ދިގު ފެތުމުގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރިހާން ރިހާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 މާޗް 2023 - 06:56
މިދިޔަ ހޮނިހިރު ދުވަހު، ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބޭއްވި ގައުމީ ދިގު ފެތުމުގެ މުބާރާތުގެ ފިރިހެން ބައިގެ އެއްވަނަ ހޯދި މުހައްމަދު ރިހާން ޝިހާމް ފަތަން ދަސްކުރީ މަޖުބޫރު ވެގެންނޭ ވެސް ބުނެވިދާނެ އެވެ.
ކެޑޭޓަށް ވަނުމަށްޓަކައި ފުރިހަމަ ކުރުމަށް އޮތް އެއް ޝަރުތަކީ ފަތަން ދަންނަ ކުއްޖަކަށް ވުމެވެ. ކެޑޭޓަށް ވަނުމުގެ ޝައުގު އޭނާގެ ކިބައިގައި ހުރުމުން އޭނާ ވެއްދީ، ސްވިމިން އަށް ހާއްސަ ކްލަބް ލައިފް ގާޑް އެސޯސިއޭޝަނަށެވެ.
"ކެޑޭޓަށް ވަންނަން ފަތަން ދަސްކުރަން ޖެހޭތީ ދިޔައީ. އޭރު ނުވިސްނަން ސްޕޯޓެއްގެ ގޮތުގައި ކުރިއަށްދާކަށް،" ގައުމީ ސްވިމިން ޓީމުގެ ފެތުންތެރިޔާ ބުންޏެވެ.
ރިހާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރިހާންގެ މަންމަ ރުމޭޝިއާ ބުނި ގޮތުގައި، ސްވިމިން ކްލަބަށް ދިޔަ މަގުސަދު ހާސިލުވުމުން ފެތުމުގެ ޓްރޭނިންތަކަށް ދިއުމުގެ ހިޔާލެއް ރިހާން ގެންގުޅުނެވެ. އެކަމަކު ލައިފްގާޑް ކްލަބްގެ ކޯޗުންގެ އެހީތެރި ކަމާއެކު އޭނާ އަށް އަންނަމުން ދިޔަ ކުރިއެރުން ފެނި ކުޅިވަރުގައި ކުރިއަށް ދިއުމުގެ ލޯބި ހިތަށް ވަދެއްޖެ އެވެ.
ދެން ހޯދަން ފެށީ ވަނަތަކެވެ. އިންޓަ ސްކޫލް ފެތުމުގެ މުބާރާތްތަކުގައި ވާދަކޮށް އިސްކަންދަރް ސްކޫލަށް ހޯދައިދޭން ފެށި ވަނަތަކާ އެކު ޕްރޮފެޝަނަލް އެތުލީޓެއްގެ ގޮތުގައި ފެތުމުގެ ތެރޭގައި ރިހާންގެ ދިރިއުޅުން ބިނާ ކުރަން ފެށި އެވެ.
"މުބާރާތްތައް ކައިރިވީމަ ރިހާންގެ ކެއުމަށް ބަދަލު ގެންނަން. ތެލުލި އެއްޗިސް އެ ދުވަސްވަރު ދުރުކުރަން،" ރުމޭޝިއާ ބުންޏެވެ.
ރިހާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ބުނި ގޮތުގައި ފެތުމުގެ ޓްރޭނިންތަކާ އެކު ރިހާންގެ ކިޔެވުމަށް ހެޔޮ ބަދަލެއް އައެވެ. ސްކޫލްގައި ވެސް އިތުރު ހަރަކާތްތަކުގައި ގިނައިން އުޅޭ ދަރިވަރަށް މި އަހަރަކީ މުހިންމު އަހަރެކެވެ. މެއި ޖޫން ގައި އޮންނަ ޖީސީއީ އޯލެވެލް އިމްތިހާންގައި އިށީންނަނީ ކިޔެވުމުގައި ވެސް ފުރިހަމަ ކާމިޔާބެއް ހޯދުމުގެ ބޮޑު އުންމީދާއެކު ކަމަށް ރިހާން ބުންޏެވެ.
މުހިންމު އަހަރުގައި ކިޔަވަމުން ސްކޫލްގައި ވަގުތު ހޭދަކުރަމުން އޯ ލެވެލް އިމްތިހާންގެ ތައްޔާރީތަކުގެ ތެރޭގައި ވެސް ކިޔެވުމާއި ފެތުމަށް އެއްވަރެއްގައި ދޭ އަހަމިއްޔަތުކަން ރުމެއިޝާ ފާހަގަ ކުރި އެވެ.
ރިހާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ޓައިމް މެނޭޖްމެންޓް ކިޔެވުމަށް ދޭ ސަމާލުކަން ރަނގަޅުވި. ކުޅިވަރުގައި އެކްޓިވްކޮށް ވާދަކުރަން ފެށީމަ ވަރަށް ރަނގަޅު ކަންކަން ރިހާންގެ ކިބައި ފާހަގަވި،" އޭނާގެ ދޮށީ ދަރިފުޅާ ބެހޭ ގޮތުން ރުމެއިޝާ ބުންޏެވެ.
"މީގައި އިސްކަންދަރު ސްކޫލްގެ މެނޭޖްމެންޓުން ރިހާންގެ ސްވިމިން އެކްޓިވިޓީ އަށް ދޭ ސަމަލުކަން ވެސް އެއީ ވެސް ވަރަށް ބޮޑު ފެކްޓާއެއް. އަޅުގަނޑު ބޭނުން ފާހަގަކޮށްލަން ދެ ލީޑިން ޓީޗާގެ ނަން. މުޒާހް ސާ އަދި އާސިމާ މިސް.
ރިހާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިހާރު ވެސް ރިހާން ހުރީ ތައިލެންޑްގައި ބާއްވާ މުބާރާތެއްގައި ކްލަބްގެ ފަރާތުން ވާދަކުރަން ގޮސް ބެންކޮކްގަ އެވެ. ރުމެއިޝާ ބުނީ ކިޔެވުމުގެ މުހިންމު އަހަރުގައި ވެސް ރިހާން އަށް އިންޓަނޭޝަނަލް ފުރުސަތުތަކުގެ ބޭނުން ހިފެނީ ސްކޫލްގެ އެއްބާރުލުން ލިބިގެން ކަމަށެވެ.
ސްކޫލް ދައުރަށް ފަހު އެކްޓިވްކޮށް ގައުމީ ފެންވަރުގެ ކުޅިވަރުގެ ހަރަކާތްތަކާ ދުރަށް ބައެއް ކުދިން ދެ އެވެ. ކުޅިވަރުގެ ދަނޑުތަކާއި ކޯޓްތަކުން އަދި ޓްރެކާއި ޕޫލްތަކުން ހުނަރުވެރި ކުދިންތަކެއް އަމިއްލަ އަށް ފުރުސަތު ދޫކޮށްލަނީ މަތީ ތައުލީމާއި ވަޒީފާ އަށް މުޅިން ހުސްވުމުގެ ގޮތުންނެވެ. ކުރިމަގުގައި ގަދަ ވަނަތަކެއް ގެންނާނެ ފެތުންތެރިޔަކަށް ވާނެ ކަމަށް އުންމީދު ކުރި ބައެއް ފެތުންތެރިން ވެސް ޕޫލާއި ދުރުގައި އެބަތިއްބެވެ. އަލުން ފަތާލަން ނާދެވޭހާ ދުރުގަ އެވެ.
ލައިފްގާޑް ސްވިމިން ކްލަބްގެ ކޯޗު ޒާހިދު (ކ) އާއެކު ރިހާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދިއުމުގެ ހިޔާލުގައި ހުރި ރިހާން ބުނީ ކުޅިވަރު ކެރިއާ ހުއްޓާލުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށެވެ.
"ކުރިއަށްދާނެ ވަކި ދާއިރާއެއް މުޅިން ފައިނަލެއް ނުކުރަން. އެކަމަކު ހަމަ ސްވިމިންގައި އެކްޓިވްކޮށް އުޅޭނަން،" މިވަގުތު ގައުމީ ރޭންކިންގެ އެއްވަނައިގައި ހުރި ރިހާން ބުންޏެވެ.
ރިހާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އަޅުގަނޑުގެ އެބައޮތް ޓާގެޓްތަކެއް. މިހާރު އެންމެ ބޮޑު ފޯކަސް އަކީ އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ޖާގަ ހޯދުން."
އޭގެ ފަހުން ވެސް ސްވިމިން އެތުލީޓެއްގެ ގޮތުގައި ފެންނާނެ އެވެ. ގައުމީ ޓީމުގެ ޖާގަ އަށް ވެސް އަދި އިންޓަނޭޝަނަލް އެހެން މުބާރާތްތަކުގައި ވެސް ވާދަ ކުރަން ހުންނާނެ އެވެ. އޭނާ ހުރީ ފެތުމުން އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖެ އަށް މެޑަލް ހޯދައި ދިނުމުގެ އުންމީދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަށް !
05 March 2023
ސާބަސް ކުރިޔައް ނަނަބަރ ބޭނުން !
ތުއި ފިރާ
04 March 2023
މިއަދުވެސް މިކުއްޖާއަށް ލިބޭ ކާމިޔާބީ އަށް ކްލަބުން އަތް ނުޖަހައެވެ. ރިހާންގެ މަންމަ އާއި ބައްޕައަކީ މިކުއްޖާގެ ވަރަށް ރަނގަޅު ނަމޫނާ މައިންބަފައިންނެވެ. ކޮންމެ މީހަކު ބާކީ ކުރިއަސް ކުރިއަރަން ކުރާ މަސައްކަތް ހުއްޓާ ނުލާށެވެ. ތިއީ އެފަދަ ކުއްޖެކެވެ. އެކަން އެންމެނަށް އަންގައިދީފިއެވެ. އަދި ހަމަ ތިހިފަހައްޓާ އަޚްލާޤު ދެން އޮތްތަނުގައިވެސް ހިފަހައްޓައިގެން ކުރިއަށްދާށެވެ. ކުރިއަށް އޮތްތަނުގައިވެސް ރިހާންއަށް ކާމިޔާބީއަށް އެދެމެވެ.
ތުއި ފިރާ
04 March 2023
ތި ކުލަބައް މިސޮރުގެންދަން ވަނީނު.
ތުއި ފިރާ
04 March 2023
ކުލަބުން އަތް ނުޖެހިއަސް، މިހާރުވެސް އެންމެ ކާމިޔާބު ކުލަބަކީ އެއީ ދޯ. ޖޭވިއަސް ބޮޑުވަރު
ތުއި ފިރާ
04 March 2023
ރިހާންގެ ކާމިޔާބީގެ މޭސްތިރިއަކީ ރިހާންގެ ބައްޕަ ޝިހާމްއެވެ. ކްލަބުގައި ހުއްޓަސް ކްލަބުގެ ކޯޗުންގެ ފަރާތުން ނުލިބުނު ހުރިހާ އެއްބާރުލުންދީ ރިހާންގެ ހުރިހާ ސްޓްރޯކްތައް ރަގަޅު ކުރީ އޭނާގެ ބައްޕަގެ މިންނަތް މަސައްކަތުންނެވެ. ކްލަބުގެ ކޯޗުންގެ މާބޮޑު އެއްބާރުލުން ނުލިބޭކަން ހަމަ ޔަޤީނެވެ.
ހިބިރިންބެއްޔާގެ ކުޑަސޮރު
04 March 2023
ކުރިން ރައްޔިތުންނަށް ވިސްނިފާ ނޫނީ ވިސްނައިދެވިފާ އޮންނަނީ ކިޔަވަމުން ކުޅިވަރެއްނުކުޅެވޭނޭ. އެކަމަކު މިހާރު އެބައެނގޭ ދެކަންތައްވެސް އެއްފަހަރާ ކުރެވިދާނެކަން.
އަސްލު ބުނަން
05 March 2023
އަހަރެންގެ އަމިއްލަ ތަޖުރިބާގައި ކުޅިވަރުތައް ކުޅެގެން ކިޔެވުމަށްވެސް ލޯބި ޖެހެނީ.. ކުޅިވަރަކީ މީހާގެ ކަންނެތްކަން ކަނޑުވާލާ ކަމެއް... އެހެން ކަންތަކަށްވެސް ކިޔެވުމަށްވެސް ވަގުތު ހޯދަން ބޭނުންވެ ސުކޫލަށާއި ޤައުމަށް ޚިދުމަތްކޮށްދޭން ބޭނުންވާ ކަމެއް ކުޅިވަރުގައި ކުރިއަރައިގެން ދިއުމަކީ...
2023
04 March 2023
ޢައި ލަވް ދިސް ނޭމް... ރުމޭޝިޔާ..... ބޮއިހަލަކި
ސުލް
04 March 2023
ރުމޭނިޔާ އޭ ކިޔަން އުޅެނިކޮށް އޮޅިގެން ކިޔުނިއްޔޯ…
ާރުމޭ
04 March 2023
ރުމޭނިއާ ކިޔަސް ކަލެއަށް ކީއް.
ރުމޭ
04 March 2023
ނަން އޮތް ގޮތަށް ލިޔަން ނޭގުނަސް މަލާމާތްކުރެވޭތޯ ބަލާތި. ތަންފުކެއް މަތީގަ ތިއުޅުއްވަނީ މިއަދު