ރިޕޯޓް

ބަރަހަނާ ފިލްމަށް އެޑިކްޓުވެ ގުޅުންތައް ހީނަރުވަނީ

އަދީލާގެ ޝަކުވާ އަކީ އޭނާގެ ފިރިމީހާއާ އެކު ހޭދަކުރަންޖެހޭ ކޮންމެ ވަގުތެއް ބަރަހަނާ ފިލްމު ބެލުމުގައި އޮންނަން ޖެހުމެވެ. ވަގުތެއް ވެއްޖެ ނަމަ ފިރިމީހާގެ ކަމަކީ އެއީ އެވެ. ފިރިމީހާ ވަޒީފާގައި، އޮފީހަށް ގޮސް ހުރެގެން ވެސް ފޯނަށް އެންމެ ގިނައިން ފޮނުވާ އެކައްޗަކީ ވެސް އޭގެ ފޮޓޯ އާއި ވީޑިއޯ އެވެ.

ކައިވެނީގެ ކުރީކޮޅު އޭނާ ހީކުރީ މިކަން ދުވަސްކޮޅަކުން ހައްލުވެދާނެ ކަމަށެވެ. އެކަމަކު ވީ އެހެންނެއް ނޫނެވެ. މަޑުމަޑުން މިކަން ބޮޑުވަމުން ގޮސް އެންމެ ފަހުން އަދީލާއަށް މަޖުބޫރުވާން ފެށީ ބަލަމުން ދިޔަ މަންޒަރުތައް ހަގީގަތަކަށް ހަދާށެވެ. އެކަމަކު ކޮށްގެން ނުވާނެ އެތައް ކަމަކަށް މަޖުބޫރުކުރަން ފެށި ހިސާބުން ދެމަފިރިންގެ މެދުގައި މައްސަލަޖެހެން ފެށީ އެވެ؛ މިހާރު ވަރިފަށުގަ އެވެ.

އަދީލާ އަކީ މިކަން ދިމާވި މީހާގެ އަސްލު ނަމެއް ނޫނެވެ. އަހަރެމެންގެ ތެރޭގައި ނުދެއްކޭ މި ވާހަކަ ބޮޑު ވަބާއަކަށް ވެގެން ދާއިރު ވެސް ނުވާ ކަމަކަށް ހަދައިގެން ތިބޭތީ ފާޅުގައި މި ވާހަކަ ދައްކަން ނުކެރެނީ އެވެ.

އަދީލާ ގަބޫލުކުރާ ގޮތުގައި އޭނާގެ ފިރިމީހާ އަކީ "ޕޯން އެޑިކްޓް" އެކެވެ. ރެޔާއި ދުވާލު އެ ބަލާ ބަރަހަނާ ވެބްސައިޓްތަކުން ފެންނަ ކަންކަމުން ނޫން ގޮތަކަށް ފިރިމީހާގެ ހިތްހަމަނުޖެހުމާއި އެ މަންޒަރުތައް ބެލުމުގައި އާދަޔާ ހިލާފަށް ގިނަ ވަގުތު ހޭދަކުރުމާއި އަބަދު އެ ވާހަކަ އެކި ގޮތްގޮތަށް ދެއްކުމާއި މި ހުރިހާ ކަމަކަށް ބަލާފައި އަދީލާއަށް އެ ނޫން ގޮތަކަށް ގަބޫލު ނުކުރެވެނީ އެވެ.

މަދު މީހަކު ސީދާ މި ވާހަކަ ހަގީގަތަކަށް ބުނަނީ. ގިނަ ފަހަރަށް މި ވާހަކަ މި ދައްކަނީ ހުއްދަ ނޫން ގޮތް ގޮތަށް ޖިންސީ އަމަލުތައް ހިންގަން އުޅެނީއޭ ކިޔާފައި. އެކަމަކު ވަރަށް ގިނަ ފަހަރު މި ސަބަބު މި އަންނަނީ ބަރަހަނާ ފިލްމުތަކުގެ ސަބަބުން

އާއިލީ މައްސަލަތަކުގައި ކޯޓަށް ވަޑައިގަންނަވާ ވަކީލަކު ވިދާޅުވި ގޮތުގައި އާއިލާތައް ރޫޅޭ އެއް ސަބަބަކަށް މިހާރު ބަރަހަނާ ފިލްމުގެ މައްސަލަ ވެއްޖެ އެވެ.

