ޚަބަރު / ރައްޔިތުންގެ މަޖިލިސް

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އެސްއޯއީ ކޮމިޓީ އަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ) އިން ބޭއްވި ބައްދަލުވުމެއް: ބީއެމްއެލްގެ މައްސަލަ އެމްއެންޕީން ވަނީ ހުށަހަޅާފައި-- ފައިލް ފޮޓޯ: މިހާރު

22 ފެބުރުއަރީ 2023 - 19:53

34 comments

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށެވެ.

އެ މައްސަލާގައި ބުނާ ގޮތުން ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލުން ނަމަވެސް އެ ކުންފުންޏާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ މައްސަލަ އާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

އެ ކަންބޮޑުވުންތައް ހައްލު ކޮށްދިނުމަށްޓަކައި މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެ މައްސަލަ ބަލަން އެ މައްސަލާގައި ވަނީ އެދިފަ އެވެ.

ސްކޭމް ކޮށްގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ދާދި ފަހުން ވެސް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ މީހެއްގެ އެކައުންޓުން ބޭނުން ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން މިފަހުން ވެސް ވަނީ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ.

34 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސެމި

23 February 2023

ސަރުކާރު ހިއްސާއޮންނަ އަދިހުރިހާ ބާރެއްލިބިފަ އޮތްބޭންކަކީ ވަރަށް ނުރައްކާތެރިތަނެއް. ރަގަަޅުކަމެއް މިގައުމުގަ ވޭތަ/

The name is already taken The name is available. Register?

ބޮޑު

23 February 2023

ބީއެމް އެލް ލުއި ލޯން ނަމުގަ ވެސް ރައްޔިތުން ފެލަނީ . ލޯން ދައްކާ ނިމޭއިރު އޮންނާނީ ނެގި ޢަދަދު ގެ %50 ދެއްކިފަ. އެކަމު %18 ލޯންއެކޭ ބުނެ މީހުން ގުބޯ ހެދެނީ. ގުޅާއިރަށް ބުނާނެ ބާކީ ބެލެންސްއިންނޭ އިންޓްރެސްޓް ކަލްކުލޭޓް ކުރާވެނީ . އަވަހަށް ދައްކާލީމަ ކުޑަ އިންޓަރެސްޓެެކޭ . ބަލަ ލޯނު ނަގަނީ ނުވެގެން. އިންޓްރެސްޓް އަރާފާނެތީ އަވަހަށް ދައްކަނީ ކޮންތަނަކުން. 05 އަހަރުގެ މުއްދަތު ޙަލާސްކޮށް ނިމޭއިރު ލޯނު އަދަދުގެ %50 މިހާ ވަރަކަށް ލުއި ވާނި

The name is already taken The name is available. Register?

ހީވާހެން ނުވެދާނެ

23 February 2023

ދެކޮޅުވެސް އޮތް މައްސަލައެއް. ހަމަ އަސްލުގައިވެސް ފައިސާ ހަރަދުކޮށްފައި، ސްކޭމަކުން ފޭރުނިއްޔޭ ބުނެ ބޭންކްން އެބައި ހޯދަން އުޅުމަކީވެސް ސްކޭމަކަށް ވެެދާނެ. އަނެއްކޮޅުން ހަމަ ހަގީގަތުގައިވެސް މިފަދަ ކަންކަން ހިނގާފާނެ. އެއީ އަމިއްލަ އިހްމާލުން ނުވަތަ ބޭންކްން. އެހެންކަމުން އަހަރެމެން މި ހީކުރާހާ ފަސޭހަ އަދިި އިންސާފުވެރި ގޮތަކަށްވެސް ނުވެދާނެ ހަމަ ބުނެލާއިރަށް ބޭންކްން ބަދަލުދިނުން. އެކަމަކު ޕޮލިހުންގެ ދައުރު ވަރުގަދަވާން އެބަޖެހޭ ބޮޑުތަނުން.

The name is already taken The name is available. Register?

