07 މާޗް 2023 - 08:26
ތުއްތު އާރާ އަހްމަދަށް ވާހަކަ ދެއްކެން ފެށުމާ އެކު އެންމެ ގިނައިން ގޮވައި ހެދީ މާމަ އާއި ކާފަ އަށެވެ. އެ ދެމަފިރިންގެ ހިތްހަމަޖެހުމަކީ ފެންނަ އިރަށް ތުއްތު އަރާގެ އެ އަޑު އިވުމެވެ. އެކަމަކު އެ އުފާވެރިކަން ގެއްލުނީ ހަމަ ކުއްލިއަކަށެވެ.
ވީ ގޮތެއް ނޭނގި އާރާގެ ދެ ކަންފަތް ބީރުވީ އެވެ.
އދ. މާމިގިލީ، އުމުރުން ފަސް އަހަރުގެ އާރާ ވާހަކަ ނުދައްކާތާ މިހާރު ތިން އަހަރުވެއްޖެ އެވެ. ހުރިހާ ވަގުތެއް އެކުގައި ހޭދަކުރާ މަންމަ އާއި މާމަ އާއި ކާފައަށް ގޮވައެއް ނުހަދަ އެވެ. ކަމެއް ބޭނުންވެއްޖެ ނަމަ އެދެނީ ހަރަކާތުންނެވެ.
އާރާ: ދެ ކަންފަތް ބީރުވެ އަޑު ނީވުނަސް އޮޕަރޭޝަނަކުން ރަނގަޅުވާން އޮތް ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުން. -- ފޮޓޯ | މިހާރު
ކާފަ އާއި މާމަ ދެކެ ލޯބިވާކަން ވެސް ބުނެދެނީ އަތުގެ އިޝާރާތުންނެވެ.
"އާރާ ވާހަކަ ދައްކާ އަޑު އަހަން ވަރަށް ބޭނުން. ހައްތާވެސް ހިތް ބުނަނީ އާރާ އަދި މާމަ ކާފަ ގޮވާލާނެއޭ, ވާހަކަ ދައްކާނެއޭ،" ކާފަ އަލީ މުޖުތަބާ ބުންޏެވެ.
މާމަ އާއި ކާފަ ވާހަކަ ދައްކާއިރު އާރާ ގާތުގައި: އާރާ އަށް މިހާރު އިވެނީ ބާރު އަޑުތައް އެކަނި.
އެ ދެމަފިރިން ކިޔައިދިން ގޮތުގައި ކުޑަކުޑަ އެ ހިތުގެ ތެރެއިން ނެރެ އިޝާރާތުން އާރާ ބުނެދޭ ވާހަކަތަކުގެ ފަހަތުގައި އޮތީ ބޮޑު އުއްމީދެކެވެ. މަންމަ އާއި ބައްޕައާ ވާހަކަ ދެއްކުމެވެ. މާމަ އާއި ކާފައަށް ގޮވައި ހެދުމެވެ. އެ ގޭގެ ބޮޑު ކޮށީގައި ގެންގުޅޭ ދޫނިތަކުގެ އަޑު އެހުމެވެ. ސްކޫލުގައި ކުދިންނާ ވާހަކަ ދެއްކުމެވެ. އެހެން ކުދިންނެކޭ އެއްގޮތަށް ކުޅިވަރުތަކުގައި ބައިވެރިވުމެވެ.
"ކަންފަތުގައި އަތް އަޅާފައި ބައެއް ފަހަރު ރޮއެގަންނާނެ. ހަމަ ބުނާނެ ނީވެއޭ," މާމަ ކިޔައިދިނެވެ.
އާރާ
މިއީ ދެމަފިރިންނާއި އާރާގެ މަންމައަށް ވެސް ދިރިއުޅުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތްދަތި ކަމެވެ.
އާރާ ވިހެއިރު އަޑު އިވުމުގެ އެއްވެސް މައްސަލައެއް ނެތެވެ. ގޮވާލުމުން ބަލާލަ އެވެ. ވާހަކަ ދައްކައި ސަކަރާތް ޖަހަން ފެށުމުން ހީހަދަ އެވެ.
