އައިޖީއެމްއެޗް ހިންގާ އިމާރާތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 މާޗް 2023 - 12:35
އެޕޮއިންޓްމަންޓް ޔަގީންކުރުމަށް ފަހު ޑޮކްޓަރަށް ދައްކާ މީހުންނާއި ނުދައްކާ މީހުންގެ ތަފާސްހިސާބު އާއްމުކުރަނީ އާއްމުންނަށް މައުލޫމާތު ދިނުމަށް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ކޮންމެ ދުވަހަކު ވެސް، އޭގެ ކުރީ ދުވަހު ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކި މީހުންނާއި ނުދައްކާ މީހުންގެ އަދަދު ހާމަކުރެ އެވެ. އެ މައުލޫމާތުތައް އާއްމުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު، ހާލަތަކަށް މާ ބޮޑު ބަދަލެއް ނާންނާތީ އެކަމާ އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ފާޑުކިޔާފައިވެ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެޕޮއިންޓްމަންޓް ކޮންފާމް ކުރުމަށްފަހު ޑޮކްޓަރަށް ދެއްކި މީހުންނާއި ނުދައްކާ މީހުންގެ އަދަދުތައް ހާމަކުރަނީ އާއްމުންނަށް މައުލޫމާތު އޮޅުންފިލުވައި ދިނުމަށް ކަމަށެވެ.
ފޯނުން ގުޅައި، އެޕޮއިންޓްމަންޓު ކޮންފަރމް ކުރުމަށްފަހު ނާންނަ މީހުންގެ އަދަދު- 25 މާރިޗް 2023 pic.twitter.com/hGHtcyprXG
— IGMH (@igmhmv) March 26, 2023
ނަމަވެސް، އެ މައުލޫމާތުތައް އާއްމުކުރުމުގައި ސީދާ މަގުސަދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އާއްމުކުރާ މައުލޫމާތުތަކަށް ފާޑުކިޔާ މީހުން ބުނާގޮތުގައި އައިޖީއެމްއެޗުން ފަސޭހައިން އަދި އަވަހަށް އެޕޮއިންޓްމަންޓް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ، ގިނަ މީހުން ބަލަނީ އައިޖީއެމްއެޗުން އެޕޮއިންޓްމަންޓް ހެދުމަށް ފަހު ވެސް އަމިއްލަ ހޮސްޕިޓަލް ނުވަތަ ކްލިނިކްތަކަށް ދެއްކޭތޯ އެވެ.
Appointment ah gulhaa gadi ai, appointment jehey gadi jahaalan v ehnu!
— Pohthu™ (@Pohthu) March 19, 2023
Phone inn gulhanee hendhunu appointment jeheyni reygandu. Sarukaaru hospital thankolheh boduvaru! https://t.co/ZSNW6KvIkS
"ހިދުމަތް ހޯދަން ކިއުގައި ތިބި އަދަދުތައް ހާމަކޮށްލަބަލަ." އައިޖީއެމްއެޗަށް ރައްދު ދެމުން މީހަކު ކުރި ޓްވީޓެއްގައިވެ އެވެ.
އެ ނަމްބަރުތައް އާއްމުނުކޮށް، ހޮސްޕިޓަލްގެ ހާލަތު ބަދަލުކުރުމަށް އެއްވެސް މަސައްކަތެއް ކުރޭތޯ ވެސް އެއްބަޔަކު ސުވާލު ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާންދީ
29 March 2023
މޭމަހު އަނެއްކާވެސް ޑރ ންގެ މުސާރަ ވާނީބޮޑު، އެކަމަކު ބަލިމީހުން ބަލާވަރު އިތުރެއްނުވޭ… ޑޮކްޓަރުނަށް ވާތީ މިހުންނަނީ ބެލޭނެ މައްސަލަތަކެއްނޫން، ޑޮކްޓަރުން ވީމަ އުޅެންވީވެސް ބޭނުންގޮތަކަށް، ކްލިނިކްތަކަށްވެސް ދާމީހުން ޑޮކަޓަރުގެ އިންތިޒާރުގަ…ދެން އައިސް ބަލަންފެށިޔަސް އަމިއްލަ މީހާގެ ގާތް ޕޭޝަންޓުން ވެއްދުމާ ބޭރުގަ މަޑުކޮއްގެން ތިބޭ ބަލިމީހުންގެ ވަގުތަށާއި ތަކުލީފަށް ނުބެލުމަކީ އެކަން އޮންނަގޮތް!
ނުކުރާކޮމެންޓް
29 March 2023
ކޮންފާމްކުރަން ގުޅީމަ އެ ބުނާ ގަޑިއަށް ނުދެވޭނެހެން ހީވާ ހާލަތުގަ ނުދެވޭނެކަމަށް ބުނެލާނަމަ އެހެން މީހުންނަށް ފުރުސަތު ލިބުން އަވަސްވާނެ. މައްސަލަތައް ހައްލުވާނީ އެންމެންވެސް ތެދުވެރިވެގެން. ހޮސްޕިޓަލުން އަދަދުތައް އާއްމުކުރާއިރު އެކަން އެހެން ހިނގަނީ ކިހިނެތްވެގެންތޯ ބަލާލިބާ.
