25 ފެބުރުއަރީ 2023 - 08:48
ރ. އަލިފުށީ ބަނދަރުމަތީގައި ހުރި އުނދޯޏެއްގައި އިން ހުސެއިނުގެ ހިޔާލު ވަރަށް ތަފާތެވެ. އޭނާ ދެކޭ ގޮތުގައި، މި ރަށުގައި އެއާޕޯޓެއް އަޅައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް، މި ރަށަށް ބޭނުންވާ ވަރަށް ގިނަ ޒަރޫރީ ކަންކަން ނުވެ އެބަހުއްޓެވެ. އެ ކަންކަން ވެސް ކޮށްދީފި ނަމަ، އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ.
ހިޔާލު ތަފާތުވުންތައް ބޮޑުވި، އަލިފުށީ އެއާޕޯޓްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެ އެއާޕޯޓަށް ބޭނުންވާ 50 ހެކްޓަރުގެ ބިން، މިހާރު އަންނަނީ ހިއްކަމުންނެވެ. އެއާޕޯޓްގެ މަސައްކަތަށް، ރަށުގެ ދެކުނު ފަރާތުން ބޮޑު ސަރަހައްދެއް ވެސް އޮތީ ބަންދުކޮށްފަ އެވެ.
ބަނދަރުމަތިން ދިމާވި އެހެން މީހަކު ބުނިގޮތުގައި، އެއާޕޯޓް މަޝްރޫއުއާ ދެކޮޅަށް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ ވެސް ރަށަށް ލިބޭ ކުރިއެރުމަކަށް ވާތީ އެވެ. އެކަމަކު، އޭނާ ބުނާ ގޮތުގައި، މި ވަގުތު އަލިފުއްޓަށް އެންމެ ބޭނުންވަނީ ފެންވަރު ރަނގަޅު ހޮސްޕިޓަލެކެވެ.
ރ. އަލިފުށީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކަން ފަށައިފައި: އެއާޕޯޓްގެ މަސައްކަތް މިހާރު އޮތީ ފަށައިފައި -- ފޮޓޯ: މިހާރު
މި ރަށުން ވާހަކަދެއްކި އެހެން ބައެއް މީހުން ވެސް ބުނީ ހޮސްޕިޓަލެއް ވަރަށް މުހިންމު ކަމަށެވެ.
އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް ހަދަން މި ސަރުކާރުން ވަނީ މިދިޔަ އަހަރު އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
"މުހިންމީ މިތަނުގައި ހޮސްޕިޓަލެއް ހުރުން. އަހަންނަށް ފެންނަ ގޮތުގައި، މި ރަށުގެ އިޖުތިމާއީ، އިގުތިސާދީ ހުރިހާ ގޮތަކަށް ވެސް ހޮސްޕިޓަލެއް ހުރެއްޖެއްޔާ ކުރިއަރައިގެން ދާނެ ކަމަށް މަށަށް ފެންނަނީ،" އެހެން މީހަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި، އެ ރަށަކީ 3،000 ވުރެ ގިނަ މީހުންނާއެކު، އެ އަތޮޅުގައި އޮތް އާބާދީ އެންމެ ބޮޑު އެއް ރަށެވެ. އެކަމަކު ކިރިޔާ ބައްޔެއް ވިޔަސް ޖެހެނީ ހަތަރު ގަޑިއިރު، ދޯނި ފެރީގައި ހޭދަކޮށްގެން އެ އަތޮޅު އުނގޫފާރަށް ދާށެވެ. ރައްޔިތުން ބޭނުންވަނީ އެ ތަކުލީފަށް ލުޔެކެވެ. އަބަދު ރަށުން ބޭރަށް ނުގޮސް، ރަށުގައި ތިބިގެން ވެސް ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ހޮސްޕިޓަލެކެވެ.
ރ. އަލިފުށީގައި އެއާޕޯޓް ހެދުމަށް ބޭނުންކުރާ ސައިޓް: އެއާޕޯޓްގެ މަސައްކަތް މިހާރު އޮތީ ފަށައިފައި -- ފޮޓޯ: މިހާރު
އަލިފުށީގެ ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހިމް ޒާހިރު ބުނީ މި ރަށުގައި ޒުވާނުންނަށް ލިބޭ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް މަދުވަމުންދާ ކަމަށެވެ. އެހެންވެ، އެއާޕޯޓެއް އޮވެއްޖެ ނަމަ، ޒުވާނުންނަށް އިތުރު ފުރުސަތުތައް ލިބި، ރަށް ކުރިއަށް އަރައިގެން ދިއުމަށް މަގުފަހިވާނެ ކަމަށެވެ. އެއާޕޯޓަކީ އިތުރު ވިޔަފާރިތަކަށް ވެސް ހުޅުވާނެ "ދޮރެއް" ކަމަށެވެ.
