ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ: އެމްކިއުއޭއިން ގަބޫލުނުކުރާ ސެޓްފިކެޓް ހޯދާ މައްސަލަ ވަނީ ބޮޑުވެފައި -- ފޮޓޯ: މިހާރު
07 ޑިސެމްބަރ 2022 - 11:53
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުނުކުރާ ތަންތަނުން ދިވެހިން ސެޓްފިކެޓް ހޯދާ މައްސަލަ ވަރަށް ބޮޑުވެއްޖެ އެވެ.
އެ މައްސަލަ ބޮޑުވެ، ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެކަމަށް ސަމާލުވުމަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ އެ އޮތޯރިޓީން ގަބޫލުނުކުރާ ސެޓްފިކެޓްތައް، އޮޅުވާލައިގެން އިޝްތިހާރުުކުރަމުން އަންނަ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
މިނިސްޓްރީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ބަޔާން ނެރުނީ އެ އޮތޯރިޓީން ގަބޫލުނުކުރާ ސެޓްފިކެޓްތައް ހޯދާ މައްސަލަތަކުގެ ޝަކުވާ ވެސް ލިބިފައި ވާތީ ކަމަށެވެ.
"އޭގެ ތެރޭގައި ޕީއެޗްޑީ އާއި އެހެން ލެވަލްތަކުގެ ސެޓްފިކެޓްތައް ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ސެޓްފިކެޓްތައް ގަބޫލުކުރުމަކީ، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމުން، އެކި މީހުން ހާސިލުކުރާ ސެޓްފިކެޓްތަކަކީ އެތަނުން ގަބޫލުކުރާ އެއްޗަކަށް ވާންޖެހެ އެވެ.
ރާއްޖެއިން ބޭރުން ހާސިލުކުރާ މަތީ ތައުލީމުގެ ސެޓްފިކެޓްތަކަކީ، އެމްކިއުއޭއަށް ހުށަހަޅައިގެން އެތަނުން ގަބޫލުކޮށް، އެކަމަށް ހާއްސަ ތައްގަނޑު ޖަހައި، ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓްތަކަކަށް ވާންޖެހޭ ކަމަށް ވެސް ބުންޏެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާދިނުމުގައި ބަލައިގަންނަނީ ވެސް އެ އޮތޯރިޓީން ގަބޫލުކޮށްފައިވާ ސެޓްފިކެޓްތައް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"...މި އޮތޯރިޓީން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަކުރެވިފައި ވާއިރު، މިފަދަ ސަނަދުތަކުގެ ތެރޭގައި މި އޮތޯރިޓީން ގަބޫލުނުކުރާ ކަމަށް އާއްމުކޮށް އިއުލާންކޮށްފައިވާ ސަނަދުތަކާއި ސަނަދުތައް ގަބޫލުކުރުމުގެ އުސޫލުތަކުގެ ދަށުން އެކި ސަބަބުތަކާ ހެދި މި އޮތޮރިޓީއަށް ގަބޫލުނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭކަން ސަމާލުކަމަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
މިނިސްޓްރީން އެ ބަޔާން ނެރުނުއިރު، ސަރުކާރުގެ ބައެއް އިސްވެރިންނާއި އާންމުން ވެސް ހިމެނޭ ގޮތަށް މިފަހުން ގިނަ ބަޔަކު ޕީއެޗްޑީ ސެޓްފިކެޓްތަކެއް ހޯދި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްބާހު
09 December 2022
މެލޭސިޔާ އިން ވަރައްފަސޭހައިން ފޭކު ޑިގްރީ ލިބޭ/..
މުހައްމަދު..