އިންދިރާ
29 March 2023
އެޕޮއިންޓްމަންޓު ހަދާފަ ޕޭޝަންޓު ނިޔާވެ ތިންމަސްވާ ފަހުންވެސް އެބަގުޅާ. ކިއުގައިތިބޭ އަދަދު ހާމަނުކުރަނީ ކީއްވެބާ؟ ޑަކުޓަރުން ހަދަނީ ހަމަ ހަދާނެގޮތެއް. ބްރޭކު ޓައިމް ޖެހިފަ އަބަދު ތިބެނީ.
އައިސާފާނު
29 March 2023
ޑޮކްޓަރުގެ ދަރި ސްކޫލަށް ލާން ދާންވީމަ އިސްޕީކަރުން ގޮވާލާނެ ޑޮކަރު އެވަނީ އޮޕަރޭޝަން ރޫމަށޭ ދެން ނުކުންނާނީ 2 ގަޑިއިރު ފަހުންނޭ. އަހަރުމެންގެ ދަރި ސްކޫލަށް ގެންދަން ގޭގެ މީހަކާ ހަވާލުކޮށްފައި އައިސް މިތިބެނީ. ފިރިމީހާ ހުންނަނީ ނުކައި މަށަށް ރަށަށް ދެވެންދެން.
1206
28 March 2023
އައި.ޖީ.އެމް.އެޗް އަކީ މުލުންއުޑަށް އިސްލާހުކުރަންޖެހިފައި އޮތް ބޮޑު ހަލާކެއް.
8787
28 March 2023
ރާއްޖޭގަ ނުހުންނާނެ ތިޔަހާ ކޮރަޕްޓް ޑޮކްޓަރުން އުޅޭ ތަނެއް
ކަންބަޅި
28 March 2023
ދުނިޔޭގަވެސް ހުރި އެންމެ ފޭކު ހޮސްޕިޓަލް. ޑޮކްޓަރުން 8 ގަޑިއިރަށް ބަލަނީ 8 މީހުން. ހޮސްޕިޓަލްގަ 1 ގަޑިއިރު ހޭދަކޮށްފަ ދެންދަނީ ގެއަށް ނުވަތަ ކުލިނިކަށް. ކުލިނިކުން ބޮޑުލާރި ހޯދަން ހޮސްޕިޓަލުން ބެލެނީ 8 މީހުން. އެވެސް 3 މަސްކުރިން ކިޔޫގަ ޖައްސައިގެން. ހޮސްޕިޓަލްގެ ނިޒާމަކީ ރާއްޖޭގައި ފެއިލްވެފަވާ ނިޒާމެއް.
ަސޭޑް
28 March 2023
ރުޅިއަރުވަން
ށަލި
27 March 2023
1 މަސް ދުވަސް ކޮށްފަ ފޯނު އައީ ހެދުނު. ހުރީ ތިލަފުށީގައި 4 ގަޑިއިރު ދިނީ ދެން ކެޓީ. އެއް ދުވަސް ކުރިން ގުޅިނަމަ އެދުވަހު ކޮންމެވެސް ގޮތެއް މަސައްކަތަށް ހަދާލެވުނީސް. ކިތަށް މީހުންނާބޭ މި ލަނޑު ދިނީ
ޑ.ހަސަނު
27 March 2023
އެޕޮއިންޓް ގަޑި ކޮންފާމް ކޮއްފަ ގަޑިިޔަށް ނާންނަ ޑޮކްޓަރުންގެ ޕަސަންޓު ވެސް ހާމަ ކުރުމުން ހަމަހަމަ ވާނީ.
އަފްރާސިޔާބު
27 March 2023
ރައްޓެއްސަކު ބުނީ އޭނާގެ ބައްޕަ ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށްފަހު ބަލީގެ ބާވަތް ދެނެގަތުމަށްޓަކައި އައި.ޖީ.އެމް.އެޗް އިން އެމް.އާރ.އައި ހަދަން ނޯޓްކޮށްގެން ހުންނަތާ 6 މަސްފަހުން އެތަނުން ގުޅާފައި ބުންޏޭ މިހާރު އަންނާށޭ. ތިމަންނަ ބުނީމޭ ތިމަންނަ މިއައީ ރާއްޖޭން ބޭރަށް ގޮސް ބައްޕައަށް ފަރުވާ ދީގެން ގޮވައިގެން އައިސް ރަށުގަޔޭ. ބައްޕަގެ ހާލު ރަނގަޅޭ. ބުންޏޯ ޝުކުރިއްޔާއޭ.
1206
27 March 2023
ބަލަ އެޕޮއިންޓްމަންޓް ލިބޭ މީހާ ކަށްވަޅުގައި އޮވެފައި ނުއެއް އަންނާނެ ދޯ؟ އައި.ޖީ.އެމް.އެޗް އިން ލަދުގަންނަންޖެހޭނެ މިކަހަލަ ގޮފަޅު ވާހަކަ ދަައްކަން. އިބޫ ސޯލިހު އަށް ކިބިއްސެއް އެޅޭ އިރަށް ޓެކުހުން މިލިޔަން ޚަރަދުކޮށްފައި ވަކްތުންވަކްތަށް ސިންގަޕޯރ އަށް ފުރިޔަކަސް.