"މަދު މީހަކު ސީދާ މި ވާހަކަ ހަގީގަތަކަށް ބުނަނީ. ގިނަ ފަހަރަށް މި ވާހަކަ މި ދައްކަނީ ހުއްދަ ނޫން ގޮތް ގޮތަށް ޖިންސީ އަމަލުތައް ހިންގަން އުޅެނީއޭ ކިޔާފައި. އެކަމަކު ވަރަށް ގިނަ ފަހަރު މި ސަބަބު މި އަންނަނީ ބަރަހަނާ ފިލްމުތަކުގެ ސަބަބުން،" ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި މިހާރު ހޭލުންތެރިކަން އުފައްދަން ޖެހިފައި އޮތް މައްސަލައެކެވެ. ދެމަފިރިން "މަޖަލަކަށް" ބަރަހަނާ މަންޒަރުތަކުގެ ތެރެއަށް ގެނބެމުން ގޮސް އޭގެ ތެރޭގައި ޣަރަގުވާއިރު ވެސް ނޭނގެނީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ދީނީ ގޮތުންނާއި އަހުލާގީ ގޮތުން ވެސް ނުބައިކަން ބޮޑުވެގެންވާ މި އަމަލު ރާއްޖޭގައި "އެންމެ ދަންނަ ސިއްރެއް" ގޮތަށް އޮތަސް، އެކި ގައުމުތަކުގައި މިއީ ބަލިމަޑުކަމެއްގެ ގޮތުގައި ބެލެވޭ ވަރަށް ގޯސްވެއްޖެ އެވެ. އެކަމާ ބެހޭ ގޮތުން ޝާއިއުކޮށްފައި ހުންނަ ރިޕޯޓްތަކާއި މިކަން ތަޖުރިބާކޮށްފައިވާ މީސްމީހުންގެ އިންޓަވިއުތަކުން އެނގޭ ގޮތުގައި ބަރަހަނާ ފިލްމަށް މީހާ ހުސްވުމުން ބައިވެރިޔާ އަކީ އެ މީހަކު ފިލްމުތަކުން އެ ބަލާ ކަންކަން ތަޖުރިބާކުރަން ގެންގުޅޭ "އެއްޗަކަށް" ބަދަލުވަނީ އެވެ. ލޯތްބާއި ކުލުނު ކެނޑެނީ އެވެ. މިހެން މި ވީ ބަރަހަނާ ފިލްމުތަކުގެ ސަބަބުންކަން ރެޔަކާ ވެސް ނުލަނީ އެވެ.

އަދީލާގެ ވާހަކަ މި ކަންކަމާ ދިމާވެ އެވެ. ކައިވެނީގެ ވަކި ހިސާބަކުން ފިރިމީހާ އަށް އަދީލާ އަކީ މީހަކަށް ނުވާން ފެށީ އެވެ. އެ ހިސާބުން އަދީލާއަށް ވެސް ފިރިމީހާ ބޮޑު ފޫއްސަކަށްވީ އެވެ.

ޕޯން އެޑިކްޝަންގެ ބައެއް އަލާމާތްތައް

● ވަގުތު ހުސްކޮށްގެން ވެސް ބަރަހަނާ ފިލްމު ބެލުން.

● އާންމުކޮށް ކޮށް އުުޅުނު ބައެއް ކަންކަމަށް ޝައުގުވެރިކަން ގެއްލި ބަރަހަނާ ފިލްމު ބެލުމުގައި އެ ވަގުތު ހޭދަކުރުން.