"އަހަރު ހަމަވެގެން ފިޔަވަޅު ނެގިނެގި އިންދައި ކުޑަކުޑަކޮށް އެއް ދުވަހު ހުން އައިކަން އެނގޭ. މާބޮޑަށް ހުމެއް ނާދޭ. ބޭހެއް ވެސް ނުދެން. ރަނގަޅުވެއްޖެ," މާމަ ކިޔައިދިނެވެ.
އެ ހުމުން ރަނގަޅު ވިޔަސް ތަފާތެއް ފާހަގަކުރެވުނެވެ. އެއީ ގޮވިޔަސް ވާހަކަ ދެއްކިޔަސް އަޅާނުލައި ބަލަހައްޓައިގެން އިނުމެވެ.
އާރާ
އާއިލާ އިން ކިޔައިދިން ގޮތުގައި ޑޮކްޓަރަށް ދެއްކީ ކުއްލިއަކަށް އާރާއަށް އައި ބޮޑު ބަދަލު ފާހަގަވެގެންނެވެ.
"ކުރިން އާރާއޭ ގޮވީމާ އާދޭ ކައިރިއަށް. ފަހުން އަޅައެއް ނުލާ. އެކަމަކު ކުޑަދުވަސްކޮޅަކަށް މީހުންނަށް ގޮވާ ހެދި ފެނުނީމަ. މަންމަ ބައްޕަ, ބޭބެ, ގޭގައި އުޅޭ އެންމެންނަށް ނަމުން ވެސް ގޮވައި ހެދި. ފަހުން އެއްކޮށް ހުއްޓާލީ," މާމަ ކިޔައިދިނެވެ.
މާލެ އައިސް ޑޮކްޓަރަށް ދެއްކި އިރު އާރާގެ ދެ ކަންފަތަށް ވެސް އަޑު އިވެނީ 12 ޕަސެންޓަށެވެ.
"އެވަރަކުން މީހުން ދައްކާ ވާހަކަ ނަގައެއް ނުގަނެވޭނެއޭ. ބާރަށް ތަންތަނުގައި ޖަހާލީމަ އެ ކަހަލަ ބާރު އަޑު އެކަންޏޭ އިވޭނީ ޑޮކްޓަރު ބުނީ. މިހާރު ވެސް ދަރުސްދޭ އަޑު އިވޭ. މިސްކިތުން މި ގޯއްޗަށް އަޑު އައީމަ ބުނާނެ ކޮންތާކުންހޭ އެއީ. ކައްކަން މިކްސަރު ޖައްސާލީމަ ވެސް ބުނާނެ އުނދަގޫވެއޭ. ކޮންތާކުންހޭ އަޑު އަންނަނީ. ވާރޭ ބޯކޮށް އޮއްސާލައިފިއްޔާ ވެސް އިވިގެން އަހާ," މާމަ ބުންޏެވެ.
އާރާ މަންމައާ އަތުގެ އިޝާރާތުން ވާހަކަ ދައްކަނީ: މަންމަ ވެސް ކުޑައިރު އައި ގަދަހުމަކާ އެކު އެއް ކަންފަތް ވަނީ ބީރުވެފައި.
އާއިލާ އިން ބުނި ގޮތުގައި އާރާއަށް މިހެން ދިމާވި ސަބަބެއް ނޭނގެ އެވެ. އެކަމަކު އާރާގެ މަންމަ ވެސް ވަނީ ކުޑައިރު މިކަހަލަ ހާލަތެއް މެދުވެރިވެފަ އެވެ. އެއް ކަންފަތުގެ އިވުން އެއްކޮށް ގެއްލުނީ އެވެ. އާރާ މަންމަ އަށް މީހުން ކިޔާ އެއްޗެއް އެނގެނީ ވަރަށް ބާރަށް ވާހަކަ ދެއްކުމުންނެވެ. އެއީ ގަދަ ހުމަކާ އެކު ވީ ގޮތެކެވެ.
"ވަރަށް ބަލިކޮށް ކުޑައިރު އާރާ މަންމަ އުޅުނީ. ހިނގުނީ ވެސް ހަތަރު އަހަރު ފަހުން. ދެ ދުވަހެއް ނުލިބޭނެ, އަނެއް ދުވަހު ހުންނާނީ ހުން އައިސްފައި. ބޭރަށް ގޮސްގެން ދެއްކުމުން ބުނީ އޮޕަރޭޝަންކޮށްގެން ވެސް ޔަގީންކަމެއް ނެތޭ އަޑު އިވިދާނެ ކަމަށް."
