ނޭޕާލްގެ ފްލައިޓް ވެއްޓުނު ސަރަހައްދުގައި ރެސްކިއު ޓީމުން ހަރަކާތްތެރި ވަނީ
16 ޖެނުއަރީ 2023 - 14:13
ކަތަމަންޑޫ (ޖެނުއަރީ 16) - ނޭޕާލްގައި އިއްޔެ ވެއްޓުނު މަތިންދާބޯޓުން ދިރިހުރި މީހަކު ފެންނާނެ ކަމުގެ އުންމީދު ކަނޑާލައިފި އެވެ.
ނޭޕާލްގެ "ޔެތީ" އެއާލައިނުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފެނުނު 68 މީހުން ވެސް ވަނީ މަރުވެފަ އެވެ. ބޯޓުން 72 މީހުން ދަތުރުކުރި އެވެ.
ބޯޓު ވެއްޓުނު ސަރަހައްދާ އެންމެ ކައިރީގައިވާ ޑިސްޓްރިކްޓްގެ ވެރިޔާ ޓެކް ބަހާދުރު ވިދާޅުވީ ފުރާނަ ހުރިި މީހަކު ފެންނާނެ ކަމާ މެދު އެއްޗެއް ބުނަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ކަތަމަންޑޫއިން ނޭޕާލްގެ ޓޫރިސްޓު ސިޓީ، ޕޮކްހަރާ އަށް ދަތުރު ކުރި ބޯޓުގެ ކަޅު ފޮއްޓާއި ވޮއިސް ރެކޯޑާ ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކޯރެއްގެ ކައިރި އަށް ބޯޓު ވެއްޓުނީ ޖައްސަން ތައްޔާރު ވަމުން ދަނިކޮށެވެ. އޭރު ރަންވޭ އާއި ބޯޓާ ދެމެދު ހުރީ ކިލޯމީޓަރެއްގެ ދުރުމިނެވެ. އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޯޓު ވެއްޓުމުގެ ކުރިން އެންމެ ފަހުން އެއާޓްރެފިކް ކޮންޓްރޯލާ ވާހަކަ ދެއްކީ ޖައްސަން އޮތް ރަންވޭ ނޫން އެހެން ރަންވޭއެއްގައި ޖެއްސުމުގެ ހުއްދައަށް އެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބުރުގެ
16 January 2023
ބޯޓާ ރަންވޭއާ ދޭތެރޭ ކިލޯމީޓަރެއް ހުރިއިރު ބޯޓު ޖައްސަން ތައްޔާރުވަމުން ދިޔައީ؟ ތިއީ ގޯހެއް. ކިލޯމީޓަރަކަށް ކައިރިވެފަ ހުންނަ ބޯޓެއް ހުންނާނީ ފައިނަލް އެޕްރޯޗުގަ. މާނައަކީ ޕައިލެޓުން ތިބޭނީ ލޭންޑިން ޗެކްލިސްޓް ފުރިހަމަކޮށް ނިންމާފަ ލޭންޑިން ގިއަރ ތިރިކޮށް ލޭންޑިން ސްޕީޑަށް ބޯޓުގެ ސްޕީޑް ދަށްކޮށް ބޯޓު ލޭންޑް ކޮށްކޮށް.
ށަވިޔަނި
16 January 2023
ވަރަށް ހިތާމަވެރި ޙާދިޘާއެއް. ﷲ މިފަދަ ހިތާމަވެރި ޙާދިޘާތަކުން އަޅަމެން ރައްކާތެރި ކުރައްވާށި!