● މީހުންނާ އެކީ އުޅޭ ވަގުތު މަދުވާން ފެށުން.

● ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ އާންމު ތަންތަނުގައި އިނދެގެން ވެސް ބަރަހަނާ މަންޒަރުތައް ބެލުން އާދަވާން ފެށުން.

● ދެމަފިރިކަމުގެ ގުޅުން ހީނަރުވާން ފެށުން

● ޖިންސީ ކަންކަމުގައި ދުވަހަކު ވެސް ހިތްހަމަޖެހޭ ވަރު ނުވުން

● ބަރަހަނާ މަންޒަރުތައް ބެލުން ހުއްޓާލަން ބޭނުންވިޔަސް އެކަން ނުވުން

މިއީ ސިއްހީ ދިރާސާތައް ޝާއިއުކުރާ ވެބްއެމްޑީ ވެބްސައިޓްގައި، ޕޯން އެޑިކްޝަންގެ ބައެއް އަލާމާތްތަކުގެ ގޮތުގައި ލިސްޓުކޮށްފައި ހުރި ބައެއް ކަންކަމެވެ.

ބަރަހަނާ ފިލްމު ބެލުން އާދަަޔަކަށް ހަދައިގެން އުޅޭ އެތައް ބަޔަކު ބުނާ އެއް ވާހަކަ އަކީ، އެ މީހުން އެ ބަލަނީ "އަސްލެއް ނޫން" ކަން އެ މީހުންނަށް އެނގޭ ކަމަށާއި އެހެންވެ އެކަމުން އެ މީހުންގެ ވިސްނުމަށް ކުރާނެ ނޭދެވޭ އަސަރެއް ނޯންނާނެ ކަމަށެވެ. އެކަމަކު ޖިންސީ މަންޒަރުތައް ބެލުމުން ސިކުނޑިއަށް އަންނަ ބަދަލުތަކާއި މަސްތުވާ އެކި ބާވަތްތަކުން ސިކުނޑިއަށް އަންނަ ބަދަލުތަކާ ދާދި އެއްގޮތްކަން އެނގޭ ކިތަންމެ ދިރާސާއެއް އެބަހުއްޓެވެ. ނަތީޖާއަކަށް ވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާހެން، ބަރަހަނާ މަންޒަރުތައް ބެލުމަށް ވެސް ދެވި ހިފުމެވެ. ހަގީގަތަކަށް ވުރެ މާ ބޮޑުކޮށްލައިގެން ދައްކާ ބަރަހަނާ މަންޒަރުތަކުން "ލިބޭ އުފާ" ހަގީގީ ދިރިއުޅުމުގައި ބައިވެރިޔާގެ ފަރާތުން ނުލިބުމެވެ. އަނެއްކާ އެނބުރި ދާންޖެހެނީ ބަރަހާ ސައިޓްތަކުގެ ތެރެއަށެވެ.

ވެބްއެމްޑީގައި ބުނެފައިވާ ގޮތުގައި ބަރަހަނާ ފިލްމު ބެލުން އާދަޔަކަށް ހަދައިގެން އުޅޭ މީހުންގެ ޖިންސީ ކަންކަމަށް ބޭނުންވާ ވަރު ގިނަ އެވެ. އަދި އެ ބޭނުންވާ ވަރަށް އެކަން ނުވުމުން އަނެއްކާ ބަލަނީ އޭގެ މަންޒަރުތައް ކަމަށާއި ދެމަފިރިންގެ "ގުޅުން" ގޯސްވުމުން ވެސް ބައެއް މީހުން ޕޯން އަކީ ހައްލެއް ކަމަށް ބަލައިގެން އޭގެ ތެރެއަށް ގޮސް އިތުރަށް މައްސަލަ ގޯސްވާ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ ފަސް އަހަރު ރާއްޖޭގައި "ޕޯން" ސާޗްގެ ޓްރެންޑް ހުރި ގޮތް

