މުނިފޫހިފިލުވުން / ވާހަކަ

ހިތް

ބުދަ ދުވަހާ ގުޅޭ

"ފުރަތަމަ ވެސް އަހަރެން ބުނީ މިލިޔަނެކޭ." އޭނަ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

ބުނާނެ އެއްޗެއް މޫމިނާއަކަށް ނޭނގުނެވެ. ބަލަހައްޓައިގެން އިނދެވުނީއެވެ. އެއް މިލިޔަން ރުފިޔާއަކީ ކުޑަ އަދަދެއް ނޫނެވެ.

"އެއް މިލިޔަން!" މޫމިނާއަށް ބުނެވުނެވެ. "ހާދަ ބައިވަރެއް."

"ނީޒާ އެއްބަސްނުވި ނަމަ ދެ މިލިޔަން ވެސް ދިނީމުސް. ނަޒްދާއަށްޓަކާ އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ،" ހިނިތުންވެލާފައި އޭނަ ބުންޏެވެ. "ގާނޫނީ ގޮތުން ދަރިފުޅު ލިބެންޖެހޭނީ ނަޒްދާއަށް. ކޯޓަށް މައްސަލަ ވައްދައިފިއްޔާ އެއްބުރުން މައްސަލަ ނިމި ވެސް ދާނެ. އެކަމަކު، އަހަރެން އެ ކަމާ އުޅެގެން ވެސް، އެންމެ އަވަސް ވިޔަސް ދެތިން ދުވަސް ނަގާނެ. ނަޒްދާއަކަށް އެހާ ޓައިމެއް ނެތް. އޭނަ ހިތް ހަލާކުވެގެން މަރުވެދާނެ. ދެން އަހަރެން ކިހިނެއްހަދާނީ؟"

މޫމިނާ ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހުއްޓެވެ. އެހެނަސް ހިތަށްއެރިއެވެ. އެއީ މޫމިނާ ދައްކަން ރަނގަޅު ވާހަކައެއްބާއެވެ؟

"ތީ ނުލާހިކު ސްމާޓް، ރިޗް މީހެއް،" މޫމިނާ ބުންޏެވެ. "އަހަންނަށް ޔަގީން ކޮންމެ އަންހެނަކު ވެސް ނުލާހިކު ފަސޭހައިން ފޯލްވާނެ. ނަޒޫ ލޯބިނުވާ އިރު ކީއްކުރަން ތިހާ ވަރުން ތި އުޅެނީ؟"

"ނަޒްދާ ލޯބިނުވާތީއޭ އަހަރެން ލޯބިވަނީ،" ހުޅުމާލެ ބުރިޖާ ދިމާއަށް މިސްރާބު ބަދަލުކޮށްލަމުން އޭނަ ބުންޏެވެ. "މުއްސަންޖެއް ދެކެ ލޯބިނުވާނެ މީހަކު ހުންނާނެތަ؟ އަހަރެން އެ ކަން އެކްސްޕީރިއަންސް ކޮށްފަ މި ބުނަނީ. އެކަމަކު އަހަރެން ދެކެ ރުޅިއަންނާކަށް ނަޒްދާ ޖެހިލުމެއް ނުވޭ! މާނައަކީ، އޭނަގެ ލޯބި ލާރިޔަކަށް ނުހެއްލެޔޭ!"

ކާރު މަޑުމަޑުން ގޮސް ބުރިޖަށް އެރިއެވެ. މޫމިނާގެ ވާހަކަ ހުސްވާން ކައިރި ވެސް ނުވެއެވެ.

"ރައްޓެހިވާން އުޅުނު އިރު ތި ކަމެއް ނޭނގޭނެ،" މޫމިނާ ބުންޏެވެ. "އަދި އޭރު ނަޒޫއަކީ މީހެއްގެ ވައިފެއް. ދެން ކީއްވެ އެހާ ވަރަކުން ނަޒޫޔާ ހެދި އުޅުނީ؟ ކޮބާ ސަބަބަކީ؟"

އެއްޗެއް ނުބުނެ އޭނަ އިރުކޮޅަކު އިނެވެ. އެއީ ބޮޑު ސިއްރެކެވެ.

