ކޯޒްވޭގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާޒިމް އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
22 ޖެނުއަރީ 2023 - 17:02
ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ އަޅަން 237 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ އަޅަން ހަވާލުކުރީ 155،941،090ރ. އަށް، 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
ދެން ގުޅުވާލަން ހަމަޖައްސާފައިވަނީ ހިތަދޫ އާއި މެންދޫ އަދި ކުނަހަންދޫ އެވެ. އެ ރަށްތައް ކޯޒްވޭ އަކުން ގުޅުވާލަން 81،222،471ރ. ހަރަދުކުރާނެ އެވެ. ނިންމަން ހަމަޖައްސާފައިވަނީ 500 ދުވަހުންނެވެ.
ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) January 22, 2023
81،222،471،36 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/Leate7RVLV
އެ ރަށްތައް ގުޅުވާލުމަށް 237،163،561ރ. ހަރަދުކުރާނެ އެވެ.
ކަލައިދު އާއި ދަނބިދޫ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ނުފެށި ދިގުލައިގެން ދާތީ އެ ދެ ރަށުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ދެ ކައުންސިލް ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ނެރުނު ގަރާރުގައި ބުނީ ކަލައިދޫ، ދަނބިދޫ އަދި އިސްދޫ ދާއިރާގެ ތަރައްގީއާ ގުޅިފައިވާ ކޯޒްވޭ ހެދުމަށް 2020، 2021 އަދި 2022 ވަނަ އަހަރުގެ ބަޖެޓު ފައިސާ ހިމަނާފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އައި އިރު ވެސް މަސައްކަތް ފަށާފައިނުވާ ކަމަށް ބުންޏެވެ.
ކަލައިދޫ ކައުންސިލްގެ ރައީސް އަހުމަދު ޝިޔާމް "މިހާރު" އަށް އޭރު ވިދާޅުވީ އެއް ކިލޯ މީޓަރުގެ ދުރުމިނުގައި އޮންނަ ދެ ރަށް ގުޅުވާލުމަށް 2019 ވަނަ އަހަރު އީއައިއޭ ވެސް ހެދި ކަމަށެވެ.
އެ މަސައްކަތް ނިމިއްޖެ ނަމަ، ދަނބިދުއާ އެއްފަސްގަނޑެއްގައި އޮންނަ ކަލައިދު އާއި އިސްދުއަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާދީޕް
23 January 2023
މުސްތަގުބަލުގައި އިސްދޫ ދާއިރާވާނީ ލ. އަތޮޅުގެ އެޑްމިނިސްޓްރޭޝަނަށް
ޕޮއް
23 January 2023
އޮ އަންނަނީ އަންނަނީ ހެހެ އިބޫ ރައްޔިތުން ގުބޮލެއް ނުހެއްދޭނެ
މުޑަހަންޖާ
23 January 2023
ކ.ހުޅުމާލޭ ދެފޭސް ދޭތެރެ ފަންސާހަކަށް މީޓަރު ކިރިއަކިރިއާ ގުޅުވޭވަރުވީ 80 މިލިއަން ޑޮލަރުންކަމަށްވަނީ، އެހާ ހަރަދުބޮޑުވީ އޮއެވަރު ދެމެންޖެހޭތީޔޯލަ، ލ.އަތޮޅުގަ 5 ރަށް ގުޅުވަން ހަރަދުވާކަމަށް މިވަނީ 13 ވަރަކަށް މިލިއަން ޑޮލަރު، މިއިންވެސް މިއެނގެނީ ދެދަރަޖައެއްގެ ތިމާވެއްޓެއްވެސް ރާއްޖޭގަ އެބައުޅޭކަން.