ޕޯން އެޑިކްޝަންއާ ދެކޮޅަށް އެންމެ މުހިންމު ކަމަކީ މިފަދަ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުން ނުވަތަ އެއްވެސް ހުރަހެއް ނެތި ފަސޭހަކަމާ އެކު ވަދެވޭ ގޮތަށް ހުންނަ ހުރުން ނިމުމަކަށް ގެނައުމެވެ. މިއީ ކުޑަކުދިން އިންޓަނެޓަށް ހުށަހެޅިފައި ވާތީ ކޮންހެން ކުރަންޖެހޭ ކަމެކެވެ.

ރާއްޖޭގައި އެކި ސަރުކާރުތަކުން އެކި ދުވަސްވަރު މިކަމުގައި އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވެ އެވެ. ދެތިން ބަޔާނާއި ސިޓީއަކުން އެކަން ބޮނޑުނަގުލަށް ނިމެނީ އެވެ.

ބޮޑެތި މީހުން އަދި ހާއްސަކޮށް ފުރާވަރަށް އަޅައިގެން އަންނަ ކުދިން ޕޯންގެ ވަބާއިން ސަލާމަތްކުރަން ކިތަންމެ ގައުމެއްގައި ވަނީ ފިޔަވަޅުތައް އަޅައިފަ އެވެ. އެކަމަކު، މި ޒަމާނުގައި ވެބްސައިޓަކަށް ނުވަދެވޭނެ ގޮތެއް ނުހެދޭނެ ނޫންހޭ ބުނެ މި ތިބީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ބަރަަހަނާ ފިލްމު ބެލުމާއި އެކަމާ ގުޅިގެން އުފޭ މައްސަލަތަކުގެ ވާހަކަ ދައްކަން ނުކެރިފައި ތިއްބަސް، ޖެހިގެން އިން މީހާ ގާތު ވެސް މިހެން ދިމާވެގެން އުޅޭ ބަަޔަކު ދަންނަންތޯ އަހައިފި ނަމަ އާއެކޭ ބުނުމުގެ ފުރުސަތު ވަރަށް ބޮޑުކަން މި ރިޕޯޓް ލިޔުމުގެތެރެއިން ފާހަގަވި އެވެ. އަނެއް ހަގީގަތަކީ ގޫގުލްގައި ރާއްޖޭން "ޕޯން" އަދި "ސެކްސް" ސާޗްކޮށްފައި ހުންނަ ވަރު ކޮންމެ އަހަރެއްގެ ރޯދަ މަހުގެ މަދު ދުވަސްކޮޅަކަށް ނޫނީ ދަށަށް ޖެހިނުލާ ކަމެވެ. މީގެ ތެރޭގައި ސާޗްކޮށްފައި ހުންނަ ބަސްތަކާއި ޓޮޕިކްތަކުގެ ހުތުރުކަން ވަރަށް ބޮޑެވެ.

114 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 66%
icon angry icon angry 2%
icon wow icon wow 11%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުޒަމްބަމްބަމްޓަގިޔޯނު

21 December 2022

އަޅުގަނޑު ޕޯނެއް ނުބަލާތާ ވަރަށް ދުވަސްވެއްޖެ. ހަނދާނެއްވެސް ނުވޭ އެންމެ ފަހުން ބެލި ދުވަސް. އަންހެނުން ގޭގައި އޫޅޭ ގިނަ ވަގުތު، އެހެންވެ ބަލާނުލެވެނީ ކުރީގައި. ފަހުން ނުބަލާ ނުބަލާ އެކަން ކުރާ ހިތް ކެނޑުނީ. އެހެންވީމާ އަވަހަށް މީހަކާ އިނދޭ.

The name is already taken The name is available. Register?

