ޓޫރިސްޓުންތަކެއް މާލޭގެ މަގެއްގައި. ރަޝިޔާއިން 50،000 ޓޫރިސްޓުން އައިސްފައިވޭ-- ފޮޓޯ: މިހާރު
14 މާޗް 2023 - 12:03
މިއަހަރު ފެށުނީއްސުރެ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު، ރަޝިޔާއިން މިހާތަނަށް 50،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 12 ޕަސެންޓު ހިއްސާވަނީ ރަޝިޔާ އެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 428،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24 ޕަސެންޓް އިތުރު އަދަދެކެވެ.
ރަޝިޔާގެ އިތުރުން ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ، އިންޑިއާ އިން މިއަހަރުގެ މިހާތަނަށް 45،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުން 40،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
އެ ތިން ގައުމުގެ އިތުރުން ދެން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިޓަލީ އާއި ޖަރުމަނާއި ފްރާންސާއި އެމެރިކާ އާއި ޗައިނާ އާއި ސްވިޓްޒަލެންޑާއި ޕޮލެންޑުންނެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 64 ޕަސެންޓު ހިއްސާވަނީ މިގައުމުތަކުންނެވެ.
ރާއްޖެއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،700 ޓޫރިސްޓުން އާދެ އެވެ.
ރާއްޖޭގައި 60،000 އެނދު ތަރައްގީކޮށްފައި ވާއިރު މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒު ހިފައިފަ އެވެ. މިވަގުތު ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރަށް ބަލާއިރު އަހަރު ނިމޭ އިރު އެ އަދަދަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ޗައިނާ ޓޫރިސްޓުން އަންނަން ފެށުމުން މިއަހަރު ލަފާކުރި އަދަދަށްވުރެ 10 ޕަސެންޓު އިތުރަށް ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
15 March 2023
ގައުމުގަ މިއޮތް ލާހޫރޭ ޑިމޮކްރަސީ ބަދަލުކޮށް ހަރުދަނާ ގައުމަށާއި ރައްޔިތުންނަށް ފައިދާވާނެ ވެރިކަމެއް ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވީ! ގައުމަށް ލިބޭ އެއްޗެއް ޕާޓީ ކުދިންނާ ޕާޓޭންނަށް ބަހައި ހުސްކޮށް އަބަދު ސަލާންޖަހައިގެން ހުރިހާ ކަމެއް ކުރަންޖެހޭ އުޞޫލު ބަދަލުވާންޖެހޭ.
އަބްޑޫޅް
14 March 2023
ވަރަށް އުފާވެރި ޚަބަރެއް. މާ ބޮޑަށް އިންޑަޔާ ފަހަތަށް ޖައްސާލަންވީ. ރޫސީ، ސީނު، އިގިރޭސި، އިޓަލީ، ޖަރުމަނު މިއީ ރާއްޖޭގެ ހަގީގީ ރަށްޓެހީންނަކީ. އެމެރިކާ ވެސް ގާތް ކުރަންވީ.
އެއްޗެކޭދޯ
15 March 2023
މި ގައުމުގަ ކޮސް ގޮވާ މީހުން މާގިނަވެއްޖެ!
ބެސްޓުފުރެންޑު
14 March 2023
ރާއްޖޭގެ އެންމެ ބޮޑުއެކުވެރިޔަކަށް ހަދަން ވީ ޗައިިނާއާއި ރަޝިޔާއެވެ.
ޕޮލޮކް
14 March 2023
އަސްލުވެސް. އެމެރިކާއިން ލިބޭ އެއްޗެއް ނެތް. އިނގިރޭސިންނާ ޔޫރަޕުން ލިބޭ އެއްޗެއްނެތް. އިންޑިއާ، ޗައިނާ، ރަޝިއާ އަދި އަރަބި ގައުމުތަކާ ގުޅެންވީ.
އެމްސް
14 March 2023
ޤައުމު ސަލާމް ޖެހުމުން އަރާ އަމިއްލަ ފައިމައްޗަށް ތެދުވަންވީ! އަބަދު ސަލާމްޖަހައިގެންވެސް ކިހިނެއް އުޅެވޭނީ؟
އެމްސް
14 March 2023
ބައިބިލިޔަން ޓްއަރިސްޓުން އަޔަސް ޢާއްމު ދިވެއްސަކަށް ވާނެ މާބޮޑު މަންފާއެއް ނެތް! އެހެނީ ރިސޯޓްތައް ކީއްކުރަންތޯ ގެސްޓްހައުސްތަކުގަވެސް %90 އަށްވުރެ ގިނައީ ބިދޭސީ މުވައްޒަފުން!
އެކަމު
14 March 2023
ގެސްޓްހައުސް ވިޔަފާރި ރަށްރަށަށް ތައާރަފްކުރީ ރަށު ޖޯލީގަ ތިއްބާ ޖީބަށް ޑޮލަރު ވަންނާނެކަމަށް އަންނި ބުނެގެން. އެހެންވީމަ ނެތެއްނު މައްސަލައެއް. ޒުވާނުންނަށް ވަޒީފާއޭ ކިޔައިފަ ވާވައްދައި ޑޮލަރުގެ އަވައިގަ ޖެއްސީމަ އެންމެން ކަންނެތްވެ އަތަށާ ފަޔަށް ބޭރު މީހަކު ލައިގެން ކޮންމެ ދިވެއްސަކު އުޅެންޖެހެނީ. ދެން ދިވެހިމީހާއަށް ކަސްރަތު ނުލިބި ސިއްހީ މައްސަލަތައް ގިނަވެ އާސަންދައިގެ ފަތިތަކަށް ބާރުކޮށް އެންމެ ފަހުން އިންޑިއާ ހޮސްޕިޓަލްތަކަށް ފައިދާވަނީ.
