އެޗްޑީސީ އޯޕަން ޑޭ
10 މާޗް 2023 - 18:56
ހިޔާ ފްލެޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސަޕޯޓް ސްޓާފުން ހޯދަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޯޕަން ޑޭއެއް ފަށައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ސްކޫލުގައި އޯޕަން ޑޭ ކުރިޔަށް ދަނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި މިރޭ 8:00 އިން 10:00 އަށެވެ.
އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހިޔާ ފްލެޓުތައް ސާފު ކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އަމިއްލަ ކުންފުނިތަކުން ކުރަމުން އައި ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި އަލުން ވަޒީފާތަކަށް ހުޅުވާލަން ނިންމީ ކަމަށެވެ.
އެހެންވެ ތާޑް ޕާޓީ ކުންފުނިތަކާ އެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ނިންމާފައިވާ ކަމަށާއި އެ ވަޒީފާތަކުގައި ދެން އުޅޭނީ ހިޔާގައި ދިރިއުޅޭ މީހުން ކަަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ފެށި އޯޕަން ޑޭގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފުންނަށް ވަޒީފާ ވަނީ ހުޅުވާލައިފަ އެވެ. އެ ދެ މަގާމަށް ވެސް މުސާރައިގެ ގޮތުގައި 10،500ރ. ވަނީ ހަމަޖައްސައިފަ އެވެ.
"މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި. އެހެންވެ އަޅުގަނޑުމެން މި އަންނަނީ އިތުރު އޯޕަން ޑޭއެއް ބާއްވަން ވިސްނަމުން،" އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓުތަކުގައި މިހާރު ސެކިއުރިޓީ ބަލަހައްޓަމުންދާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވެ އެވެ. އެހެން ނަމަވެސް ސަޕޯޓް ސްޓާފުންގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
12 March 2023
ދިވެހީން ތިޔަވަޒީފައިތަކަށް ނެގިދާނެ، އެކަމަކު ބަރާބަރު 3 މަސްތެރޭ ދެބައިކުޅަ އެއްބައިގައި ދެން ތިބެނީ ބޭރުމީހުން، އެއީ ދިވެހީން ލައިގެން ތިޔަވަޒީފައިތަށް ދާނީ ޗޮކުން ދެދުވަހު ހަމަޔަށް ވަޒީފައިއަށް ދިވެހީން ނާންނާނެ، ދެން އުޅެނީ ސަލާމުގައި އަންނަންޖެހޭ ގަޑިއަށް އައުން ކޮންމެ ދުވަހަކަު ވަޒީފައިއައުން އެއީ ދިވެހީން އުޅެންބޭނުންވާ ގޮތެއްނޫން، ދެން ކޮންމެ މީހަކުވެސް ތިބޭނީ ބޯދިގުކޮއްލައިފަ ޕާޓޭއެއްހެން އެއީ މާކޫލް ގޮތެއް
އުނބުށޭމު
12 March 2023
ތަކުރާރުކޮށް އޯޕަންޑޭ ބާއްވައިގެން ތިތަނުން ވަކި ބަޔަކަށް ވަޒީފާނުދީ އެންމެ ރަނގަޅު މީހުން ހޮވާފައި ވަޒީފާ ދިނުން ރަނގަޅު. މިހާރުވެސް އާބަންފާމިންގއޭ ކިޔައިގެން ދަނޑުވެރިކަމުގެ އެއްވެސް މައުލޫމާތެއްނެތް ބަޔަކަށް އޮޅުވާލައިގެން މީހުންގެ ލޮލުގައި އަނދުން އަޅުވާފައި ގޮޅިތައް ދީފައި، އެއްވެސް ބޭނުމެއް ނުހިފޭގޮތަށް ސެކިއުރިޓީ ޕޯސްޓަށް ހުސް ޕާޓޭން ލައިގެން ޑްރަގް ވިޔަފާރި އެހިސާބުގައި ހިންގަނީ.
ހަސް
12 March 2023
ވަރަށް ރަނގަޅުކަމެއް.