08 December 2022
ތިޔަތަނުން ގަބޫލުނުކުރި ދުނިޔޭގެ 5ވަނަ ދަރަޖައިގައި ހިމެނޭ ޔުނިވަރސިޓީ އަކުން ހޯދި ސަޓްފިކެޓް އޮތް މީހުން ގައުމުގެ މުއައްސަސާތައް އެއްމެ ކާމިޔާބުކަމާއެކު ހިންގީ. ސެޓްފިކެޓް ހޯދީ ރަގަޅަށް ކިޔަވައިގެންކަން ސާބިތުކޮށްދިނީ ކޯޓް މެދުވެރިކޮށް. ތިޔަ ތަނުގެ ބޯޑުގައި ތިބެނީ ގުޅިފައިވާ ވިޔަފާރިތަކަށް ފައިދާ ހޯދާދޭންތިބޭ ބައެއް. ތިޔަތަނުން ގަބޫލުކުރާ ސެޓްފިކެޓް އޮތަސް ކިޔެވި އެއްޗެއް ރަގަޅަށް ބޭނުންކުރަން ނުއެގޭ މީހުން ތިބޭކަން މިކަމުންވެސް އެގޭ.
ނެރޯ
08 December 2022
ބެޗިލަރސް ނަހަދާ އެމްކިއު އޭގަ އުޅޭ މީހުނަކަށް މާސްޓަރސް ނެހެދޭނެ. އެ ކޮންޓެން ކިޔަވާ ފާސްވާކަށް އެމީހުންނަކަށް ނޭގޭނެ.
ނަގުލު
07 December 2022
މިގައުމުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅޭ ފަރާތްތަކަށް ލިބޭނީ އަދަބެވެ. އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާ ތަކުން ވެސް ބޭނުންވާނީ އެފަރާތްތަށް ކުއްވެރިކުރާށެވެ. ހިތްވަރު ދިނުމެއްނޯންނާނެއެވެ.މިހާރު ކޮލެޖް، ސުކޫލު ތަކަކީ ވަރަށް ފައިދާ ވާ ވިޔަފާރިއެކެވެ. އެހެން ކަމުން ސަރުކާރުގެ އޮފީސްތަކުގެ ވެރީން ބޭނުންވީއޮފީސްތަކުގެ މުވައްޒިފުން މަގާމުގެ ކުރިއެރުމާއި މުސާރި ބޮޑުވާނީ މަތީ ފާސް ހޯދާ މީހުންނަ ދޭގޮތަށެވެ.ބާޒާރުގައި ސެޓްފިކެޓްގެ އަގުމަތިވީއެވެ.
އެންދެރިގަސް
07 December 2022
މިނިސްޓަރު ތިޔަގިތަށް ދައްކަވާ ވާހަކައަށް އިތުބާރެއްނެތެވެ. ރައީސް މައުމޫނު ޕާރޓީން އައިސްފައި ހުރި މީހޭކޭ ދަންނަވަން ލަދުގަންނަވަރަށް ކޮރަޕްޓެވެ. ފާރިޝް މައުމޫނުމެން ބޭނުންވެގެން އުޅެނީ ކޮރަޕްޓް މިހުން ކަމަށް ވެދާނެއެވެ. އަޅުގަނޑު ފާރިޝް މައުމޫނާއި މެދު އޮތް އިތުބާރު ގެއްލުނީ މިފަދަ މީހުން އެނޑޯރޒްކޮށް ގެން ކޮރަޕްޝަނަށް މަގުފަހި ކުރުވާތީއެވެ.