ޢަލީ ނަސީމް

21 December 2022

އަޅުގަނޑަކީ ތިމައްސަލަ ދިމާވެ އެތައް ފަހަރަކު ތިކަމުން ދުރުހެލިވާން ބޭނުންވެ އަޒުމް ކަނޑައަޅައި މަސައްކަތްކޮށް ނަމަވެސް އަދިވެސް ސަލާމަތްނުވެ ހުރިމީހެއް. ވަރަށް މައްސަލަ ޖެހޭ. ދަރިއަކުވެސް ހުރޭ. ކޮމިއުނިޓީ ކުޑަވީމަ ނުކެރޭ ކައުންސެލިން އަކަށް ދާން. ލީކުވެދާނެ. މީހުންނަށް އެވާހަކަ އެނގިދާނެތި. ވަރަށް ދެރަވޭ. އަމިއްލައަށް އެދުން “ނިންމާލެވޭ” ކޮންމެ ފަހަރަކު ނަފްސުދެކެ ވަރަށް ރުޅިއާދޭ. އަހަރެން ކަހަލަ ދިވެހިން ހާހުން ގުނާލެވޭނެ. އެހީ ބޭނުން ވަރަށް

The name is already taken The name is available. Register?

އަބޫ ޙަނީފް

21 December 2022

ﷲ ތިބާ މި ކަމުން މިންޖުކޮށްދެއްވާށި. އަދި ތެދުމަގުގައި ސާބިތުކޮށްދެއްވާށި. އާމީން. އަޅުގަނޑަށް ވިސްނޭ ގޮތް އެންމެ ރަނގަޅު ނުވެދާނެ. ނަމަވެސް ގިނަ ފަހަރަށް މި ފަދަ ކަންތަކުގައި ދެވިހިފަނީ ކޮންމެ ވެސް ކަހަލަ ހިތްހަމަ ޖެހުމެއް އެ ކަންތަކުން ލިބޭތީ. އެހެންކަމުން، ތިބާ އެދޭ ހިތްހަމަޖެހުން ހުއްދަކަންތަކުން ލިބިގަނެވޭތޯ މަސައްކަތްކުރޭ. އާއިލާ އާއި އެކު ވަގުތުހޭދަކުރުން، ރަނގަޅު ރައްޓެހިންނާ ބައްދަލުކުރުން، ކަސްރަތުކުރުން.

The name is already taken The name is available. Register?

ޢިހްސާސް

20 December 2022

ތިޔައީ ދިވެހި ސަރުކާރުން ހުއްޓުވަން ބޭނުންވާ ކަމަކަށް ނުވާތީ ނުވަނީ.

The name is already taken The name is available. Register?

ހ‫ައްޓޫހާ

20 December 2022

ޖ‫ަޕާން މީހުންހެން ހަފްތާއަކު އެއްބޮނޑިންވެސް އުޅެވޭނެ

The name is already taken The name is available. Register?

ާއަލިމޯޑު

20 December 2022

ސްނެޕްއިން ވެސް މީހަކު އެޑް ކޮށްލާއިރަށް ފޮނުވާނެ ރޯ އޮރިޔާމުން ހުންނަ ފޮޓޯއެއް.އޭގަ ލިޔެފަ އޮންނާނެ އޮރިޔާން ސްނެޕެއް 300 ރުފިޔާ އަދި އޮރިޔާން ވީޑިއޯއެއް މިވެނި ވަރަކަށޭ.ދިވެހި ކުދިންގެ ވާހަކަ މިބުނީ. މަގޭ ރައްޓެއްސެއްގެ ވައިފް ބުނީ އޭނަގެ ދަރިފުޅުގެ ކްލާސް ކުއްޖެއް ގްރޭޑް 1 ގަ އުޅޭނީ.އެސޮރު އެގެއަށް އައިސް އޭނަގެ ދަރި ގާތު ބުންޏޯ މަންމަ ފޯނު ހުޅުވަބަލާށޭ ވަރަށް ފައްކާ އެއްޗެއް ބަލަންށޭ.ކިޔައިފަ ގޫގުލްގަ ޖެހީ އޮރިޔާން ސައިޓެކޯ

The name is already taken The name is available. Register?

