ފިހާރައަކުން ބަޔަކު ވިޔަފާރިކުރަނީ: ޓެކްސް އާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މިއަދުން ފެށިގެން ތަންފީޒު ކުރާނެ -- ފައިލް ފޮޓޯ: މިހާރު
01 ޖެނުއަރީ 2023 - 10:05
އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގަ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް، އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. އިއްޔެ އާ ހަމައަށް ޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ ހަ ޕަސެންޓް އަދި ޓީޖީއެސްޓީން 12 ޕަސެންޓެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީގެ އާ ރޭޓުތަކަށް އަމަލު ކުރަން ފެށި އިރު ޓެކްސް އިދާރާ މީރާ އިން ވަނީ މިކަމަށް ވިޔަފާރިތަކުން ސަމާލުކަން ދިނުމަށް ވެސް އެދިފަ އެވެ.
ޓެކްސް އަށް އައި ބަދަލުތަކާ ގުޅޭ ގޮތުން މީރާގެ ވެބްސައިޓުގައި އާންމު ކުރި މައުލޫމާތުގައިވާ ގޮތުން އާ ރޭޓްތަކަށް އަމަލު ކުރުމުގައި، 24 ގަޑިއިރު ހިދުމަތް ނުދޭ ކެފޭ އާއި ރެސްޓޯރެންޓްތަކާއި ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ މިއަދުން ފެށިގެން އެތަނެއް ހުޅުވާ ވަގުތުން ފެށިގެން ކަމަށެވެ. އެނޫން ހުރިހާ ތަނަކުން ވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީގެ އާ ރޭޓުތައް ނަގަން ފަށާނީ ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ އާމްދަނީ އަށް 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ. މި އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 32 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރަން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ނިންމައި، އެ އަށް އަމަލު ކުރަން ފެށިއިރު، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ މިއީ ޓެކްސް ބޮޑު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ލަފާދީފަ އެވެ. އެމްއެމްއޭ އިން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓު ގާތްގަނޑަކަށް 5.4 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އޭގެ ތެރެއިން 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނަ އިތުރުވުމެކެވެ.
ފިހާރައަކުން މީހަކު ވިޔަފާރިކުރަނީ: މުދަލާއި ހިދުމަތުން ނަގާ ޓެކްސް މިއަދުން ފެށިގެން ބަދަލުވާނެ -- ފައިލް ފޮޓޯ: މިހާރު
އެމްއެމްއޭ އިން ބުނިގޮތުގައި، ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ފައިދާ އިތުރު ކުރުމަށް ވިޔަފާރިވެރިން މިހާރަށް ވުރެ ވެސް އަގުތައް ބޮޑުކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، ތަކެތީގެ އަގު 2.2 ޕަސެންޓަށް ވުރެ ވެސް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.
މިއަދަކީ އާ ރޭޓުގައި ޖީއެސްޓީ ނަގަން ފަށާ ދުވަހަށް ވާތީ ވަރަށް ގިނަ ހޯލްސޭލް ފިހާރަތަކުގައި އިއްޔެ ކިޔޫ ހަދާފައި އޮތްތަން ވެސް ފެނުނެވެ. އޭގެ ތެރޭގައި ސިނގިރޭޓް ވިއްކާ ފިހާރަތަކާއި ބާޒާރުމަތީގެ ބައެއް ފިހާރަތައް ވެސް ހިމެނެ އެވެ.
ބައެއް މީހުން ބުނި ގޮތުގައި އެ މީހުން ތިބީ ޖީއެސްޓީ ބޮޑުކުރާތީ، މިއަދުން ފެށިގެން މުދާ އަގުބޮޑުވާނެތީ އެވެ.
"މިސާލަކަށް ދަޅު މަސް ކޭހެއް މިހާރު ލިބޭ އަގަށް ވުރެ މާދަމާ ބޮޑުވާނެ. އެހެންވެ އަތުގައި ފައިސާ ހުރި ވަރަކަށް އެއްޗެހި ގަންނަމުން މިދަނީ،" ދަޅުމަސް ގަންނަން މިފްކޯ މަސް ފިހާރަ އަށް ގޮސް ހުރި މީހަކު ބުންޏެވެ.
