ބީއެމްއެލް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްކުރަނީ: ބޭންކުން ފައިސާ ގެއްލޭތީ މެމްބަރުން ވަނީ ބަހުސް ކުރައްވާފައި.-- ފޮޓޯ: ބީއެމްއެލް
28 ފެބުރުއަރީ 2023 - 13:01
ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ދެއްކެވި ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފި އެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނެ އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އެ މައްސަލަ އަށް ވާހަކަ ދައްކަވަމުން ހާރޫން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު މީހެއްގެ އެކައުންޓުގައި ހުރި މިލިއަނެއްހާ ރުފިޔާ އާއި 22،000 ޑޮލަރު ގެއްލިފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއްގެ އެކައުންޓުގައި ހުރި ފައިސާ ވަނީ ގެއްލިފައި. އެ ފައިސާ ޓްރާންސްފާ ކުރަމުން ގޮސް އެކަމުގެ ތަންދޮރުފިލާ ބޭފުޅުންގެ އެެކައުންޓަށް ފައިސާ ދިޔައީމަ މި އެނގުނީ މިފަދަ މުއާމަލާތެއް ހިނގާކަން،" އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން އެބަ ވިދާޅުވޭ، ތިމަންނަމެން އެކައުންޓަށް ފައިސާ ޖަމާވި ހިސާބުން ބޭންކަށް ގުޅައި ރިޕޯޓު ކުރި ކަމަށް، މިވެނި މީހެއްގެ އެކައުންޓުން ފައިސާ އެބަ އާދޭއޭ. ނަމަވެސް ބޭންކުން އަޅާނުލައި ކަމަށް."
ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު، އަހުމަދު ހާރޫން މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
ހާރޫން ވިދާޅުވީ ބޭންކުން އަބަދުވެސް ބުނަމުން އަންނަނީ ސްކޭމްތަކަކީ ޖަލުތަކުގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. ނަމަވެސް، އޭނާގެ ރަހުމަތްތެރިޔާ އަށް ދިމާވި ގޮތަށް ބަލާއިރު އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އެކައުންޓް ސްޓޭޓްމަންޓުން ފެނޭ އެ ދުވަހު ހަވީރު 5:35އިން ފެށިގެން އެރޭ 11އާ ހަމައަށް އެ އެކައުންޓުގެ މުއާމަލާތްތައް ހިންގާފައި ހުރިކަން. ހަމަ އެ އެކައުންޓުން އެގޮތަށް ފައިސާ ނަގައިފަ، ޓްރާންސްފާ ކޮށްފައި އެބަހުރި 2021ގަ ވެސް،" ހާރޫން ވިދާޅުވި އެވެ.
"ހަމައެކަނި އެ އެކައުންޓުން ފައިސާ ނަގައިފައިއެއް ނޫން ހުރީ. އެ ސްކޭމް ތެރޭ އެހެން އެކައުންޓުތަކުން ފައިސާ އެ އެކައުންޓަށް ލައި 25،000 ހަމަކޮށްގެން ހުސްކޮށްފައި ހުރީ. ބާވީސްހާސް ޑޮލަރު ވެސް ހުސްކޮށްފައި ހުރީ 17.70ގެ ރޭޓުން ޓްރާންސްފާ ކޮށްފައި ހުރީ."
އެ ފައިސާ ގެއްލުނު ކަމަށް ބުނާ ރައްޓެހި މީހާއާ އެކު އޭނާ ބީއެމްއެލް އަށް ވަޑައިގަތް ނަމަވެސް އެ ފައިސާ އަށް ވީގޮތް ސާފު ވެފައިނުވާ ކަމަށް ހާރޫން ވިދާޅުވި އެވެ.
"ބޭންކުން ބުނަނީ، ހީކުރީ އެއީ ހަމަ އަމިއްލަ އަށް ކޮށްފައި ހުރި މުއާމަލަތްތަކެއް ކަމަށޭ."
މި މައްސަލައާ ބެހޭ ގޮތުން، "މިހާރު"ން ސުވާލު ކުރުމުން ބީއެމްއެލް އިން ބުނީ އެއްވެސް ކަސްޓަމަރެއްގެ އެކައުންޓުން އެއް މިލިއަން ރުފިޔާ ގެއްލިފައި ނުވާ ކަމަށެވެ. އެކަމަކު އެ މައްސަލައިގެ އިތުރު ތަފުސީލަކަށް ނުދެ އެވެ.
ބޭންކުގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް އާންމުވެފައި ނުވާނެކަމުގެ ޔަގީންކަން ވެސް އެ ބޭންކުންދެ އެވެ.
