ވިޔަފާރި / އެޗްޑީސީ

72 ބައިވެރިން އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމު ނިންމައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް ޕްރޮގުރާމުގެ ބައެއް ބައިވެރިންނާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިދިޔަ އަހަރު އެޗްޑީސީން ފެށި އެޕްރެންޓިސްޝިޕް ޕްރޮގުރާމް ފުރިހަމަކުރި 72 ބައިވެރިންނަށް ސެޓްފިކެޓު ދީފި އެވެ.

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރީ މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވި ގޮތުގައި އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ ބިދޭސީން ގިނަ ސިނާއަތްތަކަށް ދިވެހި މަސައްކަތްތެރިން ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. އޭނާ ވިދާޅުވީ ޕްރޮގުރާމު ނިންމި ބައިވެރިންނަށް ފުރުސަތު އޮތް މިންވަރަކުން އެ ކުންފުނިން ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާތިފް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިންމި ބައިވެރިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ޔޫތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި އެ ޕްރޮގުރާމުގެ ދަށުން މުހިންމު ގިނަ ދާއިރާތަކަކަށް ފަންނީ ދިވެހިން ތަމްރީނު ކުރެވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޕްރޮގުރާމު ނިންމި ބައިވެރިންނަށް ޕްރޮގުރާމުން ލިބުނު ތަމްރީނުގެ އަލީގައި އަމިއްލަ މަސައްކަތެއް ފެށުމަށާއި ވަޒީފާގެ މައިދާނުން ފުރުސަތުތައް ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުނަރުވެރި 3،000 ޒުވާނުން ތަމްރީނު ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން އެ ޕްރޮގުރާމު މެދުވެރިކޮށް ގިނަ ބަޔަކު ތަމްރީނު ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.

ޕްރޮގުރާމުގެ ބައެއް ބައިވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި ނޫނީ، މެދުނުކެނޑި ކުރިއަށް ގެންދިޔަ ފަސް ވަނަ ޕްރޮގުރާމެވެ. މި އަހަރުގެ ޕްރޮގުރާމް ކުރިއަށް ގެންދިޔައީ ސަރުކާރުން ޒުވާނުން ތަމްރީނު ކުރުމަށް ހެދި ނެޝަނަލް ޕްލޭނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ.

މި ފަހަރުގެ ޕްރޮގުރާމުގައި ބައިވެރިން ތަމްރީނުކުރުމަށް އިކޮނޮމިކް މިނިސްޓްރީއިންގެ އެހީއާ އެކު އެމްއައިޓީ ވަނީ ހަމަޖައްސާފަ އެވެ. އެ ޕްރޮގުރާމް ކުރިއަށް ގެންދިޔައީ އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ބޭންކުގެ ފަންޑް ކޮވިޑް-19 އިމާޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ އެހީގަ އެވެ.

މިދިޔަ އަހަރުގެ އެޕްރެންޓިސް ޕްރޮގުރާމުގެ ބައިވެރިންނަށް ތަމްރީނު ހޯދުމަށް ހުޅުވާލި ދާއިރާތަކަކީ ހެވީ ވެހިކަލް، ވެލްޑިން، މޭސެނަރީ، ގާޑެނިން، އިލެކްރިކަލް، ބިލްޑިން މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމިން، ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ އެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ބައިވެރިން ހާސިލްކޮށްފައި ވަނީ ގައުމީ ފެންވަރުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެކެވެ.

އެޗްޑީސީ އަކީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން އެޕްރެންޓިސްޝިޕް ޕްރޮގުރާމުތަކުން އެންމެ ގިނަ ބައިވެރިން ތަމްރީނު ކުރި ކުންފުންޏެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

08 February 2023

އެތައްލައްކަ ބިދޭސީން ދިވެހިންގެ ވަޒީފާތަކަށް އަތްގަދަކޮށްގެން، ދިވެހިންގެ ނަންމަތީ އެތަކެއް ވަގުވިޔަފާރިއެއް ކުރަމުންދާއިރު، 2 އަކުރުގެ ޢަދަދެއްވަރުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމެއްގެ ތެރެއިން ދައުލަތުގެ މިނިސްޓަރަކު ފޮޓޯ ނަގާ ޢާއްމުކުރުމީ ޖޯކެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454