ސަރުކާރުން ލަފާކުރަނީ ޖީއެސްޓީ ބޮޑުކުރިޔަސް، މުދަލުގެ އަގަށް "އެނގުން"ވާ ވަރުގެ ބަދަލެއް ނާންނާނެ ކަމަށެވެ. އެންމެ ދެ ޕަސެންޓް ނުވަތަ ސަތޭކައަކުން ދެ ރުފިޔާ ބޮޑުވުމަކީ، އެހާ ބޮޑު މައްސަލައެއް ކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަލްތޭ ޗަލްތޭ
02 January 2023
މަށަށް މުހިންމީ ސަރުކާރުން ތިޔަ ހަރަދުކުރަން ވިސްނާ ގޮތެއް. ލޯނު ދައްކަންތޯ ނޫނީ މުސާރަ ބޮޑުކުރަންތޯ ނޫނީ ރާއްޖެއިން ބޭރަށް މަޖާކުރަން ދާންތޯ، ނޫނީ ކޮންމެވެސް އެންބަސީއަކަށް "ގާތް" މީހަކާ އޭނާގެ އާއިލާ އައްޔަނުކޮށް އެވެރީންގެ ހަރަދު ބަރަދު ދައްކާލަދޭންތޯ
އައތ
02 January 2023
ތިން ހަތަރު ތަނުން ޖީ އެސްޓީ ލާފަހުން ރަށު ފިހާރަޔާ ހަމައިން އެއްޗެއް މިގަނެވެނީ. ޖީއެސް ޓީ އަށް ވުރެ އިންކަމް ޓެކްސް އަށް ޓާގެޓް ކުރުން މާރަނގަޅުވާނެ
ބޮޑުމީހާ
01 January 2023
އިބޫ ސޯލިހު ހިތުހުރިހާ ވަރަކަށް ސިޔާސީ މަގާމް އުފައްދަން ބޮޑުކުރި އެއްޗެއް ތީ، އިބޫ ހިތުހުރި ބަޔަކަށް ބޮޑެތި އަދަދުތަކުން ބަދަލުދޭން ރައްޔިތުން ފެލަނީ، އެކަމަކުވެސް ރައްޔިތު ޚާދިމު 50 އަކަށް މެމްބަރުން އެބައުޅޭ ސަނާކިޔަން..
ކޮތަޅުގާނޫނު
01 January 2023
ހުރިހާ އެއްޗެއް ބޮޑުވީ އަދި ކޮތަޅަކުން 2 ރުފިޔާ އިތުރުވީ
ހަސަދު
01 January 2023
ދިވެހިންނޭ ހިއްވަރު ކޮށްލާ އިރާދަ ކުރެއްވިއްޔާ 11 މަސް. ދެން ނޯ އެމް.ޑީޕީ ވެދާ އަންނީ އޯއިބޫ.
ސަރީފުއަލީ
01 January 2023
އެމް.ޑީޕީ ހޮވޭނީ އެމީހުންގެ ޕްލޭން ވަރައްވަރުގަދަކޮން ފެންނަނީ އިންޑިއާގެ އެހީއާއި އިދިކޮޅުން ކިރިޔާވެސް ވޯޓެއްލިބޭނީ ޔާމީނަށް ކަން އެގޭތީ ޔާމީނު އެހެރީ ޖަލުގައި އަދި ވެސް އިތުރު ހުކުމްތައް ރެޑީވަމުންދަނީ! ދެން ތިބި ސިޔާމް އާއި ކާނަލް އަށް މާބޮޑު ވޯޓެއް ނުލިބޭނެކަން އެމް.ޑީޕީ ޔަގީންވޭ!
