މޯލްޑިވިއަންގެ މުވައްޒަފުންތަކެއް އޭޓީއާރް ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި. އަންނަ މަހު އެކުންފުނީގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ އިއުލާނުކޮށްފައި--ފޮޓޯ: މިހާރު
19 ފެބުރުއަރީ 2023 - 10:58
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ރޭ ވިދާޅުވެއްޖެ އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ބޭއްވި "ސްޓާފް އެނުއަލް ނައިޓު"ގައި އޭނާ ވިދާޅުވީ، އަންނަ މަހު މުސާރައަށް ގެންނަ ބަދަލާ އެކު ޕެންޝަނަށް ރައްކާކުރާ ވަރު މިހާރަށް ވުރެ އިތުރު ކުރެވޭނެ ކަމަށެވެ. ކޮވިޑާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ދެމުން އައި ބައެއް އެލަވަންސްތައް ދިނުން ހުއްޓާލި ނަމަވެސް، އެ އެލަވަންސްތައް ވެސް އަލުން ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިހާދު ވިދާޅުވީ، މި ލޯން ސްކީމުގެ ދަށުން މުވައްޒަފުންނަށް 25،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދެއް ނެގޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަތުރުތަކުގައި ދައްކާ ފިއުލް ޗާޖު ވެސް އެ ކުންފުނީގެ މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން ކަނޑާލަން ވެސް ވަނީ ހަމަޖެހިފަ އެވެ.
"ޖެނެރަލް ކޭޑާގައި ހިމެނޭ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒްކޮށް މި އަހަރުގެ މާޗް 1 އިން ފެށިގެން މުސާރައަށް ހެޔޮ ބަދަލެއް ގެނެވިގެންދާނެ. އަސާސީ މުސާރައަށް ރަނގަޅު ބަދަލެއް އައިސް ޕެންޝަނަށް ރައްކާ ކުރެވޭ ފައިސާ އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ
އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވީ އެ ކުންފުނީގައި މަސައްކަތް ކުރުމަށް ފަހު ވަކިވާ މުވައްޒަފުން އަލުން ކުންފުންޏާ ގުޅިއްޖެ ނަމަ، އެ މުވައްޒަފެއްގެ މަސައްކަތުގައި ހޭދަކުރާ ޖުމްލަ އަހަރު ގުނާނީ އެންމެ ފުރަތަމަ އެ މުވައްޒަފަކު މަސައްކަތް ކުރަން ފެށި ތާރީހުން ފެށިގެން ކަމަށެވެ.
"މި ބަދަލު ގެނައުމުގެ ބޭނުމަކީ އެ މުވައްޒަފަކު މި ކުންފުނިން ވަކި ވުމުގެ ކުރިން އަދާކޮށްދެއްވި މަސައްކަތުގެ އަގު ވަޒަން ކުރުން. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެއްވެސް އިންޓްރެސްޓަކާ ނުލާ ކުންފުނީގެ މުވައްޒަފުންނަށް ލޯން ސްކީމެއް ތައާރަފް ވެގެންދާކަން ވަރަށް އުފަލާ އެކު އިއުލާނު ކުރަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުހާ.
20 February 2023
އިންތިހާބު ނިމެންދެން ރަނގަޅޫ ތިތާ އުޅޭން ހަމަ ނިމޭއިރައް މުސާރަވެސް ކުޑަކުރާ ނެ .. އައްޑޫ މީހުްނައް ގެވަޅުދިންހެން ހަމަވާނީ ބަލަންތިބޭތި
ހަސަންދީ
20 February 2023
ގެއްލުންވަމުންދާ ކުންފުންޏަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ސަބްސިޑައިޒްކޮށްގެން މުސާރަ ބޮޑުކުރުމަކީ ކޮން މަރުމޯލު އިކޮނޮމިސްޓެއްގެ ވިސްނުމެއްބާއޭ ހިތައްއަރާ.
މުޖޭ،
20 February 2023
ހާސްނުވޭ ޓިކެޓު އަގުބޮޑުކޮއްގެން އެބައި ހަމަޖައްސާނީ
އައްޑޫ އަސްލަމް.
