2019 ވަނަ އަހަރު ވަކީލުކަމުގެ ހުއްދަ ދޫކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަކީލުންތަކެއް -- ފޮޓޯ: ނިޝާން އަލީ/މިހާރު
29 ޑިސެމްބަރ 2022 - 11:04
ބާ ކައުންސިލުން ދޭ ހިދުމަތްތަކަށް އަންނަ އަހަރުން ފެށިގެން އެ ކައުންސިލުން ނަގާނެ ފީތައް މިއަދު އިއުލާނުކޮށްފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި ބާ ކައުންސިލަށް ފައިސާ ހޯދޭނެ އިތުރު ގޮތްތަކެއް ބަޔާންކޮށްފައިވެ އެވެ. އެއީ ބާ ކައުންސިލު ހިންގުމަށް ބޭނުންކުރާ ފައިސާ އެވެ.
ގާނޫނު އިސްލާހުކޮށްފައިވާއިރު، ބާ ކައުންސިލުން މިއަދު ވަނީ އެ ކައުންސިލުން ހިދުމަތްތަކަށް ނަގަން ހަމަޖެހިފައިވާ ފީތައް އިއުލާނުކޮށްފަ އެވެ. ބާ ކައުންސިލުން ބުނި ގޮތުގައި އެ ފީތައް ނަގަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
• ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭއިރު 2000ރ.
• ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭއިރު 2000ރ.
• ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭއިރު 1500ރ.
• ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުން އަދި އާ ކުރުން 2000ރ.
• ލޯ ފާމް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީއަށް 2000ރ.
• ލީގަލް ޕްރެކްޓިސް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީ 1000ރ.
• ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ކާޑު ހެދުމަށް އަދި އާކުރުމަށް 500ރ.
• ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލިގެން އަލުން ހެދުން 1000ރ.
• ގާނޫނީ ވަކީލުކަމުގެ ހުއްދަ ޓްރާންސްލޭޝަން 1000ރ.
• ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން 1000ރ.
• އެކްސްކޯގެ އިންތިހާބުގެ އިދާރީ ފީ 5000ރ.
ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި، ބާ ކައުންސިލަށް ފައިސާ ހޯދޭނެ އިތުރު ހަތަރު ގޮތެއް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކައުންސިލަށް ވަކީލުން ދޭ ޗަންދާ އާއި ބާ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީ ނަގައިގެންނާއި ބާ ކައުންސިލުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުންނާއި އެ ކައުންސިލުން އެހެނިހެން ހަރަކާތްތައް ހިންގައިގެން އާމްދަނީ ހޯދޭނެ ކަމަށް ބުނެފައިވެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ވެސް ބާ ކައުންސިލުން ވަނީ އެ ކައުންސިލަށް ލިބޭ ބަޖެޓު ކުޑަކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގަނޑުފާމު
29 December 2022
މިހާރު ތިޔަބީގޮތުން ބާކައުންސިލު އާކައުންސިލަކަށް ވީއެއްނު. ވަރަށް ސަލާމް
މުންޖިޗޭ
29 December 2022
ފީ ނުނަގައި ނުހިންގެންޏާ ކުރިން އޮތްގޮތަށް އިޢާދަކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުން ނޫނީ ސުޕްރީމް ކޯޓުން ވަކީލުން ރެގިއުލޭޓްކުރާގޮތަށް ހަދަންވީ، ޗަންދާނަގައިގެން ހިންގާ ޖަމްޢިއްޔާއެއްގެ އުޞޫލުން ބާކަންއުސިލް ހިންގީމަ ތާހިރެއްނޫން، ވަކީލުންގެ ކަންކަން ނިންމާނީ ވަކީލުންނޭ ކިޔައިގެން ދެތިން ހަތަރުމީހެއްގެ ވިޔަފާރީގެ މަޞްލަޙަތު ޙިމާޔަތްކުރަން ޤާނޫނު ހެދީމާ ވާނެ ހަތަރުއެތި ވެފަމިއޮތީ.
ޥިޝާމް ސްގްރަޑް
29 December 2022
ތާއީދު. ޥަރަށް ރަނގަޅު ވާހަކައެއް