ސްކޭމް ކޮށްގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ. ދާދި ފަހުން ވެސް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ މީހެއްގެ އެކައުންޓުން ބޭނުން ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން މިފަހުން ވެސް ވަނީ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ބައެއް ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
28 February 2023
މިކަމަކީ ބީއެމްއެލްގެ އިހުމާލެއްކަމަށް އަދި މިކަމަކީ ޙަޤީގަތުގައިހިގާކަމެއްކަމަށް އެއްބަސްވާކަށް ނޫރައްދީނުމެން ބޭނުމެއްނުވި. # އެމީހެއްގެ އަމިއްލަފައިސާ ރައްކާކުރާނެބެންކް ކަޑައެޅުމަކީ އެމީހެއްގެކަމެއް. އެހެންކަމުން ސަރުކާރު މުއައްސަސާތަކުގެތެރެއިން ބީއެމްއެލްއަށް މުސާރަޖަމާކުރާ އޮފީސްތަކުގެމީހުނާއި ޕްރައިވެޓްސެކްޓަރ ތަކުގެމުވައްޒިފުންވެސް އެމީހުންގެމުސާރަ އިސްލާމިކް ބެންކަށް ނުވަތަ ބީބީއެމް އަށް ޖަމާކޮށްދިނުމަށް އެދޭ. މިކަން ހުއްޓޭނީ އޭރުން.
ިިިިި
28 February 2023
ބޭންކުން ޒިންމާނަގަން ޖެހޭނެ!
ބިތްޖެހި
28 February 2023
މެމްބަރުންނަށް ވެސް މިއުޅެނީ ފަސޭހައިން ސްކޭމްގަ ޖެހި ވާނުވާ ނޭގާހާ ތަންދޮރު ނުދައްނަ ނުކިޔަވާ ތިބޭ މީހުން. ތިވަރު މީހުން ކީއްކުރަން އޮންލައިން ބޭންކިން ހަދަނީ. ވާނުވާ ނޭގި އެކި މީހުނަށް ފައިސާ ފޮނުވަ ފޮނުވާފަ ބޭންކަށް ނޫނީ ލިބުނު މީހަ އަށް ވަގައް ގޮވަނީ. އަލުން ސުކޫލައް ކިޔަވަން ދޭބަލަ
2000
28 February 2023
ކޮންމެ ކަމެއް ބެންކުން ދޮގު ކުރިޔަސް މީހުންގެ އެކައުންޓްގައި ހުރި ފައިސާ ބަލަހައްޓަން ހަވާލުވެފައިވަނީ ބޭންކު. ބޭންކް އެކައުންޓުން ގެއްލޭ ފައިސާގެ ޒިންމާވާން ޖެހޭނީ ބޭންކުން. މީހަކު އަހަރެން އަތަށް ރައްކާކުރަން ދިން ފައިސާ ފައިސާ ދިންމީހާ ވަގަށް ނެގިޔަސް އަހަރެން އެފައިސާ ދޭން ޖެހޭނެ. ލިންކަކުން ނުވަތަ އެހެން ވެސް ގޮތަކުން މީހުން އެކައުންޓުން ފައިސާ ގެއްލޭ ނިޒާމެއް ބޭންކުން ގާއިމު ކޮށްގެން ނުވާނެ. އެކަން ހައްލު ކުރަން ޖެހެނީ ބޭންކު.
ސްކޭމަ
01 March 2023
ކަލޭ ދާންވީއެއްނުން ރުބައަކަށް ފައިސާ އަޅަން. އިންޓަނެޓް ބޭނުން ކުރާއިރު އޭގައި އޮންނާނެ ޓާމްސް އެންޑް ކޮންޑިޝަންއެއް އެޔަށް އެއްބަސް ވެގެން ކުރަނީ އޮންލައިން ބޭންކިން. ދެން އަމިއްލަޔަށް ޒާތް ޒާތުގެ ލިންކުތަކަށް ފިއްތާފަ ޕާސްވޯޑުތަކާއި އެއްޗެހި މީހުންނަށް ދީފައި ބޭންކު ކުއްވެރި ކުރަނީ. ކަލޭ މީހަކަަށް ޕާސްވޯޑު ދިނުމޭ މިކިޔަނީ ލިންކުތަކަށް ފިއްތުން. ގޮތް ނޭނގޭ ލިންކު ތަކަށް ނުފިތާށޭ ނުފިތާށޭ ގޮވާއިރު ހަމަ އަޑުނީވޭ ކަމަށް ހެދިގެން ތިބޭ
ބަތޭލި
28 February 2023
ތިބެންކްގައި އުޅޭ މަގޭ ރައްޓެއްސެއްގެ ދަރިއެއް. މަގޭ އެކައުންޓުގައި ފައިސާހުރި އަދަދާއި ފައިސާ ރައްކާކުރަމުން އަންނަ ތާރީޚަށް ދަންދެން އޭނަ އޭނަގެ ޢާއިލާގެ މީހަކަށް ކިޔައިދިން. ދެންބުނޭ މިއީވެސް ދޮގެކޭ. ތިބެންކަކުން ތެދެއް ނުބުނާނެ.
ލާމަސީލު
28 February 2023
ކަނޑައެޅިގެން ސްކޭމް ހިންގާމީހުންގެ ކޮށްކޮ ބޭބެ ނުވަތަ ދައްތަ ބޭންކުވަޒީފާގައި އުޅުމަކީ އެމީހުންގެ ބޮލަށް އެކަން ކަނޑާލަންވީކަމެއްނޫން. ނަމަވެސް ކަމުގެ ބާވަތުން ޝައްކު އުފެދޭ ކަމެއް އެމީހުންނަކީވެސް.