"އަހަންނަށް ނަޒްދާ ލިބިއްޖެއްޔާ ނަޒްދާއަށް ތި ސުވާލުގެ ޖަވާބު ދޭނަން،" އޭނަ ދިނީ ކުރު ޖަވާބެކެވެ. "ދެން ހިނގާބަލަ އެކްސިޑެންޓުގެ ވާހަކަދައްކަމާ! މިހެން ވިސްނާ! މުޖޫ މަރާލަން އަހަރެން ބޭނުން ނަމަ މިހާރުތަ މަރާލަންވީ؟ އެހާ ލޯ ގްރޭޑު ކަންތަކެއް އަހަރެން ނުކުރާނެ. ވިސްނިއްޖެ ދޯ މި ބުނާ އެއްޗެއް؟"

"ނުވިސްނޭ!" އެނދުގައި އޮތް މުޖުތަބާ ބުންޏެވެ. "ކިހިނެއް ވިސްނޭނީ؟ ނީޒާ އަބަދު ވެސް އުޅޭނީ އަޒާނާ ހެދި. އިހަށް ދުވަހު ނަޒްދާ މި ތަނަށް އައިސް ބުނީ އަޒާން ދޭށޭ. ނީޒާ ލޮލުންބޮލުން ބުނީމެއްނު ނުދޭށޭނުދޭށޭ! މިހާރު ތި ބުނަނީ ނީޒާއަށް އަޒާން ދޭށޭ ބޭނުމީ. ދެން ކިހިނެއް އަހަންނަށް ވިސްނޭނީ؟"

ހޮސްޕިޓަލުގެ އެނދު ކައިރީގައި އިން ނީޒާއަށް މިހާރު ފެންނަނީ ނީޒާއަށް ލިބެން އުޅޭ ފައިސާތަކެވެ. މުޖުތަބާޔާ ނީޒާ އަލުން ކައިވެނިކުރީ ބަދަލުހިފާށެވެ. ނީޒާގެ ކުށެއް ނެތި ފުރަތަމަ ކައިވެނި ރޫޅައިލީތީއެވެ. ބަދަލުނިހިފިގެން އުޅެނިކޮށް މުޖުތަބާއަށް ކުރިމަތިވި އެކުސިޑެންޓުގެ ސަބަބުން ނީޒާގެ ހިތްމަރުވެއްޖެއެވެ. ފޫހިވެއްޖެއެވެ. އެހީއަކާ ނުލައި މުޖުތަބާއަށް ހިނގޭނެކަމާ މެދު ޑަކުޓަރުންނަށް ޝައްކެވެ. ފުރޮޅުލީގޮނޑިއަކަށް ވާކަށް ނީޒާ ބޭނުމެއް ނޫނެވެ. އެއް މިލިޔަން ރުފިޔާގެ ހުށައެޅުމެއް ނީޒާއަށް ލިބުނީ އެ ނާޒުކު ދަނޑިވަޅުގައެވެ. ނީޒާގެ ވިސްނުން ހުރީ މުޖުތަބާ ދޫކޮށްލާށެވެ. މުޅި ދުނިޔެ ބަލައިލަން އުދުހިގަންނާށެވެ.

"އަހަރެން ހިތަށްއަރަނީ މަންމަޔާ ދަރިފުޅު ވަކިކުރާކަށް ނުވާނޭ،" ނީޒާ މޮޅު ވާހަކައެއް ހަދައިލިއެވެ. "އަނެއްކޮޅުން މުޖޫއަށް މިހާރު ނުލާހިކު ކެއާ ބޭނުންވާނެ. މުޖޫ ކިހިނެއް ސްކޫލް ދޮށަށް ދާނީ ވެސް. އަހަރެން ޖެހޭނެ އަބަދު މުޖޫ ކައިރީގަ ހުންނަން. އަހަންނަކަށް ވެސް އަޒާނަކަށް މިހާރު ޓައިމެއް ނުދެވޭނެ."

"އާނ! ތީ ތެދެކޭ ދޯ!" ވިސްނަމުން މުޖުތަބާ ބުނެލިއެވެ. "ނަސީބެއްނު ތި ކަހަލަ ވިސްނުން ތޫނު، ލޯބިވާ އަންބެއް އަހަންނަށް ލިބުނުކަން. އަވަހަށް އަޒާން ގޮވައިގެން ގޮސް ނަޒްދާޔާ ހަވާލުކުރޭ! ބޮލަށް ފަސޭހަވާނެ."

