2021ވަނަ އަހަރުގެ ކައުންސިލްތައް އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޖީއޭގެ މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
13 ފެބުރުއަރީ 2023 - 20:57
މިދިޔަ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާތަކަށް ބަލައި އެންމެ ރަނގަޅު މކައުންސިލްތައް ހޮވައި "ކަންގަތި" އެވޯޑު ދީފި އެވެ.
މި އެވޯޑަކީ ކައުންސިލްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެވޯޑެކެވެ. ނަތީޖާ އިއުލާންކޮށްފައި ވަނީ މިއަދު އެލްޖީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ކަންގަތި އެވޯޑް ދެނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. މި އެވޯޑް ދިނުމަށް ކައުންސިލްތައް ހަތަރު ބަޔަކަށް ރޭންކް ކޮށްފައިވެ އެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ގަދަހަމާންތި ދަރަޖަ އާއި ރަށު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ރަނަހަމާންތި ދަރަޖަ އާއި ސަބް އިންޑެކްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށް އަދި އަތޮޅު ކައުންސިލަށްދޭ އމާރަދަ ހަނދާނީ ފިލާގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރު، އެންމެ ބޮޑު ކުރިއެރުން ހޯދި އަތޮޅު އަދި ރަށު ކައުންސިލަށްދޭ ކާންނަ ހަނދާނީ ފިލާ އެވެ.
އެގޮތުން 2021 ވަނަ އަހަރު ގަދަހަމާންތި ދަރަޖަ ހޯދާފައިވާ އަތޮޅު ކައުންސިލްތަކަކީ:
1- ށ. އަތޮޅު ކައުންސިލް
2- ފ. އަތޮޅު ކައުންސިލް
3- ލ. އަތޮޅު ކައުންސިލް
ރަނަހަމާންތި ދަރަޖަ ހޯދާފައިވާ ރަށު ކައުންސިލްތަކަކީ:
1- ބޮޑުފުޅަދޫ ކައުންސިލް
2- ފެހެންދޫ ކައުންސިލް
3- ތުރާކުނު ކައުންސިލް
ސަބް އިންޑެކްސްގެ ބައި ޖުމްލަ ފަސް ބަޔަކަށް ބެހެ އެވެ. އެއީ އިފެކްޓިވް އިންޑެކްސް އާއި ޕާޓިސިޕޭޝަން އިންޑެކްސް އާއި ސެކިއުރިޓީ އިންޑެކްސް އެވެ.
ސަބް އިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ހާސިލްކޮށްފައިވާ އަތޮޅު ކައުންސިލް ލިބިފައި ވަނީ ތިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށެވެ. އެ ބައިން އެންމެ ރަނގަޅު ރަށަކަށް ހޮވިފައި ވަނީ ކުރެންދޫ ކައުންސިލެވެ.
އިފެކްޓިވް އިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ހޯދާފައި ވަނީ ވެސް މިލަދުންމަޑުލު އުތުރުބުރީ ކައުންސިލެވެ. އެބައިން އެންމެ މަތި ހޯދާފައި ވަނީ ފެހެންދޫ ކައުންސިލެވެ. ޕާޓިސިޕޭޝަން އިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ހޯދާފައި ވަނީ ނިލަންދި އަތޮޅު އުތުރުބުރީ ކައުންސިލެވެ. އަދި އެ ބައިން އެންމެ މަތި ހޯދާފައިވާ ރަށު ކައުންސިލަކީ ބޮޑުފޮޅުދޫ އެވެ.
ސެކިއުރިޓީ އިންޑެކްސްގެ ބައިން އެންމެ މަތި ހޯދާފައިވާ އަތޮޅަކީ މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލެވެ. ރަށަކީ ހުޅުދުއްފާރު ކައުންސިލެވެ.
ކުޜިއަހަރުގެ ނާތީޖާއާ އަޅާ ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން ކާންނާ ހަނދާނީ ފިލާ ހާސިލްކޮށްފައިވާ އަތޮޅު ކައުންސިލަކީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލެވެ. އަދި މިބައިން ހޮވިފައިވާ ރަށަކީ ކަމަދޫ ކައުންސިލެވެ.