އާރާއަށް އެ ހާލަތު ދިމާވުމުން އެންމެ ބޮޑު ދެރައެއް ލިބުނީ މަންމައަށެވެ. އެކަމުގެ އުނދަގުލުގެ ތެރޭގައި އޭނާ އުޅެން ޖެހިފައި ވުމުންނެވެ. އެކަމަކު ވެސް އެ ދެމައިންގެ މެދުގައި އޮތީ ވަރުގަދަ ލޯތްބެކެވެ.
އާރާ ދައްކާ ހުރިހާ ވާހަކައެއް އެ މަންމައަށް އެނގެ އެވެ.
އާރާ
މާމަ ކިޔައިން ގޮތުގައި މަންމައަށް ކަމެއް ވެދާނެތީ އެންމެ ދެރަވަނީ އާރާ އެވެ.
"ކިރިޔާ ކަމެއް ވިޔަސް, ގައިގެ ތަނަކަށް ބަނޑަށް ތަދުވެއޭ ބުންޏަސް ދެން ހަމަ އާރާ ރޯނެ. ހިތަށް އަރަނީ ކަންނޭނގެ ބަލާނެ މީހަކަށް ހުރީ މަންމައޭ. ހިތަށް އަރާނެތާ މިހެން އުޅެން ޖެހުނީމާ ވެސް. މާމަ ބަލިވިޔަސް ކާފަ ބަލިވިޔަސް ދައްތަމެން މީހަކު ބަލިވިޔަސް ފިރުމާލަ ފިރުމާލާ އާރާ އިންނާނެ,"
އާރާ މާމައާ އެކު ގޭތެރޭގައި: ގިނަ ވަގުތު ހޭދަކުރަނީ މާމަ އާއި ކާފައާ އެކުގައި. -- ފޮޓޯ | މިހާރު
އެތައް ޑޮކްޓަރުންނަށް ދެއްކުނު އިރު ވެސް އާރާއަށް މާބޮޑު ފަރުވާއެއް ނުލިބުމެވެ.
ކާފަ ކިޔައިދިން ގޮތުގައި އާރާ ރަނގަޅުވޭތޯ މިހާތަނަށް ވަރަށް މަސައްކަތް ކުރެވިއްޖެ އެވެ. އެއްތަނުން ބުނާ ވާހަކަ ގަބޫލުނުކުރެވިގެން އަނެއް ތަނުން ވެސް ދައްކައި ހެދި އެވެ. އެކަމަކު ހުރިހާ ޑޮކްޓަރުންގެ ވާހަކަ އެއްކޮށްލީމަ ވެސް ބުނަނީ އެކައްޗެކެވެ.
އާރާ ރަނގަޅުވާނެ ކަމުގެ އުއްމީދު އެބައޮތެވެ. އެކަމަކު އެއީ ބޮޑު އޮޕަރޭޝަނަކެވެ. އާއިލާއަށް އޮތް ހިތްދަތި ކަމަކީ އެވަރުގެ ތަނަވަސްކަމެއް ނެތުމެވެ.
އާރާ އިޝާރާތުން ވާހަކަ ދައްކަނީ. -- ފޮޓޯ | މިހާރު
ކައިވެނި ރޫޅުމުން އާރާގެ މަންމަ ދިރިއުޅެނީ އެ ދެ މީހުންނާ އެކު އެ ގޭގަ އެވެ. އުމުރުން ދުވަސްވެފައި ތިބުމުން އެ ދެ މީހުންނަށް އާމްދަނީ ހޯދަން މާބޮޑު މަސައްކަތެއް ނުކުރެވެ އެވެ.
"އޮޕަރޭޝަނަށް ފަހު ކަންފަތަށް ލައްވަން ޖެހޭ އެއްޗަށް އެކަނި ވެސް 18,000 ޑޮލަރު އަރާނެ ކަމަށް ބުނަނީ. އޮޕަރޭޝަނަށް އަރާނެ ވަރެއް އަދި ނޭނގެ. އެ ލައްވާފައި ތެރަޕީ ވެސް ދޭން ޖެހޭ. އެހެންވެ އެހީއަށް އެދި އެކި ތަންތަނަށް ލައިގެން މިއުޅެނީ," ކާފަ ކިޔައިދިނެވެ.
