ގއ. މާނަގަލާގެ ބޭރުން 25 މީޓަރު ފުނުން ނެގި އައިފޯނުގެ ވެރިފަރާތުން ކަމަށްވާ ސިންގަޕޫރުގެ ޝާލީން ލީ (ވ) އަދި އޭނާގެ ފޯން.
29 ނޮވެމްބަރ 2022 - 14:21
މިދިޔަ މަހު ގއ. މާނަގަލާގެ ބޭރުން 25 މީޓަރު އަޑިން ނެގި އައިފޯނުގެ ވެރިފަރާތުން، އެ ފޯނު ގެއްލުނު ގޮތާއި އަނބުރާ ލިބުނުގޮތް ކިޔައިދީފި އެވެ.
އެޕަލް އިން އެންމެ ފަހުން ނެރުނު މޮޑެލްގެ އެ ފޯނުގެ ވެރިފަރާތަކީ ސިންގަޕޫރުގެ އަންހެނެއް ކަމަށްވާ ޝާލީން ލީ އެވެ. އޭނާއަކީ މިދިޔަ މަހު ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓެކެވެ. މާނަގަލާ އޮންނަނީ އެ ރިސޯޓު ކުރިމަތީގަ އެވެ.
ފޯނު އަނބުރާ ލިބުމުން، މީގެ ދެ ދުވަސް ކުރިން ޝާލީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަޔަކާ އެކު އޭނާ ޗުއްޓީއަށް ރާއްޖެ އައީ، ހަ މަހުގެ ދިގު އިންތިޒާރަކަށް ފަހު ކަމަށެވެ. އާ ފޯނެއް ގަތީ ވެސް އެ ދަތުރު އައުމުގެ ދެ ހަފުތާއެއް ކުރިން ކަމަށް އޭނާ ބުންޏެވެ.
"ދެ ހަފުތާ ވެސް ނުވާ އެ ފޯނުގެ ކެމެރާ ޓްރައިކޮށްލަން ވެގެން އަހަރެމެން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އެ ފޯނު މޫދަށް ގެއްލުނީ، ވަރަށް ގަދަ އޮއެގަނޑަކާ ދެކޮޅަށް ފަތަމުން ދަނިކޮށް. އަހަރެމެން އަޅައިގެން ތިބި ލައިފްޖެކެޓް ރަނގަޅު ކުރަން އުޅެނިކޮށް އެ ކަމެއްވީ،" އޭނާ ބުންޏެވެ.
ފޯނު ގެއްލުމުން ވަރަށް ދެރަވި ކަމަށާއި އެ ގަދަ އޮއިގަނޑުގެ ތެރޭގައި ވެސް ފޯނު ހޯދައިދޭން އެ މީހުންގެ ސްނޯކްލިން ގައިޑް މަސައްކަތްކުރި ނަމަވެސް ފޯނު ނުފެނުނު ކަމަށް އޭނާ ބުންޏެވެ.
މާނަގަލާގެ ބޭރުން 25 މީޓަރު އަޑިން ފެނުނީ އެންމެ ފަހުގެ އައިފޯނެއް https://t.co/C22LHTTRww
— Mihaaru (@Mihaarunews) November 7, 2022
ގެއްލޭ އައިފޯނު ހޯދަން އެހީވެދޭ ހާއްސަ ފީޗާއެއް ކަމަށްވާ "ފައިންޑް މައި އައިފޯން" މެދުވެރިކޮށް ވެސް ފޯނު އޮތް ހިސާބެއް ފެނޭތޯ އެ މީހުން ބެލި އެވެ. އެކަމަކު އެ އިން ދެއްކީ ފޯނު "އޮފްލައިން" ކަމަށެވެ. އެ ހިސާބުން ދެން އެ ފޯނު ފެންނާނެ ކަމުގެ އުއްމީދު ވެސް ކަނޑާލި އެވެ.
ޝާލީން ބުނި ގޮތުގައި އޭގެ ދެ ދުވަސް ފަހުން އޭނާގެ ފޯނު ނަންބަރުން މީހަކު ގްރޫޕް ޗެޓަށް މެސެޖުކުރަން ފެށި އެވެ. އެ މެސެޖުތަކުގައި އޮތީ އެ ފޯނުގެ ވެރިފަރާތް ހޯދަން ބޭނުންވެގެން އެ ވާހަކަ އެވެ.
"އަހަންނަށް ގަބޫލުކުރަން ވެސް ދަތިވި. އޭރު އަހަރެން ހުރީ ދެން ފޯނު ނުލިބޭނެ ކަމަށް ނިންމައިގެން،" އޭނާ ބުންޏެވެ.