ޑރ. އިބިލީސް
07 December 2022
ބޭރުގެ ޔުނިވާރސިޓީ ތަކާއި އެފިލިއޭޓު ވެގެން ކުރިޔަށް ގެންދާ ކޯސް ތަކުގައި، ސުޓޭންޑަރޑް އާއި އެއްވަރަށް ގަނޑި ހަމަ ނުވަނީއޭ ބުނެ، ރާއްޖޭގެ ކޮލެޖް ތައް ލައްވާ، ދިވެހި އާއި، އިނގިރޭސި އާއި، ހިސްޓްރީ ކޮލެޖް ތަކުން ހިންގާ ކޯސް ތަކުގެ މޮޑިއުލްގައި ހިމަނައިގެން ހިންގަންތޯ އެމް.ކިއު.އޭ އާއި ސުވާލު ކޮށްލަ ބައްލަވާ ؟ ސީ.ޓީ.އެޗް ޔޫކޭ ގެ ކޯސް ތަކަށް ރާއްޖޭގެ މެޕްސް ކޮލެޖް އިން މޮޑިއުލް އިތުރު ނުކުރޭތޯ ނިކަން އެމް.ކިއު.އޭ އިން ހާމަ ކޮށް ދެއްވަ ބައްލަވާ ؟
އަލީޝަރީފް އެންޑީއޭ
07 December 2022
ތިކަންތައް ފެށުނީ ސިވިލްސާރވިސް ގެ ގަވައިދައް ގެނެވުނު ބަދަލެއްގެ ސަބަބުން ވަޒީފާ މިހާރު ބަދަލްވަނީ މަތީ ސެޓްފިކެޓެއް އޮވެގެން. އާދައިގެ ވަޒީފާއެއްގަ އުޅުނުމީހުން މާސްޓާރސް ހަދައިގެން އޮފީސްތަކުގެ ޑީޖީން ނަށް ބަދަލުވާއިރު އެމީހުންނަށް އިނގިރޭސި އެެީ ކޮން އެއްޗެއްކަން ނޭގޭ މީހުން އެބަތިބި.
ރިސާލާ
07 December 2022
ބަލަ މީހުންލައްވަ އެސައިންމަންޓް ހައްދާ މީހަ މިކިޔަނީ ކީކޭ؟
ހަންނަ
07 December 2022
ދެޓް ޕެކޭޖް
ހުސޭންބެ
07 December 2022
އެއްމެ ފުރަތަމަ ތި އެމްކިއުއޭގަ ސެޓްފިކެޓް ހުއްދަކުރަން ތިޔަތިބި މީހުންގެ ސެޓްފިކެޓާއި ފެންވަރު ބަލަން އެބަޖެހެއެއްނުން، އަދި ބަަޔަކު ވަގު ސެޓްފިކެޓް ތަކެއް ހޯދިޔަސް ދުނިޔޭގެ މަޝްހޫރު އެހެން ގައުމުތަކުންވެސް ޤަބޫލުކުރާ ކޮލެޖްތަކާ ޔުނިވަރސިޓީ ތަންތަނުން ދޫކުރާ ސެޓްފިކެޓްވެސް ތިި އެމްކިއުއޭ އިން އެބަ ރިޖެކްޓް ކުރޭ، އެމްކިއުއޭއިން ޤަބޫލުކުރާ ސެޓްފިކެޓްތައް ދުނިޔޭގެ އެހެން ގައުމުތަކުން ގަބޫލު ނުކުރާ ޙާލަތްތައްވެސް އެބައާދޭ!
ޖީލުގެ ހަލާކު
07 December 2022
އާ ޓީޗަރުކަން ކިޔަވައިގެން އަދި ލައިސަންސެއް ނަގާށޯ، ޑޮކްޓަރުކަން ކިޔަވައިގެން އަދި ލައިސަންސެއް ނަގާށޯ. މަސައްކަތް ކުރުމުގެ މިނިވަންކަންވެސް ނެތް. މިލައިސަންސަކާ މިޖެހެނީ ކިޔަވައިގެން ހުރެ މަސައްކަތެއް ކުރަން އުޅެފިއްޔާ
ކަމަނަައު
07 December 2022
އެވަރަށް ކިޔެވިއްޔާ ލައިސަންސް ޓެސްޓުންވެސް ފާސްވާނެ. އެއީ ބިރުގަންނަން ޖެހޭ ކަމެއްނޫން. ފޭކް ސަނަދު ގެންގުޅޭމީހުން މޭކަރާނެ. ލައިސަންސް ޓެސްޓް ދެނީވެސް އެކަހަލަ ފޭކް ސަނަދުތައް ގިނަކަމުން.