ވިޔަފާރި / ލައިފްސްޓައިލް

"މިޔުޒިކަލް އައިޑޮލް" އަންނަ މަހު، ޓިކެޓު ވިއްކަން ފަށައިފި

ޝޯގެ އޮފިޝަލް ޕާޓްނަރު އެނީ ޔެލްޕުގެ ޑިރެކްޓަރު އަހުމަދު ޝިޔާމް (ކ) އާއި މިޔުޒިކަލް އައިޑޮލްގެ ފައުންޑާ ޒާކިރު ހުސެއިން (ވ). -- ފޮޓޯ: ނިޝާން އަލީ | މިހާރު

23 ފެބުރުއަރީ 2023 - 10:10

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ "މިޔުޒިކަލް އައިޑޮލް" ރަސްމީކޮށް އިއުލާނުކޮށް، ޓިކެޓު ވިއްކަން ފަށައިފި އެވެ.

އެކަން އިއުލާނު ކުރީ "މިޔުޒިކަލް އައިޑޮލް" އާއި އެ އިވެންޓުގެ އޮފިޝަލް ޕާޓްނާ އެނީ ޔެލްޕްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ އިވެންޓަކީ އަންނަ މަހުގެ ތިން ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޔުޒިކް ޝޯ އެކެވެ.

"މިޔުޒިކަލް އައިޑޮލް"ގެ ފައުންޑާ މުހައްމަދު ޒާކިރު ހުސެއިން ނޫސްވެރިންގެ ބައްދަލުވުމުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ބައްދަލުވުމުގައި "މިޔުޒިކަލް އައިޑޮލް"ގެ ފައުންޑާ މުހައްމަދު ޒާކިރު ހުސެއިން ވިދާޅުވި ގޮތުގައި އެ ފެސްޓިވަލަށް، އިންޑަން އައިޑޮލްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޕަވަންދީޕް ގެންނަން ނިންމީ ދިވެހިންގެ މެދުގައި އޭނާ އަށް އޮތް މަގުބޫލުކަމުގެ ސަބަބުން ކަމަށެވެ. އަދި އެ މީހުންނަކީ ރާއްޖޭގައި ވެސް މިޔުޒިކީ އައިޑަލުންގެ ގޮތުގައި މީހުން ބަލައިގެންފައިވާ ފަންނާނުން ކަމަށް ވިދާޅުވި އެވެ.

ޒާކިރު ވިދާޅުވި ގޮތުގައި "މިޔުޒިކަލް އައިޑޮލް" ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ކުރިއަށްދާނެ އެވެ. އަދި އެ ފެސްޓިވަލަކީ ހަމައެކަނި މިޔުޒިކީ ހަރަކާތްތައް އެކަނި ކުރިއަށް ދާނެ ފެސްޓިވަލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ފެސްޓިވަލުގައި ވަރަށް ގިނަ އިތުރު ހަރަކާތްތައް ކުރިއަށް ދާނެ. ފުޑް ސްޓޯލު ވެސް އެ ތަނުގައި ހުންނާނެ. ފުޑް ސްޓޯލް ހަދަން ބޭނުންވާ ފަރާތްތަކަށް އިވެންޓު ބޭއްވުމުގެ ތިން ދުވަހުގެ ކުރިން ފެށިގެން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހަރަކާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ހަރަކާތަށް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓާގެޓު މި ކުރަނީ 15،000 މީހުންގެ އޯޑިއެންސަކަށް،" އޭނާ ވިދާޅުވި އެވެ.

ޝޯގެ އޮފިޝަލް ޕާޓްނަރު އެނީ ޔެލްޕުގެ ޑިރެކްޓަރު އަހުމަދު ޝިޔާމް ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ބައްދަލުވުމުގައި އެނީ ޔެލްޕްގެ ޑިރެކްޓަރު އަހުމަދު ޝިޔާމް ވަނީ ޓިކެޓު ވިއްކަން ފަށާފައިވާ ކަން އިއުލާނު ކުރައްވައިފަ އެވެ.

"ރަނގަޅު އަގުތަކެއްގައި ޓިކެޓު ލިބޭނެ. 85ރ. އާއި 150ރ. އަށް ޓިކެޓު ލިބޭނެ. އަދި ފަންނާނުންނާ އެކު ސެލްފީ ނަގަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގެއްގައި ލިބޭ ޓިކެޓު ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ. އުރީދޫގެ "މޫލީ" ޕްލެޓްފޯމާއި ސޮލައިޓު ރެސްޓޯރަންޓު އަދި މެންހެޓަން ފިޝްމާކެޓްއިން ޓިކެޓު ލިބެން ހުންނާނެ އެވެ.

އެ ޝޯގައި ޕަވަންދީޕާއި އަރުނީތާގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއި ރާފިޔަތު ރަމީޒާ ވެސް ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓިކެޓު ބުކް ކުރުމާއި ފެސްޓިވަލުގައި ފުޑް ސްޓޭންޑު ހެދުމުގެ މައުލޫމާތު 7376060 އިން ލިބޭނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454