ޝާލީން ބުނީ ފޯނު ހޯދި މީހާއާ މުއާމަލާތުކުރަން ފެށުމުން އެނގުނީ އޭނާއަކީ މަސްވެރިއެއް ކަމެވެ. އެ މަސްވެރިޔާ ފޯނު ހޯދީ ޝާލީން ސްނޯކްލިންއަށް ދިޔަ މާނަގަލާގެ ކައިރިން 25 މީޓަރުން ފުނުންނޭ ބުނި ކަމަށް ވެސް ބުންޏެވެ.
ގެއްލުނު އައިފޯން: އެ ފޯނު ނެގީ ގއ. މާނަގަލާގެ 25 މީޓަރު އަޑިން.
"އެކަމަކު ވަކި ހިސާބަކުން އަހަރެމެން މާޔޫސްވި. އޭނާ ޑިމާންޑްކުރީ 20،000ރ. ދޭން ފޯނު ރިސޯޓަށް ގެންގޮސްދޭ މަތިން. އެ ގޮތަށް ޑިމާންޑްކުރީ އޭނާ ރިސޯޓާ 60 ކިލޯމީޓަރު ދުރުގައި ހުރި ކަމަށް ބުނެ،" ޝާލީން ބުންޏެވެ.
އެ މީހާ އެގޮތަށް ޑިމާންޑުކުރުމުން ރިސޯޓުގައި މަސައްކަތް ކުރާ ދިވެއްސަކު ލައްވައި އޭނާއާ މުއަމާލާތްކުރަން ފެށި ކަމަށް ޝާލީން ބުންޏެވެ. އެކަން ކޮށްދިނީ އެ ރިސޯޓުގެ ފްރޮންޓް ޑެސްކުގެ ސުޕަވައިޒަރު، އައްސަން ކަމަށް ބުންޏެވެ.
"އައްސަން މެދުވެރިކޮށް އޭނާއާ ވާހަކަ ދެއްކުމުން 20،000ރ. ދޭން ޑިމާންޑްކުރި ވާހަކަ އޭނާ ދޮގުކުރި،" ޝާލީން ބުންޏެވެ.
އޭރު ރާއްޖޭގެ "ލޮސްޓް އެންޑް ފައުންޑް" ފޭސްބުކް ޕޭޖެއްގައި އެ ފޯނުގެ ވެރިފަރާތް ހޯދަން ޕޯސްޓުކޮށްފައި އޮތެވެ. އަދި އައްސަންގެ އިރުޝާދުގެ މަތިން އެ މީހުން ދެން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ބުންޏެވެ. ޝާލީން ބުނި ގޮތުގައި، ފައިސާ ދޭން ޑިމާންޑްކުރި ވާހަކަ އެ ފޯނު ހޯދި މީހާ ދޮގުކުރީ ފުލުހުން އޭނާއަށް ގުޅުމުންނެވެ.
އެ ފޯނު ނުލިބެނީސް އޭނާ އަނބުރާ ގައުމަށް ދާން ފުރަން ޖެހުމުން ފޯނު ހޯދައިދިނުމުގެ ހުރިހާ ކަމަކާ ހަވާލުވީ އައްސަން ކަމަށް ބުންޏެވެ.
ގެއްލުނު ފޯނު ޑީއެޗްއެލް މެދުވެރިކޮށް ސިންގަޕޫރަށް ފޮނުވަން ޕެކުކޮށްފައި.
"ފޯނު ހޯދި މީހާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުން ފޯނު ބަރާބަރަށް މަސައްކަތްކުރާކަން އެނގުނު. އެހެންވެ، ފޯނު އަނބުރާ ހޯދަން ބޭނުންވީ، އޭގައި އަހަރެންގެ ވަރަށް ބައިވަރު މުހިންމު މައުލޫމާތުތައް ވެސް ހުންނާނެތީވެ،" އޭނާ ބުންޏެވެ.
އެންމެ ފަހުން އެ ފޯނު ހޯދި މީހާއަށް "އެކަށީގެންވާ އަދަދަކަށް ފައިސާ" ދިނުމުން، ރިސޯޓަށް ފޯނު ގެންގޮސްދިން ކަމަށް އޭނާ ބުންޏެވެ.
ރިސޯޓަށް ފޯނު ލިބުމުން ޑީއެޗްއެލްގެ އިންޓަނޭޝަނަލް ޑެލިވަރީ ހިދުމަތް މެދުވެރިކޮށް، އެ ފޯނު ސިންގަޕޫރަށް ފޮނުވި އެވެ. ޝާލީންއަށް ފޯނު ލިބުނީ މި މަހު 18 ގަ އެވެ.