އަސޭލ
11 March 2023
މިހާރު ބަންގުލަދޭޝް މީހުންގެ ބަދަލުގަ ބޮޑުމުސާރަ ދީފަގެންނަނީ އިންޑިޔާމީހުން. މީ ހަމަ ދިވެހިން ވަޒީފާ ތަކައް ނުލިބޭތީ ކުރާކަމެއްތަ؟ ޕޮލިސްރެކޯޑާ ހެދި ވަޒީފާ ނުލިބޭ އެތައް ދިވެހިންނެއް އެބައުޅޭ މިކަން ނިކަން އިސްލާހުކޮއްބަލަ.
ޢަހްމާ
11 March 2023
ތިކަން ކުރީ ވީޑިއޯ ދައްކާލަން ނޫންބާއެވެ. މިހާރު ނަގަން ބޭނުންވާ އެންމެން ނިމިފަކާ ނޫންބާއެވެ.
އެމްސް
11 March 2023
ބިދޭސީން އުޅޭ ވަޒީފާތަކުންވެސް އެމީހުން ބޭރުކޮށް ދިވެހިންނަށް އެވަޒީފާތައް ހޯދަދޭން ޖެހޭ! ވިޔަފާރި ކުރަންތިބީ ދިވެހީން، އެކަމަކު ހުރިހާ ފިހާރައެއްގަވެސް ގެންގުޅެންވީ ބިދޭސީން؟
ހިކްމަތް
11 March 2023
ދިވެހިން ލިބެންޏަކާ ބިދޭސީންނެއް ނުގެންގުޅެނަން. އަހަރެމެން ދިވެހީން ހިސާބަށްވުރެ ކަންނެތީ ހަމަ.
ނަމަނަމަ
11 March 2023
،، ހިސާބަށް ވުރެ ދަހީ ދިވެހިން ގެންގުޅެންވީ ދެ ރުފިޔާ ދީގެން ކަލޭމެން ވިޔަފާރިވެރިން.
ހިކްމަތް
12 March 2023
މިހާރުވެސް ގެންގުޅެނީ ބިދޭސީންނަށްވުރެ ބޮޑު މުސާރައިގަ. ބިދޭސީންގެ ކޮއްތާ ހުރިމުގެ ޚަރަދަށްވުރެ ބޮޑުކޮށް މުސާރަ ދީގެން. އެކަމަކުވެސް ދެދުވަހުން އެއްދުވަހު ސިކްލީވް. ހެނދުނު ހޭލިއިރު މާ ބާރަށް ފޮޑިއެއްޖެހިގެން. ދިވެއްސަކަށްވެހުރެ ދެރަވޭ މިހެން ބުނަންވެސް.
އެކްސިް
10 March 2023
އާނ އެހެން ދިވެހި ވިޔާފާރީ އަކަށް ފައިދާ ވިޔަ ނުދޭތި. އެސް އޯ އީ ތަށް ގިނަވެ ބޮޑު ވަނީ ހަމަ.
ހުސްނުހީނާ
10 March 2023
ތިހުރިހާ މަގާމުތަކަށްވެސް ދިވެހިން ނަގަންވާނީ!
އަހުމަދުބޭ
12 March 2023
ހުރިހައި ވަޒީފާތަކަށްވެސް ދެވެހީން ނެގިދާނެ އެކަމަކު ދިވެހީންނަށް ކެރޭނެތޯ ކޮންމެދުވަހަކު ވަޒީފައިއަށް އަންނަން، މިކަން ނުވެގެންނޭ ދިވެހީން ގޮވައިގެން މިއުޅެނީ ނޫޅެވިގެން މަސައްކަތަށް ފަރުވާ ކުޑަވުމާ ގަނޑިއަށް މަސައްކަތު ނައުމާ އޮންނަ ގަވައިދުތަކަށް އިހުތިރާމް ނުކުރުމާ ސަލާންބުނަން ޖެހޭ ދުވަސްތަށް ގިނަވުމާ ވަޒީފައި ދެމިހުންނާނެކަމުގެ ގެރެންޓީ ނެތުމާ މިއީ މައްސަލަތަކަކީ