އެއާޕޯޓް އެޅުމުން، އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ އިއްތިގިލީގައި ރިސޯޓެއް ހަދާނެ ބަޔަކު ވެސް ލިބިދާނެ ކަމަށް އޭނާ ބުންޏެވެ.
"މުހިންމު ކަމެއް އެ ކުރަނީ. އެއާޕޯޓް އަޅަން ބޭނުންވާ ރައްޔިތެއްގެ ހައިސިއްޔަތުން ބުނާނީ މި ރަށަކީ ވަރަށް ދުރުގައި އޮންނަ ރަށެއް، އާބަދީ ބޮޑު ރަށެއް، ބޮޑު ސިންގާ ފަޅެއް އޮވޭ، ރަށުގެ މަސައްކަތްތައް މިހާރު ދަނީ ތަންކޮޅެއް މަދުވަމުން،" އޭނާ ބުންޏެވެ.
"ތަރައްގީވަމުން އަންނާނީ އެއާޕޯޓެއް އޮތީމަ ކަމަށް ފެންނާތީ. ދެން އެއްތިގިލި، ރިސޯޓަކަށް ހެދުމުގެ މަގުސަދު ވެސް ސަރުކާރަށް ވަރަށް ބޮޑަށް ހުޅުވިގެން ދާނެ އެއާޕޯޓެއް އޮތީމަ. އޭގެ ނަފާ ރައްޔިތުންނަށް ބޮޑަށް ކުރާނީ."
މި ރަށުން ވާހަކަދެއްކި ގިނަ މީހުން އެއްބަސްވި ގޮތުގައި، ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، މި މަޝްރޫއުއަކީ ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަދާންވަނީ
07 March 2023
ހުރިހާކޮމެންޓްތައްވެސް ކިޔާފިން ހުރިހާކޮމެންޓްތަކުގައި ބުނެފައިވަނީ ވަރަށްބޮޑުތެދެއް ތިޔަ އެއަރޕޯޓަކީ ޅިޔަނުކޮއްކޮ ދެންއަންނަ މަޖުލީސް ގޮޑި ޔަގީންކުރަން އަޅަ އެއަރޕޯޓެއްކަން ސަންކެއްނެތް މިންވަރަށް ޔަގީން ތިކަމަކީ ބަޖެޓުކުރެވިފައިވެސްވާކަމެއްނޫން ހަމަ ޅިޔަނުކޮއްކޮ ބުނާތީ ވާނެގެއްލުމެއް ވާނެފައިދާއެއްނުބަލާ ހަމަ އަޅާލަނީ ރަގަނޅޭ ރަގަނޅޭ ދަތްހުރިދުވަހު ކާށިކެވޭނީ
ފޫހި
26 February 2023
މަ ބޭނުން މަ ރަށުގަ ވެސް އެއަރޕޯޓެއް. އަޅައި ނުދެނީ ޅިޔަނެއް މެމްބަރަކަށް ނެތީމަ
މަލީ ހަމީދު
26 February 2023
އެއަރަޕޯޓެއް އޮތަސް އިޤްތިސާދީ ކަމެއްނެތިއްޔާ ދަތުރުކުރާނެ މީހުން ނުތިބޭނެ. އޭރުން އަގުތައް އިންތިހާއަށް ބޮޑުވާނެ. އެއަރޕޯޓެއްގައި ފުދޭވަރުގެ މުވައްޒަފުން ތިބޭނެ. އެމީހުންގެ މުސާރަތަކާއި ހިންގުމުގެ ޚަރަދުތައް ނިބެންޏާ ދެކޮޅެއް ނުޖެހޭނެ. އަލުފިށީ އެއަރޕޯޓުން ދަތުރުކުރާނީ އަލިފުށިމީހުން އެކަނި. އަތޮޅުގެ އުުތުރުގައި އިފުރުއޮއްވައި އަލިފުށްތަށް ވަރަށް ނުދާނެ.
އަކޫ1
26 February 2023
ވޭސްޓް އޮފް މަނީ، އާރާއި ބާރު އޮތްކަން ދައްކަން ކުރާކަމެއް ، ތި އެއަރަޕޯރޓް އިން ފައިދާވަނީ އަލިފުށި މީހުންނައް އެކަނި، ސަރުކާރަށް ވާނީ ގެއްލުން!
