ލޯކަލް މާރުކޭޓުގައި ހުރި ލުބޯތަކެއް. ބާޒާރުގައި ލުބޯ ކިލޯއެއް ލިބެން ހުރީ 80-90ރ. ދެމެދުގެ އަގުތަކެއްގައި-- ފޮޓޯ: މިހާރު
20 މާޗް 2023 - 16:01
ބާޒާރުގައި ލުނބޯ އަގު ބޮޑުވުމުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ވަނީ ރޯދައާ ދިމާކޮށް އިންޑިއާ އިން ގިނަ އަދަދެއްގެ ލުނބޯ ގެނެސްފަ އެވެ. އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ލުނބޯ ލިބެން ހުންނާނެ ކަމަށާއި ހޯލްސޭލް އަދި ރީޓެިލްކޮށް ވެސް ވިއްކާނެ ކަމަށެވެ.
ރޯދައާ ދިމާކޮށް ލުނބޯ ކިލޯއެއްގެ އަގު ވަނީ 40ރ. އިން 80ރ. އާއި 90ރ. އަށް އަރައިފަ އެވެ. މިދިޔަ އަހަރު ވެސް ރޯދައާ ދިމާކޮށް ލުނބޯ ކިލޯއެއްގެ އަގު ވަނީ 80ރ.އަށް ވުރެ މައްޗަށް އަރައިފަ އެވެ.
އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60ރ. އަށެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، އެސްޓީއޯއިން ލުނބޯ ގެންނަން ނިންމީ، ބާޒާރުގައި އޭގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވާތީ ކަަމަށެވެ. އަދި ޑިމާންޑަށް ބަލައި އިތުރު ޝިޕްމެންޓްތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް މާރުކޭޓުގައި ހުރި ލުބޯ ބާސްކެޓެއް. އެސްޓީއޯއިން ވަނީ ލުބޯ އިންޑިއާއިން ގެންނަން ފަށާފައި-- ފޮޓޯ: މިހާރު
ރޯދައާ ދިމާކޮށް، އާންމުކޮށް ކެއިން ބުއިމުގައި ބޭނުންކުރާ ތަކެތީގެ އަގު ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރޯދައާ ދިމާކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެތަކެތި ވެސް އަންނަނީ އަގު ހެޔޮކޮށް ވިއްކަމުންނެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް 9ރ. އަށް ލިބޭ އިރު އަލުވި ކިލޯއެއް ވިއްކަނީ 11ރ. އަށެވެ. އަދި ބިހެއް ވިއްކަނީ 1.75ރ. އަށެވެ.
އެސްޓީއޯއިން މި ބާވަތްތަކުގެ އިތުރުން، އެހެން ތަކެތީގެ އަގުތައް ވެސް އާދަޔާ ހިލާފަށް ބޮޑުވާ ނަމަ، އެތަކެތީގެ އަގު ވެސް ކޮންޓްރޯލު ކުރަން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
21 March 2023
ކީއްވެ 60 ރުފިޔާއަށް ވިއްކަންވީ ފެލާލަނީ ދެއްތޯ؟ ރަށްޔިތުންގެ ބިންބިމުގަ ވިޔަފާރި ކުރާއިރު އެއްމެނައްވެސް ހިއްސާ ގަންނަން ފުރުސަތު ލިބެންވާނެ
ވިސްނާލުމަށް އެދެމޭ
20 March 2023
ރެޑްވޭވުންސް 65ކަށް ލުނބޯކިލޮއެއް ވިއްކާ..ފިޔާ9ރުފިޔާއަށް އެސްޓިއޯ އިން ރައްޔިތުންނަ އަގުހެޔޮކޮށް ތަކެތި ވިއްކަން ބޭނުންނަމަ މުދާއެތެރެކުރާނީ ވައްތަރަކުން ގޯންޏެނޫން...ރެޑްވޭވަށް ހާއްސަ ޝުކުރެ ރައްޔިތުންނަ އަގުހެޔޮކޮށް ހުރިހާ މުދަލެވެސް ވިއްކަނީ..
