13 ފެބުރުއަރީ 2023 - 17:27
ހދ. ނޮޅިވަރަމްގައި ހަދަމުންދާ ޓާފް ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކެއްގައި މިއަދު އަނެއްކާ އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް އެ ރަށުގައި ވަނީ މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. އޭރުވެސް ތުހުމަތު ކުރަނީ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ.
ނޮޅިވަރަމް ކައުންސިލުގެ ރައީސް ޔޫސުފް މޫސާ "މިހާރު" އަށް ވިދާޅުވީ، އެ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ޓާފް ދަނޑު ކައިރީގައި ބަހައްޓާފައި ހުރި ޓާފް ރޯލުތަކެއްގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު 3:45 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެލެވެނީ ޓާފްތަކުގައި ބަޔަކު ރޯކޮށްލީ ކަމަށެވެ.
"އެއީ އަމިއްލަ ޒާތުގައި އަލިފާން ހިފާ ކަހަލަ އެއްޗިއްސެއް ނޫން. ބަޔަކު ރޯކޮށްލީ ކަމަށް ބެލެވެނީ. އެކަމަކު ރޯކޮށްލިތަން ފެނުނު ބަޔަކު ވެސް އަދި ނެތް، ކުރިން ރޯކޮށްލި އެއްޗެހިނުން ބާކީ ހުރިބައިގަ މިފަހަރު އެ ރޯކޮށްލީ،" އޭނާ ވިދާޅުވި އެވެ.
ހދ. ނޮޅިވަރަމުގައި ބަހައްޓާފައި ހުރި ޓާފް ރޯލުތަކެއްގައި މިއަދު ރޯކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ --
ޔޫސުފް ވިދާޅުވި 12 ވަރަކަށް ޓާފް ރޯލުގައި ރޯވެފައިވާ ކަމަށާއި މިހާރު އެ ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުރީ ފަހަރު ރޯކޮށްލުމުން އެކަމާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތައްޔާރުކޮށްފައި ހުރި ޓާފްގައި ރޯކޮށްލީ އެ ޓާފް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.
ކައުންސިލުގެ ރައީސް ޔޫސުފް ވިދާޅުވީ ނޮޅިވަރަމުގެ ޓާފް ދަނޑުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ކަމަށާއި ނަމަވެސް ލަސް ކަމަށެވެ. ޒުވާނުންނަށް ދަނޑު ބޭނުން ކުރެވޭނެ ވަރު ކުރުމަށް، އެ ތަނުގެ މަސައްކަތް އަވަހަށް ނިންމޭތޯ މިހާރުގެ ކައުންސިލުން ވެސް ޔޫތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބލފފ
15 February 2023
ތިޔަ ރަށުގައި ޓާރފް އަޅައިގެން ދެން ނުވާނެ. އަހަރުމެން އެންމެންގެ ޓެކްސް ފައިސާގައި ރޯ ކޮށްފައި އެހުރީ.
ފވދެ
14 February 2023
ދެންވެސް އެންމެ އަވަހަށް ދަނޑު ލިބޭނީ ތިޔަރަށަށް..ބަލާތި
ދިރާ
14 February 2023
ތައުލީމީ ޒަމާނުގަ އެހެންގައުމުތައް ދަނީ ކުރިޔަށް ރާއްޖޭގެ ރައްޔިތުންގެ ވިސްނުން އަބުރާ ދަނީ ސްޓޯން އޭޖަށް. މީވެސް ބަލާ ދިރާސާ ކުރަންޖެހޭ ކަމެއް.
ޢެނދިމަރިޔަނބު
14 February 2023
"ކުރިން ރޯކޮށްލި އެއްޗެހިނުން ބާކީ ހުރިބައިގަ މިފަހަރު އެ ރޯކޮށްލީ،" ... މީ ކިތައް އަހަރުގެ ކުއްޖެއް؟ ހީވާ ގޮތުން 4.. 5 އަހަރު ކުއްޖެއްގެ ބަހުރުވަ.
ރަދީފްއޮފިޝަލް
14 February 2023
މިއީ ވަރަށް ދެރަކަމެއް.މިހާރު ހަދަންވީ ގޮތަކީ ދަނޑު ހަދާފަ ޓާފް އެޅުމުގެ ބަދަލުގަ އަކިރި ފަށަލައެއް އެޅުމަށްފަހު ޒުވާނުންނާ ހަވާލުކުރަންވީ.އޭރުން ތިބޭނެ ދޯ ރަނގަޅަށް ކުޅެވިފަ.
ފޫޅު އަލިބޭބެ
13 February 2023
މިހާރު މުޅި ރާއްޖެ މި އޮތީ ގޭންގު ސްޓައިލަށް ބަދަލުވެފާ. މުޅި ގައުމު މިއޮތީ ފުޅައަޅާ ދިޔަލާފާ. ޓާފު ދަނޑުގައި ރޯކުރަނީ ކާކަށް ދެރަވާނެކަމަށް؟ މަހުލޫފަށް ނޫނީ ސޯލިހަށް؟ ތިއަޅާނެ ކަމެއް. ކޮންހާ ބޭކާރު ފައިސާއެއް. އެހެންނޫންނަސް ނޮޅިވަރަމަކީ އަބަދުވެސް ޖާހިލު ބަޔަކު ދިރިއުޅޭ ރަށެއް
އަދީލު
13 February 2023
ތީ ޖާހިލުކަމުގެ އިންތިހާ. އަވަހަށް ތިކަން ކުރި ބަޔަކު ހޯދާފަ އަނދަގޮނޑި ޖަހަންވީ. ނޫނީ ކުރީގަ ހެދިހެން ބުރިން ހަން ނަގަންވީ. އޭރަށް ތިމީހުނަށް އެއްޗެއް ވިސްނޭނީ. މިކަހަލަ މީހުން އުޅޭތީ ރަށް ބޭޒާރުވަނީ.
ފަލަޑޭ
13 February 2023
ސުމާޓު ވާންވީ ގެންގުޅޭ ފޯނެއް ނޫނެވެ.....ތިމާގެ ސިކުޑި އެވެ.
ލަބީދު
13 February 2023
ނޮޅިވަރަމް މީހުން މަހައް ދޭބަލަ.
ށަވިޔަނި
13 February 2023
ތިރަށު މީހުންނަށް ތިކަހަލަ ދަނޑުހަދާދޭނެ ކަމެއްނެތް. ރޯކުރާ މީހުނަށް އެއްވެސް ކަމެއް ކޮށްދީގެން ނުވާނެ.