ނަޒްދާ ހުރީ ނަމާދަށެވެ. އެހެން ހުރި އިރު ވެސް ލޮލަކުން ކަރުނައެއް ނުހިކެއެވެ. ދަރިފުޅު މަތިން ހަނދާންވާ ވަރުން، ކިޔަންވާ ސޫރަތް ވެސް ހަނދާންކުރަންޖެހުނީ ގަދަކަމުންނެވެ. އެތައް ފަހަރަކު އޮޅުނެވެ. ނަމާދުކޮށް ނިމިގެން ދުއާއަށް އަތްނަގައިގެން އިންދައި އެ ތަނަށް މޫމިނާ ވަނެވެ. އުފާވެރި ޚަބަރުދޭން މޫމިނާ ބޭނުމެވެ. އެހެނަސް، ދަރިފުޅު ހޯދައިދިން މީހާއާއި ހޯދި ގޮތް އެނގުމުން ނަޒްދާ ދެކޭނީ ކިހިނެއްކަމެއް މޫމިނާއަކަށް ނޭނގެއެވެ.

"އެއްޗެއް ކައިފިން؟" ނަޒްދާ ތެދުވުމުން، ހިނިތުންވެލާފައި މޫމިނާ އެހިއެވެ.

"ނެތް ކާހިތެއް،" އެނދުގައި އިށީންނަމުން ނަޒްދާ ބުންޏެވެ. "އަޒާން މިހާރު ކީއްބާކުރާނީ؟"

މޫމިނާ އައިސް ނަޒްދާގެ ކޮނޑުގައި ފިރުމައިލިއެވެ. ނަޒްދާގެ ހިތާމަތައް ނިމެނީކަން މޫމިނާއަށް އެނގެއެވެ.

"ހިތްވަރުކުރޭ!" އޯގާތެރިކަމާ އެކު މޫމިނާ ބުންޏެވެ. "އަހަންނަށް ޔަގީން ނަޒޫގެ ދުއާ އިޖާބަކުރައްވާނެކަން."

ގަދަކަމުން ނަޒްދާ ހިނިތުންވެލިއެވެ. އަދި ފޯނުން އަޒާންގެ ފޮޓޯ ބަލަން ފެށިއެވެ. އެ ވަގުތު ނަޒްދާއަށް ފޯނެއްއައެވެ. ގުޅީ ނީޒާއެވެ. ހިތްހަމަނުޖެހިފައި ހުރި ވަރުން ނަޒްދާ ފޯނުގެ އަޑު ކަނޑައިލިއެވެ. ފޯނެއް ނުނަގައެވެ.

"އަދި މަށަށް އެބަ ގުޅައެއްނު!" މަޑުމަޑުން ނަޒްދާ ބުނެލިއެވެ.

އަނެއްކާ ވެސް ނީޒާ ގުޅަން ފެށިއެވެ. އަނެއްކާ ވެސް ނަޒްދާ ފޯނުގެ އަޑު ކަނޑައިލިއެވެ.

"ތި ނަގާބަލަ!" މޫމިނާ އެދުނެވެ. "އަޒާނަށް ވެސް ކަމެއް ދިމާވެދާނެއްނު!"

ނަޒްދާ ވަގުުތުން ފޯނު ނެގިއެވެ. ވާހަކަދެއްކިއެވެ. ދެތިން އެއްޗެއް ބުނެލާފައި، ހައިރާންވެގެން ފޯނު ބޭއްވިއެވެ.

"ކީކޭ ބުނީ؟" މޫމިނާ އެހިއެވެ.

