މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 ފެބުރުއަރީ 2023 - 21:12
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ ޓްވީޓުކުރި މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާގެ ޓުވިޓާ އެކައުންޓު މިއަދު ސަސްޕެންޑުކޮށްފި އެވެ.
"ނަންނަޒީވް"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ޓްވީޓުގައި ބުނީ "ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ" ކަމަށެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ލިޔެފައި އޮތީ ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ކަމަށާއި ރައީސް ހަމަ ބިމަށް ތިރިކުރަން ވެއްޖެ ކަމަށެވެ.
"ޓްވީޓްކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަންވެއްޖެ،" އެ ޓްވީޓްގައި އޭނާ ބުންޏެވެ. އެ ޓުވީޓްގެ ސަބަބުން އެތައް ބައެއްގެ ނުރުހުން އަމާޒުވެ، ފާޑުކިޔުން ބޮޑުވުމުން ޝިއުނާ ފަހުން ޓްވީޓު ޑިލީޓުކުރި ނަމަވެސް، ލޭ އޮހޮރުވުމަކަށް ގޮވާލި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ފުލުހުން ބުނީ ޝިއުނާ ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އޭނާގެ އެ ޓްވީޓާ ގުޅިގެން އެތައް ބަޔަކު ވަނީ އެ އެކައުންޓްގެ މައްސަލަ ރިޕޯޓުކޮށްފަ އެވެ. ޓްވިޓާގެ ގަވައިދުތަކަށް ހިލާފުވި ކަމަށް ބުނެ ޝިއުނާގެ އެކައުންޓު ސަސްޕެންޑުކުރިއިރު ފޮލޯވަރުންގެ ގޮތުގައި 10،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.
ޓެރަރިޒަމަށް ހިތްވަރުދިނުމަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ. މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި އެފަދަ ކަންކަމަށް ހިތްވަރުދީ ޕޯސްޓުތައް ކުރާ މީހުން ހައްޔަރުކޮށް، ދައުވާ ވެސް އުފުލާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާނުބެ
05 February 2023
ލޯބި ގޮތެއް ހުރޭ ،
ހަސަނު
05 February 2023
އެވަރުން ނުފުދޭ... ރާއްޖޭގެ ގާނުނު ތައް އަރާހަމަކޮށް އެ ކުރި ކުށަށް އެކަށޭނަ އަދަބެއް ދެވެންޖެހޭނެ.. ޓެރެރިޒަމްގއ އަމަލު ތަކަކަީ ހާއްސަ ގާނޫނެއްގެ ދަށުން އަދަބުދޭ ބޮޑުވެގެންވާ ކުށެއް..
މިންވަރު
05 February 2023
ހައްދު ފަހަނައަޅާ ދެވޭއިރުވެސް ނޭގޭ.ޝާއިރު ވިދާޅުވަނީ "އަދާވާތްތެރި ވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން."
މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ
05 February 2023
ހައްހައްހާ....................................
ޤަދްޤާމް
05 February 2023
ބުނަން. މީނަ މިލިޔުނު ބަނދިވަރު ސަކަރާތް އިނގޭ. ވަރަށް ދެން ޙަވާރިޖު ވައްތަރުކަން ބޮޑު އެއްޗެއް އެއީ. އެކަމަކު މީނައަށް މާފަށް އެދުމުގެ ފުރުސަތު ދޭން ޖެހޭ ހަދާއެއްޗެއް ބަލަން. ފަހަރެއްގަ އޭރުން ދެން ނުކުންނަ އެއްޗިސް ސާފުވެ ހިތްގައިމުވެފަ ހުރެދާނެ. ބަލާފަ ޖަހަނީ ރަނގަޅު ފާޑު. އުލު ބައިންދާކަށް ނުވޭ އަދި. ކިތައް މީހުން ހުންޏާ ބިލެތާ ލައިގެން ދުފިދުފީނުން ދޫ ކަފާލަން ގޮވަނީ މި ގައުމުގަ؟ އެހެންނު.
އިސްމާލި
05 February 2023
ރަނގަޅު ކަމެއް. އަހަރެންވެސް ތާއީދު. އަދި ހަމަ މި މައްސަލައާއި އެއްކޮށް އެބަ ޖެހޭ އެ ކިޔާ ޝުންބާ ގޮންގް އެކޭ ކިޔާ ސޮރުގެ މައްސަލަވެސް ބަލަން. އަފްރާޝީމް މަރާލުމާއި ގުޅޭ ގޮތުން "އޮންނާނީ ކަތިލާފައި" ކަމަށް ބުނެ މިހާރުގެ މިނިސްޓަރަކަށް މެސެޖް ކުރި ކަމަށް އެ މިނިސަޓްރ ޓްވީޓުކޮށްފައި އޮތް. އަދި ހަމަ އެ ބީދައިން އެ ސޮރު ޓްވީޓްކުރިކަމަށް ބުނެ ފޮޓޯތަކެއްވެސް އެބަ ދައުރުވޭ.