ފާހި

23 February 2023

ބީ.އެމް.އެލް ތިޔައީ ވަރަށް ގޮތެއް ފޮތެއް ނެތް މުވައްޒަފުންތަކެއް އުޅޭތަނެއް، ލައްކަދުވަހު ވައްކަންކޮށްފި އަދި ޢާންމު ރައްޔިތުންގެ ބޮލުގައި ވަގުބަދުނާމު އެޅުވުމާއި ރިޝްވަތުގެ ކަންކަންވެސް އިންތިހާއަށްވަނީ ކޮށްފައި.......

The name is already taken The name is available. Register?

ބަޑިތަކުރު

23 February 2023

އަލަށް ފާސްކުރެވޭ ޤާނޫނުގައި މިފަދަ ގޮތްގޮތަށް ވައްކަންކުރާ ފަރާތްތަކަށް ދެވޭ އަދަބަކީ އެފަދަ ކަމެއް ކުރުމަށް ފުރުޞަތު ނުލިބޭނެގޮތަކަށް (ޖަލަށްލުންފަދަ އަދަބެއް) ދިގު މުއްދަތަކަށް ކަނޑައެޅެން ވާނެއެވެ. އެހެންނޫނީ ޖޫރިމަނާއަކުން ނުވަތަ ގޭބަންދަކުން އެފަދަ ކަމެއް ނުހުއްޓުވޭނެއެވެ. އަދި ޖަލުން ދޫކޮށްލުމަށްފަހު ވެސް އެފަދަ މީހުންގެ ހަރަކާތްތައް ބެލޭނެ އިންތިޒާމެއް ހަމަޖެހެން ވާނެއެވެ.

The name is already taken The name is available. Register?

އާދަނު33

23 February 2023

ގަމާރުކަމުން ކޮންމެވެސްކަހަލަ ލިންކަކަށް ފިތިގެން ކޮންމެވެސް ގޮތަކަށް އީމެއިލް ހެކް ވެގެން އެކައުންޓުން ލާރި ގެއްލުނީމަ ބޭންކު ބަދުނާމުކުރަނީ އެމީހާގެ ގަމާރުކަން އެހެންމީހުނަށް ފޮރުވަން.

The name is already taken The name is available. Register?

ތޮއިލާ

23 February 2023

ލިންކަށް ނުފިތިޔަސް ފައިސާ އެކައުންޓުން ފައިސާ ގެއްލޭ ވާހަކަ މި ދައްކަނީ ބުރާންޗާ.

The name is already taken The name is available. Register?

ޢައިންސްޓައިން

23 February 2023

ބީއެމެއެލް ގަ އެކައުންޓް ހުޅުވެނީ އައި.ކިއު ލެވަލް ވަކި ވަރަކަށް ވުރެ މަތިވީމަ އޭ ޝަރުތުކުރަން ވީ ނުން. ނާގާބިލުކަން ފޮރުވަން އަދި މޮޅު ކަމަށް ހީވާ ކޮމެންޓު ކުރެޔެ އެބަ

The name is already taken The name is available. Register?

އެމީހ

23 February 2023

އިންޓަރނެޓް ބޭންކިން އަދި މޯބައިލް ބޭންކިން ނަހަދާ ހުންނަ މީހުންގެ އެކައުންޓުންވެސް ފައިސާ ގެއްލޭއިރު ކަލޭ ކީކޭ ބުނަނީ....

The name is already taken The name is available. Register?

ގަމާރުގަމާރު

23 February 2023

ގަމާރުކަމުން ދެން ކީއްވެ އެހެން ބޭންކުތަކުގަ ހުންނަ އެކައުންޓްތަކުން މިގޮތަށް ފައިސާ ނުގެއްލެނީ؟ ސްކޭމަރުންނަށް ފައިސާ ހުންނަކަން އިނގެނީ ހަމއެކަނި ބޭންކް އޮފް މޯލްޑިވްސްގަތަ؟ އަނެއްކާ މީ ދިވެހިރާއްޖެ، ބޭންކް އޮފް މޯލްޑިވްސްއަކީ ދިވެހިންގެ ބޭންކޯ! އެހެންވިއްޔާ އެންގެންވާނެ އެ ބޭންކުގައި ފައިސާ ރައްކާކުރާ ހުރިހާ އުމުރެއްގެ ތަޢުލީމީ ހުރިހާ ފެންވަރެއްގެ މީހުންނަށްވެސް ރައްކާތެރި ގޮތަކަށް ސެކިއުރިޓީ ބައްޓަންކުރަން. މީ 1900 ގަރުނެއް ނޫން

The name is already taken The name is available. Register?

ބިސް މަނިކް

23 February 2023

އެހެންވެ ދޯ ބައްތި ފޯން ގެންގުޅޭ ބޭބެގެ 2 ލައްކަ ރުފިޔާ ގެއްލިގެން ވިޔަފާރި ބަނގުރޫޓް ވެގެން އެ އުޅެނީ. ބައްތި ފޯނުން ލިންކަށް ފިތައިގެން

The name is already taken The name is available. Register?

ޣަނިއަ

23 February 2023

ހަމައެކަނި ބީއެމްއެލް ގެ ލިއްކަންދޯމިފިތެނި ކިއެއްވެތަ އެހެން ބެންކުތަކުންގެ މިހެންނުވަނި.

The name is already taken The name is available. Register?

LaamuonlineDOTcom

23 February 2023

ހަމަތެދެއްތީ! އަޅުގަނޑުމީ މޯބައިލްފޯނު ރިޕެއަރ ކުރާ ސޮޕެއްހިންގާމީހެއް، ހަދަންގެންނަ ގިނަފޯނުތަކުގެ ސުކުރީންޕެޓަަން ދެތިންފަހަރުން ދިމާކޮށްލުމަކީ ފެންތައްޓެއްބޯލުންހާ ފަސޭހަކަމެއް، ހުންނަނީ ޒެޑް ނުވަތަ އެން އަކުރުފަދަ ޕެޓަން، އެންމެ ފަހުގެ ފޯނުތައް ހިފާފައި ތިބިޔަސް ދިވެހިންގެ ގިނަމީހުނަށް އެ އެއްޗެހި ރައްކާތެރިކޮށް ބޭހުންކުރާކަށް އެއްގޮތަކަށްވެސް ނޭންގެ، ހަދަންގެންނަ %90 ފޯނުތަކުން ޕޯންސައިޓުތަކަށް ވަދެފައިހުރޭ، ހައްލަކީ ހޭލުންތެރިކުރުވުން

The name is already taken The name is available. Register?

އާދަނު33

23 February 2023

ދިވެހިންގެ އާބާދީގެ ބޮޑުބައެއް އެކައުންޓް ހުޅުވާފައޮންނަނީ ބީއެމްލްގައި. ގިނައީ ހަމަ ތަންދޮތުނުފިލާމީހުން ހެކަރުންގެ ޓާގެޓަކަށްވެފައިއޮންނަނީ އެމީހުން. ކޮންމެވެސއގޮތަކުން ޕާސވޯޑްހޯދަިގެން އެމީހުންއެވަންނަނީ.

The name is already taken The name is available. Register?

ސީދާސަދާ

23 February 2023

އެއީ ބޭންކުގެ ތެރެއިން ލީކްވާ މައުލޫމާތު ބޭނުން ކޮށްގެން ހިންގާ ޖަރީމާއެއް. އެއްވެސް ހާސްކަމެއް ނެތި އެގުޅާލަނީ ބިދޭސީންގެ ނަމުގައި ނަގާފައި ތިބޭ ނަންބަރުތަކުން. ފުލުހަށް ނަންބަރުދިނަސް ލޮކޭޝަން ބެލެނީކީ ނޫން. ފުލުހުން މައްސަލަތައް ނޯޓުކުރަނީ ހަމައެކަނި އަހަރީ ރިޕޯޓަށް ބޭނުންވާ ސްޓެޓް ނެގުމަށް.

