ރިޕޯޓް / ތާރީހް

ރާނީގެ ދަތުރުގެ ބައިވެރިއެއް ބައި ގަރުނު ފަހުން ރާއްޖޭގައި

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު މާލޭ މަގުމަތީގައި ދެ ކުއްޖަކު އިނގިރޭސި ވިލާތުގެ ދިދަ ހިފައިގެން -- ފޮޓޯ: ޖޯން ހޯލިޖް

މީގެ ބައި ގަރުނު ކުރިން އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ރާއްޖެއަށް ވަޑައިގަތް އިރު އެ ކަމަނާއާ އެކު ދަތުރުކުރި އިނގިރޭސި ސިފައިންގެ ތެރޭގައި ހިމެނުނު ޖޯން ހޯލީޖްގެ އުމުރުން 21 އަހަރެވެ. އެމްއެމްއެސް އަރެތޫސާގައި މިޑްޝިޕްމަން އަކަށް އޭރު އުޅުނު ހޮލީޖްގެ އެ ދަތުރަށް ފަހު މިހާރު އަނެއްކާވެސް ހުރީ ރާއްޖޭގަ އެވެ.

އަސްކަރިއްޔާއިން 2006 ވަނަ އަހަރު ރިޓަޔަކުރުމަށް ފަހު ޔޮޓެއް ގަނެ ދުނިޔެ ވަށައި ފެށި ދަތުރުގައި މިހާރު އޭނާ ހުރީ 51 އަހަރު ފަހުން އެނބުރި ރާއްޖެ އައިސް، ހއ. އުލިގަމު ބަނދަރުގައި އޮތް އޭނާގެ ޔޮޓްގަ އެވެ.

ރާނީ އެލިޒަބަތު ކޮމަންވެލްތު ގައުމުތަކަށް ކުރެއްވި ޒިޔާރަތުގައި މާޗް 13، 1972 ގައި ރާއްޖެއަށް ވަޑައިގަތް ދުވަހުގެ ހަނދާންތައް އާކުރަމުން ހޮލީޖް "މިހާރު" އަށް ދިން އިންޓަވިއުގައި ބުނީ އެއީ ވަރަށް އާދައިގެ ހިތްފަސޭހަ ދިރިއުޅުމެއްގައި ދިވެހިން އުޅުނު ދުވަސްވަރެއް ކަމަށެވެ.

"ރާނީއަށް ކީ ހޫނު މަރުހަބާ އާއި އާންމުން އޭރު އެ މީހުންނާ ލިބިފައި ހުރި ވަސީލަތްތަކާ އެކު ހިތްހަމަޖެހިގެން އެ އުޅުނީ ވަރަށް ސާދާކޮށް. ޒަމާނީ ގޮތްގަނޑެއް ނެތް،" އަންނަ މަހު 73 އަހަރު ފުރޭ ހޮލީޖް ފޯނުން ދިން ކުރު އިންޓަވިއުގައި ބުންޏެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު މާލޭ ބަނދަރުމަތީގައި ހަދާފައިވާ ގިޑިގެއެއް ކައިރީ އިނގިރޭސި ވިލާތުގެ ސިފައިން. -- ފޮޓޯ: ޖޯން ހޯލިޖް

ހޮލީޖްގެ ތާރީހީ ފުރަތަމަ ޒިޔާރަތުގެ ހަނދާން އާކުރަމުން ބުނީ އެ ދުވަހު މުޅި މާލޭގައި އިމާރާތްތައް ހުރީ "ހުދުކުލަ ލާފައި" ކަމަށެވެ. އެއީ ރަށުތެރެއަށް ދޮންވެލި ލައި، ފާރުތަކުގައި އުވަ ލައި ހުދުކޮށް ރާނީގެ ދަތުރުފުޅަށް ވެފައިވާ ތައްޔާރީގެ ވާހަކަ އެވެ.

މި ލިޔުމުގައި މި ހުރި ރާއްޖޭގެ އޭރު ފޮޓޯތަކަކީ ހޮލީޖް ރައްކާކޮށްގެން ގެންގުޅޭ ހާއްސަ ހަނދާންތަކެވެ.

