16 ޖެނުއަރީ 2023 - 15:15
ނޭޕާލުގައި އިއްޔެ މަތިންދާބޯޓު ވެއްޓުނު ވަގުތު އޭގައި އިން ފަސިންޖަރަކު ފޭސްބުކްގައި ލައިވްކުރި ކަމަށް ބުނާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ޔެޓީ އެއާލައިންގެ އޭޓީއާރް 72 މަރުކާގެ ބޯޓު 72 މީހުންނާ އެކު ވެއްޓުނު ހާދިސާގައި ހަތަރު މީހަކު ފިޔަވައި އެހެން އެންމެ މަރުވެފައި ވަނިކޮށް ވަނީ ފެނިފަ އެވެ. މިހާތަނަށް ނުފެނިވާ ހަތަރު މީހުން ވެސް ސަލާމަތުން ފެންނާނެ ކަމުގެ އުންމީދެއް ނެތެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ބޯޓުގެ ވިންޑޯ ކައިރީ އިން ފަސިންޖަރަކު އޭރު ބޯޓު ޖައްސަން ދިޔަ އަވަށް ކަމަށްވާ ޕޮކާރާގެ މަންޒަރުތައް ނަގަމުން ދަނިކޮށެވެ. ދޮޅު މިނެޓެއްހާއިރުގެ މި ވީޑިއޯ ނަގާފައިވަނީ އެކީގައި ދަތުރުކުރި އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ހަތަރު މީހެއްގެ ތެރެއިން އެކަކެވެ.
ދަތުރުގެ ހިތްގައިމުކަމުގެ ވާހަކަ ވެސް އެތަނުން އެއް ފަސިންޖަރަކު ދައްކަ އެވެ. ބޯޓުން ބޭރު ދައްކާލުމަށް ފަހު އެތެރޭގެ މަންޒަރުތައް ނަގަނިކޮށް ދެން ފެންނަނީ ކުއްލިއަކަށް ބޯޓު އެއް ފަރާތަކަށް އަރިވަނިކޮށެވެ. އެއާ އެކު އެންމެ ހަޅޭއްލަވައިގަނެވެ އެވެ. އަދި ބާރަށް ގޮސް ބިންމަތީގައި ޖެހި އަލިފާން ރޯވެ އެވެ.
ގެއެއްގެ ތެރޭގައި ހުރި މީހަކު ކޮށްފައިވާ އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓެނީ އެއް އަރިއަކަށް އޮވެގެން ވަރަށް ތިރިން އަރުމަށް ފަހު އެނބުރެމުން ގޮހެވެ.
ބޯޓު ވެއްޓުނީ 27 މިނެޓްގެ ދަތުރެއްގައި، އޭގެ މަންޒިލާ ކިލޯ މީޓަރަކަށް ކައިިރިވެފައި ވަނިކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓުމުގެ ކުރިން، އެހެން ރަންވޭއަކަށް ޖެއްސުމުގެ ހުއްދައަށް ވެސް އެދިފައިވެ އެވެ. ނަމަވެސް ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
18 January 2023
ކޮންމެވެސް ކަމެއްވެގެން މަތިންދާބޯޓު ޓޭކްއޯފް އަދި ލޭންޑިންގ ގަ އެނައުންސް ކުރަނީ މޮބައިލެ ފޯނު ނިއްވާލަން.
އައްޓަމަސް
17 January 2023
ފޭސްބުކު ކީއް ފާޚާނާގައިވެސް އިންނާނީ ލައިވްގައި
ވަހީދުބޭބެ
16 January 2023
ނޭޕާލުގެ މަތިންދާބޯޓު ޔޫރަޕުމަތިން އުދުހުން މަނާ ކޮށްފައި އޮންނަނީ ކަމެއް ވެގެން.
ސުލޭމާނު
16 January 2023
މިމަރުކާގެ ބޯޓުތަކަކީ މޯލްޑިވިއަންވެސް ގެންގުޅޭ ބޯޓު ފަހަރު.. މިވީ ގޮތް އެނގެންދެން ބޭރުގައުމުތަކުގާވެސް ކަންކުރާ އުސޫލުން ބޯޓފަހަރު ޗެކުކުރުން ވ ބުއްދިވެރި
ދޮގެއްނޫން
16 January 2023
އެއްވެސް ދޮގެއްނޫން ހަބަރުގެ ސުރުހީކިޔާލުމާއެކު ހިތަށް އެރީ ނޭޕާލުގަވެސް އިންޑިއާގަ ތިބޭކަހަލަ ގަމާރުންތާއޭ މިތިބީ، ބަލާލި އިރު މިގަމާރުކަންކުރީ ހަމަ އިންޑިއާ މީހެއް.
ރަބަތު
17 January 2023
އެމީހާ އަށް އިނގޭނެތަ ލައިވް ކުރަން ފަށާއިރު ފުލައިޓް ވެއްޓޭނެކަމެއް. ބޯޓު ވެއްޓުމުގެ މާ ކުރިން ލައިވުކުރަން ފަށާފަ ހުރީ
ޙަސަން އަޙްމަދު
17 January 2023
އޭނާ ގަމާރުވީ ކީއްވެޔޯ؟ ފޭސްބުކް ލައިވްކުރުމަކީ ގަމާރުން ކުރާކަމެއްތަ؟ މަށަށް އެބަ ހީވޭ ކަލެޔަށް ޚަބަރު ރަނގަޅަށް ގެޓުނުވާހެން. ދެން އެއީ އެހެން މީހުނަށް ގަމާރަށް ގޮވަންޖެހޭ ސަބަބެއް ނޫން އެކަމަކު.