15 ޖެނުއަރީ 2023 - 13:08
ނޭޕާލުގައި 72 މީހުންނާ އެކު ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި، މިހާތަނަށް މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި އެވެ.
ނޭޕާލުގެ މެދުތެރޭ އޮންނަ އެއާޕޯޓެއްގެ ކައިރިއަށް ވެއްޓުނީ ވެރިރަށް ކަތުމަންޑޫން ފުރައިގެން، ޓޫރިސްޓުން އާންމުކޮށް ޒިޔާރަތްކުރާ ޕޮކާރާ އަވަށަށް ދަތުރުކުރި ޔެޓީ އެއާލައިންގެ ބޯޓެކެވެ. ބޯޓު ވެއްޓުނީ އޭގައި އަލިފާން ރޯވުމަށް ފަހުގަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓުނީ މީހުން އުޅޭ ހިސާބުން ވަރަށް ތިރިން ދިއުމަށް ފަހު އެނބުރެމުން ގޮހެވެ. ބޯޓު ވެއްޓުނު ގޮތަށް ގޮވައި، އޮލަ ދުން އަރަން ފެށި އެވެ.
ބޯޓުގައި 68 ފަސިންޖަރުން ތިއްބެވެ. އޭގެ ތެރޭގައި އެންމެ މަދުވެގެން 15 ޓޫރިސްޓުން ހިމެނެ އެވެ. ބޯޓުގެ ކްރޫންގެ އަދަދަކީ ހަތަރެކެވެ.
नेपाल में बड़ा विमान हादसा! काठमांडू से पोखरा पहुंची फ्लाइट एयरपोर्ट के रनवे पर क्रैश। प्लेन पूरा जलकर खाक हो गया। विमान में 68 यात्री और 4 क्रू मेंबर सवार थे‼️#Nepal #YetiAirlines#planecrash #plane ✈️ pic.twitter.com/lPQwhy9En9
— Dn choudhry (@choudhry_dn) January 15, 2023
ބޯޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް
ބޯޓުން ދަތުރުކުރި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ސިފައިން މިހާރު އަންނަނީ ކުރަމުންނެވެ.
"މަރުވެފައިވާ އިތުރު މީހުންގެ ހަށިގަނޑުތައް އަދިވެސް ފެންނާނެ ކަމަށް ބެލެވޭ،" ސިފައިންގެ ތަރުޖަމާނަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޅި ބޯޓު އޮތީ ފުނޑުފުނޑު ވެފަ އެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ނޭޕާލުގެ 53 މީހަކު ހިމެނޭ ކަމަށް މިހާތަނަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ދެން ހިމެނެނީ އިންޑިއާގެ ފަސް މީހަކާއި ރަޝިއާގެ ހަތަރު މީހަކާއި ކޮރެއާގެ ދެ މީހަކާއި އަޔަލެންޑް، އޮސްޓްރޭލިއާ، އާޖެންޓީނާ އަދި ފްރާންސުން ކޮންމެ ގައުމަކުން މީހެކެވެ. -- ބީބީސީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނެއްގޮލާ
15 January 2023
މިހެން އެކްސިޑެންޓްތއް ފެނުނީމަ ފާހަގަ ވަނީ ރާއްޖޭގެ މެއިންޓެނަންސް އެންޑް ސޭފްޓީ ރަންގަޅުކަން. މުޅިންހެން ލޮނުގަ އެ ގެންގުޅެލަނީ މުޅިދުވަހު ފްލީޓް އެއްވެސް ސްޓރަކްޝަރަލް ފެއިލިޔާ އެކްސިޑެންޓެއްނުވެ.ހުސް ޕައިލެޓް އެރާ އެކްސިޑެންޓް.މެއިންޓެނަންސް ވަރައް ފުރިހަމައޭ ބުނެވޭނީ. ޢަދި ރާއްޖޭގަ އޭވިއޭށަން ފެށިތާ ބޯޑު އެކްސިޑެންތެއް ނެއް ހިނގާފަކާ ގިނަބަޔަކު މަރުވި.
ކެޕްޓަން ސާމިހް
15 January 2023
ޓްރެއިނިންތަކާ ޕައިލެޓުންގެ ކޮލިޓީ ދަށީ. މައުޅޭ އެއަލައިންގަ ހުރިހާ އެފްއޯއިން ޓްރެއިން މިކުރަނީ މަބޭނުންވާ ގޮތަށް. އެއްޗެއް ނޭގުނަަސް މޮޅުވާނެ.
އަހުމޭ
15 January 2023
ނޭޕާލް ފްލައިޓަކަށް ބޯޑް ކޮށްފިނަމަ އެއީ ޑެތް ސެންޓެންސެއްބާ؟ ތިނޫން ވަރެއްނުވޭ. 40 އަހަރު ވެފަ ހުންނަ ފްލައިޓްތައް. އެތަކެއް ހާދިސާއެއް. މުޅި ދުނިޔެއިން ތިބައިގަނޑައް ފިޔަވަޅު އަޅއަިގެން ތިކަން ހައްލު ކުރާނީ.