ރަޝިއާ އާއި ގާތް ގުޅުމެއް ބާއްވާ ޗައިނާގެ ރައީސް ޝިޖިންޕިން (ކ) އާއި ޕުޓިން
21 މާޗް 2023 - 16:24
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، މި އަހަރުގެ ފަހުކޮޅު ޗައިނާ އަށް ވަޑައިގަތުމަށް، ޗައިނާގެ ރައީސް ލަޑިމިއާ ޕުޓިން ދައުވަތު ދެއްވައިފި އެވެ.
އިއްޔެ ރަޝިޔާ އަށް ވަޑައިގެންނެވި ޗައިނާގެ ރައީސް ޝީ ޖިންޕިންގް، މޮސްކޯގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ޕުޓިން އަށް ފަސޭހަ ދުވަސްވަރެއްގައި ޗައިނާ އަށް ވަޑައިގަތުމަށް އިއްޔެ ދައުވަތު ދެއްވި ކަމަށެވެ. އެ ދައުވަތު ގަބޫލު ކުރައްވައި، ރަޝިޔާގެ އިސް ވަފުދަކާ އެކު ރައީސް ޕުޓިން މި އަހަރު ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޝީ ވިދާޅުވި އެވެ.
ރައީސް ޝީ ވިދާޅުވި ގޮތުގައި ރަޝިޔާއަކީ ޗައިނާގެ ވަރަށް މުހިންމު އަވައްޓެރިއެކެވެ. އަދި ޗައިނާގެ ސްޓްރެޓީޖިކް ބައިވެރިއެއް ކަމަށާއި ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް ބާއްވަން ޗައިނާ އިން އަބަދުވެސް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޕުޓިންގެ ދައުވަތަކަށް ރައީސް ޝީ އިއްޔެ މޮސްކޯ އަށް ވަޑައިގަތީ ތިން ދުވަހުގެ ދަތުރެއްގަ އެވެ. ރައީސް ޝީ އިއްޔެ ވަނީ މޮސްކޯގައި ހަތަރު ގަޑިއިރު ވަންދެން ރައީސް ޕުޓިންއާ އެކުގައި މަޝްވަރާ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ދެ ރައީސުންވަނީ، ޗައިނާ އިން ހުށަހަޅާފައިވާ 12 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ދެލިކޮޕީއާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ. ޗައިނާ އިން ހުށަހަޅާފައިވާ ސުލްހައިގެ ދެލިކޮޕީއާ ބެހޭ ގޮތުން، ރައީސް ޕުޓިން ވިދާޅުވީ އެއީ ރަނގަޅު ހުށަހެޅުމެއް ކަމަށާއި، އެ ހުށަހެޅުމުގައި، ދެ ގައުމުގެ ސަރަހައްދީ ރޮނގަށް އިހްތިރާމް ކުރުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ދެ ރައީސުންގެ މަޝްވަރާތައް ދިޔައީ ވަރަށް ބިނާކުރަނިވި ގޮތެއްގަ އެވެ. އަދި ޗައިނާގެ ހުށަހެޅުމުގައިވާ ކަންކަމާ ބެހޭ ގޮތުން ދެ ބޭފުޅުން ވެސް އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރެއްވި އެވެ.
ދެ ބޭފުޅުންގެ މެދުގައި އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު، ރައީސް ޕުޓިން އިއްޔެ ވިދާޅުވީ ޗައިނާގެ ހުށަހެޅުމާ މެދު އަދި އިތުރަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅުކޮށްލާ
22 March 2023
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، މި އަހަރުގެ ފަހުކޮޅު ޗައިނާ އަށް ވަޑައިގަތުމަށް، ޗައިނާގެ ރައީސް ލަޑިމިއާ ޕުޓިން ދައުވަތު ދެއްވައިފި އެވެ.