ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު މިއަދު ބޭއްވި އޮޑިޓް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
01 މާޗް 2023 - 12:15
ކޯޓޭޝަން ހޯދިތޯ އެކަނި ބަލައިގެން އިންޓާނަލް އޮޑިޓަރުންގެ ޒިންމާ ނުނިމޭ ކަމަށާއި ކުންފުނީގެ މާލީ ކަންކަން ޒިންމާދާރު ކުރުވުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ފެށި ސްޓޭޓް އިންޓާނަލް އޮޑިޓަރުންގެ ފުރަތަމަ ކޮންފަރެންސްގައި އޭނާ ވިދާޅުވީ، ދަތުލަތުގެ މާލިއްޔަތު ގަވައިދަށް އަމަލުކުރާ ކަން ޔަގީން ކުރުމުގައި ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ މިސާލު ނެންގެވީ ކޯޓޭޝަން ނެގުމުގައި އަމަލުކުރަން ޖެހޭ ގޮތުންނެވެ.
ކޮމިޝަނާ ޖެނެރަލް ވިދާޅުވީ، އެއީ ކޯޓޭޝަން ނަގައިގެން ކުރަންޖެހޭ ކަމެއްތޯ އާއި ކޯޓޭޝަން ހޯދާފައި ވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ތޯ އާއި އެއީ ހަގީގަތުގައި ވެސް ކުރަންޖެހޭ މަސައްކަތެއްތޯ އާއި އަދި ކޯޓޭޝަން ހޯދަނީ އަބަދު އެއްބައެއްގެ އަތުންތޯ ފަދަ ކަންކަން އިންޓާނަލް އޮޑިޓަރުން ބަލަން ޖެހޭނެ ކަމަށެވެ.
ސްޓޭޓް އޮޑިޓު ކޮންފަރެންސްގެ ބައެއް ބައިވެރިން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"އެހެންވީމާ ހަމައެކަނި ކޯޓޭޝަނާ ހިސާބުން މަސައްކަތް ނިންމާލެވޭ ކަމަށް ވެއްޖެއްޔާ މި ބުނާ މައިންޑްސެޓް ބަދަލު ކުރެވޭ ހިސާބާ ހަމައަށް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
"އޮޑިޓް ކުރާ ނަމަ ގިނަ ބަޔަކަށް މި ހީވަނީ އެ އަންނަނީ، އެ ބައެއްގެ ކުށެއް ހޯދުމަށް ކަމަށް. ނުވަތަ ނުކުރެވި ހުރި ކަންކަން ބުނެދޭން ކަމަށް. އިންޓާނަލް އޮޑިޓް ކުރުމަކީ މަސައްކަތުގެ ބައެއް. ކަމެއް އަތްދަށުން ދޫވެގެންދާ ވަރު ކުރިއާލައި ދަނެގަނެ، މައްސަލަތައް ދިމާވުމުގެ ކުރިން ހައްލު ކުރުން،" ފަތުހުﷲ ވިދާޅުވި އެވެ.
"އިންޓާނަލް އޮޑިޓަރުން ވެސް އަދި ކޮމިޓީތަކުން ވެސް އޮފީސްތައް ހިންގަވަން ތިބޭ ބޭފުޅުން ވެސް އެބަ ސާބިތު ކޮށްދޭން ޖެހޭ އިންޓާނަލް އޮޑިޓަކީ އޮފީހެއްގެ ކުށް ހޯދުމަށް ވުރެ އޮފީހެއްގެ ހިންގުން ހަރުދަނާކޮށް، އޮފީހެއްގެ ތެރެއިން ގަސްދުގައި އަދި ގަސްތަކާ ނުލައި ވެސް ކުރާ ނުރަނގަޅު ކަންކަން ފާހަގަކޮށް، އެ ކަންކަން އިސްލާހު ކުރަން މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަން."
މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު މިއަދުގެ ރަސްމިއްުޔާތުގައި ވިދާޅުވީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާވެ، ނަތީޖާ ނެރެވޭ އެންމެ ބޮޑު އެއް ސަބަބަކީ، އޮޑިޓް ނިޒާމުގެ ތެރެއިން އިދާރާތައް ޒިންމާދާރު ކުރެވޭތީ ކަމަށެވެ. މި ނިޒާމަށް ފުރިހަމައަށް އަމަލުކުރެވެން ފެށީ އަދި ކިރިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިންޓާނަލް ކޮންފަރެންސްގައި ރާއްޖޭގެ ގިނަ އިދާރާތެއްގެ އޮޑިޓަރުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން
02 March 2023
ރިސޯޓްތަކުން ލިބޭ ގުރީން ޓެކްހަށް ވާގޮތްބެލުން މާއައުލާކަންބޮޑު.. މަޤާމުގެ ނަމަށް ޓެކްސް ކިޔަކަސް ނަތީޖާއެއް ނުފެންނާނެ.. އަބަދުވެސް ކަންމަތި ފިހާރަތަކަށް މީހުން ފޮނުވެނީ އެމީހުން ފަހަތުން އުޅެނީ ބޮޑެތި ރިސޯޓް އޯނަރުން މިލިޔަނުން ދައުލަތަށް ދަރާފަ އެލާރި ނުހޯދޭ.. ބޮޑު ކެކުރި އާއި ކުޑަ ކެކުރި ތަފާތެއް ނުފެނޭ..
އޮނަރަބްލް އަފީފު ދީދީ
02 March 2023
އެހެން މީހުނަށް ނަސޭހަތް ލައިދޭން ނޫޅެ ތިމާގެ މައްޗަށް ޤާނޫނުން ލާޒިމްކޮށްފައި ހުރިކަންކަން ކުރެވޭތޯ ބަލާބަލަ. # އިއްޔެވެސް ރާއްޖޭގެ ރިސޯޓްތަކުން ދައްކާންޖެހޭ ޓެކްސް ފުރިހަމައަށް ނުދައްކާ މަކަރު ހަދާވާހަކަ ބުނެފައިވާއިރު މިބޭޅާ އެއްގޮތަކަށްވެސް ހަދުމަފުޅެއްނުވި ތިމަންނާއަކީ ދައުލަތުގެ ކޮނިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ގެ ޒިންމާއާއި ޙަވާލުވެ ހުންނެވި މީހާކަމެއް. މިވަރު މީހުން މިކަހަލަ ވާހަކަ ދެއްކުމަކީ ލަދު ހުތުރުކަމެއްކަންވެސް ނޭގެނީތޯ؟
ްައަފްރާސިޔާބު
01 March 2023
ކޯޓޭޝަން ހޯދަނީ ބޭނުންވާ މުދާ ބޭރުން ގެނެސް ގަންނަ އޮފީހާއި ވިއްކާ މީހާއެކު ހަދާ ޑީލަކުން. ކޯޓޭޝަން ރިކްއެސްޓް އެކިފަރާތްތަކަށް ފޮނުވަނީ ގެނައި މުދަލުގެ ނަމާއި ސްޕެކް ހިމަނައިގެން 1 ދުވަސް ނުވަތަ 2 ދުވަހުން ޑެލިވަރީ ހަދާގޮތަށް. ކޯޓޭޝަން އެބޮތްތާ އޯކޭ ނޫންތަ؟
ގުއިއްޒު
01 March 2023
ދައުލަތުގެ ކުންފުނިތަކުން ރަސީދު ނުދޭ މައްސަލަ މީރާއިން ނުބެލިގެން މިއުޅެނީ ކީއްވެތަ؟ އިރުއިރުކޮޅަށް ރަސީދު ކޮބާ ކިޔަކިޔާ ތިއުޅެނީ. އެތަންތަނުން ވެދާނެ ދެނީ އަސްލު "ރަޝީދު" ކަމަށް. އެ ހިފައިގެނެއް ނުޅެވޭނެތާ!