އެމްސް
14 March 2023
މިއަކީ ގެސްޓްހައުސްގަ އެކަނި އޮތް މައްސަލައެއް ނޫން، މުޅި ރާއްޖެއަށް ބެއްޔަސް ވަޒީފާގެ ބާޒާރު އޮތީ ދުވާލަކު 12 ގަޑި އިރު މަސައްކަތް ކުރާނެ ބިދޭސީންނަށް ޚާއްސަކޮށްފަ! ދަނޑުވެރިކަމުން ގޮސް މާރުކޭޓް ގޮޅިތަކަށް ބެއްޔަސް އެއީ މިއަދު ބިދޭސީންގެ އަމިއްލަ ވިޔަފާރިތަކެއް! ކަންނެލި އޮޑި ކުއްޔަަށް ނަގައިގެން މަހަށްދާ ބޮންދުންވެސް 1 ދުވަހުން އަނެއްދުވަހަށް އެބަ ގިނަވޭ! ކަންމަތީ ފިހާރަތަކާއި ކެފޭތަކަކީވެސް ދިވެހިންގެ ނަންމަތީ ބިދޭސީން ކުރާ ވަގުވިޔަފާރިތަކެއް!
ހަސަން ކުރުސީ
14 March 2023
ދިވެހިންނާ ރޫސީން ވަނީ ހިތާއަތުން ގުޅިފާ. ފަލަސްތީނު ނަގާފާ ދިވެހިން އެންމެ ލޯބިވާގައުމަކީ ރަޝިޔާ.
އއަމީން
14 March 2023
ރައީސް ޔާމީނު ދުރަށް ވިސްނަވައި އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން ފަތުރުވެރިކަމަށް އުޖާލާކަން އަންނަކަމަށް ޤަބޫލުކުރަން. އެއަރޕޯރޓް ތަރައްޤީގޮށް ރިސޯޓުތައް ގިނަކޮށް ހެދުމުގެ ސަބަބުން. އެކަމަކުވެސް މިއަދު އިންނަން އެޖެހެނީ ޖަލުގަދޯ.
އެމްސް
14 March 2023
ރިސޯޓްތައް ކިތަންމެ ގިނަވިޔަސް ޢާއްމު ފަރުދަކަށް އެއިން ކުރާނެ މާބޮޑު މަންފާޢެއް ނެތް! އެހެނީ މުސާރައިގެ %90 ވެސް ދަނީ ބިދޭސީންނަށް/ރާއްޖެއިން ބޭރަށް!
އޮނަރަބްލް އަފީފު ދީދީ
14 March 2023
ދުނިޔޭގެ އެންމެ އަގުބޮޑު ޓްއަރިޒަމް ވިޔަފާރީގެ މަންޒިލްގެ ގޮތުގައި އޮތް ރާއްޖެ އެގޮތުގައި ބާއްވަން އެދޭނަމަ އެކަމަށްޓަކާ ސަރުކާރުން ކުރާންޖެހޭ ފުރަތަމަ ކަމަކީ ހަމައެކަނި ކ.އަތޮޅު މާލޭ އެއަރޕޯޓަށް ބަރޯސާ ވެގެން ތިބުމުގެ ބަދަލުގައި ހަނިމާދުއާއި އައްޑޫ ގޭން އެއަރޕޯޓް އޮޕަރޭޓްކޮށް ފަތުރުވެރިން އެންމެ ހިތް ހަމަނުޖެހޭ ކަންތައް ކަމުގައިވާ އެމީހުންގެ ދަތުރު ފަތުރުގެ އުދަގޫކަން ލުއިކޮށްދިނުން. އެމީހުން ނޭދޭ އެއަރޕޯޓްގައި 4 ގަނޑިއިރު ހޭދަކުރާކަށް.
އަފްރާސިޔާބު
14 March 2023
ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅުކަމުގައިވާ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ޚިދުމަތް ނުދޭން ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރަނީ ހުވަދޫ ބަޣާވާތް ފަދަ ކަމެއް ނުވާނޭ ގޮތަށް ހެދުންކަމަށް ގަބޫލުކުރެވޭ. އިހަކަށްދުވަހު ހެދި ނ. އެއަރޕޯޓަކީ މިހާރު އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ދަރަޖަ ލިބިފައިވާ ތަނެއް. ތަފާތުކުރުން އޮތަސް މިވަރު ބޮޑުދޯ؟
އެމްސް
14 March 2023
ސިޓީގެ ދަރަޖަ ދީ، ރަޢިއްޔަތުން ގުނބޯ ހައްދާފަ ބޭތިއްބިޔަސް ޤައުމަށް ވާނެ ފައިދާއެއް ނެތް! މިޤައުމުގަ ދިރިއުޅޭ ބިދޭސީންގެ ޢަދަދު މިޤައުމުގެ އާބާދީއާއި އެއްވަރު! މާނައަކީ ފަތުރުވެރިކަން ފަދަ މަދު ސިނާޢަތަކުން މިޤައުމަށް ވަންނަ ފައިސާއިންނޭ އެމީހުންވެސް ކައިގެން ބޮއެގެން، ރަށަށް ފޮނުވާވެސް އެހަދަނީ! ދިވެހިން ތިބީ ލިބޭ އެއްޗަކުން ދެކޮޅުނުޖެހި! ހުރިހާ އުފަލެއް މިޤައުމުގަ އޮތީ ބިދޭސީންނަށް!