20 February 2023
މުސާރަ ބޮޑު ކުރެވުނީމަ ނިމުނީތަ ؟ މާލެއިން އައްޑުއަށް ފަތުރު ވެރިއަކު ނުވަތަ ވޯކް ވީސާ އޮތް މީހަކު އުފުލާ ދެނީ މާލެއިން ސިންގަޕޫރަށް ދިއުމަށް ވުރެންވެސް ބޮޑު އަގުގައި. މިކަމަށް ހައްލެއް ގެނެސްބަލަ.
ސައިޚް
20 February 2023
މާގިނަ ދުވަހެއް ނުވެ މޯލްޑިވިއަންގެ ޓިކެޓް ބޮޑު ތަނުން އަގު ބޮޑު ވާނެ ޔަގީން، މުސާރަ ބޮޑު ކުރިތަން ފޫބައްދަން އިބޫ ސަރުކާރުން ހަމަ ޖެހިލުމެއްނެތި ފެލާލަނީ ރައްޔިތުމީހާގެ ޖީބު.
ސަމްހާ ޢަލީ
20 February 2023
މިރާއްޖޭގައި މުސާރަ އެންމެ ކުޑައީ ސިވިލްސަރވިސް އިދާރީ މުވައްޒަފުންގެއެވެ. އެންމެ 7000ރ އެވެ. ކިޔަވިޔަސް މަޤާމުގެ ކުރިއެރުމެއް ނުލިބެއެވެ. ޑިގުރީ ހެދިޔަސް މުސާރަ ބޮޑެއްނުވެއެވެ. ޓީޗަރަކަށް ޑިގުރީ އޮތިއްޔާ 20000ރ އެވެ. އިދާރީ މީހަކަށް ޑިގުރީ އޮތަސް 7000ރ އެވެ. 30، 25 އަހަރު ސަރުކާރުގަ އުޅުނަސް 7000 ރ އެވެ. ބަލަގަ އިދާރީ މީހާގެވެސް އަނބިދަރިން ނުވަތަ ފިރިދަރިން ތިބެއެވެ. ، މިކަން ދަންނަ ވެރިއަކު ނެތެވެ.
ގަަސަމްސޭ
20 February 2023
ކުންފުނީގެ ހަރަދުތައް ކުޑަކޮށް ރައްޔިތުންނަށް ރަގަޅު ހިދުމަތެއް ދެވޭތޯ ބަލައިބަލަ އެކަމަކު މިފެންނަނީ ތިމާމެންގެ ކަންކަން ރަގަޅު ނުކުރެވިގެން އުޅޭތަން
ސިންކެޕީ
20 February 2023
ގައުމުގެ އިގްތިސޯދު ހަމަ ޖެހޭހެން ހީވެލިޔަސް މުސާރަ ބޮޑުކޮއްފަ ޓިކެޓްގެ އަގު ބޮޑުކުރޭ. މިގައުމަކު ނެތް މިނޫންތަނެއް
ދޫނި
19 February 2023
އެމްއޭސިލް މުށްޒަފުންގެ މުސާރަ ބޮނޑް ނުކުރޭތަ?
ސާމިހް ކެޕްޓަން
19 February 2023
ސެލެރީ ބޮޑުކުރަންޏާ މަދާނަން.
ސައިތު
19 February 2023
ހުރިހާ އެއަލައިނެއް ހަމަކުރާތި 1000 އަވާސް ހަމަވުމުގެ ކުރިން.
އިބުރޭ
19 February 2023
ދޮންކަލޯ ކިހިނެއްވެގެން ތިއުޅެނީ އެއްތާކު ދެފައިނުޖެހިގެން؟
ކެޕްޓަން ޝިނާ
20 February 2023
ޔޫއަށް ރަނގަޅުވާނީ ދިޔައްޔާ. މޯލްޑިވިއަން އަނެއްހެން މާސަޅިވާނެ ޔޫއަށް. ޔޫގޮސް ވާނެ ޝިނާ ގެންދަން.
ކެޕްޓަންހަސަން
19 February 2023
ތިބޭފުޅުންގެ މުސާރަ ބޮޑުކޮށްފަ ޓިކެޓުގެ އަގުބޮޑުކުރީމަ ރައްޔިތުންނަށް ރަގަޅު ޚިދުމަތެއް ދެވުނީ ކަމަށްބަލާ