22 ފެބުރުއަރީ 2023 - 19:02
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން މިއަދު ނިންމައިފި އެވެ.
މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ތިބި އަދާލަތު ޕާޓީން އެ ގޮތަށް ނިންމީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނަށް ތާއީދުކޮށް، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަޝްވަރާ އަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުންނެވެ.
މި އިންތިހާބުގައި ކޯލިޝަން ހެދުމަށް، އަދާލަތު ޕާޓީގެ އިތުރުން މިހާރު ވެސް ސަރުކާރާއެކު ތިބި ސިޔާސީ އެހެން ޕާޓީތަކަށް ވެސް ރައީސް ދައުވަތު ފޮނުއްވި ނަމަވެސް އެންމެ ފުރަތަމަ ގޮތެއް ނިންމައި އެ މަނިކުފާނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ދިނީ އަދާލަތު ޕާޓީންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމި ގަރާރުގައިވާ ގޮތުން، އެ ގޮތަށް ނިންމީ އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވައި ދެމެހެއްޓުމަށާއި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށެވެ.
އޭގެ އިތުރުން ވެސް އެ ޕާޓީން ބެލި ގިނަ ކަންތައްތަކެއް ގަރާރުގައި ބަޔާން ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރުމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރާއި ސުލްހަ މަސަލަސްކަން ދަމަހައްޓައި، ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުން ހިމެނެ އެވެ.
ގަރާރުގައި ބުނާގޮތުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމި އެއް ސަބަބަކީ މެނިފެސްޓޯ އެކުލަވައިލާއިރުގައި، އިސްލާމީ އުސޫލުތަކާއި ހަމަތަކާއި ދެފުށް ފެންނަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވައިލުމުގައި އެ ޕާޓީގެ ބައިވެރިވުން ފުރިހަމަ އަށް ހޯދުމަށް އެއްބަސްވެފައިވާތީ އެވެ.
".... ވޭތުވެދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީ އަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މި ވަގުތު އޮތް ގޮތަށް ރިއާޔަތްކުރާ ހިނދު މި ވަގުތުގެ ހާލަތުގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވެން އޮތީ ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހަށް ފެންނާތީ، އަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށް ފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން އިގުރާރު ވަމެވެ،" ގަރާރުގައި ވެ އެވެ.
މިިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާއެކު، އެ މަނިކުފާނު ގެންދަވަނީ މި ރިޔާސީ އިންތިހާބަަށް ފުރަތަމަ ބުރުގައި އެހެން ޕާޓީތަކާއެކު އެމްޑީޕީން ކޯލިޝަން ހަދައިގެން އިންތިހާބު ކާމިޔާބު ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެހެންވެ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކާ މެދު އެ މަނިކުފާނު ނުވެސް ވިސްނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީދޫ001
23 February 2023
ލީޑަރުން މަގާމާއި ޖާހްގެ ދަހިވެތިކަމުގައި ކޯލިޝަން ހެދުމަކީ މާ ބޮޑު މައްސަލައެއްކަމުގައި ދެކޭކަށް ނުވާނެ! އަޅުގަނޑުމެން އާއްމު ރައްޔިތުން ގުޅިގެން ހަދާ ކޯލިޝަން މާ ވަރުގަދަވާނެ! އަދާލަތުގެ އާއްމު މެމްބަރުންނާއި ، އެމްޑީއޭގެ އާއްމު މެމްބަރުން އަދި ގައުމު މިދާގޮތާއި މެދު ކަންބޮޑުވާ އެމްޑީޕީގެ އާއްމު މެމްބަރުން ގުޅިގެން ގައުމީ ނަވުގެ ކައްޕިތާން ބަދަލުކުރެވިދާނެ!