"ދާ ކޮންމެ ތަނަކުން ކުލަ ވަސް ދުވަނީ ކީއްވެހޭ ރާނީ ސުވާލުކުރައްވާ ކަމަށް ބުނެ އަހަރެމެންގެ ތެރޭ އެ ވާހަކަ ޖޯކަކަށް ވެސް ހަދައިގެން އެތައް ދުވަހެއް ވަންދެން ކިޔައި އުޅުނު،" އޭރު ތިން ދުވަހަށް ރާއްޖެއަށް ކުރި ދަތުރުން ހަނދާން ހުންނަ އެއް ކަމަކީ ކޮބައިތޯ އެހުމުން ބުންޏެވެ.

އަސްކަރިއްޔާއިން 2006 ވަނަ އަހަރު ރިޓަޔާކުރި އިރު ނޭވަލް ކެޕްޓަނެއްގެ ގޮތުގައި ހުރި ހޮލީޖް ވަނީ ނޭވަލް އިޓަލީއަށް ކަނޑައަޅާފައި ހުންނަ ނޭވަލް އެންޑް އެއާ އަޓާޗޭގެ މަގާމާއި މޯލްޓާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަރުގެ މަގާމު ވެސް އަދާކުރި އެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ސިފައިންގެ ތެރޭގައި ހިމެނުނު ޖޯން ހޯލިޖް އޭނާގެ ހއ. އުލިގަމު ބަނދަރުގައި މިހާރު އޭނާ ދަތުރުކުރާ ޔޮޓްގައި.

މިހާރު ދުނިޔެ ވަށައި ބުރެއް ޖަހަން ކުރާ ދަތުރުގައި ހއ. އުލިގަމުގައި ހުރެގެން ހޮލީޖް ބުނީ އޭނާ އަދި މާލެއަށް އަންނާނެ ކަމަށާއި 1972 އިން ފެށިގެން މި ހޭދަވި ދިގު މުއްދަތުގައި ރާއްޖެއަށް އައި ބަދަލު ކިޔައިދޭން އެނގޭނީ އޭރުން ކަމަށެވެ.

"އެކަމަކު އުލިގަމުން ކީ މަރުހަބާ އަކީ 1972 ގެ ހަނދާންތައް އާކޮށްދިން ކަމެއް،" ދިވެހިންގެ މެހްމާންދާރީ ދެގޮތެއްނުވެ ދެމި އޮތްކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ރަސްމީ ޔޮޓް އެމްއެމްވައި ބްރިޓޭނިއާ މާލޭ ބަނދަރުގައި. -- ފޮޓޯ: ޖޯން ހޯލިޖް

ރާނީގެ ދަތުރުފުޅުގެ ފްލީޓްގައި ހިމެނުނު ހޮލީޖް އެ ހަނދާންތައް އާކުރަމުން ބުނީ އޭނާ ރޯޔަލް ނޭވީގައި އޭނާ މެރިން އިންޖިނިއަ އޮފިސަރެއްގެ މަގާމާއި އެއާކްރާފްޓް ކެރިއަ އެޗްއެމްއެސް އިންވިސިބްލްގެ އިންޖިނިއަ އޮފިސަރެއްގެ މަގާމު ވެސް އަދާކުރި ކަމަށެވެ. އެއީ 1990ގެ ތެރޭ ބޯލްކަން ހަނގުރާމައިގެ ތެރޭގައި ވެސް އުޅުނު އުޅަނދެކެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ސިފައިންގެ ތެރޭގައި ހިމެނުނު ޖޯން ހޯލިޖް އޭނާގެ ހއ. އުލިގަމު ބަނދަރުގައި މިހާރު އޭނާ ދަތުރުކުރާ ޔޮޓްގައި.

ހޮލީޖް އަސްކަރިއްޔާއިން ރިޓަޔާކޮށް ޔޮޓެއް ގަތުމަށް ފަހު، ހޫނު މޫސުމުގައި، މެޑިޓެރޭނިއަންގައި މިހާތަނަށް 10 އަހަރު ދަތުރުކޮށްފި އެވެ. އަދި ދުނިޔެ ވަށައި ބުރެއް ޖެހުމުގެ ދަތުރު 2016 ވަނަ އަހަރު ތުރުކީން އޭނާ ފަށައި މިހާރު ރާއްޖެ އައިސްފައި ވާއިރު ސުއެޒް ކެނަލުން ގޮސް އަލުން ތުރުކީއަށް ވަނުމުން އޭނާގެ ދަތުރުގެ ބުރު ހަމަވާނެ އެވެ.

27 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަންނާނުގެމުންނާރު

08 March 2023

ކަންކަމާމެދު މީހުން ދެކޭގޮތް ކިހާ ތަފާތު ހެއްޔެވެ.؟ ބައެއް ގައުމުގައި ވިއްސަކަށް އަހަރު ވެރިކަން ކޮށްފިނަމަ އެއީ ޑިކްޓޭޓަރެކެވެ. އަނެއްބައި ގައުމުގައި މުޅި ޢުމުރު ވެރިކަމުގައި ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެއީ މާތްވެގެންވާ ބޭކަނބަލެކެވެ.

The name is already taken The name is available. Register?

މޮހިތު

03 March 2023

އިނގިރޭސިން މިގައުމުން ނުފޭބިނަމަ މާރަނގަޅުވީސް، އޭރުން އިނގިރޭސި ޕާސްޕޯޓެއް ލިބޭނެތާ! މިހާރު އިންޑިޔާ ޕާސްޕޯޓް މިއޮތީ..!

The name is already taken The name is available. Register?

ބޮއްލޮ

03 March 2023

ބައެއް ކޮމެންޓުތައް ކިޔާލީމަ މިހުންގެ ހަސަދަވެރިކަމާއި ހިތްދަތިކަން ފެނިގެން ދޭ. އެއީ ނުރަނގަޅު އަލާަމާތެއް. މައްސަލައެއް އެބަ އުޅޭ.

The name is already taken The name is available. Register?

ފުޅިމަދު

04 March 2023

މުގާބޭގެ ހަބަރުގަ އޮންނަނީ ޑިކްޓޭޓަރެކޭ، އުފަންވިގޮތަކުން ތަހުތަށް ފުންމާލައިގެން 80-70 އަހަރު ދުއްވާލިމީހާ ވަނީ ކަމަނާފާނަކަށް. މިއިރު މުގާބޭގެ ވެރިކަމުގަ ނެތޭ ގައުމުތަކަށް ބޮންއަޅާ އެތައްލައްކަ ބަޔަކު މަރާ ޖެހުނު ގައުމެއް އަޅުވެތިކޮށް އާއިލާ އެންމެނަށް ކޮލިލައިގެން ބައިތުލްމާލު އޮއްސާފައެއް.

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

03 March 2023

ﷲ ނާސިރަށް ހެޔޮ ރަޙުމަތް ލައްވާށި. މަގު މަތީގައި ކޭބަލް ދަމާފައެއް ނެތް. އެ ހެރަ ފެންނަނީ ބޮކި ދަނޑި 1972ގައި ހުރި ކަން. ސިފައިންގެ މީހާ ފޮޓޯ ނަގާފައި ހުރީ ކުލަކޮށް ބާ؟ ކުލަ ނަމަ އެއީ ކޮޑެކް ކެމެރާއެއްބާ؟ އެއިރުގެ ކުލަ ފުލްމު ފީތާ އީސްޓްމަންއަކާ ވައްތަރު މިމީހާއަށް ޖުލައި 26ގައި ދައުވަތެއް ދޭން ފެނޭ މިހާރުގެ ޚަރަދުގައި މާލެ ގެންނަން

The name is already taken The name is available. Register?

ދިއްދޫމީހާ

03 March 2023

ބޭބެމެން ރިޓަޔާ ކޮއްފާ ޖެހިގެން ހުރި ގެޔަވެސް ނުވަދެވޭ ބެއްޔާމެން ރިޓަޔާކޮއްގެން މުޅި ދުނިޔެ ވަށާ ބުރު ޖަހަނ

The name is already taken The name is available. Register?

އިހްސާސް..

13 March 2023

އެއި އެގައުމުތަކުގަ ޕެންޝަން ފައިސާ ބޭނުން ކުރާ ގޮތުން.

The name is already taken The name is available. Register?

20000

19 March 2023

ރާއްޖޭގެ ޕެންޝަން ފަންޑަކީ ވަޒީފާ އަދާ ކުރާ މީހުންނަށް ޖެހިފައިވާ ނޮހުރުއްޕާނެއް. ވަބާއެއް. މުޅިއުމުރުގައި ކުރި މަސައްކަތުން މުސްކުޅިވީމާ ދެނީ ހިތައް އެރިވަރެއް.