ޝާލިން ބުނިގޮތުގައި އޭނާގެ ފޯނު މޫދަށް ގެއްލުމުން، "ގެއްލޭ މަތިންދާބޯޓުތައް ނުފެންނައިރު، ފޯނެއް ނުފެންނާނެޔޭ" ބުނެ ބައެއް މީހުން މަލާމަތް ވެސް ކުރި އެވެ.
"ވޯޓާ ޕްރޫފް ޕްލާސްޓިކް ކަވަރު މަސައްކަތްކުރާކަން ވެސް ޔަގީންވެއްޖެ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ
01 December 2022
މީގެން މިލިބުނީ ރާއްޖެއަށް ހަޑިނަމެއްނު1 ރަނގަޅުވަންނާ ރަނގަޅުވޭ! ނޫނީ ނުވޭ!
ވަގުންގިނައީ
30 November 2022
ނެގިމީހާ ފިން ޖަހަން މަސައްކަތްކޮށްފަހުރިވަރު ފޮޓޮއިންފެނޭ. ލޮލް
ޖާދޫ
30 November 2022
2- ސާދަ ހާސް އަކީ އޭނަށް ލިބެންޖެހޭ އެއްޗެކޯ، އެކަމަކު އޭނައަށްވެސް ރަނގަޅަށް އެގޭނެ އަލުގަނޑު އެއްބަސްވީ 7000/- ދިނުމަށް ކަމަށް އަދި އޭނަ ބެނުމެއްވެސް ނުވޭ އަޅުގަޑާ ބޭންކް މެދުވެރިކޮށް ކޮންފަރެސް ކޯލް ކުރާކަށްވެސް ބެނުމެއްނުވި، އެހެންވީމާ މީ މިހާރު އޅުގަނޑުމެން ދިވެހިންގެ ކަންތައް ހުންނަ ގޮތަކީ
ޖާދޫ
30 November 2022
1- އެއީ ހަމަ މިހާރު އުޅޭ ދިވެންގެ ވައްތަރު، އަޅުގަނޑުވެސް ނުވެސް ދަންނަ މީހަކަށް އޭނާ އަޅުގަނޑު ފުރަން އެއަޕޯރޓައް ގޮސް ދިމަވި މީހަކްށް އޭނާގެ ފުލައިޓުގެ ސީޓު ދޫކޮށްލުމުގެ ބަދަލަކަށް އޭނައަށް ދޭން އެއްބަސްވި 7000.00 ރުފިޔާގެ ބަދަލުގައި ބޭންކް އެެރަރ އެއްގެ ސަބަބު 7000/- ދެފަހަރު ޓްރަަންސްފަރ ކުރެވި ޖުމްލަ 14،000.00 ޓްރާންސްފަރ ކުރެވިގެން އަބުރާ 7000.00 ހޯދުމަށް ބޭންކު މެދުވެރިކޮށް އޭނައށް ގުޅުމުން ބުނީ
މިދިވެހީންވެސް މާވެގަނެގެން އުޅޭނެ
30 November 2022
ކާކަށް ކެރޭނީ މި ސިންގަޕޫރު މީހާ ހޯދާ އޭނާގެ ދަބަހަށް ފަހުގެ އައިފޯނެއް ލާފަ މާލެ އަންނަން. މަގޭ ހުރިހާ ޚަރަދެއް ދޭނަމު. އޭނާގެ ތެދުވެރިކަން ބަލަން ފޯނު މާލެ ފޮނުވަދޭތޯ ބަލަން؟ ސިންގަޕޫރު މީހުންގެ ގޮތަކީ ކުރިމަތީގަ މީހަކު މަރުވިޔަސް އަޅާ ނުލުން ނުބެހުން. އިތުރު ކަމެއްގެ ތެރެއަށް ވަންނަން ޖެހިދާނެ ކަަމަށް. ކިރިޔާ ކަމެއް ވާއިރަށް ފުލުހުންނަށް ރިޕޯޓްކޮށް ދައުވާ ކުރުމަކީ އެމީހުންގެ އާދައެއް. ޚާއްސަކޮށް ސިންގަޕޫރުގެ ޗައިނާ ދަރިކޮޅު މީހުން.
ޖާބެ
30 November 2022
ގެއްލޭތަކެތީ އަދި މީދު އަޑިޔައްދާ ތަކެއްޗަކީ އަގުދީގެން ކުރެވޭ މަސައްކަތެއް ދުނިޔޭގެ ގިނަގައުމުތަކުގަ ޙުދު ސިންގަޕޫރުގަވެސް މިކަންއޮއްނާނީ މިހެން
އަލީހަމީދު
30 November 2022
މަހަށް ހަމައަގު ނުލިބޭތީ ފޯނަށް ހަމައަގު ހޯދަން އުޅުނީ.
