ނިޒާމް: ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސްގެ ކޯޗަކަމާ އޭާ ވަނީ ހަވާލު ވެފަ
01 ޑިސެމްބަރ 2022 - 14:20
ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ތައްޔާރުވަމުން އަންނަ ބުރު ސްޕޯޓްސްގެ ކޯޗަކަށް، ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ.
ނިޒާމް އެންމެ ފަހުން މަސައްކަތް ކުރީ ޓީސީ ސްޕޯޓްސްގަ އެވެ. ޓީސީ އަށް 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ނިޒާމް އާއެކު ބުރު ސްޕޯޓްސްއިން އެއްބަސްވުން ހެދީ އެއް އަހަރު ދުވހުގެ ނިޔަލަށެވެ.
ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގެ ކޯޗަކަށް ދުވަސްކޮޅަކު މަސައްކަތް ކުރި ނިޒާމް ވަނީ ރާއްޖޭގެ އެއްވަނަ ކްލަބް މާޒިއާ އަށް ވެސް 2020 ގެ ސީޒަންގައި ކޯޗުކޮށް ދީފަ އެވެ. އެ ކްލަބްގެ ކޯޗުކަމުން ނިޒާމް އިސްތިއުފާ ދިނީ ސީޒަންގެ ކުރީކޮޅު އެވެ.
ބުރު ސްޕޯޓްސްގެ ކޮންތްރެކްޓްގައި ނިޒާމް ސޮއި ކުރަނީ: އެ ޓީމާއެކު އޭނާ ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ
ދެވަނަ ފަހަރަށް ޓީސީ އާ ހަވާލުވި އިރު ޓިސީގެ ހާލަތު ތަފާތެވެ. މަޝްހޫރު ކުޅުންތެރިން މަދު ޓީމުގައި ނިޒާމް އަށް ލައްވާލީ ތަޖުރިބާ މަދު ސްކޮޑެކެވެ.
ފުރަތަމަ ޑިވިޝަނަށް ބުރު ސްޕޯޓްސް ކޮލިފައިކޮށް ދިނީ، ޓީސީގައި ކުރިން ނިޒާމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އާފިއު މުހައްމަދު ހަމީދެވެ. އާފީގެ ކޯޗުކަމުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ރެލިގޭޝަންގެ ޕްލޭއޮފްގައި ކުޅެ އެ ބުރުން ވެސް އެންމެ ކުރީގައި އެ ޓީމުން ނިންމާލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީކޭ
01 December 2022
"ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގެ ކޯޗަކަށް ދުވަސްކޮޅަކު މަސައްކަތް ކުރި ނިޒާމް ވަނީ ރާއްޖޭގެ އެއްވަނަ ކްލަބް މާޒިއާ އަށް ވެސް 2020 ގެ ސީޒަންގައި ކޯޗުކޮށް ދީފަ އެވެ" ނޫސްވެރިޔާ ކޮން ގޮތަކުން ހޯދި މައުލޫމާތަކުން ތޯ މާޒިއާ ރާއޖޭގެއެއްވަނަ ކުލަބަށްވީ. ކޮބާ ނިއުރޭޑިއަންޓް، ވެލެންސިއާ، ވިކްޓްރީ
އިރުއަލި
01 December 2022
ފުޓުބޯޅައަކީ ރެފްރީންނާ އިދިކޮޅު ކުޅުންތެރިންނާ އިދިކޮޅު ސަޕޯޓަރުންނަށް ބިރުދައްކައިގެން ކާމިޔާބު ހޯދާ ކުޅިވަރަކަށް، ރާއްޖޭގައި މިހާރު މިދަނީ ވަމުންނެވެ. މިފަދަ ކަންކަން ނިޒާމް މެންފަދަ ބޭފުޅުން އިސްނަގައިގެން ހައްލުކޮށްގެން ނޫނީ ކުރިމަގެއް ނެތެވެ. ސަޕޯޓް ކުރާ ޓީމް ލަޑެއް ޖެހީމާ ދަނޑުގައިނދެ އަތްޖަހާލަންވެސް މިހާރު ބިރުގަނެއެވެ. މެޗް ނިމޭތަނުން ދަނޑަށް އަރައިގަންނަ ސަޕޯޓަރުންނާ އޮފިސަލުންނާ ކުޅުންތެރިންނަށް ޖިނާޢީ ދައުވާ ކުރަންޖެހެއެވެ.
ނަގިއްޔާ
01 December 2022
ރާއްޖޭގައި އުފެދޭ މޮޅު ކުޅުންތެރިންނާ ކޯޗުން ދެންއަންނަ ހަރުފަތް ގިރާކުރަންވާއިރަށް ނޭގޭ ދިމާވާ މައްސަލައެއް. ނިޒާމުވެސް ބޭރުގައުމުގެއްގައި ކޯޗުކަންކޮށް އިންޓަނޭޝަނަލް ސީންގަ އޭނަގެނަން ގުގުމާލަން ލިބުނު ފުރުސަތުގައި ނޭގޭ ހެދިނުހެދި އެއްޗެއް، ދުވަސް ކޮޅަކަށް ބަނގުލަދޭޝް ޓީމަަށް ކޯޗުކަން ކޮށްދީފައި އަނބުރާ ގައުމަށް. ނޭގޭ ނިދާ ތަނުގައި މަދިރި ގިނައީކަމެއް، ކެއުން ސަކަރާތްވީކަމެއް. ޗެލެންޖިން ކަމަކާ ކުރިމަތި ލާއިރަށް ދިވެހިން ހޯމް ސިކް ވަނީބާ!
ބައްޕީލެހެރީ
01 December 2022
ދިވެހި ފުޓްބޯޅައިގެ އަޕްޑޭޓެއް ބަލަން އެޕްއޭއެމްގެ ވެބްސައިޓް އެފްއޭ ޑޮޓް އެމްވީ ބަލާލިއިރު ކަމަކުދާކަށްނެތް، އެއްވެސް އެއްޗެއް ފެންނާކަށްނެތް ހުސް ކަޅު ޕޭޖެއް އިނީ. ދެން ހިތައްއެރީ އާ މިތަނުގެ ރައީސަކީ ބައްސާމުއޭ ސޯ ނޯ ވޮންޑާރ އޭ އެއްވެސް ކަމެއް ރަގަޅަށް ނުހުންނާނެކަން. މިއަށްވުރެ ކަޅު އަނދިރި ދުވަސްތަކެއް ދިވެހި ފުޓްބޯޅަ ދެކޭނެ ހެނެއް ހީއެއްނުވޭ! ވަރަށް ދެރަ!
ރަދީފްއޮފިޝަލް
01 December 2022
ގޭންގެއް ދެއްތޯ!!!
ޅޮލލ
01 December 2022
ހަޖަމެއް ނުވެއޭ ހަމަ.