ޙަލާލު ޙަރާމް.މުދާ
20 March 2023
(އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60ރ. އަށެވެ.) ބާޒާރުގެ ޢާންމު އަގަކީ 25 އާއި 30 އާއި ދެމެދު. އިޚްލާޞްތެރިކަމެއް ހުރި ނަމަ ހުރިހާ ތަކެތި ބާޒާރުގައި އެއް މިނެއްގައި ހިފެހެއްޓޭނެ. ދުނިޔޭގެ މާރުކޭޓުގައި ލިނބޯ ކުކުޅުބިސް ފިޔައި އަލުވިއަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ވާގޮތަށް ވާކަމެހެނެއް ހިޔެއްނުވޭ. އެކަމަކު ރަމަޞާން މަހަކީ ދިވެހިރާއްޖޭގެ ތަރުކާރީއާއި މޭވައި ފިޔައި އަލުވި ބިސް ރަނުގެ އަގުގައި ވިއްކޭނެ ކަން އިންޑިޔާގެ ސަރުކާރުން ދެނެގަނޭ.
ދިވެހިނ
20 March 2023
ކަލޭމެނަށް ހާލުގަޖެހުނު ވަޤުތު އިންސާނިޔަތަށްޓަކާ ވެކްސިންކޮޅު ފޯރުކޮށްދިނެއްކަމަކު، އެމީހުންގެ ވިޔަފާރިވެރިންނާ ދަޑުވެރިން ހައްދާ އަލުއްވާ ފިޔާ، ކަލޭމެންނަށް ރޯދައަށޭ ކިޔާފަ ހިލޭ ދޭންވީދޯ؟ އެވަރުކުރިޔަސް ކަލޭމެންގެ ތި ޖާހިލުކަމެއް ނުފިލާނެ. އިންޑިޔާ އާ ނުލާ ކަލޭމެންނަކަށް ނޫޅެވޭދޯ؟
ކާށި
20 March 2023
ކާށިދޫ ގައި މިއަހަރު ފެށުނީއްސުރެ ފިޔާ ކިލޯއެއް-/20 މިރަށު ވިޔަފާރި ވެރިންނަށް މުދާލިބެނީ އަގުބޮޑުކޮށް?
ސޮއްބެސް
20 March 2023
އެސްޓީއޯއިންވެސް ތިވިއްކަނީ ހަމަ އަގުބޮޑުކޮށް
ހުށޭނުހެ
20 March 2023
އެސްޓީއޯއަށް ތިލުނބޯ 40 އަށްވެސް 50 އަށްވެސް ކިލޯ ވިއްކޭނެދޯހަމަ އެވެރިންވެސް ޑިމާންޑް އޮތީމަ ހަމަ ބޮޑު އަގުގަ 60 އަށް އެވިއްކަނީ
ހުސްނުހީނާ
20 March 2023
ކޮންތާކު ތިޖެހުނީ؟ ރޯދަމަހާއި ކައިރިކޮށް ލުނބޯ އަގުބޮޑުކުރުމުގެ ކުރިންހުރި އަގުގެ ޑަބަލް އަގުގަ ތިވިއްކަނީ!
ޒަންޖަބީލު
20 March 2023
އިއްޔެ އެޗް 6 އިން ފިޔާ ކިލޯ އެއް ގަތީ 8:50 އަށް
އޮނަރަބްލް އަފީފު ދީދީ
20 March 2023
މިކަންއަބަދު އެސްޓީއޯއަކަށް ނުކުރެވޭނެ. އެހެންވީމާ ހަދާންވީގޮތަކީ ހެޕީމާކެޓް، ފެންޓަސީ، މީޓް ޕްލަސް ފަދަ ރާއްޖެއަށް އެންމެގިނައިން ތާޒާމޭވާއާއި ތަރުކާރީ އެތެރެކުރާ ފަރާޔްތަކަށާއި، ބީއެޗްއެމް، ލިލީ ސްޓޯރ، އެމްއެޗްއޭ، ހަޒާޝް މާޓް، ފަދަ ދަޅުކާނާއާއި ކާބޯތަކެތީގެވިޔަފާރި ފުޅާދާއިރާއެއްގައިކުރާ (އެފަދަތަކެތި އިމްޕޯޓްކުރާ) ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް 2000 އަކަފޫޓް ބިން (އެކަށޭނަ ކުއްޔަކަށް) 30 އަހަރަށްދީގެން ވާދަވެރިބާޒާރެއް އުފެއްދޭތޯ ބެލުން.
ލުނބޮލެއްގެ ދިރުން
20 March 2023
ޢިންޑިއާ ލުނބޯ ދިވެހިން ނުގަނޭ. އެ ލުނބޯ ހުތް ވެފަ ދިޔަ ފެލޭވަރު މަދު ވާތީ.