ސަލާހު ސޮއި ކޮށްފައި ފޮނުވި ލިވަޕޫލްގެ ޖޯޒީއާ މައުމޫން ހަވާލުވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ޓްވިޓާ
03 ޖެނުއަރީ 2023 - 14:18
ލިވަޕޫލުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ސޮއި ކޮށްފައިވާ ޖޯޒީ އެއް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަދިޔާ އަކަށް ފޮނުވައިފި އެވެ.
މައުމޫނަށް ސަލާހު ފޮނުވި ހަދިޔާ ހަވާލު ކޮށްދިނީ ލިވަޕޫލާއި އިޓަލީގެ ގިނަ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ ސިމާއު ސައީދެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި އެ ޖާޒީ ސިފަކުރައްވާފައި ވަނީ ހަޒާނާއެއް ފަދައިންނެވެ. އަދި ސަލާހަކީ ޝައްކެއް ވެސް ނެތް ގޮތުގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ވެސް މައުމޫން ކުރެއްވި ޓްވީޓުގައި ވެއެވެ.
Thank you so much M.Salah @MoSalah for your signed shirt which I will deeply treasure. You are indeed one of the best football players in the world today. Also, thank you Simaau @TheKopKid8 for handing it over to me. @LFC pic.twitter.com/r5m9hAbGv6
— Maumoon Abdul Gayoom (@maumoonagayoom) January 3, 2023
އުމުރުފުޅުން 85 އަހަރުގެ މައުމޫނަކީ ބެލެވޭ ގޮތުގައި ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ލިވަޕޫލްގެ ސަޕޯޓަރެވެ. މައުމޫން ވަނީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ލިވަޕޫލަށް ސަޕޯޓް ކުރައްވަން ފައްޓަވައިފަ އެވެ.
ލިވަޕޫލްގެ ކާމިޔާބާއި ނާކާމިޔާބީގައި ވެސް އެމަނިކުފާނަކީ ޓްވިޓާގެ އިތުރުން ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ވައިބާ ގުރޫޕް ގައި ވެސް ޝުއޫރުތައް ފާޅު ކުރައްވާ ބޭފުޅެކެވެ.
ރަޖިސްޓްރީ ކޮށްގެން ހިންގާ ރާއްޖޭގެ ލިވަޕޫލްގެ ރަސްމީ ސަޕޯޓަރުންގެ ގުރޫޕުން ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ޑެނިއެލް އެގާ ރާއްޖެ ގެނެސް ސަޕޯޓަރުންނާ ބައްދަލު ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ހަފްލާއެއްގައި ވެސް މައުމޫން ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ލިވަޕޫލްގެ ސަޕޯޓަރުންގެ ގުރޫޕާ އެކު ބައެއް ހާއްސަ މެޗުތައް ވެސް އެކީގައި ބައްލަވާފައި ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީލާމް ސްޓޯން
04 January 2023
ހަނދާނަށް އަންނަނީ ހަނދުން ގެނައި ހިލަކޮޅުތައް މަލޭ ދާރުލް އާސާރުގައި ހުރިކަލަ ވާހަކައެއްހެން
ބޮނޑަ ބެއްޔާ
04 January 2023
ރ. މައުމޫނު އަށް ޝުކުރިއްޔާ
ނޮންޑޭ
04 January 2023
ޓްރެޝަރ އަކީ އަގުހުރި އެއްޗެހި. އެއީ ޚަޒާނާއެއް ނޫން.
ކަނަގަނަ123
04 January 2023
2023 ގައި ރައްޔިތުންނަށް ކަމެއްކޮށްދެވޭތޯ އުޅެބަލަ ތިވެސް އެމްއާރއެމް އިން ހަދާ މިޔުޒިއަމް އަށް ލައިބަލަ
ކުދުބެއްޔާ
03 January 2023
ކަލޯގެޔާ!!! މަވެސް ބޭނުން!!!!
ރެކި ބެއްޔާ
03 January 2023
ހެޕީ ނިއުޔާރ 2023
ދިއްދޫމީހާ
03 January 2023
ޒަޔާން ތީރަަނގަޅު މައުލޫމާތެއް ނޫން އަޅުގަނޑުގެ ކާފަ އުމުރުން 92އަހަރު ކާފަވެސް ސަޕޯޓްކުރަނީ ލިވަޕޫލްއަ ކާފަ ލިވަޕޫލްއަ ސަޕޯޓްކުރަން ފެއްޓީ ކާފަގެ ލިވާ އޮޕްރޭޝަނެއް ކުރަންވެގެން ހޮސްޕިޓަލްގައި އެދުމަތި ކޮއްފަ އޮތްއިރު ޓީވީ ދެއްކީ ލިވަޕޫލް މެޗެއް އަހުންނަ ބުނެވުނީ އެއީ ލިވާ އޮޕްރޭޝަން ކުރާ ޓީމެއް އެދުވަހު ލިވަޕޫލް މޮޅުވީ އަދި އޮޕްރޭޝަންވެސް ކާމިޔާބް އެހިސާބުން ކާފަ ސަޕޯޓްކުރަން ފެއްޓީ..
ދިއްދޫމޮހޮއްމަދު
03 January 2023
އެ ބެޗުގެ ގިނަ ބޭފުޅުން ސަޕޯޓުކުރަނީ ލިވަޕޫލަށް، ޒަޔާނުމެން އަދި ތަންކޮޅެއް ޅަވާނެ މި ކަމަށް
ގުލާ
04 January 2023
އޭރުވެސް ޓީވީ ހުރޭތަ ރާއްޖޭގަ؟؟
ސަލާހު
03 January 2023
މައުމޫން ސޮއިކޮއްލާފަ އަނބުރާ ފޮނުވާލަ ދީ!