މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ސަމީރް ވާހަކަ ދައްކަވަނީ: އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމުން އޭނާ ވަނީ ޕާޓީން އިސްތިއުފާ ދީފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 މާޗް 2023 - 19:07
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓިން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކަން ކުރާނެ ގޮތަކާ މެދު ވޯޓަށް އެހި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު ކޯލިޝަން ހަދައިގެން ކުރިއަށްދާން ފެންނަ ކަމަށް ވޯޓު ދެއްވީ ސަމީރު އެކަންޏެވެ.
ޖޭޕީގެ ކުރީގެ އެސްޖީ ސަމީރު ވިދާޅުވީ އޭނާ ތާއީދުކުރައްވަން ނިންމަވާފައިވަނީ ރައީސަށް ކަމަށާއި އެހެންވެ ޖޭޕީ ވަކިން ވާދަކުރަން ނިންމުމުން ޕާޓީގައި އޭނާ ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް ޖުމްހޫރީ ޕާޓީއަށް އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގައި މިފަހަރު ވެސް އިއްތިހާދުވެ ކުރިއަށް ދިއުމަށް ދައުވަތު ދީފަ އެވެ. އެ ދައުވަތު ދީފައި ވަނިކޮށް ޖުމްހޫރީ ޕާޓީން ހުށަހެޅި ގަރާރުތަކުގައި އެ ޕާޓީން އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރަން އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު ގޮތެއް ނުނިމި އޮތީ މިކަމުގައި ފަހު ބަސް ވިދާޅުވާން ޖެހެނީ ގާސިމް ކަމަށް ވާތީ އެވެ.
ކައުންސިލްގެ މިއަދުގެ ނިންމުމާ އެކު ޖުމްހޫރީ ޕާޓީގެ ފަހަތަށް އަރައި އިންތިހާބަށް ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކަށް އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަލޯލޯ
16 March 2023
ލޮލް. ސުރުހީ އޮތްގޮތުން ހީވީ ސަމީރު އޭނާގެ މަގާމުން އިސްތިއުފާދިންކަމަށް. އެކަމަކު އަސްލުމިވީގޮތަކީ ޕާޓީން ވަކިވީ. ޕާޓީން ވަކިވުމަކީ އިސްތިއުފާއެއްނޫން. (އެހެންނަމަ މިހެންވެސްކިޔޭނެ، އަހަރެން ކޯހުން އިސްތިއުފާދީފިން)
ގޮއިސޮރު
15 March 2023
ގިނަ ވާނެ މަގަށް ބަލައިގެން ކޫޅަކަމެއް ވާނުވާ އެނގޭނީ އަދި ފަހުން
ނަމްޒާ ރަފީލް
15 March 2023
ގާސިމްގެ ތައްޕަހުން މިއޮއްހާދުވަހު އުޅެފަ ގާސިމް ފެލާފަ ވަޒީފާގެ ދަހިވެތިކަމުގައި ގާސިމަށް ދޯކާމިދިނީ. ސަމިރު ވުމަކީ ކާންދިންއަތުގައި ދަތްއެޅުން.
ވާފިރާަ
16 March 2023
ދެން އޮތީ މަގާމުގައި ހުންނަން 7 މަސް. މިހާރުގެ ރައީސް ވެރިކަމަށް އަންނަތަނެއް ނުފެނޭ، އަދި މީނަ އުނބައް ޖަހާނެ، ބަލަން މިތިބީ..
ބަކުރުބޭ
16 March 2023
ދެން ސަމީރު ދިޔައީމަ އޭނަ ގޯސްވީ. މިއޮއްހާ ދުވަހު ގާސިމް ގާތު އުޅެނިކޮށް ގާސިމް އަށް އެންމެ އަނިޔާދިން އެކަކު އެ ހަމަޖެއްސީ ގާސިމްގެ އެޑްވައިޒަރަކަށް.
ހުސްނުހީނާ
15 March 2023
ރަނގަޅު. ސަމީރަށް ވިސްނޭ!
ރުމީސަ
15 March 2023
މިހެންބުނީމަ ހިތްހަމަ ނުޖެހޭ މީހުން ވެސް ތިބޭނެ. މި ސަމީރަކީ މީނާގެ ނުފޫޒު ގާސިމު އިބްރާހީމުގެ މައްޗަށް ބާއްވައިގެން ލައްކަ ޒަމާނެއް ވަންދެން އުޅެފައި ހުރި މީހެއް.
ބޮޑުމީހާ
15 March 2023
މިރާއްޖޭގައި ފިކުރު ބަދަލުނުވެ އެއްގޮތެއްގައި ހުރީ އުމަރު ނަސީރު އެކަނި.
އަނގަބޮޑު މީހާ
16 March 2023
އުމަރު ނަސީރު ފުރަތަމަ ވެސް ނުކުތީ ރައީސް ނަޝީދު ފަހަތުގައި. ދެން ހެދީ އަމިއްލަ ޕާޓީ. ދެން އުޅުނީ ޑީ އާރު ޕީ ގައި. އެއަށްފަހު ޕީޕީއެމް ގައި. މިހާރު އަމިއްލައަށް
ގަޅިހައްދަންމޮޅުވާހަކަދެއްކީ
16 March 2023
ހޯމް މިިނިސްޓަރުކަންދިނީމަ ހުރީ ހަނު. ބަޑިޖަހަން ބުނިމީހާ ބަޑި ލިބުނީމަ ވީ ބަޑިއެދުރަށް.
އިހަލް
15 March 2023
ސަމީރަކީ ޖޭޕީ މެމްބަރެއް. އެކަމަކު ސަމީރު އެދެނީ އެހެން ޕާޓީއެއްގެ މީހަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރަން. އަޅޭ ތިޔައީ ކޮންކަހަލަ މެމްބަރެއްތަ. އެމީހަކު ހުރި ޕާޓީގެ ކުރިއެރުމަށް ނޭދޭ މީހަކު ކޮންމެހެން އެޕާޓީގައި ހުންނާކަށްވެސް ނުޖެހޭ.
ފެންނެތް ކާއްޓެއް
15 March 2023
ތި ހަމަ ފައްކާ ބޮލެއް. ބޭކާރު ބޭކާރު މީހެއް. އެއް ޕާޓީން އަނެއް ޕާޓީން ދުވެ ނަގާ އިންސާނެއް
ގައުމީދޫ001
15 March 2023
ސިޔާސީ ޕާރޓީއަކީ ތިމާ ވަޒީފާހޯދަން ބޭނުންކުރާ ޓޫލަކްށް ވެއްޖެނަމަ ކޮންމެ ޕާރޓީއެއްގައި ހުރިކަމުގައިވިއަސް ، ނަށަން ޖެހޭނީ ރައިސް ޖަހާ ބެރަކަށް
އެމްސް
15 March 2023
ޖޭޕީ މެމްބަރެއް ގޮތުގަ ތަނަވަސްވި މަޤާމުންވެސް އިސްތިޢުފާ ދޭންޖެހޭ!