"އަޒާން އަހަންނަށް ދެނީޔޯ! މި އަންނަނީޔޯ!" އަންތަރީސްވެފައި ނަޒްދާ ބުންޏެވެ. "އަޅޭ! އޭނަ ހާދަ ރަނގަޅޭ ދޯ؟"

މޫމިނާ ހިތަށްއެރިއެވެ. ރަނގަޅީ ނީޒާއެއް ނޫނެވެ. އެހެން މީހެކެވެ. ނަޒްދާ ދެކެ އެ މީހަކު ވާ ލޯތްބެވެ. ހިތާމައަކީ މޫމިނާއަށް އެ ވާހަކަދެއްކެން ނެތްކަމެވެ. ދެއްކުމުގެ ހުއްދަ ވެސް ނެތްކަމެވެ. އެ ވަގުތު ރަނގަބީލުޖެހި އަޑުއިވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ނަޒްދާ ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ ނީޒާއާއި އަޒާންއެވެ. ނަޒްދާ ވަގުތުން އަޒާން ގައިގައި ބައްދައިލައި ބާރަށް ރޯން ފެށިއެވެ. އަޒާން ވެސް ނިކަން ބާރަށް މަންމަ ގައިގައި ބައްދައިލިއެވެ. ނީޒާ އެތެރެއަށް ވަދެފައި ދޮރު ލެއްޕިއެވެ. އެއީ ހަތުރުންގެ ލޮލުން ވެސް ކަރުނަ ހިލުވައިލި ވަގުތުކޮޅެކެވެ. ހަމްދުކުރުން ފިޔަވައި އެހެން ކަމެއް ނަޒްދާ ނުކުރެއެވެ. ނީޒާ ގެނައި ދަބަހާ ހަވާލުވީ މޫމިނާއެވެ.

"ދެން ހުރި އެއްޗެހި ބަލާ ފަހުން އާދޭ އިނގޭ!" ނީޒާ ބުންޏެވެ.

އެހެން ބުނެފައި ނީޒާ ދިޔައެވެ. ދަރިފުޅު ގޮވައިގެން ނަޒްދާ ސޯފާގައި އިށީނެވެ. ނަޒްދާގެ ހުރިހައި ހިތާމައެއް އެއްފަހަރާ ވަޔަށް ބުރައިގެންދިޔަ ކަހަލައެވެ.

"މަންމަގެ ލޯބިކޮޅު!" އަޒާންގެ މޫނަށް ބަލައިލާފައި އަނެއްކާ ވެސް ބައްދައިލަމުން ނަޒްދާ ބުންޏެވެ. "މަންމައަށް ދަރިފުޅު ހާދަ މިސްވިޔޭ، ހާދަ މިސްވިޔޭ!"

ދުރުގައި ހުރި މޫމިނާ ސިއްރުސިއްރުން ނަޒްދާގެ ފޮޓޯއެއްނަގާފައި، ފޮނުވަންވީ މީހާއަށް ފޮނުވައިލިއެވެ. ފޮޓޯ ލިބުނު މީހާގެ ލޮލަށް ޖަމާވި ކަރުނަ ވެސް މަދެއް ނޫނެވެ. ގުޅާނުލައި ކެތެއް ނުކުރެވުނެވެ. އެ އުފަލުގައި ބައިވެރިވެ، ނަޒްދާގެ އަޑުއަހައިލަން ބޭނުންވިއެވެ. އޭނަ ގުޅުމާއެކު ނަޒްދާ ފޯނު ކަނޑައިލިއެވެ.

"ކޯޗެއް ދަރިފުޅު ކާނީ؟ ކޯޗެއް މަންމަ ހަދައިދޭންވީ؟" ނަޒްދާ އެހިއެވެ.

އަޒާން ބޭނުންވީ ނަޒްދާ ހަދާ ބަތެވެ. ނަޒްދާ ވަގުތުން މަސައްކަތް ފެށިއެވެ. ވަރަށް ލޯބިން އަޒާންގެ ހުރިހައި ކަމެއް ނިންމައި، ނަޒްދާގެ އެނދުގައި އަޒާން ނިންދެވިއެވެ. އެ ވަގުތު ވެސް ނަޒްދާއަށް ފޯނެއްއައެވެ. އެ ފަހަރު ވެސް ނަޒްދާ ފޯނު ކަނޑައިލިއެވެ. ކޮޓަރިން ނުކުތް އިރު ނަޒްދާއަށް ވުރެ އުފާވެރި މީހަކު ދުނިޔެއަކު ނެތެވެ. މޫމިނާ ސޯފާގައި ފޯނާކުޅެން އިނެވެ. ގަޑިން އޭރު ދިހައެއްޖަހަނީއެވެ.

"ބަލާ މިހިރަ މޫނެއް." މޫމިނާ ބުންޏެވެ.

