ދާންދޫ ކައުންސިލުގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވަނީ: މެމްބަރުން އެދިވަޑައިގަތީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް ހިންގައިދޭން ކަމަށް ރައީސް އޮފީހުން ބުނޭ. -- ފޮޓޯ | ރައީސް އޮފީސް
25 ޑިސެމްބަރ 2022 - 13:23
ގއ. ދާންދޫގައި އެއާޕޯޓެއް އަޅައިދޭން އެ ރަށުގެ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވައިދެއްވަން ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ދާންދުއަށް ވަޑައިގެން ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފަ އެވެ. އެ ރަށުގައި ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅެ އެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "މިހާރު" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސާ ހިއްސާކުރައްވާފައި ކަމަށެވެ.
"ރައީސް ވަޑައިގަންނަވާ ވާހަކަ ވިދާޅުވީމަ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށް ރަށަށް ބޭނުންވަނީ ކޮން ކަންކަމެއްތޯ މަޝްވަރާ ކުރި. އެ ބައްދަލުވުމުގައި ރައްޔިތުން އެދުނީ ރަށުގައި އެއާޕޯޓެއް އަޅައިދޭން،" އޭނާ ވިދާޅުވި އެވެ.
ދާންދޫ ކައުންސިލްގެ މެމްބަރުންނާއި އެ ރަށު ޑަބްލިއުޑީސީ މެމްބަރުން ރައީސާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދާންދޫގައި އެއާޕޯޓެއް އަޅައިދޭން އެދުނުއިރު ގއ. އަތޮޅުގައި މިހާރު ވެސް ދެ އެއާޕޯޓު އޮވެ އެވެ. އެއީ ކޫއްޑޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓެވެ.
އާސިފް ވިދާޅުވީ ދޮރެގަލާ ދާންދޫގެ އިހުތިސާސްގައި ހިމަނަން ރައްޔިތުން ބޭނުންވާކަން ކައުންސިލުން އެކަން ވެސް ރައީސާ ހިއްސާ ކޮށްފައި ވާނެ ކަމަށެވެ
- ދާންދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފަށައިދިނުން
- ނަރުދަމާ ގާއިމް ކޮށްދިނުން
- ދާންދޫ ކައިރީގައި އޮތް ވޮޑުމުލާ ރިސޯޓްތަރައްގީކުރުން އަވަސްކޮށްދިނުން
- އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީކުރުން
މީގެ އިތުރުން ވެސް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި، މަގުހެދުމާއިި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ކައުންސިލުން ވަނީ ރައީސާ ހިއްސާކުރައްވައިފަ އެވެ.
އެ ރަށުގެ އަންހެނުން ކޮމެޓީން އެދިފައި ވަނީ ރަށުގައި އެމްއެންޔޫ ކެމްޕަހެއްގެ މުހިންމުކަމާއި، ޑިޓޮކްސް ސެންޓަރެއް ގާއިމްކުރުމާއި އިންޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށެވެ.
ހުވަދު އަތޮޅުގެ ތިން ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އިއްޔެ ވަނީ މާލެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތިބުރުމާ
26 December 2022
އަޖައިބެއްނު.... ކޫއްޑޫ އެއަރޕޯރޓް ދުރީތަ...ކޮންމެ ދެގެ ދޭތެރެއެއްގައިވެސް އެއަރޕޯޓެއް އަޅަންވީނު
ޗޮން
12 November 2023
ކޫއްޑޫ އިން މާލެ ދިއެކޭ ދާންދޫ އިން ކޫއްޑު އަށް ދިއުމެކޭ އެއްފަދަ
އަދިރި ފަރާތް.
25 December 2022
އެއަރޕޯޓް ތަ އަޅަންވީ. އަތޮޅު މީހުން ބާނާ މަސްކޮޅު ކިރޭނެގޮތް ހަދާދޭށޭ އޭނަ ކަިރީގަ ބުނެބަލަ. އަދި އަތޮޅުގައި ހުރި ފަޅު ރަށްތަކުން އާމްދަނީ ލިބޭގޮތަށް އަދި އަތޮޅު މީހުނަށް ވަޒީފާ ލިބޭގޮތަށް އެރަށްތަކުގައި ރިސޯޓު ހަދަން ހުޅުވާލަން ބުނެބަލަ. އެއަރޕޮޓު ހަދަނީ ރަށުމީހުން ކުލީ އަޅުންނަށް ހަދައި މާލެއަށް ބޭރު ކުރަންތަ ؟
ވަހީދުބޭބެބ
25 December 2022
މިހާރު އަޅާނިމިފަ އޮތީ.
