ދުނިޔެ

އެންމެ ފިނި ސަހަރު، މައިނަސް 50 ދަރަޖައިގައި

17 ޖެނުއަރީ 2023 - 13:04

8 comments

ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ފިނި މޫސުމުގައި، އާދަޔާ ޚިލާފަށް ފިނިވުމަކީ، މިހާރަކަށް އައިސް އާންމު ކަމެކެވެ. ނަމަވެސް އެއްވެސް ސަރަހައްދެއްގައި ފިނިމިން މައިނަސް 50 ދަރަޖައިގައި މީހުން ދިރިއުޅެމުންދާ ކަމަށް މަދު ބަޔަކު ނޫނީ ގަބޫލެއް ނުކުރެ އެވެ.

ރަޝިޔާގެ ސަރަހައްދެއް ކަމަށްވާ އިރުމަތީ ސައިބީރިއާއަކީ، އާންމުން ދިރިއުޅޭ ތަންތަނުގެ ތެރެއިން، މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ފިނި ގަދަ އެއް ސަރަހައްދަށް ވާނެ އެވެ. ދުނިޔޭގެ އެންމެ ފިނި ސަހަރުގެ ގޮތުގައި ބެލެވޭ އިރުމަތީ ސައިބީރިއާގެ ޔަކުޓްސްކްގައި މި ދުވަސްވަރު ފިނިހޫނުމިން ހުރީ މައިނަސް 50 ދަރަޖައިގަ އެވެ.

އާންމު ގޮތެއްގައި ވެސް ކޮންމެ އަހަރެއްގެ ފިނި މޫސުން ގިނަ ދުވަސްތަކަކަށް ދެމިގެން ދާއިރު، ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހަކީ އެންމެ ފިނި ދުވަސްވަރެވެ. އެ ސަހަރުގެ ވެސް ރަށްފުށު ސަރަހައްދުގައި މިދުވަސްވަރު އާންމުން ތަޖުރިބާކުރަމުން ދަނީ، އެހެން އަހަރުތަކާ ޚިލާފަށް މާ ގަދަ ފިންޏެއް ކަމަށް އެ ސަރަހައްދުގެ މީހުން ބުނެ އެވެ.

ޔަކުޓްސްކްގައި މިދުވަސްވަރު އާންމުން މަގުތަކަށް ނުކުމެ އުޅުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ބޭރަށް ނުކުމެ އުޅޭއިރު ވެސް، އަތަށް ދެތިން އަންގި، ފަޔަށް ވެސް ބޯ ދެތިން އިސްޓާކީނު ލައްވައި، މަތިމައްޗަށް ދެ ޖެކެޓް ލައިގެން ނުކުތުމަކީ އާންމު ކަމެކެވެ.

"މި ފިންޏާ ދެކޮޅަށް އެކަކަށް ވެސް ހަނގުރާމައެއް ނުކުރެވޭނެ. އެއް ގޮތަކީ މި މޫސުމާ ގުޅޭ ގޮތުން ހެދުން އަޅައިގެން މި މޫސުމަށް ހޭނުން. އަނެއް ގޮތަކީ، މިގަދަ ފިނީގެ ތެރޭގައި ހަލާކުވެގެން ދިއުން. އަހަރެމެން މިއުޅެނީ ކެބެޖެއްގެ ގޮތަށް، ފަށަލަތަކަކަށް މަތިމައްޗަށް ހެދުންތައް ލައިގެން،" ޔަކުޓްސްކްގައި ދިރިއުޅޭ އެކަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބޭރަށް ނުކުމެ އުޅޭއިރު، އެންމެ އުނދަގޫވާ އެއް ކަމަކީ، ގަދަ ފިނީގެ ސަބަބުން ލޮލުގެ އެސްފިޔަތައް ގަނޑުވާން ފެށުމެވެ. އެ ސަރަހައްދުގައި މިލިއަނެއްހާ މީހުން ދިރިއުޅޭ އިރު، އެމީހުން ގަބޫލުކުރަނީ، އަލިފާން ރޯކޮށްގެން ފިނިން ސަލާމަތްވާ އުޅުމުގެ އިތުރުން، ފިނި ހެދުން ލައިގެން މޫސުމަށް ހޭނުން މާ މުހިންމެވެ.

8 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮތަރޭ

18 January 2023

ވަރަށް ޒަމާން ވެއްޖެ ދިވެހިން ގަދަ ހޫނުގައި މުޅި އަހަރު ހޭދަ ކުރާތާ. އަހަރެމެންނަށް ތި ސަހަރު 50 އަހަރަސޤ ދޭންވީނު ކަލޭމެން މި ޤައުމުގައި ތިބޭ 50 އަހަރަށް

The name is already taken The name is available. Register?

ދިރާ

18 January 2023

50އަހަރެއް ނޫން 1 ދުވަސް ވަންދެން ކޮތަރޭއަށް ކެތްކޮށްލެވިއްޖެ ނަމަ ރަނގަޅު.

The name is already taken The name is available. Register?

ދަގަތްފާނު

17 January 2023

އެކަމަކު ތިއުޅޭ އަނެކަކު ދާކޮންމެތާކު ދުނިޔެ ހޫނުވަނީއޭ ކިޔައިގެން އާވިއެބައަރުވައޭ.

The name is already taken The name is available. Register?

ވެލްކަމް

17 January 2023

ތި ސަހަރުގެ މީހުންނަށް ހަމަ މިހާރު މާލެއަތޮޅުން 100ހެކަޓަރުގެ ފަޅެއްހިއްކާފަ އެތާ ފުލެޓު އަޅާފަ އެމީހުނާ ހަވާލު ކުރުމަށް ރައީސް ސޯލިހުއަށް ގޮވާލަން.

The name is already taken The name is available. Register?

ނޮޓްވެލްކަމް

17 January 2023

އެމީހުންނަށް އުޅެވޭވަރަށްވުރެ މާ ހޫނުވާނެ މިތަން. ދެން އޭސީއަކުންވެސް އެމީހުންނަކަށްނުވާނެ.

The name is already taken The name is available. Register?

ހަސަންބޭ

17 January 2023

ޔާމީނާ ޔާމީންގެ މުޖާހަރާ ސަޕޯަޓަރުން ސަރުކާރު ހަރަދުގައި ފޮނުވަންވި އަންނައުނު ދީފަ އެތަނަށް. އޭރުން ހަސަންބޭ މެނަށް މާލޭ މަގުތަކުގައި ހިތްހަމަޖެހިގެން ހިނގާލެވޭނި. ވ ސަލާން.

The name is already taken The name is available. Register?

ހަސަންބޭއާ

17 January 2023

އެންމެ ދެތިން މީހުން މުޒާހަރާއަށް ނިކުމެގެން ތިހުރީ ވާވަރު. އިންސާނުންގެ ތެރެއިން އެއްބަޔަކު ގަދަ ފިނީގެ ސަބަބުން އެއުޅޭ އާދަޔާ ހިލާފު ކެތްނުކުރެވޭ ހާލަތުގެ ވާހަކަ ކިޔާފަ ހަސަންބެމެންނަށް މެޓައެއްހެން ހީވާ ކަމަކަށް ކެތްކޮށްނުލެވޭދޯ މުޒާހަރާގަ ދެތިން މީހުން މަގަށް ނިކުންނައިރަށް؟

The name is already taken The name is available. Register?

ހުއްބާ

17 January 2023

ހަބީބީ ކަމް ޓު މޯލްޑިވްސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454