ސައިޚް
23 February 2023
އަދާލަތަކަށް ނޯންނާނެ އެހެންގޮތެއް، 50 ވޯޓު ހަމަ ނުކުރެވޭ ޕާރޓީއެއް، ކޮންމެ ފަހަރަކު މީހެއްގެ ބަނޑު ދަށުން ސަރުކާރުތެރެއަށް ވަދެ ހިހޫތަނުން ބޮޑުބައި ކާން އެނގޭނީ،
އަހުމަދުބޭ
23 February 2023
އަދާލަތުގެ ތިޔަ ނިންމުމަށް މަރުހަބާ ދަންނަވަން، އަދި އަދާލަތަށާ އަދި ކުދި ޕާޓީތަކަށް އެގެންއެބަޖެހޭ އެކަނިނިކުމެ އިންތިހާބެއް ކާމިޔާބެއްނުވާނެކަންވެސް، އަދި ކޮންމެ އިންތިހާބެއް ނުޖެހޭ ދެބުރަށް ވޯޓްލައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާކަށް، މިއީ ގައުމާ ރައްޔިތުންނަށް އިޚުލާސްތެރި ވުމަކީ ދެންތިބި ބަޔަކުވެސް ސޯލިހު ދިން ދައުވަތު ގަބޫލްކޮށް މިއިންތިހާބުކަންކަން އަވަހަށް ނިންމާ ގައުމައިގެން ކުރިއަށްދާންވީ، ވައްކަން އެންމެންވެސް ވެރިކަމުގައި ކުރަނީ
ައަދާލަތު
23 February 2023
އަދާލަތު ޕާރޓީގެ މަޤްޞަދު ގެއްލުނީ އިމްރާންގެ މަޤާމުގެ ދަހިވެތި ކަމުގަ. ދީނަށް ލޯބި ކުރުމުގެ ނަމުގައި މުޅި ޕާރޓީގެ އަގު ވެއްޓިއްޖެ
އައޔ
23 February 2023
އިމްރާނަށް މަޤާމެއް ލިބެންޏާ އެވީ. ކޮބާތަ އަދާލަތު ޕާތީގެ އެހެން މެމްބަރުން. އަދި ރާއްޖޭގެ ދީނީ ސިޔާދަތު ރައްކާތެރިކުރަން މިސަރުކާރުން ކުރާ ކަމެއްވެސް އޮންނަޖެހޭ އެބަ.
އަދާލަތު ލައިޓް
23 February 2023
މި ގަރުނުގެ އެންމެ ބޮަޑު ބުރޭކިން ނިއުސް ކަލޭނޭ. ދީނޭ ކިޔަމުން އެންމެ ގިނަ މަސާޖުޕާލަރުތައް ހިގަމުންދަނީ ސޯލިހު ވެރިކަމުގެ ދަށުގައި. އަންނި އިރު އޭގެ ތަނެކޭ ހީވެގެން ގަޔަށް ރެވިގެން ތެޅި ބޭލީ. މިހާރު އޭގެ ތަންތަން އެހެރީ ބޯޑު ޖަހާފަ ފެންނަން. އެތައް ތަނެއް. ހަރާން ހަލާލު އެއީ ވެރިއަކަށް ހުންނަ މީހައާ އެކު ބަދަލު ވާ އެއްޗެއް އެވެރިންނަށް
ބިސް މަނިކް
23 February 2023
އިބޫ އަކަށް ތިޔަކުން ލިބޭނެ އެއްޗެއް ނެތް، އަދާލަތަކީ މިހާރު ހުސް ތޮށިގަނޑެއް. ދީނަށް ލޯބި ކުރާ މީހުން އެ ޕާރޓީއާ ގުޅުނީ އެމީހުން ދެއްކި އަވާ މެންދުރުގެ ސަބަބުން. މިހާރު ހަގީގަތް އެނގުނީމަ އެންމެން ފޭ ވެއްޖެ. މަގާމުތަށް ދީފަ ތިބި ކުދިން ފިޔަވާ..
ށަވިޔަނި
23 February 2023
އިމްރާނުގެ މަގާމު ދެމިގެން ދާނީ އިބްރާހީމް މުޙައްމަދު ޞާލިޙު ހޮވިގެން. އަހަރެން މިއީ މިގައުމުގައި ޕާޓީ ނިޒާމު އޮތުމަށް އެދޭ މީހެއް ނޫން. ކޮންމެ މީހަކު ހޮވުނަސް ހެޔޮ. ދެން މިގައުމު އިސްލާހުވާނީ މިހާރު ގެ ނިޒާމު މުލުން ލުހެލާފަ މުޅިން އާ ގަހެއް އިންދަންކެރޭވަރުގެ ކުޅަދާނަ މީހަކު ނިކުމެގެން. އެވަރުގެ މީހަކު ފެންނާކަށް ނެތް. ދެންތިބޭ.
ގުއިއްޒު
23 February 2023
މިހާރު ލާދީނީކަން އެމްޑީޕީން މުޅިން ކެނޑުނީތަ? ވެދާނެ ދެއްތޯ އެމްޑީޕީ އަށްވުރެ ބޮޑަށް އަދާލަތު ޕާޓީ ލާދީނީ ވީކަމަށްވެސް.
ދީނަށްޓަކާ
23 February 2023
މީހުން ދިރިއުޅޭ ތަންތަނަށްވުރެ މަސާޖުޕާލަރުތައް ގިނަ. އެތަންތަނުގައި ފާހިޝުއަމަލުތައް ހިންގާ. އަދާލަތުގެ އިޔާޒުމެން ހިރުވާވެސްނުލާ!
ހަމީދު 1
23 February 2023
އަދާލަތު ޕާޓީއަށް ސަލާމް. އިމްރާނަށްވެސް ސަލާމް. ބަލަން މިހުރީ ހުރިވަރެއް.