"އުފާވާނެއްނު،" މޫމިނާ ގާތުގައި އިށީންނަމުން ނަޒްދާ ބުނެލިއެވެ. "ވިސްނާނެ އެއްވެސް ކަމެއް ދެން ނެތް. އެކަމަކު ދެންމެ ހިތަށްއެރި އެއްޗެއް ބުނަން؟ އެކްސިޑެންޓުވި ރޭ ކުރިން އޮތީ އަޒާން ވެސް ގޮވައިގެން މުޖޫ ޝޮޕިންއަށް ދާ ގޮތަށޭ! ކިރިޔާއެއްނު! ޕޮލިސްގަ އުޅުނު އިރު މީސްމީހުންނަށް މުޖޫ ވަރަށް ގޮތްގޮތް ހެދިޔޭ! އެ ކަހަލަ ކަމެއްގެ ބަދަލުހިފީހެން އަހަންނަށް ހީވަނީ. އަހަންނާ އެ ވަރަށް ގުޅާލައިގެން ކީއްކުރަންބާ އޭނަ އެ އުޅުނީ؟ އަދި ބުންޏޭ ފަސް ސަތޭކަ މީހުންނަށް ކާންދޭނަމޭ! ސައިކޯ މީހާގަނޑެއް."

"ތީ ވަރަށް ބޮޑު ތެދެއް. އެއީ ހަމަ ސައިކޯއެއް،" ހިތްހަމަނުޖެހިފައި ފޯނު ދައްކައިލަމުން މޫމިނާ ބުންޏެވެ. "މިރޭގެ ނޫސް ނުކިޔަން ދޯ؟ މުޖޫ ގައިގަ ސައިކުން ޖެއްސީ ނާހިދު. ނާހިދަކީ މުޖޫ ޕޮލިހުގަ އުޅުނު އިރު އަނިޔާކޮށްގެން، އައިސީޔޫގަ ބޭއްވި މީހާ. އެ މައްސަލައިގަ މުޖޫ ޕޮލިހުން ކަނޑައިލީ! ހަނދާންވޭ؟"

ހައިރާންވެފައި ނަޒްދާ އެ ޚަބަރު ކިޔައިލިއެވެ. އަދި މޫމިނާއަށް ބަލައިލިއެވެ.

"ސަފާރީއަށް ދިޔަ ރޭ ނަޒްދާ ޕާޓީއަކަށް ދިޔައިމެއްނު. ނަޒްދާއަށްތާ ހީވީ އެއީ ވެޑިންޕާޓީއެކޭ. އެހެން ޖަހާފަ އޮތްތަ؟ ވެޑިން ކަޕްލް ދުށިން؟" ހިތްހަމަނުުޖެހިފައި މަޑުމަޑުން މޫމިނާ ބުންޏެވެ. "ނުދެކޭނެ. އެއީ ފަސް ސަތޭކަ މީހުންނަށް ސައިކޯމީހާ ދިން ކެއުން. ނޭނގެ ކިތައް ހާސް މީހުންކަމެއް ކެއީ."

"އޭނ؟" ހައިރާންވެފައި ނަޒްދާ އެހިއެވެ.

"އާނ!" މޫމިނާ އަޑަށް ބާރުލައިފައި ބުންޏެވެ. "ވާރޭވެހުނުރޭ ބުރިޖުމަތިން ސަލާމަތުން ނަޒްދާއަށް ގެއަށްދެވުނީމަ ހަތް ދުވަހު ރޯދަހިފާފަ، ކަނޑަށް ފުންމާލައިގެން ނަޒްދާގެ ފުރާނަ ސަލާމަތްކޮށްފަ، އަޒާން ދޭ މަތިން ނީޒާއަށް އެއް މިލިޔަން ރުފިޔާ ދޭނީ ކިހާ ސައިކޯވީމަ."

"އޭނ؟" އެ ފަހަރު ނަޒްދާއަށް އެހެން ބުނެވުނު އިރު ފެންކަޅިވެއްޖެއެވެ.

"ނަޒްދާޔާ ވާހަކަދައްކާލާ ހިތުން، ނަޒްދާ ދެކިލާ ހިތުން އައިސް، ނަޒްދާ ރުޅިއަތުވެދާނެތީ ވަންނަން ނުކެރިފަ މިހާރު ވެސް އޭނަ އެހެރީ ދޮރުމަތީގަ." މޫމިނާ ބުންޏެވެ.