މިއަދު އެ އެވޯޑު ލިބޭ ރަށްތަކާއި އަތޮޅު ކައުންސިލްތައް އިއުލާން ކޮށްފައިވާއިރު އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެލްޖީއޭން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
14 February 2023
މިރާއްޖޭގެ 200 ރަށް ތަރައްގީކުރަން މިޖަހާ ސަކަރާތް ހުއްޓާލާ އެއްފަސްކުރަންޖެހޭ. 1500 އާބާދީ ހަމަނުވާއިރު ކޮންމެ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތުގައި ނުހިންގޭނެ. ރަގަޅު އެއްފަސްކުރުމުގެ ސިޔާސަތެއް މިގައުމަށް ބޭނުން
ކުޑަ ސައިހު
15 February 2023
ހުސްވި ރައްތައް ވީކާފަ ފޭބިރައްތައް ފުރިގެން ބަލާއިރު ސަތޭކައަރައް ވިއްކާފައޮތީމަ އަބުރާ ރައްތައް ހޯދަން ކުރާ ހަދުތައް ފަހުގެ ޖީލައް ބުރަޔަކައް ވީމަ ހަމަ އެޖޭތާވެސް ނުޖެހޭނެ ރާއްޖެއަކީ ޖަޒީރާތަނެއް މިތާ ކަދުރުއް އިންދާ ދުބާއީއައް ނުހެދޭނެ
މައުމޫނުގެ30އަހަރު
14 February 2023
އިބޫއަށް 100% ވޯޓް ދިންރަށްރަށް ގިނައީ
ބައިކިލޯ
14 February 2023
2021ވަނަ އަހަރުގެ ޕާފޯމަންސް ހޮވިލެއް ތަންކޮޅެއް އަވަސް އަދި މިއަހަރު ނިމުނީކީވެސް ނޫނިއްޔާ. އަހަރުނިމެދެން މަޑުކޮށްލިނަމަ.
ބަކުންބޭ
14 February 2023
ކޮން ހަމާންތި އެއްގެ ވާހަކައެއްތަ؟ 2023ގަ މި ދެނީ 2021 ގެ އެވޯރޑް، ސްނެއިލް ސްޕީޑް ދޯ އާޝާން
އަހްމަދ
14 February 2023
މިހުސްވީ 2022ވަނަ އަހަރެއްނޫންތަ؟
ސާބަސް22
14 February 2023
ޞުބުޙާނައްﷲ ...ކަންގަނާ އެވޯޑް ދިނިއްޔޭ ......ކައުންސިލްތަކަށް.. ހަމަ ސާބަސް އެލް.ޖީ.އޭއަށް
ރަބީއުބ
14 February 2023
ކަންގަނާއެއީ ހިންދީ ފިލްމް ސްޓާރ އެއްނޫންތަ؟
ކާރިމް
14 February 2023
މ.މުލަކު ކައުންސިލްވެސް ހިމާނާލި ނަމަ.. އިތުރުގަޑި ނެގުމުގައި ދުނިޔޭގަ ނެތް ފެންވަރުގެ ލާމަސީލު ނަމޫނާ ބައެއް އުޅޭތަނެއް މީ..
އެލްޖީގެ މުހިއްމު މަސްއޫލިއްޔަތެއް
14 February 2023
ދެންބުރެއްގަ ތިގޮތަށް އެންމެ ޕާފޯމަންސްދަށް ( އެންމެ ކެރަވަޅު) 3 ދާއިރާ ހޮވުން ވ މުހިއްކަމެ ކަމުގަ ދަންނަވާލަން..
ކަމަކު ނުދޭ
14 February 2023
1 ޥަނައަށް ތުލުސްދޫ ކައުންސިލެއްނޫންތަ؟ ޢެކަމު މިހާރު މިތިބި ކައުންސިލަރުން ހާދަކަމެކޭ ކައުންސިލަށް ކޮށްދިނީ، ފެރީގެ ގޮޑިތަކާ އެއިގެ އާލާތްތައް ބަޅުވެ ގިރިގެން ދާއިރުވެސް އަޅާނުލާ. މިލިއަން މިލިއަން ރުފިޔާ ހަރަދުކޮއްފަ، ވޯޓާފޯލާ ރީތިގަސްތައް އެކުލޭ ގޮތަށް ހަދާފަހުރި ރީތި އޮފީސް އެލްޖީއަށް ނުފެންނަނީތޯ،،
އަބްޑޫޅް
14 February 2023
ހޫނ. ތިޔައިތެރޭ ތިބޭނެ، މުޅި ދުނިޔޭގެ ގަދަ ދިހައެއް ވެސް.