ލަދީނީ
05 February 2023
ހަހަހަ. ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ، ކީރިތި ގުރުއާނަށް ހަޖޫ ޖަހާ އެއްވެސް އެކައުންޓަކަށް ނެތް މިހާތަނަށް ފިޔަވަޅު އަޅާފައެއް. ޝިއުނާގެ ކުށަކީ އޭނަ ލާދީނީ ބައިގަނޑާ ދެކޮޅަށް ބަސް ބުނުން،
ސައުތު
05 February 2023
އިލާން މަސްކަށް ތި މައްސަލަ މިއަދުގެ ވަގުތެއްގަ ފޮނުވަ ދޭނަން. އިލާން މަސްކް ބޭނުން މީހަކު ސަސްޕޭންޑް ކުރާ ގޮތަށް އޮންނަ ކަމެއް ތި ކަމަކީ
ފާޑުފާޑު
05 February 2023
ހަގީގަތަށް އެއްޗެއް ބުނަން ލަދުގަންނަ މީހުން ގިނައީ، އެއީ ގޯހެއް ކަމެއް ގަބޫލެއް ނުކުރެވޭ
ރަދީފްއޮފިޝަލް
05 February 2023
ނިކަމެތި ޞޮއީފް އަންހެނެއްގެ ކިބައިން ނެއްޓެން ނޭނގުނު ސަރުކާރެއް.ހެހެހެހެހެހެހެހެ
ސައުތު
05 February 2023
ޙައްހައްހައްހާ. ކަލޯ މިއީ ކިހިނެއް އުޅޭ އަންހެނެއް ކަން އަހަރެމެންނަށް އެގޭ. އަދި އެގޭ އެތަކެއް ދިވެހި ފިރިހެނުން އުޅޭނެ. ޙަމަ ފާޑަކަށް ކަޅު ހެދުމެއް ލާ އިރަށް މީހާ މާ ރަނގަޅު މީހަކަށް ނުވޭ
ޒަންޖބީލު
05 February 2023
ކަލޭ ތިހެން ކޮމެންޓުކޮށްގެން ފަހަރެއްގަ ފުރުސަތެއް ލިބިދާނެ.
ނިކަމެތި ޟޮއީފުން އެހެނެއް ނޫޅޭނެ
05 February 2023
ނިކަމެތި ޟޮއީފު އަންހެނުންގެ ބަސްމަގު އެހާ ހަރިކަށި ވެފައި ހުތުރެއް ނުވާނެއެވެ. އަދި އަމިއްލަޔަށް އައިސް ބަގުޑިލައިގަތީމައި، ސަރުކާރު އެމަސައްކަތް ކުރަނީ އޭނަގެ ކިބައިން ނެއްޓެންވެގެންނެވެ.
އަންޑޭ
06 February 2023
މީހުން މަރަން އަދި އަނިޔާދޭން ގޮވުން އިސްލާމްދީނުގައި ޙަރާމް. ޙަރާމް ކަންތައްތަކަށް ގޮވާނީ ލާދީނީވީމަ!
ނަޖްފާ
05 February 2023
މީހުންނާ ހެދި އުޅެން ޖެހޭނީވެސް ވަކި ސުމާރުވަރަކަށް ދޯ؟ ކީކޭ ދެން އަޅެ ފަހެ ބުނާނީ ވިއްޔާ!
މާހިރު
05 February 2023
ތިޔައީ ހަމަ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ދެރައީ އިސްލާމް ދީނަށް ފުރައްސާރަ ކުރާފަރާތްތަކުގެ އެކައުންޓުތައް ބްލޮކް ނުވާތީއެވެ. ސައްތައިންސައްތަ މުސްލިމް ޤައުމެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާ ޞޢވ އަށް ފުރައްސާރަ ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު ނޭޅުމަކީ ކޮށްގެންވާނެކަމެއްނޫނެވެ. އެފަދަ ސަރުކާރެއް ދިވެހިން ބޭނުމެއްނުވާނެއެވެ. އެހެންކަމުން އެފަދަ ވެރިއަކަށް ވޯޓުދީފިނަމަ އެކަމާ ޖަވާބުދާރީވާންޖެހޭނެކަން ކޮންމެބޭފުޅަކުވެސް ދަންނާށެވެ.