މާލޭގެ މަގުތަމަތީގައި ޓެކްސީތައް ދަތުރުކުރަނީ: ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކުރާ ގަވާއިދަށް އަމަލުކުރުން ތިން މަހަށް ވަނީ ފަސްކޮށްފައި. -- ފައިލް ފޮޓޯ: މިހާރު
27 ފެބުރުއަރީ 2023 - 20:05
ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކުރާ ޓެކްސީގެ ގަވާއިދަށް އަމަލުކުރުން ތިން މަހަށް ފަސްކޮށްފި އެވެ.
ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމާ ބެހޭ ކަންކަން ބަޔާންކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ގަވާއިދު އާންމުކުރީ މިދިޔަ އަހަރު އޮގަސްޓް 23 ގަ އެވެ. އެ ގަވާއިދަށް އަމަލުކުރަން ފަށަން ކުރިން ނިންމާފައި އޮތީ ގަވާއިދު އާންމުކުރާތާ ހަ މަސް ފަހުން، މި މަހުގެ 23 ގަ އެވެ. ނަމަވެސް، އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވިއިރު، ހަމަ އެ ތާރީހުގައި ގަވާއިދަށް އިސްލާހެއް ގެނަ އެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި، މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަދި މީގެ ތިން މަސް ފަހުންނެވެ.
މި ގަވާއިދުގައި ކާރު ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން، ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަން ޖެހެ އެވެ.
ޓެކްސީ ކާރުތައް އެއާ ކޮންޑިޝަން ކޮށްފައި ހުރުމަކީ ވެސް، އެ ގަވާއިދުގައި ޝަރުތުކޮށްފައިވާ ކަމެކެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން އެއާ ކޮންޑިޝަން މަސައްކަތް ނުކުރާ ނަމަ، އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެ ކަހަލަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެ އެވެ.
ގަވައިދަށް މިހާރު ވަނީ "ޕްރައިވެޓް ހަޔަ"ގެ ހިދުމަތް ދިނުމާ ބެހޭ ބައި ވެސް އިތުރުކޮށްފަ އެވެ. މިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭންޖެހޭ ޓެކްސީގެ ހިދުމަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
28 February 2023
ކްރައިމް ޕެޓްރޯލުގަވާހެން ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. ކަމެއް ދިމާވެގެން ފުލުހުން އަންނައިރު ކެމަރާއަށް މައްސަލައެއްޖެހި ރަނގަޅުނުކުރެވި ހުންނާނީ. ދެން ސޮރީ މާފްކަރުދޯ.
އައްޔަ
28 February 2023
ކާނިވަލުން އެތައްސަތޭކަ ކާރަކައް ޒޯނުވިއްކާފަ ކަރަންޓެއްނެތް ކާނިވަލު ކަނުއަނދިރީގަ
މޯޑް
28 February 2023
ބަސްތަކުގަ ކެމެރާ ހަރުކުރާކަށް ފުރައިވެޓް ހަޔަރ ކާރު ތަކަކަށް ކެމެރާ ހަރުކުރާކަށް ނުޖެހޭތަ
އައަޔަ
28 February 2023
މިނަހުލާ ކީއްވެގެންބާ ޓެކްސީތަކަކާ އަޅައިގަނެގެން ނުނެއްޓިގެން މިއުޅެނީ ފަޔައްހިނިއަރައިގެން ރީނދޫބޯޱުހޯދަން ދިޔާމަ އެބަބުނޭ ބިއްލޫރި މާކަޅޭ ހުދުޖަހައިގެން އަންނާށޭ އެކަމަކު ބިއްލޫރި ކިތައްމެ ކަޅަސް އަވަސްރައިޱް އެޕްއެޅީމަ ކިތަންމެކަޅަސް އޯކޭ ޓެކްސީކުރަންވީ ޕްރައިވެޓް ބޯޱުގަ ކިހާ ޖޯކުތޯ ތަންކޮޅެއްބޮޱުވަރު ދޯ މީ އިސްތިއުފާ
އައްޔަ
28 February 2023
