ޅ. ނައިފަރުގެ މިސްކިތެއްގައި މި ރޯދަ މަހު އިމާމުވެ، ތަރާވީސް ނަމާދު ކުރާ ދެ ކުދިން.
24 މާޗް 2023 - 11:09
ޅ. ނައިފަރުގެ މިސްކިތެއްގައި ދެ ކުދިން އިމާމުވެ، ތަރާވީސް ނަމާދު ކުރަން ފަށައިފި އެވެ.
ނައިފަރު ކައުންސިލުން އިއްޔެ ބުނީ މި ރޯދަ މަހު އެ ރަށު މަސްޖިދުއްތަގުވާގައި ހިފްޒުކޮށް، ތަރާވީސް ނަމާދު ކުރާނީ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދެ ދަރިވަރުން ކަމަށްވާ، އަބްދުﷲ ހަޔާން ހަމީޒް އާއި އާސިރު އާރިފް ޔޫނުސް ކަމަށެވެ.
އެ ދެ ކުދިން ވަނީ މިދިޔަ އަހަރު ނައިފަރުގެ މިސްކިތްތަކުގައި އިމާމުވެ، ދަމުނަމާދު ވެސް ކޮށްދީފަ އެވެ. މިއީ ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހިފްޒު ކުލާހެއްގައި ކިޔަވަމުން އަންނަ ކުދިންނެވެ.
ނައިފަރުގެ މިސްކިތްތަކުގައި ފަސް ކުޑަކުދިން އިމާމުވެ ދަމުނަމާދު ކުރަނީ https://t.co/ItnzS2oA3H
— Mihaaru (@Mihaarunews) April 23, 2022
ކައުންސިލުން ކުރިން ބުނި ގޮތުގައި، އެ ކުދިންނަށް މި ފުރުސަތު ދިނީ ރަށުގެ ކުޑަކުދިންގެ ހިތުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ ނިޔަތުގަ އެވެ.
ކުދިންނަށް މި ފުރުސަތު ދިނީ ރަށުގައި ތިބި ޝައިހުންނާ މަޝްވަރާކުރައްވައި، އެ ކުދިންގެ ކިބައިގައި އިމާމުވެ ނަމާދުކުރުމުގެ ގާބިލުކަން ހުރިތޯ ޔަގީންކޮށްފަ އެވެ. އަދި އެކަމުގައި މިސްކިތްތަކުގެ އިމާމުންގެ ބޮޑު އެއްބާރުލުމެއް ލިބޭ އެވެ. އެ ކުދިން އިމާމުވެ، ގުރުއާން ކިޔަވަމުން އަންނަ ވަގުތުގައި އެ އިމާމުންގެ އެހީތެރިކަން ވެސް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
26 March 2023
މިފަދަ އެންމެހާ ކުދިންނަށް ފުރުސަތުދީ ތަރާވީސް ކުރަންގެންނަ ބިދޭސީން ގެނައުން ނިމުމަކަށް ގެންނަންޖެހޭ.
އަބްޑޫޅް
25 March 2023
ވާން ތިބި މުގުރިން، ދޯ؟
ނަޞްރުﷲ
25 March 2023
ހުޅުމާލޭ މިސްކިތެއްގައި ގުރޭޑް 7 ގައި ިޔަވމުންދާ ދަރިވަރަކު ތަރާވީސް ކުރާކަން މިހާރު ނޫހުގެ ބޭފުޅުންނަށް އެގިލައްވާތޯ؟
އެމްސް
25 March 2023
އަނެއްކޮޅުން އެތައް ބައިވަރު ބިދޭސީންނެއް ތިޔަކަމަށްވެސް ދަނީ އެތެރެވަމުން، ޤުރުއާން ކިޔަވާ ނަންމަތީގަވެސް!