The name is already taken The name is available. Register?

ތޮއިލާ

23 February 2023

އެތަނެއްގައި އުޅޭ ބަޔަކަށް އެތަނެއް ދަވާލަން އެންމެ މޮޅުވާނީ. މީގެ ކުުރީންވެސް އެތާ 2 މީހަކު ބައެއްގެ އެކައުންޓުން ފައިސާ ނަގައިގެން ފުލެޓް ގަނެފައިވޭ.

The name is already taken The name is available. Register?

އެ ސޭޓް

22 February 2023

ހުސެން ބުނަންތަ، ޕީއޯއެސް މެޝިންބޭނުންކޮށްގެން ހިންގާ ކޮންމެ އެއް ލައްކަ ރުފިޔާއަކުން، މެޝިންގެ އެވްރެޖް ޗާޖަކީ 4،000.00ރ. ކޮންމެ މިލިއަން ރުފިޔާއަކުން 40،000.00ރ. ވިސްނާލާ، މުޅި ރާއްޖޭގައި ބޭނުންކުރާ ޕީއޯއެސް މެޝިންތަކަށް އެކަނި ކޮންމެ 24 ގަޑިއިރަކަށް ކިތަށް މިލިއަން ރުފިޔާ ބޭންކަށް ލިބޭނެ!

The name is already taken The name is available. Register?

ދޮންކަބިލި

23 February 2023

ސޯވަޓް؟! އެއީ ބޭންކުތަކުގެ ބޭނުމަކީ. ހިލޭ އެއްވެސް ޙިދުމަތެއްނުދޭނެ އެއްވެސް ބޭންކަކުން. ދެން ޕީއޯއެސް ބޭނުންނުކޮށް ކޭޝް އެކަނި ނަގަންވީނު.

The name is already taken The name is available. Register?

ސީޓްރެކް

22 February 2023

ބޭންކަށް އައިޓީ މަސައްކަތްކުރަން މިއަދު ނަގާ މީހާއަށް މާދަމާ ކަސްޓަމަރުންގެ ހުރިހާ މައުލޫމާތު ހުންނަ ޑޭޓާބޭސް އަށް ވަދެވޭ! އަނެއްކާ ބޮޑެތި އައިޓީ މަސައްކަތްކުރަން ކުރު މުއްދަތަށް ނަގާމީހުން ބޭންކުގެ އަގު ހިފާއްޓަން މަސައްކުރުމުގެ ބަދަލުގައި އުޅޭނީ، ނެގުނު ފައިދާއެއް ނަގަންނޫންބާއެވެ! އަނެއްކާ ވަކި ބަޔަކު އިސްވެ އޮވެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ބޭންކްގެ އަގު ވައްޓާލުމުގެ މަސައްކަތް މެކުހަށް ޖަހައެވެ! 2008 ގައި ވެރިކަމަށް އައިފަހަރު، އޭޓީއެމްތަކުން ވެސް އަންނަނީ، ވަގު ނޫޓޭކިޔައިގެން ވެސް އަޑުއެރުވިއެވެ! ދިވެހި ބޭންކް ބަނގުރޫޓުވޭތޯ ރާއްޖޭގައި ފުރަތަމަ ހުޅުވި ބޭންކުން އުޅޭނެކަމީ، ނުވުމަށްވުރެ ވުން ގާތްކަމެކެވެ!

The name is already taken The name is available. Register?

ލޯލާލަލާލީލާ

22 February 2023

މަގޭ އެކައުންޓަކުން ނުގެއްލޭ އަދި ލޯލާރިޔެއްވެސް

The name is already taken The name is available. Register?

ދަހިކޫދު

22 February 2023

ދީބަލަ ރުފިޔާކޮޅެއް

The name is already taken The name is available. Register?

ހުސެންް

23 February 2023

އެކައުންޓުން ފައިސާ ދައުރު ނުވަންޏާ ކޮން ފައިސާއެއް ގެއްލޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454