The name is already taken The name is available. Register?

ބގބފބބގފގބ

03 March 2023

އެންމެ މަތީގަ އިން ފޮޓޯއިން އެ ފެންނަނީ މާލޭގެ ކޮން މަގެއްތަ؟

The name is already taken The name is available. Register?

އޯކޭ

06 March 2023

މަޖީދީ މަގުގެ އިރުމަތި

The name is already taken The name is available. Register?

އ

03 March 2023

އަހަރުމެން ރިޓަޔަރުކޮއްފައި ޖެހޭނެ ބުރެއް ނޯވެ... ފިހާރައެއްގެ ކުރިމަތީގައި ގޮޑިއަޅައިގެން އިންނަންޖެހޭނީ މަރުވެދަންދެން...

The name is already taken The name is available. Register?

މުގުލަން

03 March 2023

އެހެން އެވަނީ އެމީހުންގެ ގައުމު މުއްސަދިވެފައި ލިބޭ މުސާރައާއި ދޭ އިނާޔަތްތައް ބޮޑުވީމަ ކަލޭވެސް އިނގިރޭސިއަކަށްވީނަމަ އުޅޭނީ އެހެން

The name is already taken The name is available. Register?

ޝާހީދާ

03 March 2023

އަހަރުމެންގެ ޤައުމުގަ ކޮރަޕްޓެޑް ޕޮލިޓިކަލް ކެރިއަރ ފެށޭއިރު ބެކާރީއެއް ކޮންމެވެސް އިސް މީހެއްގެ ކުޑައިގެ ދަށުން ތާސްބައިގެ ރަނގަ ބަދަލު ކުރާހެން އެއިރަކު އޮތްނަ ވެރިކަމަކަށް ސަނާ ކިޔަމުން ގޮސް ސިޔާސީ މައިދާނުން ތަރިއޮއްސޭ އިރު އެކައުންޓްފުރި ވިޔަފާރި ތައް ފެށި ބޭރުޤައުމު ތަކާ ހުޅުމާލެ އިން ބިން/އެޕާރޓްމަންޓް ގަނެ މި ދުނިޔެ މަތީ އަރާމު ދިރިއުޅުން ފެށިފަ.ނިކަމެތި ރައްޔިތުން ދުނިޔޭގަ އަޖަލު ހަމަ ވަންދެން ލިބޭ މަދު އެތިކޮޅުން ދެ ކޮޅުޖައްސާލުން އޮތީ

The name is already taken The name is available. Register?

އަންދަލޫސިޔާ

04 March 2023

އަވަހަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓަށް ފައިސާ ޖަމާކުރަންވީނުން. އޭރުން ތިކަން ވާނީ. މިހާރު ހުރިހާ ފައިސާއެއް ކައި ހުސްކޮށްގެން ފަހުން ޖެހޭނީ ގަނަތެޅެން.

The name is already taken The name is available. Register?

ޝާހީދާއަށް

04 March 2023

މުއްސަނދިންގެ ދިރިއުޅުން ކީއްކުރަން ބަލަންވީ؟ އަޑުއަހާ ގޮތުންވިއްޔާ ސުވަރުގެ ވަންނަނީ ގިނައިން ފަގީރުން. އެއީ އެމީހުން މުއްސަނދިނުވީތީ ބޮޑަށް ދީންވެރިވެ އަޅުކަމުގަ އުޅުމުގެ ދޮރު ހުޅުވިފައިވާނެތީ. ދުނިޔެމަތީގަ މުއްސަނދިންނަށް ދެއްވާ ކަންކަމަކީ އިމްތިހާންތަކެއް ކަމަށް އޮންނައިރު އެއިމްތިހާންތައް ނުލިބި މަރުވުމުގެ ފަހުން ސުވަރުގެ ލިބުމަކީ މާ އުފާވެރި ގޮތެއް. ޔަގީނުންވެސް މަރު އެއީ ވާނެ އެއްޗެއް. ފަހު ދުވަހަށް ހަގީގަތުގަ ތައްޔާރުވާންވީ.

The name is already taken The name is available. Register?