ދހސތވސ
23 January 2023
ކުރިން ކިޔާގޮތަށް، ބޮޑު ކާފު ނޫނީ ކާފުގެ ބޭނުމުގައި ކޮންމެ ފަސްއަހަރަކުން އެއްފަހަރު ކުޅޭ ގޭމު މިފަހަރުވެސް. ގޭމުގެ މޮޅުކަމަކީ ރަށްރަށަށް އަރާފަ، ގޭގޭ ބަދިގެ ތެރެއިންނާ ކާމޭޒުމަތިން ކައިބޮއި ހެދުން. ނުވިތާކަށް ސަޅި ފޮޓޯއެއް ކަނޑާލަން ހަނޑަސްބުރިޔަށް ވެސް ވަދެލަންވާނެ. އަބަދުވެސް ރައްޔިތުން ގުނބޯ ހެއްދުން.
ރަދީފްއޮފިޝަލް
23 January 2023
މަހީކުރީ މިހުރިހާ މަސައްކަތެއް ނިމިއްޖެކަމަށް.
LaamuonlineDOTcom
23 January 2023
ކީއްކުރަންގުޅާ ރައްތަކެއްބާ؟ ލ.އަތޮޅުގެ ހުރިހާރަށެއް ގުޅެންޖެހެނީ ލ.ގަމާ!! މިގޮތައް ޕުލޭންކޮށްފައި ނެތުމުން ތިޔަކަމަކީ އެއްވެސް ޕުލޭނެއްނެތި ވޯޓަށް އަރުވާލާއަޑެއްކަން ވަރަށްސާފު
އޮނަރަބްލް އަފީފު ދީދީ
23 January 2023
ކޯޒްވޭ އެކޭ ކިޔާފައި ދެރަށް ދޭތެރޭގައި ވެލިފުންޏެއް ނުވަތަ ސްޕޯޓްސް އެރީނާ އެކޭ ބުނެ ރަށުގެ މެދުގައި އޮތް ބިމެއްގެ ވަށައިގެން ނަރުދާ ޖެހީމަ އެއީ ލާމު އަތޮޅު މީހުނަށް ޙައްޤުމިންވަރުކަމަށް ހީކޮށްގެން ނުވާނެ. # އެމްޑީޕީ ޕްރައިމެރީގައި ރައީސް ނަޝީދުގެ ވާދަވެރިޔާއަށް ލާމް އަތޮޅު މީހުން ވޯޓް ނުދޭންޖެހޭ އެންމެ ބޮޑު ސަބަބަކީ "އިންޑިޔާ ސަރުކާރު އެހީގައި ލ.އަތޮޅުގައި އަޅާންބުނި ހޮސްޕިޓަލް" ތިއަތޮޅުގައި އެޅުމަށް ފުރުސަތު ހޯދުން. އެހެން ނޫންނަމަ ....
ކުޗީ
22 January 2023
ހީހީ ހަލާކުވެދާނެ. ހަމަ މިގޮތަށް ވަރަށް ފޯރީގަ ދެކޮމަންޑޫ ވެސް އެއްކޮއް ނިންމާލައިފި. އެފަހަރުވެސް ވޯޓުގެ ކުޑަދުވަސްކޮޅެން ކުރިން. ދެން ބަޔަކު ހުސްބުޅީގެ ގަންނަންޏާ ލ އަތޮޅު މީހުން ޖެހޭނެ.
ލާމް
22 January 2023
ލާމު އަތޮޅުގަ މީހުން އުޅެންވީ ގަން ފޮނަދޫ ސަރަހައްދުގަ. އެހެން ރަށްތަކު މީހުނަށް ގަމުން ފުލެޓުދީ އެ ރަށު އާބާދީ އިތުރުކުރުމުގެ މަޝަރޫއެއް ޖައްސަންވީ. ގަމުގަ އެކަނިވެސް ރާއްޖޭ ރައްޔިތުން އުޅޭހާ ޖާގަ އެބައޮތް. ކޯޒްވޭގެ ބަދަލު އެ ބޮޑު ރަށް ތަރައްޤީކުރުން މާ ބުއްދިވެރި.
ހަސަނު 5
23 January 2023
ގަން ފޮނަދޫ މީހުން އުޅެންވީމާލޭގައި
ހަޅަ
22 January 2023
ތި ހަވާލުކުރި ކުރުން އޮތްތާކު އޮންނާނީ ސޮއިކުރަނީ ދެއްކުމަށް