ލަންބޫ
01 January 2023
ދެން އެއަށްފަހު އަނެއްކާ އިކޮނޮމިސްޓު، އެހެންނޫންތޯ؟
އެނދިމަރިޔަނބު
01 January 2023
ފައިސާ ޕްރިންޓު ކޮއްފި، ރިސޯޓު ކުލި މާފުކޮއްފި، ހަރުމުދާ ރަހުނުކޮއްފި، ލޯނު މަތިމައްޗަށް ނަގައިފި، ޓީ ބިލު ބޯކޮށް ވިއްކައިފި، ބަދަލުތައް ދީފި، އެންމެ ފަހުން ޓެކްސް ބޮޑުކޮއްފި... އިތުރުވީ ދަރަނި، ސިޔާސީ މަގާމު، ތާކުންތާކު ނުޖެހޭ ޕޯޑިއަމް ވައުދު ފުއްދަން ފައިސާ ކުރީ އިސްރާފު، އެންމެރައްޔިތަކަށްވެސް ބޯހިޔާވަހިކަން ލިބުނީކީ ނޫން، ޕްރެޖެކްޓްތައް ކުރިޔަޔަކަށް ނުކަނޑާ، އަންނިވެސް އުޅެނީ ބޮޑު ވަޒީރު ކަމާ، ޔާމީނު އުޅެނީ ވަގަށްނެގި ފައިސާ ނުދޭން.
ތިމާވެށި
01 January 2023
ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓް އަށް ބޮޑު ކުރީމަ 5 ރުފިޔާ އަށް ދޭ އެއްޗަކުން 2 ރުފިޔާ ބޮޑު ކުރީމަ އެތައް ގުނަ އެއް ބޮޑު ކުރެވުނީ އެވެ. ވިއްކާ އެއްޗެހީގެ އަގު ކުރީގެ އަގަށް ވުރެ 2 ޕަސެންޓް އަށް ވުރެ ބޮޑުކޮށް ވިއްކާ ނަމަ ބަލާނެ ބަޔަކު ނެތެވެ. ރިޕޯތް ކުރެވޭނެ ތަނެއް ނެތެވެ.
ކުޗީ
01 January 2023
ޝުކުރިއްޔާ މ.ޑ.ޕ ، ޝުކުރިއްޔާ ސޯލިހު. ގައުމު އަބަދުވެސް ދަރުވާލާނީ ވެރިކަން ކުރަން އަރުވާ މީހުން. އެދަރަނި ދަންކަން ފެލަން ޖެހޭނީ ރަށްޔިތުންގެލޭ. ވެރިކަމަށް ދަހިވެތިވެފަ ހުރި ބޮޑު ކަނޑުކޮަހަކަށް ވެރިކަން ދިނީމަ ވީގޮތް މިއީ ... އެބޭފުޅާއަށް އަދިވެސް ކައިރީގަ ތިބިމީހުން ވިސްނާދެނީ މިކުރެވެނީ ހެޔޮ ވެރިކަމަކޭ.
ލެއްގިކޮމިޝަނަރ
01 January 2023
އާއަހަރު ފެށުމުގެ އުފަލުގައި ހަވާއަރުވާފަ އަހަރުމެން ރައްޔިތުންނަށް ތިދިން ހަދިޔާއަށް ރައީސްމީހާއަށް ޝުކުރިއްޔާ. މަނިކުފާނުގެ ތިހަދިޔާގެ އަނގު އަޅުގަނޑުމެން އަދާކުރާނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓްގަ.
އައިމިނާ
01 January 2023
ޖީ އެސްޓީ އާ ޓީޖީއެސްޓީ އާ ހުރިހާ އެސްޓީ އެއް ކިތައްމެ ވަރަކަށް ބޮޑު ކުރިޔަސް މިނަށްވުރެ ކޮރަޕްޓް ވީމާ ހަމަ ޖެހޭނީ އެއްތާކު. ހަމަ އިތުރުވާ ވަރަކަށް ޖީބުތަކަށްވެސް އިތުރު ވޭ. ރައްޔިތުން ނިކަމެތި ވަނީ. ނަމަކަށް ކަމެއް ކުރިއަސް ވާނެ ފައިދާއެއް އޮންނާނެތޯ. ބަޔަކު ކުރާތީ ކުރަނީ.