ޓެކްސީތަކުގަޔޭ ކެމެރާ ހަރުކުރުން ތިކިޔަނީ ގޯސް ކިޔަންޖެހޭނީ ލިޔަންޖެހޭނީ ގަވައިދު ހަދަންޖެހޭނީ 4 ފުރޮޅުލީ ހުރިހާ އުނޅަދެއްގަ ކެމެރާ ހަރުކުރަން ވީޔޭ 3 މަހޭ މިގޮތައް ކީމަދޯ އިނގޭނީ މިހާރު ޓެކްސީ ކުރޭ ވެމްކޯ އުޅަނދުގަ ކުރޭ އައިޖީއެމްއެޗް އުނޅަދުގަ ކުރޭ ހުރިހާ ޕްރައިވެޓް ކާރުގަ ކުރޭ މިއުޅޭ ބޮންދުން ސީ ޖެހި އުނޅަދުގަ އެބަކުރޭ މި ބުނީ ކޮންޕެނީ އުޅަދުގަ އެބަކުރޭ މިހަމަ ޓެކްސީކުރާ އުޅަނދުތައް އެކަމަކު ފުލުހުންވެސް މިބަލަނީ ރީނދޫބޯޱައް ޓެކްސީތައް ކަމައް މާތްކަލާކޯ މިހާރު ޓެކްސީ އެބަކުރޭ އިންޖީނުލީ ހަތަރުފުރޮޅު ހުރިހާ އުޅަނދެއްގަ މިހެންގޮސް ޱިޕޮލޮމެޓިކް ކާރުވެސް ޓެކްސީކުރޭ އެހައް މިކަން ކަން އިސްލާހު ކޮއްފަ ރީނދޫ ބޯޱު އުޅަދުތަކާ ބެހިބަލަ ނޫނީ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދީބަލަ ނޫނީ ކޮންމެސް އެހެންކަމަކާ އުޅެބަލަ
މުސްކުޅިޔާ
28 February 2023
ރީދޫ ބޯޑުޖެހުމީހުން ކާރުޕާކު ކޮށްފައި ގޭގަ ނިދަންތިބޭތީ ތިޔަހުރިހައި ހަތަރު ފޮރޮޅަކަށް ހުއްދަ ދިނީ. ދެން މިހާރު ކަޑަވެގެން އުޅޭނެކަމެއްނެތް. ޝުކުރީޔާ ނަހުލާ
ސިމްޕަލް
27 February 2023
ތިޔަ ގަވާއިދުގައި އޮވޭތަ ދުއްވަން ހުރީ އެ ޓެކްސީ ދުއްވަން ހުއްދަ ދީފައިވާ މީހާ ކަން އަންގައިދޭ ފޮޓޯ ޖެހި ލިޔުމެއް ފެންނަން ހުންނަން ޖެހޭ ކަމަށް؟ ނޫނީ، މަށަށް ނުދުއްވޭ ނަމަ، ބޯޓު ދަތުރުކުރަން އުޅޭ މަގޭ ފްރެންޑް ހަސަނު ގޯތި އާދަނު، ޗުއްޓީއަށް އައިސް މާލެ ހުންނަ އިރު ދުވަސް ކޮޅަކަށް މަގޭ ޓެކްސީ، ދުއްވާ ލެވޭނެތަ؟
މުސްކުޅިޔާ
27 February 2023
މުއްދަތު ހަމަވާއިރަށް އިތުރުކުރަން ހަދައިގެން އެއްވެސް ކަމެއް އެބަ ރަނގަޅު ކުރެވޭތަ. ޒިންމާދާރު އެއްވެސް ދިމާލެއް ހަމަ ނެތީތަ.
އުވާލާށޭ
27 February 2023
މާލެ ސަރަހައްދުގައި ޓެކްސީ ތައް ކުރަން އެމްޓީސީސީ އަށް ދޭންވީއޭ ތިޔާ ރާއްޖެތެރޭން މާލެ އަށް އަރާ ތިބޭ މީހުން އެމެންގެ ގެދޮރު ކުއްޔާއި އަދި އެމެން ގެ އެހެން ޚަރަދު ތައް ފޫބައްދާ އަދި 10 ގުނަ ފައިދާ ނެރެން ޓެކްސީ ދުއްވާއިރު ތިޔާ ޑްރައިވަރަކު ނުހުރެއޭ 4 ގަޑިއިރު ޓެކްސީ ދުއްވާފައި އަމިއްލަ ޓެކްސީ ތައް އުވާލާށޭ އެމެންނަށް އެކަމެއް ނުވާނެއޭ އަމިއްލަ ޓެކްސީ ތައް އުވާލާށޭ އަމިއްލަ ޓެކްސީ ތައް އުވާލާށޭ އަމިއްލަ ޓެކްސީ ތައް އުވާލާށޭ
ބޮޑުމީހާ
27 February 2023
ދައުލަތުގެ ބައިތުލްމާލާއި ދިމާލަށް ރައްޔިތުންނަށް ލައިވް ފީޑް ފެންނަ ހެން ކެމެރާ ހަރުކުރަން ކެރޭނެބާ! އަދި ބޭންކް އޮފް މޯލްޑިވްސެގެ އެކައުންޓްތަކުން ގެއްލޭ ފައިސާތައް ހޯދަންވެސް ކެމެރާ ހަރަުކުރަންވީ! 114 ބިލިއަނުން ގައުމު ދަރުވާލައިފި. ޖީއެސްޓީ ބޮޑުކޮށްފި، 1400 ސިޔާސީ މަގާމު އެބައޮތް، ކުރެވުނުހާވެސް ކަމަކީ ސްޓިކާޖެހުމާއި ރައްޔިތުންނަށް އުދަގޫކުރުން
ޓަކަބެ
27 February 2023
ޓެކްސީގެ އެތެރެއާ ކުރިއާ ފަހަތް ފެންނަ ކެމެރާ ހުރުމަކީ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމުތަކުން ކޮށްފައިވާ ރަނގަޅު ތަޖްރިބާއެއް.