ވަލީދުބެއްޔާ
25 December 2022
ކޮންމެ ރަށަކަށް އެއަރ ޕޯރޓެއް އަޅާފަ، ދެގެ ދޭތެރޭގައި ދަތުރުކުރުމަށް ސީޕްލޭން ޓާރމިނަލް އަޅާފަ، ކޮންމެ ކޮޓަރިއެއްގައި ކަންނެލި ޖަގަހައެއް ހަދާފަ، ކޮންމެ މީހެއްގެ ޖީބުގައި ބޮޑު ބޭގެއް އަޅުވާ ގޮތަށް ހެދުމަށްފަހު، ނިދުމާއި، ހިނގުމާއި ކެއުމުން އަދި ފެންވެރުންފަދަ ކަންކަމުން %60 ޑިއުޓީ ނަގަން ފެނޭ.
ޙަރން
25 December 2022
ކޫއްޑޫއަށް 20 މިނަޓް އިން ލޯންޗުގަ ދެވޭ، ވިލިގިލި އާއި ދާންދޫ އަދި މެދުގަ ހުރި މީހުން ދިރިއުޅޭ ރައްތައް ގުޅުވާލީމަ މާރަގަޅުވާނެ.
އޮނަރަބްލް އަފީފު ދީދީ
25 December 2022
ހުވަދޫ އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ކުދި ލޯންޗް ތަކެއް ހަމަޖައްސާފައި ކޮޅުމަޑުލާއި ހައްދުންމަތި، ހުވަދޫ އަތޮޅާއި، ފުވައްމުލައް އަދި އައްޑުއަށް ދަތުރު ކުރާނެ ވަކި ފެރީތަކެއް (200 ފެސެންޖަރުން އުފުލޭ) ހަމަޖައްސާފައި ތިޔަ ކުދިކުދި އެއަރޕޯޓް ތައް ހެދުން ހުއްޓާލަން ޖެހޭ. # ޤައުމުގައި ޤާއިމްކުރާ މިފަދަ ކަންކަން ދެމެހެއްޓެނިވިގޮތަކަށް ކުރުމަށް އިސްކަންދޭންވާނެ. ޢަދި ރައްޔިތުނަށް އަތްފޯރާ ހިސާބުގައި ހިދުމަތް ދެވޭތޯ ބެލުމަކީ މުހިންމުކަމެއް.
އަސްލު
25 December 2022
އިން ޝާ ﷲ މިވެރިކަން ދެން ދުވަހަކުވެސް ނާންނާނެ. ކޮތަޅުންވެސް އާމްދަނީ ނަގައި ރައްޔިތުންގެ ދުވަސް ދުއްވާލައި ބަނޑަށް ޖައްސައިފި.
މާހިރު
25 December 2022
އެއަރޕޯރޓްތަކުން ގެއްލުންވާ ވާހަކަ ދައްކަމުން އަނެއްކޮޅުން ކައިރިކައިރީގައި އެއަރޕޯރޓްތައް އެޅުމަކީ ކިހާ ދެކޮޅު ނުޖެހޭ ބޮޑު އިޝްރާފެއްތޯއެވެ. ރާއްޖޭގައި މުހިއްމީ ދެރަށުން އެއްރަށުގައި އެއަރޕޯރޓް އެޅުމެއްނޫނެވެ. ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވީތީ، ރާއްޖެއާ އެންމެގުޅޭ ގޮތަކީ ކަނޑުމަގުން ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމެއް ޤާއިމް ކުރުމެވެ. އެއަށްވުރެ މޮޅުކޮށްލަންޏާ އަތޮޅުތެރޭގެ ދަތުރުތަކަށް ސީޕްލޭން ހަމަޖެއްސިދާނެއެވެ.
އައްޓަމަސް
25 December 2022
ކޮންމެ ރަށެއްގައި އެއަރޕޯރޓު އެޅިދާނެ ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއްނޫން އެއަރޕޯރޓު ހިންގުމަކީ 3 މީހުން އެއްވެފައި މިބުނަނީ އެއަރޕޯރޓެއް އަޅަން
ކިރު ސައި
25 December 2022
ދާންދޫ ކޮންމެ މީހަކަށް ފަޓްލޫނުގެ ޖީބައް ޖަހާލެވޭ ވަރުގެ އެއާޕޯޓެއް. ފަރުމަސްވެރިކަން ކުރަން ދެތިން ރޮކެޓާއި ޖައްވީ ސްޓޭޝަނެއް. ކޮންމެ ގެއެއްގެ ގިފިލި ތެރޭގައި އާރޓިފިޝަލް ބީޗެއް. އެކަމަު ހާސަރު ދަމާނީ ރަގަޅު ޑޮކްޓަރެއް ނެތޭ، ތައުލީމް ނުލިބެޔޭ ފަންސުރުގެ ރަބަރޭ.