އެހީއަށް އެދި މާމިގިލީ ރެސްޓޯރަންޓްތަކާއި އެއާޕޯޓުގައި ވެސް މިހާރު ވަނީ ފަންޑު ފޮށި ބަހައްޓައިފަ އެވެ. މާމަ އާއި ކާފަގެ ކޮންމެ ދުވަހެއްގެ ދުއާއަކީ ވީހާވެސް އަވަހަށް އެ އޮޕަރޭޝަން ކުރެވޭނެ މަގު ފަހިވުމެވެ.
"މިހާތަނަށް ދެއްކި ހުރިހާ ޑޮކްޓަރުން ވެސް ބުނޭ އުއްމީދު އެބައޮތޭ އާރާއަށް. ވާހަކަ ދެއްކޭނެއޭ. އަހަރެމެންނަށް ވެސް ޔަގީންވާ ކަމަކީ އަޑުނީވޭ އެހެން މީހުންނަށް ވުރެން އާރާ ރަނގަޅޭ. ވަރަށް ބޮޑަށް ހީވޭ އޭނަ ރަނގަޅުވާނެހެން," އޭނާ ބުންޏެވެ.
އާރާ، މަންމައާ އެކު މަގުމަތީގައި މަޑުކޮށްލައިގެން. -- ފޮޓޯ | މިހާރު
އެއީ ވަރަށް ދިގު އިންތިޒާރަކަށް ވެދާނެ ކަން ވެސް މާމަ އާއި ކާފަ ގަބޫލުކުރެ އެވެ. އެކަމަކު އާރާއަށްޓަކައި ކުރެވެން އޮތް އެއްވެސް ކަމެއް ދޫކޮށްލާކަށް އެ ދެމަފިރިން ބޭނުމެއް ނުވެ އެވެ.
"މާމަ ކާފަ ކިޔާފައި އަޅުގަނޑުމެންނަށް ގޮވަލާ, ކޮއްކޮ ދައްތަ ބޭބެ ގޮވާލާ އަޑު ވެސް އަހަން ބޭނުންވޭ. ރަނގަޅު ދަރިއެއްގެ ގޮތުގައި ކުރިއަށްދާތަން ވެސް ދެކެން ބޭނުންވޭ. އެ އުއްމީދުތަކާ އެކު ކާމިޔާބުވޭތޯ މި މަސައްކަތްކުރަނީ," މުޖުތަބާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
09 March 2023
ލިއުމުގަ އިން ކުށެއް އަލީ މުޖުތަބާ ޔަކީ އާރާގެ ބޮޑުބޭބެ ކާފަ ޔަކީ އަބުދުއްލާ މުހުއްމަދުއަލީ މުޖުތަބާގެ 2އެކައުންޓްބީއެމްއެލް:7770000018340(ރުފިޔާ) ބީއެމްއެލް7704273312102(ޔޫއެސްޑީ)އިތުރު މައުލޫމާތު ހޯއްދެވުމަށް 7718900 އަބުދުއްލާ މުހުއްމަދު އަށްގުުޅާ ލައްވާ
މަމް އޮފް އަ ކޮކްލިޔާ އިމްޕްލާންޓެޑް ޗައިލްޑް
08 March 2023
18 ހާސް ޑޮލަރެއް ނޫން. އެންމެ ފަހުގެ ކޮކްލިޔާ އިމްޕްލާންޓޭޝަނަށް (ކެންސޯ2) އަށް 22 ހާސް ބޭނުންވޭ. އެވެސް 1 ސައިޑަށް. އަނެއް ސައިޑު ކުރަން އާސަންދަ ދޭނީ ފުރަތަމަ ސާރޖަރީ ކުރާ ތާރީޚުން ފެށިގެން 1 އަހަރު ފަހުން. އެންސްޕާއިން ބޮޑު އަދަދެއް ލިބޭ. އެކަމަކުވެސް އިތުރަށް 7000 ޑޮލަރު ބޭނުންވޭ. ތި ސާރޖަރީ ހަދަން އެންމެ ރަނގަޅީ ޓްރެވިންޑްރަމްގެ ކިމްސް ހޮސްޕިޓަލް. ޑރ. ނައުޝާދު. މިހާތަނަށް 1200 އަށްވުރެ ގިނަ ސީއައި ސާރޖަރީ މި ޑޮކްޓަރ ހަދާފައިވޭ.