ކަޅުބާޒާރު
28 February 2023
ބީއެމްއެލް އިން ޑޮލަރ ޓްރާންސްފަރ ކުރާޢިރު ވަކި ކަސްޓަމަރ ބޭނުން ރޭޓެއްގައި ޓްރާންސްފާ ކުރެވޭކަން އަދި މި އެގުނީ، އަހަރެމެން ކުރަން އުޅުނީމާ ބޭންކުން ކޮށްދެނީ ރަސްމީ ރޭޓުގަ. ނަމަވެސް ސްކޭމް ހިންގާ މީހުން ބޭނުންވީމާ ޑޮލަރުވެސް އެމީހުން ބޭނުން ކޮންމެ ރޭޓެއްގައި ބޭންކުން އެކްސްޗޭންޖް ކޮށްދެނީ. މިއަށްވުރެ ހަމަޖެހޭ ވާހަކަ ދައްކަންވެއްޖެކަން ނޭގެ މެމްބަރުންވެސް.
އަފްރާސިޔާބު
28 February 2023
އެމް.އެމް.ޕީ.އާރުސީގެ ފައިސާ ޕްރައިވެޓް ކުންފުންޏެއްގެ އެކައުންޓަށް ބޮޑު އަދަދުން (ޑޮލަރުން) ޖަމާކުރިއިރުވެސް ބޭންކުން ޗުޕްވެސް ނުބުނެ ތިބީ އެކަމުގައި ރައީސާއި މިނިސްޓަރުންގެ އަތެއް އޮތީމާ ނޫންތަ؟ އަހަރެމެންގެ އަމިއްލަ އެކައުންޓުން ޑޮލަރ ނަގަން ނުވަތަ ޓްރާންފަރ ކުރަން އުޅުނީމާ އެލިމިޓް ކޮށް އެޅެން އޮތް ހުރިހާ ހުރަހެއް އަޅަނީ ބޭންކުގެ މުދަލަކަށްވާތީތަ؟ ބޭންކުންވެސް ސްކޭމޭ ކިޔަންވާނީ ރަނގަޅަށް ބަލާފައި ބޭންކުން ނޫންކަން ޔަގީން ކޮށްފައި ނޫންތަ؟
ޑޭޓާބޭސް
28 February 2023
ރާއްޖޭގެ ހުރިހާ ސެންސިޓިވް ޑޭޓާގެ އެކްސަސް ބެކްއެންޑުން، ނަމުން ހެޔޮއެދިގެން، ކަމުން އަޅުވެތިކުރަން އުޅޭ ގައުމަށް ދިނީ ކަންކަން ފާލުން ނައްޓާލާވަރެއްދޯ؟
ސްޓަޑީ
28 February 2023
ގޮތްނޭނގޭ އޮންލައިން ވެބްސައިޓްތަކުން ޝޮޕިންނާ އެހެންކަންކަމަށް ކާޑުގެ މަޢުލޫމާތު ދޫކޮށްލީމާ، އެ މަޢުލޫމާތު ހެކަރުންނަށްލިބިގެން ވެސް ކަންކަން ހިނގާފައި ހުރީ މަދެއްކޮށް ނޫން! މީ ރާއްޖެ ކީއްކުރަން، މުޅި ދުނިޔޭގައި ވެސް ކޮމަންކަމެއް! އެކަހަލަ ކަންކަމަށް އެއްވެސް ބޭންކެއްޒިންމާއެއް ނުވާނެ! ދިވެހި ބޭންކްގެ، ގިނަ ފަހަރަށް ހަގީގަތެއް ނެތި ނޫނީ، ހިނގިކަމެއް މާ ބޮޑުކޮށްގެން ފެތުރުމަކީ ދެރަ ކަމެއް! ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރާއްޖޭގައި ހިންގާ ބޭންކްތަކުގެ ތެރޭން ޓެކްނޮލޮކަލީ އެންމެ އެޑްވާންސް ބޭންކަކީ، ބީއެމްއެލް. ބޭނުންނަމަ، ކާޑްވެސް އަތުގައޮންނަ ފޯނުން ބްލޮކްކޮއްލަންވީ! ހުރިހާ ޓްރާންސެކްޝަންތައް އެސްއެމްއެސް ގެ ޒަރީއާއިން ފޯނަށް އައުންކަހަލަ އެތަށް ކަމެއް! ވީމާ، ނެޖްލިޖަންސުން ނޫނީ، ފައިސާ ގެއްލިގެން ނުވާނެ!
ރައްޔިތުން ފެލާ
28 February 2023
ހެވޭ މިލިއަނެއް ނޫން ދެ ރުފިޔާ ވިޔަސް. އެއްމެ ބައި ސެންޓެއްވެސް ގެއްލިގެން ނުވާނެ