ނުނިމޭ

12 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 8%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެޔޮނުވާނެ

12 December 2022

ބިންމާ ދެން އަނެއްކާ ބުދައަށް މަޑުކުރަންވީ!

The name is already taken The name is available. Register?

ތެފައާސާ.

11 December 2022

ބިންމާ ހަނދާންކުރާތީ މިވާހަކަ ނިންމާލާއިރު، މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކޭ ބުނެފިއްޔާ ނިމުނީ އިނގޭ.. ހަމަ ހުވާ، އެހެނެއްނޫން ފުލޯކު ވާހަކައަކަށް ހަމަ އެންމެ ރަނގަޅު.. ގޯހެއްނޫން!!

The name is already taken The name is available. Register?

ބޯހަލާކ

11 December 2022

އެމީހާގެ އެބުނާ ސިއްރަކީ ކޮބާ އަނެއްކާ... މޫމިނާ އެއް ކަމަކު އެވަރަށް އެމީހާ އާ ވާހަކަ ދައްކާއިރު ނަން އަހާލަން ނޭގެ އަދިވެސް

The name is already taken The name is available. Register?

ކަނބާ

11 December 2022

މީ ދެން ބޮޑު ވަރު...ތަން ކޮޅެއް ރިއަލިސްޓިކް އެއްޗެއް ލިޔެބަލަ ބިންމާ...ހަތް ދުވަހު ރޯދަ ހިފާ 1000 މީހުންނަށް ކާންދީ... ތިކަހަލަ މީހުން އެއްވެސް އިރެއްގަ ނޫޅޭ!.. ބޯ ހަލާކު!

The name is already taken The name is available. Register?

ބިންމާގެ ލޯބިވާ ފޭންސް

11 December 2022

ބިންމާ އާދޭސް ކޮށްފަ ބުނަން މިވާހަކަ އެއްކޮށް އަޕްޑޭޓް ކޮށްލަދީ. މިހާ ރީތި ވާހަކަ އަކަށް ހާދަ ދިގު އިންތިޒާރެކޭ ކުރަން މިޖެހެނީ ބުދަ ދުވަހާ ހިސާބަށް. އަހަރުމެނަށް އެހެން ނުހަދާ ބިންމާ!

The name is already taken The name is available. Register?

ޖަންބޭ

13 December 2022

ޢަޕްދޭޓެއް ނޫން. އަޕްލޯޑް ދޯ! އޮޅިގެން ދޯ¡¡

The name is already taken The name is available. Register?

ބޯގޯސް

11 December 2022

ބުއްދި ގަބޫލުނުކުރެވޭ ކަހަލަ ކަންތައް…

The name is already taken The name is available. Register?

ހީނާ

11 December 2022

ނޫނޭ. ވަރަށް ވަރަށް މަދުން މިކަހަލަ މީހުން ވެސް އުޅޭ

The name is already taken The name is available. Register?

ހީނާ

11 December 2022

ވަރަށް ރީތި.މިހާރު އަބަދުވެސް މި ހުރެވެނީ އާދިއްތަ އަދި ބުދަ ދުވަހުގެ އިންތިޒާރު ގައި.

The name is already taken The name is available. Register?

ގާރލް7

11 December 2022

ހީވެސް ނުކުރާކަހަލަ ސަޅި ޓްވިސްޓެއް، ހާދަހާދަ ރީއްޗޭ މިވާހަކަ. ދެން އޮތްބަޔަށް އަނެއްކާ 3 ދުވަސް ވަންދެން އިންތިޒާރު ކުރަންވީ. ބިންމާއެއް ކަމަކު ކިޔުންތެރިން މިހާ ދިގު އިންތިޒާރު ކުރުވާކަށް ނުވާނެދޯވް.

The name is already taken The name is available. Register?

2022

11 December 2022

ޔޭ މަ ☝️..... ބޮއިހަލަކި... އޭ ވަރަށް އޮބި މިބައި

The name is already taken The name is available. Register?

ސަސ

11 December 2022

ލޯބި ލޯބި ކަރުނައިގެ ތެރޭގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454