ޙގުޔ
29 November 2022
ތިބުނާ ވަރުގެ މުހިއްމު މައުލޫމާތު ހުރެ، އަދި އެހާ އަގު ބޮޑު ފޯނެއް ހޯދައިދިނުމުން 20 ހާސް ރުފިޔާ ދޭން އެއްބަސްނުވިތާ ރިޕޯރޓްކުރީ ފުލުހައް. ވަރަށް ރަނގަޅު
ޝެމް ޝަލި
29 November 2022
ހުރިހާ ކުދިންނަށް އޫބަރ އަކަށްވިޔަސް، ޓްރަކަކަށްވިޔަސް ދޫކޮށްދެވޭ އެއްޗެއް ރައްދުކުރަން އަގެއްނެގުން އެ ގިނަ ގައުމުތަކުގަ އޮންނަ ކަމެއް.ރަނގަޅަށްވިއްޔާ ސިންގާޕޫރުގަވެސް. އެހެންވީމަ އަގެއް ކިޔުން ގޯހެއްނުން. އެބަނަގާ 5 - 85 ޕަރސެންޓް މިގޮތަށް ރިޓާންކުރަން ބައެއް ދިމަދިމާލުން. ވެރިފަރާތަށް ޝުކުރުވެރިވާން ނޭނގުނު. ކި އަގަކީ އޭނަ އުފުލި ބުރައަކަށްބަލާ ހެދި އަގަކަށްވެސް ވެދާނެތާ
ކޮރަލް
29 November 2022
ފޯން ފެނުމުން ވެރިފަރާތަށް ފޯން ފެނުނުކަން އެނގިކަން އެއީ ވ ބޮޑު ވަރެކެވެ. މާލޭގަ ގެއްލޭ އަދި ވަގައްނަގާ އަގު ބޮޑު ފޯން ތައް އެދަނީ ކުޑަ އަގެއްގަ ވިއްކަމުންނެވެ. ވާހަކައިގެ ދެކޮޅު ނުބަލާ ހިތައް އެރި އެއްޗެއް ކޮމެންޓް ކޮށްލަނީ އެވެ.
ގަހަރުލާދާ
29 November 2022
އައިފޯނެއް ތަނެއްގައި ތިބި ކޮހުންތަކަކަށް އަންލޮކެއް ނުކުރެވޭނެ. ހީވާގޮތުން ތި ވިއްކަން ވެސް އުޅެފަހުންނާނީ. އެކަމަކު ރަނގަޅަށް ލޮކް ކޮށްފަ އޮތް އެންމެފަހުގެ އައިފޯނެއް ހުޅުވުމަކީ ނާދިރު ކަމެއް. އެފްބީއައި އަށް ވެސް ނުކުރެވިފަ އޮތްކަމެއް އެއީ. އެހެންވީމާ އެބުނާ ވިހިހާސް ރުފިޔާއަކީ ހީވާގޮތުން ތި ފޯނު ވަގަށް ވިއްކާލަން މަސައްކަތް ކުރި އަގު. އެ އަގަށް ނުވިކުނީމަ، ވިކުރާ ފޮތުގަ ވިހިވާސް ޖެހިފަ އިނީމަ އެ އަގު ލިބެންޖެހޭނެކަމަށް ވިއްދާލީހެން ހީވަނީ.
ގަހަރޭ
29 November 2022
އަންލޮކް ކޮއްގެން ދޯ އެފޯނުން ވީޗެޓް އެޕުން މެސެޖު ކުރީ. ވިއްކާލިނަމަ މާރަނގަޅުވީސް. ސިންގަޕޯރ މީހުން ވަރައް ދަހިވާނެ
ކަނޑުކޮސް އެޕަލް ފޭން
29 November 2022
ގަހަރުލަދާ ކަލޯ މިހާރު ފޯނު ރޫޅާލާފާ އޭގެ ބައިތައް ވަކިވަކިން ވިއްކާލަނީ. އައިފޯނު މޮޅުކަމުން އޭގެ ބައިތައް ވަކިކުރީމަވެސް ވިންދުޖަހާދޯ
ޢަރުތަ
29 November 2022
ވިހިހާސް ރުފިޔާ ހޯދުމުގެ މަގުސަދުގަ އެންގީކަމަށްވެސް ވެދާނެނު. އަނެއްކާ 25 މީޓަރު އަޑިން މަސްވެރިއަކަށް ފޯނު ފެނުނީވެސް އުތަ.........