ކޮޔާ

03 March 2023

ތަފްސީލެއް ތޮޔަކު ނުހުންނާނެ އޭނާގެވެސް އަނދިރު ފަރާތެއްވޭ އެފަރާތުގެ ވާހަކަތައް އެނގޭ މީހުން ވަރަށް މަދުވާނެ

The name is already taken The name is available. Register?

ކިރު ސައި

03 March 2023

ކަލޭގެ އަނދިފަރާތުގެ ވާހަކަވެސް ދައްކަބަލަ.

The name is already taken The name is available. Register?

2023

03 March 2023

ޚޮލީޖު ނިކަން މާލެ ސަރަހައްދަށް ޖައްސާލަބަލަ.... ތަފާތު ފެންނާނެ..... ބޮއިހަލަކި

The name is already taken The name is available. Register?

ދަގަތްފާނު

03 March 2023

ހާ މެޖެސްޓީ އިނގިރޭސި ޑިކްޓޭޓަރު ރާއްޖެ ވަޑައިގަތްއިރު ދިވެހިންނާ ސަލާންކުރިއިރު ހުރީ އަތަށް އަންގި އަރުވައިގެން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

03 March 2023

އެއީ އެމީހުންގެ ސަގާފަތް! އެފަދަ ރާނީން އުޅޭނީއެގޮތައް! ދުނިޔޭގެ ކަންކަމަށް ލޯ ނުހުޅުވި ތިބި މީހުންނަށް އިގޭނީ އަފްޢާނިސްތާން މީހުން އުޅޭގޮތް! އެމީހުންގެވިސްނުން ވެސް ހުރީ އަންހެނުންނަށް ކިޔަވައި ނުދިނުން! ރާއްޖޭގައިވެސް މިބައިގަނޑު އެބައުޅޭ!

The name is already taken The name is available. Register?

ސާންޑު

03 March 2023

އަންގިއެރުވުން އެއީ މައްސަލައެއްނޫން.

The name is already taken The name is available. Register?

ކެބެޖު

03 March 2023

އޭރު އިނގިރޭސިންކުރިމަތީ ދިވެހިންނަކީ ތާޑުވޯޑު ބަޔަކަށްވެފައި ސަލާންކުރުމުގެތެރޭ ބައްޔެއް އަރާފާނެކަމަށްބަލައި އަންގި ލައްވައިގެން ހުރުމަކީ މައްސަލައެއްނޫން.

The name is already taken The name is available. Register?

އިބްރާހިމް52

03 March 2023

އަންގި އެރުވުން އެއީ އޭރުގައި އޮންނަ ފެޝަންއެއް

The name is already taken The name is available. Register?

ބިލްބާއޯ

03 March 2023

ކަލޭވެސް އަންގިއަރުވައުގެން އުޅެބަލަ. ކާކުބުނީ އަންގި ނާރުވާށޭ.

The name is already taken The name is available. Register?

އަލީ1

03 March 2023

އަންގި އެެރުވުން އެއީ ކޮން ހިސާބު ގަނޑެއްގައި ކިޔާ ގޮތެއްތަ؟. އަހަރުމެން ހިސާބުގައި ކިޔަނީ އަންގި ލެއްވުން ނުވަތަ އަންގި ތުރުކުރެއްވުން. ރާނީ އަންގި ތުރުކުރައްވައިގެން ސަލާމް ކުރެއްވުން އެއީ މައްސަލައެއް ކަމަކަށް ނުފެނޭ.

The name is already taken The name is available. Register?

ހަރުމެޖެސްޓީ

03 March 2023

އަންގިލެއްވުމަކީ އެއީ އިނގިރޭސި ޝާހީއާއިލާގެ އަންހެންވެރިން އޭރު އަޅާ ހެދުމުގެބައެއްް އިގިރޭސި ވިލާތުގަވެސް ބޭރަށް ނުކުންނާނީ އަންގި ލައްވައިގެން އެކަމަކު އިގިރޭސިން މުއްސަދިވީ އެމީހުން އަޅުވެތިކުރި ގައުމިތަކުން ވަގަށްގެންދިޔަ ފައިސާއާއި ޖަވާހިރާ މައުދަން ވިއްކައިގެން

The name is already taken The name is available. Register?

ދޯޕައްޓާ

03 March 2023

ވެދާނެއެއްނު އެއީ ސިގެއްލާ ދުވަސްވަރުކަމަށްވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454