އަތޮޅު ތެރޭގެ ރަށްރަށުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުތަކުން ށ. މިލަންދޫގައި އަޅާ ހޮސްޕިޓަލުގެ ކުރެހުން: ކޮންމެ ރަށެއްގައި ވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލު.--
06 މާޗް 2023 - 11:07
ހަތް ރަށެއްގައި އަޅަން ހަމަޖެހިފައިވާ އާ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަފުތާއެއްގެ ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ހޮސްޕިޓަލު އަޅަން ނިންމާފައި ވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގަ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.
ކޮވިޑްތެރޭގައި ހިންގި ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރު ކުރުމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ހޮސްޕިޓަލްތަކުގެ މަސައްކަތް ލަސްވާ ސަބަބާއި ކޮންޓްރެކްޓުގައި ސޮއި ކުރެވޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ.
އަމީރު ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ކުވައިތު ފަންޑުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"ކުވައިތު ފަންޑުގެ ހޮސްޕިޓަަލްތަކުން މިހާރު ޓެންޑާ މަރުހަލާގައި ހަތް ހޮސްޕިޓަލެއް ވާނެ. އިވެލުއޭޝަން ވަނީ ނިމިފައި. މި ހަފްތާގެ ތެރޭގައި އެވޯޑްކޮށް، ނޯ އޮބްޖެކްޝަނަށް ކުވައިތު ފަންޑަށް ފޮނުވާނަން،" އަމީރު ވިދާޅުވި އެވެ.
ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އަޅަން ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަލޯ
07 March 2023
ރިޔާސީ ވައުދު އަލިފުށީގަ އަޅަންބުނި ހޮސްޕިޓާ ކޮބާ؟ ވޯޓްދެވޭނީ މަސްރޫއު ފެށީމަ.
2023
07 March 2023
މުޅިންވެސް ފޮޓޯދެއްލުމުގަ..... ބޮއިހަލަކި
އާތިފާ
06 March 2023
ތި ބޭކާރު މަސައްކަތް ނުކޮއް އަވަހަށް ހުއްޓާލާ. ތިތަންތަނުން ތިވަރުގެ ހިދްމަތް ދޭނެބަޔަކު ނެތް.
ބޮޑުމީހާ
06 March 2023
މުޅި ދައުރެއް ނިމި މިދަނީ މިހޮސްޕިޓަލްތަކުގެ ފޮޓޯ، ލ. އަތޮޅު ކެންސަރު ހޮސްޕިޓަލް ފޮޓޯ، ގަން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ފޮޓޯ ބްރިޖް ފޮޓޯ، ކޮމަންޑޫ ބްރިޖް ފޮޓޯ، ކޫއްޑޫ ބްރިޖް ފޮޓޯ މިހެން ކިޔާނެ ކަމެއް ނެތް ދައުރެއް މިނިންމާލަނީ ފޯޓޯ ދައްކާ މީހުން މޮޔަކުރަމުން.
ޥިސްނާ
06 March 2023
ހަތް ހަތް ހަތް ހަތް ހަތްކުލައިގެ ހޮސްޕިޓަލް، އަންނަނީ އަންނަނީ އަންނާނެޔޯ.....ބޯހަލާކު
ހިންނަވަރު ކަލޯ
06 March 2023
ކޮބައިހޭ ހިންނަވަރު ހޮސްޕިޓަލް، ސޮއި ކުރިގޮތަށް ޚަބަރެއްނުވި. މިހާރު ކިޔަނީ ހޮވުނު މީހުން ކެންސަލްކޮށްލާފަ އަލުން އިޢުލާނު ކުރަނީއްޔޭ!
ތުއްތޮންބެ
06 March 2023
އަޅުގަނޑު ހީކުރީ ތިހޮސްޕިޓަލުތައް މިހާރު ހުންނާނީ އަޅާނިމިފަކަމަައް އެހެނީ 2018 ރިޔާސީ އިންތިހާބާ 2019 މަޖުލިސް އިންތިހާބާ 2021 ލޯކަލް ކައިންސިލް އިންތިހާބާ އަދި ވެރިކަންކުރާ އެމް.ޑީ.ޕީ ގެ އެތެރޭގެއިންތިހާބު ތަކުގައިވެސް ތިހޮސްޕިޓަލުތައް އަޅާވާހަކަ ވަރައް ގަދައައް ދެކެވުނު.
ހަނިމާދޫ މީހާ
06 March 2023
ތިގޮތަށް 7 ރަށު ކީކުރަން 14 ރަށްވެސް ހަވާލު ކުރެވިދާނެ. ހަނިމާދޫ އެއާޕޯރޓް ތަރައްގީކުރަން މާރޗް 1 އިން ފެށިގެން ރޭގަނޑު ފްލައިޓްތައް ހުއްޓާލަން ބުނި. އަދި ހުއްޓާ ނުލެވޭ. ނޫނީ އަދި މިމަހު ރޭގަނޑު ނުވަނީ
ހަމަނުވޭ
06 March 2023
ކުރީބައިގަ ފޮޓޯ ނުދައްކާ އެތަނެއް އަޅާލާ ނިންމާފަ ދެން އެތަނުގެ ފޮޓޯ ދައްކާނެނަމަ. މިވަރުން އަނދުންއަޅުވާފަވެސް ބުނާނެ އިންތިހާބަށްޓަކައެއް ނޫނޭ މިއުޅެނީ.
ދޮން
06 March 2023
އިންޑިޔާ ބަޔަކާއި ހަވާލުކޮށްލާ ހިމަ ދަގަޑުން ހަދާލާނެ..ބޮލަށް ދޮލަގު ލައިގެން ކޮންކުރީޓްވެސް އަޅާލާނެ...ލަދުން ބޯހަލާކު