މުހިއްމު ދެ އެއްބަސްވުމެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ގާނާގެ ފޮރިން އެންޑް ރީޖަނަލް އިންޓަގްރޭޝަން މިނިސްޓަރު ޝާލީ އަޔޯކޯ ބޮޗްވޭ ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
15 މާޗް 2023 - 23:33
ރާއްޖެ އާއި ގާނާއާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތުގައި، އިތުރު ވިސާ ނެގުމަކާ ނުލައި ދެ ގައުމު ދެމެދު ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ވެއިވާ އެއްބަސްވުމަކާއި ރާއްޖެ އާއި ގާނާގެ ސަރުކާރާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ލަންޑަންގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ގާނާގެ ފޮރިން އެންޑް ރީޖަނަލް އިންޓަގްރޭޝަން މިނިސްޓަރު ޝާލީ އަޔޯކޯ ބޮޗްވޭ އެވެ.
An equally proud moment for me @abdulla_shahid. I consider it a historic moment for our two countries, which I believe would help strengthen and move our bilateral relationship to another level. https://t.co/rnyaeqxEDv
— Shirley Ayorkor Botchwey (@AyorkorBotchwey) March 14, 2023
މިނިސްޓްރީން ބުނީ އެ ދެ އެއްބަސްވުމުގެ ސަބަބުން ގާނާ އާއި ރާއްޖޭގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށްޓ ދެ ގައުމުގެ ހާރިޖީ ވުޒާރާތަކުގެ މެދުގައި ގަވައިދުން ސިޔާސީ މަޝްވަރާތައް ބޭއްވޭނެ މަގުފަހިވާނެ ކަމަށެވެ.
އިތުރު ވިސާއެއް ނެގުމަކާ ނުލައި ރާއްޖެ އާއި ގާނާއާ ދެމެ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ފަސޭހަވެ، ދެ ގައުމުގެ ގުޅުން ބަދަހިވެގެން ދިއުމަށް މަގުފަހިވާނެ ކަމަށް ވެސް ބުންޏެވެ.
ރާއްޖެއިން ގާނާއާއެކު ސިޔާސީ ގުޅުން ގާއިމްކުރީ އޮގަސްޓް 10، 1989 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
17 March 2023
ގާނާ އާއެކު ވިއްޔާ ހާދަ މުހިންމެއް ވާނެތާއޭދޯ. ތަންކޮޅެއް އޮއްޓަރުހުރި ކަމެއް ކޮށްބަލަ
ދޮންބެއަލީ
16 March 2023
އަރަބި ޤައުމުތަކާއި ، ޗައިނާފަދަ ޤައުމުތަކުން މިސަރުކާރު ކައިރިއެއްނުކުރޭ .. އަބަދުވެސް ގާނާ..މޮޒަން ބީކް . އިތޯޕިޔާ ފަދަ ޤައުމުތަކަށް ފުރީ ވިސާ ފޮރިންމިނިސްޓަރ މިހަމަ ޖައްސަވަނީ. ފައިދާ އެއްނެތް ކަންކަން . ބޮޑު ޖޯކެއް.
ފާތާނިކެ
16 March 2023
ގޮނޑި ކޮއްކޮ ސަރުކާރުތަކާ އުރަތްޕެއް ހުރި ގައުމެއް ކައިރި ނުވާޅަެ.
ތުއްތު
16 March 2023
އުރަތްޕެއް ހުރިބަޔަކު މިގައުމާ ގުޅޭތަން ފެނޭތޭ..
ބަކުންބޭ
16 March 2023
ގާނާއިން ރާއްޖެއަށް ކިތައް މީހުންބާ އައީ، ރާއްޖެއިން ކިތައް މީހުންބާ ގާނާއަށް ދަތުރު މިދިޔަ އަހަރު ކުރީ، ފާޑުފާޑުގެ ޕީއާރ ސްޓޯރީޒް ގެންނައިރު ތިއިން ހަމަ އެކަނި ކުރެވޭކަމަކީ ހެޑްލައިން އެޅުން. އެއްވެސް ރެލެވެންސް އެއް ހުރި ކަމެއް ނޫން، ސްޓެޓިސްޓިކްސް ކޮޅެއް ހަދާލާ ފޮނިކެނޑުމުގެ ބޭނުމުގައި.
މޭޒް
16 March 2023
މިސަރުކާރު އައިފަހުން ދުނިޔޭގެ ގިނަގައުމުތަކާއި އަދި ހާއްސަކޮށް ކޮމަންވެލްތް އަށް އަލުން ޖޮއިންވެވި އެގައުމުތަކާއި އެކު ގުޅުން އާލާކުރެވި އަދި ފަސޭހައިން ދިވެހިންނަށް ވިސާއާއިނުލާ ދަތުރު ގައުމުތަކަށް ކުރެވެން ފަށައިފި. މިއީ ހާރިޖީ ވަޒީރު ޝާހިދްގެހިކްމަތްގެ ދުރުވިސްނުމުން ހާރިޖީ ގުޅުމަށް ގެތިގެން ދިޔަ އިތުރުބޮޅުތަކެއް.ކުރިޔަށް ދިވެހިގައުމު އަބަދުމެ އަބަދަށް.
ގާނާ މަންޖެ
16 March 2023
ދަތުރަކަށް މިލިޔަނުން. ލިބޭ އެއްޗެއް ހަރާމް
ބައިރަހާ
16 March 2023
ސޯމާލިޔާއާއެކުވެސް ތިފަދަ އެއްބަސްވުމެއް ހަދައްޗޭ
މަރުމޯލް
16 March 2023
ކަލޯ އޭރަށް މަ ދާނަން.
ދިއްދޫމީހާ
16 March 2023
އިތުރު ވިސާއެއް ނެގުމަކާ ނުލައި ރާއްޖެ އާއި ގާނާއާ ދެމެ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ފަސޭހަވެ، ދެ ގައުމުގެ ގުޅުން ބަދަހިވެގެން ދިއުމަށް މަގުފަހިވާނެ ކަމަށް ވެސް ބުންޏެވެ.ބަލަ ކިހެނެއް ގާނާއަ ދާނީ މިއުޅެނީ ޖެހިގެން ހުރި ހީނާމެން ގެޔަވެސް ނުދެވިގެން..