ޕްރިންސިޕަލުންގެ ތަމްރީން ޕްރޮގްރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައިި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ: އެމަނިފާނު ވިދާޅުވީ އިޖުތިމާއީ ބަދަލުތައް އެއް އަހަރުން ނުގެނެވޭނެ ކަމަށް. --- ފޮޓޯ: ރައީސް އޮފީސް
10 މާޗް 2023 - 13:24
ރީތި އިމާރާތްތަކެއް އެކަނި ހަދައިގެން ސަރުކާރުން ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަމަށާއި އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކަކީ ވެސް އެންމެ އަހަރަކުން ހައްލުނުކުރެވޭނެ ކަންކަން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ޕްރިސިންޕަލުންގެ ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުން މި ހަތަރު އަހަރު އަހަރުގެ ތެރޭގައި ތަރައްގީ އަށް ކުރި މަސައްކަތްތަކަކީ ވޭދތުވެދިޔަ އެއްވެސް ސަރުކާރުން މީގެ ކުރިން ނުކުރާހާ ގިނަ މަސައްކަތްތަކެއް ކަމަށެވެ.
ތައުލީމީ ދާއިރާއިން ވެސް ގިނަ ރަށްތަކެއްގައި އާ ކްލާސް ރޫމްތައް އަޅައި ވަސީލަތްތައް އިތުރު ކުރުމާއި ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތަކެއް ކުރެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕްރިންސިޕަލުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރިން ބައެއް ބޭފުޅުނާއެކު ނައިބުރައީސް --- ފޮޓޯ: ރައީސް އޮފީސް
"އެހެން ނަމަވެސް ވެސް އަޅުގަނޑުމެންނަށް އެނގޭ، މި ސަރުކާރަށް އަޅުގަނޑުމެންނަށް ވިސްނޭ ހަމައެކަނި އެކަންކަމަކުން އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނުނިކުންނާނެކަން. އެންމެ މުހިންމު ބަޔަކަށް [ތައުލީމީ] ދާއިރާގައި ވަނީ ޕްރިންސިޕަލުން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީި ގޮތުގައި އެއް އަހަރުތެރޭ ވަރަށް ރީތި 10 ބުރީގެ އިމާރާތެއް ވެސް ހެދި ދާނެ އެވެ. ނަމަވެސް އިޖުތިމާއީ ދާއިރާގައި ތަރައްގީ ގެނޭވޭނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.
"އެކަމަށް [އިޖުތިމާއީ ދާއިރާގެ ބަދަލުތަކަށް] ދުވަސްކޮޅެއް ނަގާ. އަދި ދުވަސްކޮޅެއްގެ ތެރޭގައި ވެސް އެ ބަދަލު ފެންނަނީ ވަރަށް ޒިންމާދާރު ކަމާއެކު ހުރިހާ ދާއިރާއެއްގެ އެންމެންގެ މަސައްކަތް ހިމެނިގެން،" ރޭގެ ހަފުލާ ޝަރަފުވެރިކޮށް ދެއްވަމުން ނައިބު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ދަންނަވަން ސްކޫލްތަކުގައި ހިމެނޭ 94،000 ދަރިވަރުންނަށް ހެޔޮ ބަދަލު ގެނައުން ޓީޗަރުން، ޕްރިންސިޕަލުން އަދި ބެލެނިވެރިންނަށް އެކަނި ނުވާނެ އެކަމެއް. ނުވަތަ އެ ބޭފުޅުން އެކުރައްވާ މަސައްކަތަކުން އެކަނި އެ ނަތީޖާއެއް ވެސް ނުނިކުންނާނެ. ގައުމެއްގައި ނުވަތަ ރަށެއްގައި ވިޔަސް ޒިންމާ އަކީ އެންމެންގެ ޒިންމާއެއް."
ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ބައެއް ބޭފުޅުންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: ރައީސް އޮފީސް
އިޖުތިމާއީ ހެޔޮ ބަދަލުތައް ގެނައުމުގައި ސްކޫލްތަކާއި ތައުލީމީ ދާއިރާ އަށް އެއްބާރުލުން ދިނުމަށް ހުރިހާ ދާއިރާ އަކަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
އަލަށް މަސްއޫލިއްޔަތާ ހަވާލުވާ ޕްރިންސިޕަލުންނަށް ނައިބު ރައީސް ވިދާޅުވި ގޮތުގައި އެ ބޭފުޅުން ވާން ޖެހޭނީ އެތައް ބަޔަކު ގޮވައިގެން އެކި ހިޔާލުގެ މީހުން ގޮވައިގެން އެއް މިސްރާބަކަށް ދަތުރުކުރާ ބަޔަކަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހިންގި ޕްރޮގްރާމް 18 ބޭފުޅަކު ވަނީ ފުރިހަމަކޮށްފަ އެވެ. ނައިބު ރައީސް ވިދާޅުވީ ޕްރިންސިޕަލުން ބިނާ ކުރުމުގެ ޕްރޮގްރާމެއް އަނެއްކާ ވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސް
12 March 2023
ލަދުން ބޯހަލާކު. އަނގައިން ވެސް ދެރަވާން އެންމެ ރަގަޅު. ވޯޓް ދެވުނުމޮޔަހީވޭ. 25 ބުރީގެ ހޮހޮޅާގެ ބޭނުން ކޮވިޑްގަ އެންމެ ރަގަޅަށް ބޭނުން ހިފުން އުތަ. ބޮޑުންގެ ޢާއިލާތަކަށް. ކަމެއް ނުވތާ އަނެއް މީހާގެ މަސައްކަތަށް ފާޑު ކިޔުން. ބްރިޖްއަކީ ވެސް ތަރައްޤީއެއް ނޫން . ފެރީގެ ކީއްވެ ނުދަނީ ހުޅުމާލެ، ހުޅުލެއަށް
މަހާ
12 March 2023
ހުސް އަނގަތަޅާ ކޮސް ގޮވަން 5 އަހަރު ބޭކާރު ކޮށްލާފަ ތަރައްޤީ އޭ ފަޅޮލޭ ނުގޮވާ!!!!
ބަބޫ
12 March 2023
އަޅެ ރީތި އިމާރާތެއް ނުވަތަ ރީތި ބްރިޖެއް ނުވަތަ ރީތި އެއާޕޯޓެއް އަޅާބަލަ. ހުސް ކުރީސަރުކާރުގަ ފެށިކަންތަކުގެ ރިބަން ކަނޑާލާ 5 އަހަރު ތި ނިންމާލީ. ތަރައްގީއަށް މިސަރުކާރުން ކުރި ރަގަޅު ދެކޮޅުޖެހޭ އެއްމެކަމެއް ބުނެދީބަލަ. އަނގަ ހުރެފަ ބަސްމޮށެން އިނގެންޔާ ކޮށްމެ އެއްޗެއް ކޮށްމެ މީހަކަށްވެސް ބުނެވިދާނެ ޕޯޑިއަމް ތަކަށް އަރާ. އެކަމަކު ދެންތިބިމީހުންނަކީ ލޯ ސަލާމަތުން ތިބި ބައެއްކަން ވިސްނާނުލާ ދޮގުހަދާނީ މޮޔައިން.
އައިމިނާ
11 March 2023
ޢިމާރާތްތަކާ އެއްވަރަށް މީހުން ތަރައްގީ ކުރަން ޖެހޭ.
އައިމިނާ
11 March 2023
ޔަގީންތާ. މީހުން ތައްގީ ނުކޮށް ކޮން ކުރިއެރުމެއް. އެއް އިރު ކައިގެން އައިފޯނެއް ގެންގުޅުނަކަސް ތަރައްގީއެއް ނުވާނެ. ގޭގޭގެ ފާރުތައް ހުދުކުރިއަކަސް ތަރައްގީއެއް ނުވާނެ.
ޝޮކްތެރަޕީ
11 March 2023
އިންޑިޔާ އައުޓް ކޮއްގެން ރާއްޖެ ތަރައްގީވާނީ.
އެމްސް
11 March 2023
90% ވަޒީފާތައް ބިދޭސީންނަށް އޮންނަހާ ދުވަހަކު ރަޢިއްޔަތަކަށް އަންނާނެ ތަރައްޤީއެއް ނެތް!
ޣބޖވޖގ
10 March 2023
ރީތި އިމާރާތުން ތަރައްގީނުގެނަޔަސް މީހަކާއިނދެ ދެތިންދަރިން ލިބޭއިރު ގެދޮރުނެތް ރެފިއުޖީންގޮތުގަ މިއޮއް ފައިސާ ވަންނަ ގައުމުގަ އުޅެންޖެހުމަކީ ސަރުކާރުދޯދިޔާ ކަމެއްނޫންތަ؟
ވގތރެދ1
10 March 2023
އެހެން ކިޔާފަ އަޅަނީ ފުޓްސަލް ދަނޑު.. ހަދަނީ ބަދަރާއި މަގު..
ބޮޑުމީހާ
10 March 2023
ރީތި އިމާރާތްވެސް އެޅޭނީ އެ ފެންވަރުގެ ބަޔަކަށް. ތަރައްގީއަކީ ބޮޑެތި އިމާރާތް އެޅުން، މަގު ހެދުން، ހޮސްޕިޓަލްތައް އެޅުން، ސްކޫލްތައް ގާއިމްކުރުން، ވަސީލަތްތައް ގާއިމުކުރުން. ތަރައްގީވެފައިވާ ބޮޑެތި ގައުމުތައް ހުރީ މިހެން. ކަލޭމެންނަށް އިމާރާތެއްވެސް ވަސީލަތެއްވެސް ގާއިމްނުކުރެވުނު. ސިޔާސީ މަގާމުތައް އިތުރުވި، ދަރަނި އިތުރުކުރި