ވަހީދު އައްޑު

20 December 2022

ވައްކަން ކުރުން ހުއްޓުވުމަށް ދޮރުގައި ތަޅުއަޅުވަނީ ކަމަކު. އަދި އަދަބު ކަނޑައަޅަނީ ވެސް ކަމަކު. ވިސްނުވައިދީ ކިޔަވާދެނީ ވެސް ކަމަކު... ހަމަ އެފަދައިން މިފަދަ ކަންކަން ވެސް ހުއްޓުވަން ނުވަދެވޭ ގޮތް ހަދަން ޖެހޭ. އަދަބު ވެސް ދޭންޖެހޭ. ވިސްނުވައިވެސް ދޭންޖެހޭ.

The name is already taken The name is available. Register?

ބޯހަލާކު

20 December 2022

ބޭއަސާސް؟؟ ދިވެހިބަހެއްތަ؟

The name is already taken The name is available. Register?

ބޯހަލާކު

20 December 2022

މައުސޫމު = އިނޮސެންޓް = ކުށެއްނެތްލައީފު (ޟަޢީފު) = ނިކަމެތި ، ބަލިކަށި

The name is already taken The name is available. Register?

މީ ތީގެ އަސްލު

20 December 2022

ތިކަން އަސްލު ނުހުއްޓުވިގެން އުޅޭ ސަބަބުވެސް ލިޔެލި ނަމަ! ބަރަހަނާ ފިލްމު ބަލާ މީހުން ގިނަވެ ދެވިހިފީމަ ކިހިނެތް ވާނީ؟ އެކަމަށް ގިނަ ޓޭޑާ ބޭނުން ވާންޏާ ކިހިނެތް ވާނީ؟ ގިނަ ޑޭޓާ އަށް ގިނަ ފައިސާ ޚަރަދު ވެފަ އެފައިސާ ވަންނަނީ ކޮންބަޔަކަށް؟ ޓެކްސް ފައިސާ އިތުރުވޭތަ؟ ޑިވިޑެންޓްގެ ގޮތުގައި ލިބޭ ފައިސާ ގިނަވާނީ ކޮންބަޔަކަށް؟ އެޑިކްޓުންނަށް އަމާޒުކޮށް ހިންގާ ވިޔަފާރިތައް ހުއްޓުވޭތަ ރާއްޖޭގަ؟ ދެން ތިމާއަށް ދެއްވި ބުއްދި ބޭނުންކުރޭ. ވާހަކަ ނިމުނީ.

The name is already taken The name is available. Register?

ކިރު ސައި

20 December 2022

ގަދަ ބާރުން ހުއްޓުވަން އުޅުނު އެއްކަމެއްވެސް އިސްލާހް ކުރެވިފަނެތް މިހާތަނަށް. ކަމެއް ހުއްޓުވޭނީ އެކަމެއްގެ ގެއްލުން ވިސްނިގެން. މިކަމަކީ އިޖްތިމާއީ ވަރަށް ގިނަ ކަންތަކާ ފުޅިފަ އަދި އެކަމެގެ ގެއްލުން ކުރާނެ ކަމެއް. ކަމުގެ އަސްލު ސަބަބަށް ބޭސްނުކުރެވެންޏާ އެޅޭނީ ޒަޚަމްގެ މަތީގައި ބެންޑޭޖް. އެތެރެ ދާނީ ކުނިވަމުން. މިކަމުގެވެސް ފަރުވާ ލިބޭނެ ގޮތް އަދި ކަމާއި ގުޅޭ އުނގެނުނމުގެބައި ވެސް ގެނެވެން ޖެހޭ. މިވެނި ޕަސެންޓް ގައުމެކޭ ކިޔަކަސް ހައްލެއް ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454