެނުން ވިސްނާލަންވީ ! " މެރީދަ ވަން ހޫ ލަވްސް ޔޫ " ކަމުގައެވެ.