އޮނަރަބްލް އަފީފު ދީދީ
25 February 2023
ޑޮމެސްޓިކް އެއަރޕޯޓް ތައް އިތުރުކުރުމަށްވުރެންބޮޑަށް އިސްކަންދޭންވީ ފަލަސުރުޙީތަކުގައި ހަނިމާދޫ އަދި ގޭންއިންޓަރނޭޝަނަލް އެއަރޕޯޓް ޑިވޮލޯޕްކުރާކަމަށް ފަތުރާ އަޑުފެތުރުންހުއްޓާލާފައި ޙަޤީގީމާނައިގަ ގޭން އަދި ހަނިމާދޫ އެއަރޕޯޓް އޮޕަރޭޓްކޮށް ހިންގޭނެ މަގު ހުޅުވާލަދިނުން. # އަދި އުތުރާއިދެކުނުގައިހުރި ޑޮމެސްޓިކް އެއަރޕޯޓްތަކަށް މިދެންނެވި 2 އެއަރޕޯޓުން ކަނެކްޓިވިޓީލިބޭނެ އިންތިޒާމް ފުރިހަމަކޮށްދިނުން. މިއީ ތިތަންތަން ވައިބަލްވާނެ ހަމައެކަނި ގޮތަކީ.
ކާނޫ.
26 February 2023
މާލޭ މީހުން ބޭނުމެއްނުވާނެ ގަމާއި ހަނިމާދުއަށް ބޭރުން ފުލައިޓް އަންނަގޮތް ހަދާކަށް. ގަމާއި ހަނިމާދޫ ތަރައްޤީ ކުރުމަކީ ކޮންމެ 5 އަހަރެއްގެ ވޯޓާއި ދިމާކޮށް ސަރުކާރުން ދައްކާ ވާހަކައެއް.
ޟުހޭލު
25 February 2023
ތި ބުނާ އަލިފުށީގަ 1،500 މީހުންވެސް ނޫޅޭނެ ރަށުގަ. ޢެންމެންވީ އެހެން ރަށް ރަސުގަ. ބަލާ މީ ދޮގެއްތޯ!
މާފަންނު
25 February 2023
މާފަންނު ރައްޔިތުން ބޭނުންވޭ މާފަންނުގައި އެއަރޕޯޓެއް ހަދަން. އަލި ފުށީ މީހުންނަަށް ވުރެ މާފަންނުގައި އުޅޭ މީހުން ގިނަ ވާނެ. މާފަންނުގައި އެއަރޕޯޓެއް ހަދައިފިއްޔާ އަލިފުށިން ލިބޭ ވަރަށް ވުރެ ގިނަ ވޯޓު މާފަންނުން ލިބޭނެ.
ނުވިސްނާ
25 February 2023
ރައްޔިތު މީހާ ބޭނުންވާނެ ކޮންމެ ރަށެއްގަ ވެސް އެއަރޕޯޓާ ދެން ހުރި އެއްޗެެއްވެސް. ދަރަނިމައްޗައް ދަރަނި ނަގައިގެން ގެއްލުމުގަ ހިންގަން ތިކަހަލަ ކަންތައް ކުރާކަށް ނުވާނެ. އަމިއްލަ ދަރި ބޭނުންވާހާ އެއްޗެއް ނުފޯރާވަރުން ނުހޯދާއިރު މިފަދަ ބޮޑެތި ކަންތައް އެހެރަ ނިމެނީ ފުއްޓައްކެއް ޖަހާހެން. ތިޔައްވުރެ ރޭވުންތެރިކަމާ އެކު މިކަހަލަ ކަންތައް ކުރަންވާނީ.
ބޭއިންސާފު
25 February 2023
ކޮބާ މަކުނުދޫ އެއާޕޯޓު؟ މާ ހައްގުކަން ބޮޑު!
ޚޯލަ
25 February 2023
2 މީހުންނާ ފަޅި ތިބޭ ތަންތަނުން 2 ވޯޓު ހޯދަން މުޙިއްމެއް ނޫނެވެ
Draw
25 February 2023
ބިގޭއަށް ރައްޔިތުންގެ ފައިސާ ގުރުބާން ކުރަނީ. މިކަހަލަ ހަމައެއްނެތް މަސައްކަތް ކުރާތީ ގައުމުގެ ދަރަނި 112 ބިލިއަން ރުފިޔާ ގައި އުޅެނީ. ކިތަންމެ ތާކުންތާކު ނުޖެހޭ އެއަޕޯރޓެއް އެޅިޔަސް މަށެއް ދެން ދުވަހަކުވެސް މިކަލޭގެ އަކަށް ވޯޓެއްނުދޭނަން. ކުރިން ވޯޓްދެވުނީ ތީ ރައްޔިތުންގެ ކިބައިން ނުހަނު އިހްލާސްތެރިކަމާއެކު މާފަށްއެދެން. އަބަދުވެސް އައުމީހަކަށް ވޯޓް މިދެނީ ގައުމު ރަގަޅުު މަގަށް އެރުވޭނެ މީހަކުވޭތޯ.