ޕާސަނަލް ފައިނޭންސިން އަކީ ފައިސާ ހޯދުމާ، މުދާ ގަތުމާ، ޚިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ކޮށްދޭ ފެސިލިޓީއެއް. -- ފޮޓޯ: ބީއެމްއެލް
16 މާޗް 2023 - 17:35
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން ރަހުނަކާ ނުލައި ފައިސާ އާއި މުދާ ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއަށް އިިތުރު ކޮށްފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެ ފެސިލިޓީ މެދުވެރިކޮށް ފައިސާ ހޯދުމާއި މުދާ ގަތުމާއި ޚިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ވެސް ފައިނޭންސް ކޮށްދެވޭނެ އެވެ.
މި ފެސިލިޓީ ދޫ ކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައަޅާނީ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީގެ މައްޗަށް ބެލުމަށް ފަހު އެވެ. އަދި ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައި ހުއްޓަސް ފެސިލިޓީއަށް އެދި ހުށައެޅޭނެ އެވެ.
މި ފެސިލިޓީއަށް އެދި އިންޓަނެޓް އަދި މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ޕާސަނަލް ފައިނޭންސިން އަށް ހުށަހެޅޭނެ އެވެ. އެޕްލިކޭޝަން ޕްރޮސެސްކުރުމަށް ނަގާނީ ފަސް ދުވަހެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔާމަންޓް ޕެންޝަން އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއް ވެސް ބަލައިގަންނާނެ އެވެ.
މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ދެނީ، އިސްލާމިކް ބޭންކިންގެ އުސޫލެއް ކަމުގައިވާ ތަވައްރުގް (ކޮމޯޑިޓީ މުރާބަހާ) އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް، ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.
މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ އެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބޭންކުން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ. އަދި ފެސިލިޓީ ދޫކުރަނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޖެކްޓް ރިބާ
17 March 2023
"ބޭންކުން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ." ދެން ތިޔަށް އިސްލާމިކް ފައިނޭންސިން ކިޔައިގެން މުއުމިނުން ވާ ވައްދަން ނޫޅޭ. ތީ ހަމަ ފައްކާ ރިބާ!
ދަންތުރަ ޅޯނު ސްކީމް
17 March 2023
އިސްލާމިކް ޕާސަނަލް ފައިނޭންސިން ނަމުގައި ހިންގާ ދަންތުރަ ސްކީމެއް. މިލިއަން ރުފިޔާ އަދަދެއް ނެގި މީހަކު ނަމަ ހަރުމުދަލާ ގެދޮރު ބެންކުން ނީލަންކިޔާ ވިއްކާނުލާ މިހާތަނަށް ހަފުސް ނުވެ ސަލާމަތްވި މީހަކުނެތް .
ދޮގު.
17 March 2023
ބޭންކުން މީހުންގެ ގެދޮރު ވަރަށް ނުވިއްކާ، ތިއީ ކަނޑައެޅިގެން ދޮގެއް.
އަމީނާ އިބްރާހީމް
16 March 2023
ތިޔަ ބެންކުން ލޯނު ނެގުމަށްވުރެ ފަސޭހަވާނެ މީހެއް އަތުން ލޯނެއް ނަގަންވެސް. ބޮޑު ޕާނެއް ތީ. ހަމަ އެޕްލައި ކުރީ ގުޅާ މެއިލް ކުރާނެ 12 މަސް މުސާރަ އެބެންކަކަށް ނުވަދެއޭ. ކުރިންނެގި ލޯނު ނުދައްކާ 12 މަހުން 1 މަސް ފޫގޮއްސައޭ އިނީ. ދެން ލެވޭނީ 24 މަސް ފަހުންނޭ. ތީ ރައްޔިތުންގެ .. ބެންކެއް ހަމަ.
މެނޭޖްމަންޓުގެ ބޭންކް
16 March 2023
ތިލޯނު ނަގަން 1 ލޯނު އެއްކޮށް ދައްކާފަ އިސްލާމިކް ލޯނަކަށް އެދުނު ވަރާ ރިޖެކްޓް ކުރިވަރު ދައްކާލަން މިކޮމެންޓް ސެކްޝަނަށް ފޮޓޯ އަޕްލޯޑް ކުރެވޭނަމަ އޭގެ ހަގީގަތްވެސް ދައްކާލީމުސް. 1 މަސް ލޯނަށް ފައިސާ ދެއްކުން ލަސްވެގެން 12 މަހަށް މިއޮތީ ފެސލިޓީތަކަށް އެދުން ސަސްޕެންޑު ކުރުވާހަ. ނުވިތާކަށް އެހެން ބެންކެއްގެ ލޯނެއް އޮތަސް އެމްއެމްއޭ ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ރިޕޯޓެއްގެ ނާޖާއިޒް ފައިދާ ނަގަނީ. ދޮގުހަދާގެން ލިއުންތައް ހޯދާ މައުލޫމާތު އެއްކުރަނީ
ރަދީފްއޮފިޝަލް
16 March 2023
ތިޔާ ލޯން އެއީ ވަރަށް އުނދަގުލުން ލިބޭ އެއްޗެއް.