އިންޑިއާގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތު: އަައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ވަނީ ނިންމައިފައި -- ފޮޓޯ: ރައީސް އޮފީސް
28 ނޮވެމްބަރ 2022 - 10:51
އަައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނެއްގައި ބުނީގެ ފުލުހުންގެ އެދުމުގެ މަތިން އައްޑޫގައި ހަދަން ނިންމާފައިވާ ރީޖަނަލް ހެޑްކުއާޓަރު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ މީހުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ.
މިއީ މާލެ އިން ބޭރު ރަށެއްގައި ހަދާ ފުލުހުންގެ ފުރަތަމަ ރީޖަނަލް ހެޑްކުއާޓަރަށް ވާނެ އެވެ.
އެ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ އަށަކާ ހަމައަށެވެ. އަދި ރަޖިސްޓްރޭޝަނަށް 500ރ. ގެ ފީއެއް ދައްކަން ޖެހޭ ކަމަށް އިއުލާނުގައި ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، އައްޑޫގައި ހަދަން ނިންމާފައިވާ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރުގެ ބީލަމަށް ކުރިމަތިލާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 200،000ރ. ދައްކަން ޖެހޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ބުންޏެވެ.
އައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ނިންމާފައިވާއިރު، އެ ސިޓީގައި މިހާރު ވެސް ފުލުހުންގެ ވަރަށް ގިނަ މަރުކަޒުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި، ގަން ޕޮލިސް ސްޓޭޝަނާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ހިމެނެ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކެޑަމީ ވެސް މި އަހަރު ހުޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢެމެރިކާ
28 November 2022
ޢައްޑޫ މީހުންނަ ވަޒީފާ ނުދީ އިންޑިޔާ މީހުންނަ އެތަން ކުނި ކަހާ މީހުންނައް ދަންދެން.
އިންތިސް
28 November 2022
ތިޔަތަނުގައި ތިބޭނީ ދިވެހީންތަ، ނޫނީ ގުޅިފައިވާ ފައުޖެއްތަ؟
އޮނަރަބްލް އަފީފު ދީދީ
28 November 2022
ޑިފެންސް ފޯހުން އައްޑޫގައި ޒަމާނީ މެރައިން އެންޑް އެންވަޔަރުމަންޓް ލެބަކާއިއެކުގައި Marine Military Academy ގެ ނަމުގައި "އައްޑޫ މެރައިން މިލިޓަރީ އެކަޑަމީ" އުފެއްދުން ރަނގަޅު. # މީގެއިތުރުން އެކަޑެމީގައި ސީ އަދި އެއަރ އެމްބިއުލާންސް ހިދުމަތްފުޅާކޮށް ކޯސްޓަލް އޭރިއާ ބެލެހެއްޓުމާއިއެކުގައި މިސަރަޙައްދުން ދަތުރުކުރާ މިލިޓަރީ އުޅަނދުތަކުގެއިތުރުން، އާގުބޯޓާއި ޔޮޓް، ކުރޫޒަރ ލައިން ފަދަ އުޅަދު ތަކަށް ސިއްޙީ އެހީތެރިކަމާއި ބަންކަރިންގ ސާވިސް ދެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
28 November 2022
ފުލުހުންގެ އިތުރުން ޑިފެންސް ފޯހުގެ ޙަރަކާތް ވަކިން ޙާއްސަކޮށް ކޯސްޓްގާރޑް ޑިވިޝަން އައްޑޫގައި ޤާއިމް ކުރާންޖެހޭ. # އައްޑޫ އާއި މާދުރުނޫން ހިސާބެއްގައިއޮތް ޑިއެގޯގާސިއާގެ މައްސަލަ ނިމޭގޮތަކުން އެތަން އިޤިރޭސި ދައުލަތުގެ ބާރުގެ ދަށުން ނެއްޓި މޮރިޝަންއަށް ލިބިއްޖެނަމަ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އިތުރުކުރާންޖެހޭނެ. # އަދި މިރިޝަސް މިސަރަހައްދުގެ މެރިޓައިމް ބާރަކަށް ވުމުގެކުރިން އަގަރުމެން އެފަދަ ވަސީލަތް ޤާއިމް ކުރާންވާނެ.
ކަޅުހުއްތު
28 November 2022
އިންތިޚާބު ކައިރިވާވަރަކަށް އައްޑޫގެ ސުރުހީ އެބައަޅާ ކަމެއް ނުކުރިޔަސް... 5 އަހަރު ނިމިގެން ދަނީ މަގުހަދަން އެކަނި... ވޯޓެއް ނެތް ދެވޭކަށް މިފަހަރު އައްޑޫގެ ކުލަ ރީދުލުން ފިޔާތޮއްޓަށް ބަދަލު ކޮއްލާނަމެވެ
ދުމްމ
28 November 2022
ބަލަ އައްޑޫ ހިތަދޫގެ ބިޔަ ސަރަހައްދެއް ނަގައިގެން އެތަނުގަ ބޮޑު ޓްރޭނިންގ ސްކޫލެއް ހެދިއިރު އެތަނުގަ ތިބުނާ މަރުކަޒެއް ނެހެދީ ކީއްވެ؟ ލާރި ގިނަވެގެން ކުރާނެކަމެއް ނެތީތަ؟ ނޫނީ އައްޑޫގަ ބިން ގިނަވީތަ؟