ލަކުޑިކަޅޭ
25 March 2023
މިކުދިންގެކަންތައްތަކުގަ މާތްﷲބަރަކާތްލައްވާށި އާމީން
ރަނގަޅު
24 March 2023
ދެން ކިޔަވައިދޭ މުގައްރަރު ތެރެއަށް އަރަބިބަސް ވައްދާ. ކުޑަކުދިންނަށް. މިއީ ކުރިމަގާއް ގައުމު ހިންގާ މުސްކުޅިންނަށް ދޭ ނަސޭހަތް. ﷲ
ނޭފަރު ޖިމޯ
24 March 2023
މިދެ ރަށަކީވެސް ގޯސް ރަށްތަކެއް ނޫން
ޖަމީލު
24 March 2023
ހިންނަވަރު ތީގެ އިދިކޮޅު ވާނެ. ހުރިހާ ނުބައިކަމެއްގައި ތިވަރުގެ ކުދިންވެސް އުޅޭ. ހިންނަވަރާ ނައިފަރަކީ އަހުލާގީ ގޮތުންނާ ރިވެތި ސިފަތަކަށް ބަލާއިރު އުޑާ ބިމާހާ ތަފާތު ދެތަން. ނައިފަރަކީ ތައުލީމީ އަހުލާގިއްޔާތަށް ލޯބިކުރަ ބަޔަކު އުޅޭ ތަނެއް. ކީއްތޮ ކުރާނީ. ރައީސަކަށްވެސް ލައްވާނީ ތައުލީމެއްގެ ވިސްނުމެއް އަހުލާގެއް ނެތް ތަނުގެ މީހާ
އަހުމިއްޓޭ
24 March 2023
ސާބަސް އިގޭ ކަލެއަށް. ކޮންމެކަމެއްގައިވެސް ތިކަހަލަ ދެއުޅިއެއް ނުވާވާހަކަ. ބަލަގަ މިވެރިކަން އައުމުގެ މާކުރިންވެސް ހިންނަވަރުގެ ކިތަންމެ ދަރިއެއްވަނީ ކުޅިވަރާއި އަދި އެކިކަހަލަ މަތީމަޤާމުތަކުގައި ޚިދުމަތްކޮށްދީފަ. ދެން ކޮންމެ ތަނެއްގައިވެސް ނުބައި މީހުންއުޅޭ. ކަލޭގެވެރިރަށް މާލޭގެ މަގުތަކުން އެކަންއެބަފެނޭ. އަމަލުވެފަތިބޭ މީހުން، ވަންވޭފަޅާފަ ދުއްވާ ފިރިހެނުންނާއި އަންހެނުން. މިހެން ގޮސް ބައިވަރު.
ހނނވރބޑމހ2
24 March 2023
ހިންނަވަރު މީހުން ދެރަވިޔަސް ހަގީގަތަކީ އެއީ.. ތަރައްގީގެ ރޮގުގައި އިރަކު ހިންނަވަރު މީހުން ވާދަ ކުރިޔަސް މިހާރު އެކަމެއް ނެތް.. ހިންނަވަރަކީ ނާޗަރަންގީ ކުޅުމާ ހަކުރުގެ ރަށެއް..ރަށު ރައީސެއްހުރެ ރަށުގައި ގޯތިގަނޑެއް ނުދެވި އެއުޅެނީ..މަޔާ ބަފަޔާ ދަރިން ނިދަނީ ކުދި ގޮޅިތަކުގަ..ރަށުގަ މަހަށްދާން ޒުވާނުން ލަދުގަނޭ..އެޔަށްވުރެ ސަޅި ކަމެއް ކޮބާ؟؟އެހެންވީމަ ހިންނަވަރު އެއޮތީ އޮތް ހިސާބު..ނައިފަރު ހަގިޔަރުގަ އެދުވަނީ ބާރަށް ކުރިއަށް..
ކާތިބު
24 March 2023
އަޅެ ރޯދަމަހު ކަލޭމެން ތިކުޅި ދޫކޮށްލަބަލަ. މީހުނަށް މަލާމާތްކުރުމަކީ ހާދަހާވާ ނުބައި ކަމެކޭ.
ރަމީރާމި
25 March 2023
ހިންނެވަރު ފިރިހެނަކަސް އަންހެނަކަސް ރުފިޔާ ހޯދާ ބާރު ހޯދުމަށް ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. އުތުރު މީހުން ކިޔާ އުޅޭ ގޮތުން ނަމަ ހަޔާތް ކުޑަ ބައެއް.
ނައިފަރު ކުއްޖެއް
26 March 2023
ޖަމީލު ހަމަ ރޭސިޒަމްގެ ޒާތީ ބުހުތާނު ވާހަކަތަކެއް ތިޔަ އަމުނާގަތީ. ތިޔަހާ ތަފާތު ދެރަށެއް ނޫން މިއީއެއް. ނައިފަރަކީ ވަރަށް ފަހަކާ ޖެހެންދެން މާލޭގައި ވަޒަންވެރިވުމާ ކިޔަވަން ދަރީން މާލެ ފޮނުވުން ވަރަށް މަދު ބައެއް. ހިންނަވަރު އެއަށްވުރެ އަވަހަށް ދަރިން މާލެ ފޮނުވާ އިގިރޭސި ތައުލީމާ ސަރުކާރު ވަޒީފާއަށް ހުޅުވިއްޖެ. އެތަފާތު އަދިވެސް ކޮންމެސް ވަރަކަށް ހުރެދާނެ.
އަބްޑޫޅް
24 March 2023
ބޮޑެތި މީހުން ކަންނެތް ރަށަކީތަ
ޢެޑްމުންޑޯ
24 March 2023
ވަރަށް ރަގަޅުކަމެއް ، ތިކުދިންނަށް މާތްﷲ ބަރަކާތް ލައްވާށި