ހަފްތާއަކު އެއްފަހަރު ބާލިސް އުރަ ބަދަލު ކުރާ ނަމަ ހަންގަނޑު ރީތިވޭ
31 ޖެނުއަރީ 2023 - 06:40
ތަޖުރިބާކާރުން ބުނާގޮތުގައި، ގަވައިދުން ކޮންމެ ހަފްތާއަކު އެއް ފަހަރު ނިދަން ގެންގުޅޭ ބާލިހުގެ އުރަ ބަދަލުކުރާ ނަމަ ހަންގަނޑަށް ވަރަށް ފައިދާވާނެ އެވެ.
އިންޑިއާގެ ތަޖުރިބާކާރު ކޮސްމެޓިކް ޑާމަޓޮލޮޖިސްޓް، ޑރ. ގީތިކާ މިއްޓަލް ގުޕްތާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ހަފްތާއަކުން ހަފްތާއަކުން ބާލިސް އުރަ ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އޭރަށް ހަންގަނޑަށް އަންނަ ބަދަލު ފެންނަން ފަށާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
"މިކަން ނޭނގި، ނުކޮށް ހުންނަ ނަމަ، ޗާންސް އެބައޮތް ނިދަން ތިތިބީ ހަމުގެ މަރުވެފައިވާ ސެލްތަކާއި ބެކްޓީރިއާތަކާ އެކުގައިކަން" ޑރ. ގީތިކާ ލިޔެފައިވެ އެވެ.
އެންމެ މޮޅު ގޮތަކީ ކޮންމެ ހަފްތާއަކު ބާލީހު އުރަ ބަދަލުކުރުން ކަމަށާއި، ނިދަން ގެންގުޅޭ ބާލިސް ވެސް ކޮންމެ ހަ މަހަކުން އެއްފަހަރު ދޮންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އެ ޕޯސްޓުގައި ބާލީހު އުރައިގައި ހުންނަ ތެލާއި، ހިރަފުސް ފަދަ އެއްޗެހީގެ ސަބަބުން ސްކިން ކެއާ ރުޓީން އެއް ގެންގުޅުނު ނަމަވެސް، ހަންގަނޑަށް ގެއްލުން ވެދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ސިލްކު ފޮތިން ފަހާފައި ހުންނަ އުރައިން ވެސް ހަންގަނޑައި އިސްތަށީގެ ސިއްހަތު ރަނގަޅު ކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ. އެމެރިކާގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ކަފައިން ހަދާ ބެޑްޝީޓަށް ވުރެ، ސިލްކް ބެޑްޝީޓު ގެންގުޅޭ މީހުންގެ ހަމުގައި ބިހި ނެގުން މަދެވެ.
އޮމާން ހަންގަނޑެއް ބޭނުން ނަމަ، ބާލީހު އުރަ އާއި ބެޑް ޝީޓާއި މޭކަޕް ކުރަން ގެންގުޅޭ ބްރަޝްތަކާއި، ބިއުޓީ ބްލެންޑާސް ތަކުގެ އިތުރުން ތުވާލި އަބަދުވެސް ސާފުކޮށް ބަހައްޓަން ޑރ. ގީތިކާ ނަސޭހަތްތެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ފައްކާ
03 February 2023
ޑރ.ގިތިކާ ކައިރި ބުނޭ ޑރ.ފައްކާއަށް ވެސް މޮޅެތި ނަސޭހަތް ދޭން އިނގެއޭ. އެކަމަކު އެމީހަކަށް ހުރި މަޖޫބޫރުތައް އިނގޭނީ އެމީހަކަށޭ. ދުވާލަކު 3 ފަހަރު ފެންވެރިމީހާ ފެން ބިލު ކުޑަކުރަން މިހާރު ފެންވަރަނީ ދެ ދުވަހުން އެއްދުވަހުއޭ. ދުވާލަކު ދެފަހަރު ބަދަލުކުރި ޖަންގިޔާ މިހާރު ބަދަލުކުރަނީ މަހަކު އެއްފަހަރުއޭ. މިކަން މިގޮތަށް ކުރަނީ އެއީ ރަނގަޅު ކަމެއްކަން ނޭނގޭތީއެއްނޫނޭ. ބާލީހުއުރަ ބަދަލުކުރާ ދޭތެރެއަށްވުރެ މިބުނި ދޭތެރޭ ކައިރި ކުރުން މާ މުހިންމެވެ. އހ
ޒަމާނީ
01 February 2023
ޑރ ގީތިކާ ކީކޭބާ ބުނަނީ ބައިވަރު އެންޓިބެކްޓީރިއަލް، އެންޓިވައިރަލް ސްޕްރޭތައް މިހާރު ހުންނައިރު، އަބަދު ބާލީސް އުރަ ބަދަލުކޮށް ދޮވުމުގެ ބަދަލުގައި އެތަކެއްޗަށް ސްޕްރޭ ކުރުމުން ދޮންނަންޖެހޭ މިންވަރު ކުޑަވާނެކަމާމެދު.
ޓައިމަރު
31 January 2023
ޓައިމެއް ނޯވެޔޭ ބުރޯ!!
ޭހެނެނ
31 January 2023
ސިލްކް ގައި ފިރިހެނުންނަށް ނިދޭ ތޯ؟