ވިސްނާލުމަށް އެދެމޭ
07 March 2023
ކޮބާ މާމިގިލިދާއިރާގެ މެމްބަރު...ކޮބާ ޖޕގެލީޑަރު..ކޮބާ ރާއްޖޭގެ މަހުޖަނު ވިލާކުންފުނީގެ އޯނަރު..500މިލިޔަންރުފިޔާ ރިޔާސީއިންތިޙާބުގެ ކެންޕޭނަށް ނެރޭނެކަމަށް އަޑުއަރުވާ ގާސިމު ނިކަމެތިންނަ ﷲއައްޓަކާ ހޭދަކުރަން ދީލަތި ހިތެއް ހޯދުން މާއައުލާކަންބޮޑު..
އިސްމާލި
07 March 2023
މި ހަބަރުކިޔާފައި ގިނަ މީހުން ގާސިމް ކޮބާހޭ ކިޔާ ސުވާލުކުރާތީ ބުނެލަން. ގާސިމް ދާއިރާގެ މެންބަރަކަށް ވުމަކީ އެ ދާއިރާގެ ރައްޔިތުންނަށް ޚަރަދުކުރަން ޖެހޭ ކަމެއް ނޫން. އަމިއްލަ ހައިސިއްޔަތުން ޚަރަދު ކުރުމަކީ އެހެން ކަމެއް. މިހެން ދާއިރާގެ މީހުންގެ އެކްސްޕެކްޓޭޝަން ހުންނަންޏާ މި ދާއިރާއަކަށް ދުވަހަކުވެސް ގާސިމު ނޫން އެހެން މީހަކަށް ނާދެވޭނެ. އެއީ އާދައިގެ މީހަކަށް އެހެން ހަރަދު ނުކުރެވޭނެތީ. މަޖިލީހުގައި އެއް ކަމެއް ނުކުރިއަސް ގާސިމަށް ގޮނޑި ލިބޭނެ.
ވިސްނާލުމަށް އެދެމޭ
07 March 2023
ބުނަންވާހަކައެއް ގާސިމުކޮބާހޭ ރައްޔިތުންސުވާލުކުރަނީ ރީތިވެގެނެނޫން ދިވެހިދައުލަތުގެއެއްމެބޮޑު މަންފާއެއް ނަފާއެއްނަގަނީ ގާސިމު.ރާއްޖެއަށް ނިސްބަތްވާ ވިޔަފާރި މަހުޖަނުންގެތެރޭގަ ގާސިމަށްވުރެ ގިނައިން ދައުލަތުގެ މަންފާނަގާ އެހެންވިޔަފާރިވެރިއެއް ނެތޭބުނުމަކުން ދޮގަކަށްނުވާނެ ސިޔާސީޕާޓީއެއްހަދާ ރައްޔިތުންނަ އެއްމެގިނައެހީދެނީ ގާސިމުކަމަށް ގޮވަނީ ގާސިމުގެޕާޓީމީހުން އިންތިޙާބެބޯމަތިވެއްޖެއްޔާ ރައްޔިތުންނަ ވިސްނަދެނީ ގާސިމުނޫނީ ދީލަތިމީހެއްނެތްކަމަށް
ާއަލިމޯޑު
07 March 2023
ދާއިރާގެ އެމްޕީ ދާއިރާގެ ގޮނޑީގެ އިންތިހާބު ދުވަސްކޮޅު އެހީ ދޭތީ ރައްޔިތުމީހާ އަށް ހީވާނީ އޭނަ އެހީ ދެނީ އޭނަގެ ދީލަތި ކަމުންނޭ.އަސްލު ހަގީގަތަކީ އެހީ ދެނީ ގޮނޑި ހޯދަން ދޭ ރިޝްވަތެއް އެކަމަކު އެހީ ގެ ނަމުގަ
ސިކާލް
07 March 2023
އެކިތަންތާންގަ ފަންޑްފޮށި ބެހެއްޓިއިރުވެސް ގާސިމްއަށް ހަބަރެއް ނުވޭބާ..އިންތިހާބެއް ކައިރީ ނެތީމަ ގާސިމްއަށް ނޭންގުނީކަމަށް ވާނީ..ކޮމަންޑޫ ދާއިރާ އިންތިހާބުގައި ގާސިމް އެދާއިރާއަށްގޮސް ގިނަ ބަޔަކަށް ދައުލަތުގެ އެހީ ހަމަޖައްސައިދިން..
