ބީއެމްއެލްއިން ރ. އިނގުރައިދޫގައި ހުޅުވި ސެލްފް ސާވިސް ސެންޓަރު. -- ފޮޓޯ: ބީއެމްއެލް
14 މާޗް 2023 - 16:10
ރ. އިނގުރައިދޫގައި ބީއެމްއެލްއިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ އޭޓީއެމް މެދުވެރިކޮށް އާއްމުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގޭނެ އެވެ. އަދި ފައިސާ ޖަމާކޮށް، ބިލަށް ފައިސާ ދައްކާ، ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.
އަލަށް ހުޅުވި އޭޓީއެމްގެ އިތުރުން ރ އަތޮޅުގައި އުނގޫފާރާއި މީދު އާއި އަލިފުށި، ދުވާފަރު އަދި އިނގުރައިދޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން އަންނަނީ ހިދުމަތް ދެމުންނެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި ރ އަތޮޅުގައި ބްރާންޗެއް ނުވަތަ އޭޓީއެމް ނެތް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހިދުމަތްތައް ދޭ ބޭންކުގެ އެޖެންޓެއް ހުންނާނެ އެވެ.
ބީއެމްއެލްއިން 20 އަތޮޅެއްގައި 35 ބްރާންޗު އަދި 85 ސެލްފްސަވިސް ބޭންކިން ސެންޓަރާއި، 141 އޭޓީއެމް އާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން އަންނަނީ ބެންކުގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy