ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން: މާވާރުލު އެއާޕޯޓުގެ އެއްބަސްވުން ބާތިލްކުރީ މަސައްކަތް ނުނިމޭތީ ކަމަށް ބުނެ --މިހާރު ފޮޓޯ/ނިޝާން އަލީ
17 ޖެނުއަރީ 2017 - 10:32
ގދ. މާވާރުލުގައި އެއާޕޯޓެއް ހެދުމަށް މޫވިން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި މޫވިން އިންޓަނޭޝަނަލުން ސަރުކާރާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް 2011 ގައި މޫވިން އިންޓަނޭޝަނަލާ ހަވާލުކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކުރީ އެއާޕޯޓުގެ މަސައްކަތް ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުން ވެސް މަސައްކަތް ނުނިމޭތީ ކަމަށް ބުނެއެވެ. އެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އެއްބަސްވުން ބާތިލްކުރި މައްސަލަ މޫވިން އިންޓަނޭޝަނަލް އިން ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަންގައި ހައްލު ނުވުމުން އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.
މޫވިން ކުންފުނިން އެދިފައިވީ އެއްބަސްވުން ބާތިލްކުރީ އިޖްރައާތާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏަށް ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެއްބަސްވުން ބާތިލް ކުރުމުން މޫވިން ކުންފުނިން ބުނެފައިވަނީ އެއްބަސްވުން ބާތިލްކުރީ އެއާޕޯޓުގެ 60 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ކަމަށާއި މަސައްކަތް އެއްކޮށް ނުނިމުނީ ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ނުލިބޭތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
17 January 2017
ޒާހިރު އާދަމް ވަނީ ދިގުފިނޮޅު އަދި އޮޅުވެލި ކިޔާ ރިސޯޓެއްވެސް ހައްދަވާފަ. އަދި ހުވަދު އަތޮޅު ދެކުނުބުރީގެ މެމްބަރ ކަމާއި ގައްދޫ ދާއިރާގެ މެމްބަރ ކަންވެސް. އަދި ގައްދޫ އަށް ގުނާ ނުލެވޭ ގިނަ ޚިދުމަތް ތަކެއް. ޒާތީވުމަކީ އިންސާނާގެ ކިބައިގައިވާ އިޚްތިޔާރީ ބާރެއް.
އައްސަމަދު
17 January 2017
މިއީ ޒާތީވާންޖެހޭ ވަގުތެއްވެސް ނޫން. މޫވިން އިނ
މުހައްމަދު އަހުމަދު
17 January 2017
6 އަހަރުވެދިޔައިރު އެއާޕޯޓް ނުހެދިފައިވަނީ އެހެންމީހުން 6 މަހުން 01 އަހަރުން އެއާޕޯޓް ހަދާ ލަދެއްވެސް ނުގަނޭދޮ މިވަރުގެމީހުން ކޯޓައްދާން. މީނަ މިއުޅެނީ އެތަން ހެދިދާނެތީ ކޮންމެވެސްއެއްޗެއްކިޔާ މިކަމަށް ހުރަސް އަޅަން. މީދޯ ގައްދޫ ރައްޔިތުންނަށް ހެޔޮއެދުމަކީ
ހާސަރު
17 January 2017
ސަރުކާރުން އެންމެނަށްވެސް އެއްމިންގަޑަކުން ހަދާނަމަ މިމައްސަލަ ނުބެލޭނެ ! އެކަމަކު ސަރުކާރުން ބައެއް ފަރާތް ތަކަށް ދީފަ ހުރި ތަންތަން މުއްދަތު ފަހަނައަޅާގޮސް 20 25 އަހަރު ވާއިރުވެސް އަޅާނުލާ އަތެއް ނުލާ! ވީއިރު ބަޔަކު އެތައް މިލިއަން ޚަރަދުކޮށްފަ އޮތް ތަނެއް ހަމަ ސިޓީއެއް ފޮނުވައިގެން އަތެއް ނުލެވޭނެ.
ބަލަންވީ
17 January 2017
މިހެންވާނީ އެއިރު ވެރިއަކަށް ހުރި މީހަކު އަބަދު ވެރިކަމުގައި ހުރުމުގެ ބޭނުމުގައި ރަށުތެރޭގައި އުޅޭ ކިއްލި ތަޅާ ގްރޫޕް ގެ މީހަކަށް މާވާރުލު އެއާރޕޯރޓް ހަދަން ދިނީމާ. ޑައިވިންގް އަށް ދިޔަ ޕާރޓްނަރު މަރުވީ ކިހިނެއްތޯ އެކަލޭގެ ކައިރިން އަހަގަ. ދެން އަނެއްކޮޅުން އެއާރޕޯރޓް ގެ %60 ނިމިއްޖެއޭ ބުނާއިރު އެ އެއާރޕޯރޓްގެ %10 ވެސް ނުނިމެއެވެ. މާވާރުލު އެއާރޕޯރޓް ދިން މީހުންނަށް އެއެއާރޕޯރޓް ހެދޭ ނަމަ ލޯކަލް މާރުކޭޓް ގޮޅީގައި އިންނަ ހިކަނދިފަތް ވިއްކާ މީހާ އަށް ވެސް އެއެއާރޕޯރޓް ހެދޭނެއެވެ. މީ މިސާލަކީ.
އެހެންވެދޯ
17 January 2017
މިއީ ޒާތީ ތައައްޞުބުން ފުރިގެންވާ ހިތެެއްގެ އުދާސް ބޭރުކޮށްލަން ލިޔެފައޮތް ކޮމެންޓެއްހެންހީވަނީ... މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވެސް އުފަންވީ ފައިސާ ފުންޏެއްގެ ތެރެއަކަށްނުން. ހަމަމިމޭރުމުން ސަންޓްރެވަލް ޝިޔާމަކީ އިރެއްގަ އެއަރޕޯޓް ރެޕެއް. އެއްވެސް މީހަކަށް ލިބިފައިވާ މުއްސަދިކަމާދޭތެރޭ ޙަސަދަވެރިވުމަކީ ވަރަށްގޯސްކަމެއް.
ނުވާނެދޯ
17 January 2017
އޭއި " އެހެންވެދޯ" ތަމެންނަށް ނޭގޭނެ ރާއްޖޭގެ އަންޑަރވޯލްޑް ބިޒްނެސް ކޮމިއުނިޓީ. މެކުނު ފުމުނަސް ގާހަކަ އަކަށް ނުފުމެވޭނެއެވެ. އެއީ ވާނެ ކަމެއްނޫނެވެ.
އިބްރާ
17 January 2017
ނުބައި ސަރުކާރެއްނަމަ މިކަހަލަ މައްސަލަތަށް ކޯޓަށް ވައްދާނީ ކިހިނެތްތޯ؟