ކުޅިވަރު / އާސެނަލް

ޗެލްސީން އެންޒޯ ހޯދަން އަލުން މަސައްކަތް ކުރަނީ: ރިޕޯޓް

ޗެލްސީ އަށް ގެންނަން މަސައްކަތް ކުރާ ބެންފީކާގެ އެންޒޯ ފެނާންޑޭޒް.-- ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (ޖެނުއަރީ 30) - ބެންފީކާ އާއެކު އެއްބަސްވުމަކަށް ނާދެވިގެން ޗެލްސީ އިން ގެނައުމުގެ މަސައްކަތް ހުއްޓާލި އާޖެންޓީނާގެ އެންޒީ ފެނާންޑޭޒް ހޯދަން އެ ކްލަބުން އަލުން މަސައްކަތް ފަށައިފި ކަމަށް މީޑީއާތަކުން ރިޕޯޓް ކޮށްފި އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕް ގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދުމާ އެކު ޗެލްސީން ވަނީ އެންޒޯ ހޯދުމުގެ ރޭހަށް ވަނެވެ. ބެންފީކާގެ ޗެއާމަން ރުއީ ކޮސްޓާ އޭނާ ދޫކޮށްލަން ބޭނުން ނުވި ނަމަވެސް، އެންޒޯގެ ރިލީޒް ކްލޯސް ގެ ގޮތުގައި ހަމަޖައްސާފައިވާ 120 މިލިއަން ޔޫރޯ (131 މިލިއަން ޑޮލަރު) އެއްކޮށް ދައްކާފައި ކުޅުންތެރިޔާ ގެންދިޔުމުގެ ފުރުސަތު އޮތެވެ.

އެހެން ނަމަވެސް އެންޒޯ ހޯދުމުގެ މަސައްކަތް ހުއްޓާލީ ޗެލްސީ އިން ފަހު އޮފާގެ ގޮތުގައި 85 މިލިއަން ޔޫރޯ (92 މިލިއަން ޑޮލަރު) ހުށަހެޅުމުން ބެންފީކާ އިން އެކަމާ ދެކޮޅު ހެދުމުންނެވެ.

ޗެލްސީ އިން ވަނީ އެންޒޯ ގެ ބަދަލުގައި ބްރައިޓަން އަށް ކުޅޭ އެކުއެޑޯގެ މޮއީސެސް ކައިސޭޑޯ ހޯދަން ވެސް މަސައްކަތް ކޯށްފަ އެވެ. ނަމަވެސް ބްރައިޓަން އިން އޭނާ އަށް 100 މިލިއަން ޕައުންޑް (123.90 މިލިއަން ޑޮލަރު) ބޭނުންވާތީ ޗެލްސީ އިން އަލުން އެންޒޯ ހޯދަން މަސައްކަތް ފެށީ އެވެ.

ޗެލްސީ އިން މިފަހަރު ތިބީ އެންޒޯގެ ރިލީޒް ކްލޯސް ކަމަށްވާ 120 މިލިއަން ޔޫރޯ އެއްކޮށް ދައްކާފައި ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އޭނާގެ ސޮއި ހޯދަން ތައްޔާރަށެވެ.

ޕޯޗުގަލްގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި އެންޒޯ ޓީމުގައި ބަހައްތަން ބެންފީކާ އިން އަންނަނީ ރިލީޒް ކްލޯސްގެ އަގު 150 މިލިއަން ޔޫރޯ (163 މިލިއަން ޑޮލަރު) އަށް ބޮޑު ކުރަން ވެސް މަޝްވަރާ ކުރަމުންނެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ޓީމުގައި ހުރެއްޖެ ނަމަ ބެންފީކާ އިން ލޯޔަލްޓީ ބޯނަހެއްގެ ގޮތުގައި އެންޒޯ އަށް 2 މިލިއަން ޔޫރޯ (2.17 މިލިއަން ޑޮލަރު) ވެސް ދޭން ހުށަހަޅައެވެ.

ކައިސޭޑޯ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވެސް ޝައުގުވެރި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ލިވަޕޫލުން މި ޓްރާންސްފާ ބާޒާރުގައި ސްކޮޑަށް އިތުރު ބަދަލެއް ނުގެންނާނެ ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ރޭ ލިވަޕޫލް ކުޅުނު މެޗަށް ފަހު މީޑިއާގައި ހާމަ ކޮށްފަ އެވެ.

ކައިސޭޑޯ ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި މިވަގުތު އުޅެނީ އާސެނަލް އެވެ. އެންމެ ފުރަތަމަ އާސެނަލް އިން އޭނާ އަށް 60 މިލިއަން ޕައުންޑް (74 މިލިއަން ޑޮލަރު) ހުށަހެޅުމުން ބްރައިޓަން އިން އެއްބަހެއް ނުވި އެވެ. އަދި ރޭގެ ވަގުތެއްގައި އެޑް-އޯންސް ގެ ގޮތުގައި އިތުރު 10 މިލިއަން ޕައުންޑާ އެކު 70 މިލިއަން ޕައުންޑް (87 މިލިއަން ޑޮލަރު) ގެ ޕެކޭޖެއް ހުށަހެޅި ނަމަވެސް އެ ހުށަހެޅުން ވެސް ބްރައިޓަން އިން ގަބޫލު ނުކޮށް އަނބުރާ ފޮނުވާލައިފި ކަމަށް ރިޕޯޓް ކުރެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454