މަރުމޯލުރާޖާ
07 March 2023
މިޤައުމުގައި ތިލޯބިލޯބި ކުއްޖާގެފަރުވާއަށް ޚަރަދުކުރެވޭނެފެންވަރު ނެތީކީނޫން. ހުރިހާވެސް މައްސަލައަކީ ކަމާބެހޭމުޢައްސަސާތަކަށް (ކައުންސިލް ،ޖެންޑަރ އެންޑް ފެމިލީ، އެޑިއުކޭޝަން، ޕޮލިސް..) އަށް މިފަތަކޭސްތަކަށް އެޓެންޑް ކުރަންވާވަރާގާތަށްވެސް އެޓެންޑް ނުކުރެވުން. ކޮންމެ މަންމަ، ބައްޕަ އަދި ކާފަމާމަ މެންނަކީ ސަރުކާރުގެ ކަމާބެހޭފަރާތްތަށް ފަހާ މިފަދަކަންކަމަށް ބޭނުންވާ އެހީތެރިކަން ހޯދަން އެނގޭފަދަ ހޭލުންތެރިކަން ހުންނަމީހުނެއްނޫން.
ހިނާއީ
07 March 2023
ޕޮލިސް އާ ގުޅެ ކަމެއް ނެތް ތިޔަކު.
ކަސްޓަމަރެއް.
07 March 2023
އިންޑިޔާ ހޮސްޕިޓަލްތަކުން ހާދަ ލާރިއެކޭ ދިވެހިން އަތުން މިނަގަނީ. ޙުސްނުވާ އަސަންދައޭ ބުނީމާ ހެޔެއްނެތް. އަވަސް ޝިފާއަކަށް އެދެން.
އ
07 March 2023
މާލީ އެހީތެރިކަން ލިބުން މިންވަރު ކުރައްވާށި... މިރާއްޖޭ އެއްމެ މުއްސަދި މަހުޖަނު އަދި ތިޔަ ދާއިރާގެ އިއްޒައްތެރި މެންބަރުގެ ދީލަތި އެހީ އެއް ލިބޭނެކަމައް އުއްމީދު ކުރަން....
ސިދްގީ
07 March 2023
އެކައުންޓް ނަންބަރ އަދި ގުޅޭނެ ނަންބަރ ހިއްސާކޮށްލިނަމަ، ކިތައްމެ ކުޑަ މިންވަރެއްވެސް އެޙީވާން ބޭނުން
އަހުމަދުދދ
07 March 2023
އޯ މިކުއްޖާއަށް ޖެހޭނީ ކޮކްލިއަރ އިމްޕްލާންޓް ހަދަން! ލިޔުންތަކާއެކު އާސަންދައަށް ހުށައަޅާ ހަމަޖެހޭޏެ! ތިއީ ސަރުކާރުން އެހީތެރިކަން އަބަދުވެސް ދޭ ސާޖަރީ އެއް! ކޮކްލިއަރ އިމްޕްލާންޓް އަކީ އަޑުނީވޭ ކުދިންނަށް އަޑުއިވޭނެ ގޮތް ހެދުމަށް ހެދޭ ސާޖަރީއެއް! ސާޖަރީއަށް ބޭރުގައި ހިއަރިންގެ އެއިޑް ފަދަ ޕްރޮސެސަރ އެއް ހަރުކުރެވޭޏެ! އެޕްރޮސެސަރ އިން އަޑުތައް ނަގައި އިމްޕްލާންޓް އަށް ފޮނުވޭނެ!