މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 އެޕްރީލް 2023 - 14:20
މާލެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ފުރަތަމަ ފަހަރަށް ޕާކިން ޖާގަތަކެއް ހަދައިފި އެވެ. ސައިކަލް ޕާކުކުރެވޭ ގޮތަށް ޕާކިން ޒޯނެއް ހެދީ މެރީ ބްރައުން ކުރިމަތީގަ އެވެ.
މި ޕާކިން ޒޯންތައް ހެދީ އެ މަގުގައި އިންދައިފައި ހުރި ކަދުރު ރުއްތަކުގެ ދެމެދުން ޕޭވްމަންޓް މަތީގަ އެވެ. ކަދުރު ރުއްތަކުގެ ދެ ފަރާތުގައި ހަ ސައިކަލް ޕާކު ކުރެވޭ ގޮތަށް ޕާކިން ލައިން ވެސް މިހާރު ހުރީ ކުރަހައިފަ އެވެ.
މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "މިހާރު" އަށް ވިދާޅުވީ އެތަނުގައި ސައިކަލް ޕާކިން ހެދީ ހިނގާނެ ޖާގަ ބާއްވާފައި ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން އެތަނުގައި ޕޭވްމަންޓެއް ނުވެސް އޮންނާނެ ކަމަށެވެ. އެތަނަށް އޮތީ ބާވެފައި ހުރި ވެހިކަލްތައް އަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެތަން ސާފުކޮށްފައި ވެހިކަލްތައް ނަގައި، ގާ އަތުރައިފައި އެ އޮތީ،" އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން އެތަނުގައި ޕޭވްމަންޓެއް ނެތްއިރު ވެސް މީހުން ނުހިނގިގެން އުޅުނު ކަމަކަށް ނުވޭ."
ޕޭވްމަންޓް މަތީގައި ޕާކިން ޖާގަ ހެދީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ.
އެތަނުގައި ޕާކުކުރަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.
މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ޕާކު ނުކުރެވޭނެ ކަމަށް ކުރިން އޮންނަނީ އަންގައިފަ އެވެ. އެހެން ވިޔަސް، އެ މަގުގެ އެކި ހިސާބުތަކުގައި ވެހިކަލް ޕާކުކުރާ މައްސަލަ ބޮޑެވެ.
މާލޭގައި ކޮންޓްރޯލެއް ނެތި ވެހިކަލް ގިނަވަމުން ދާތީ، ޕާކު ކުރާނެ ޖާގަ ނުލިބޭ މައްސަލަ ވަރަށް ބޮޑެވެ. އެކި ތަންތަނުގައި ޕާކިން ޒޯންތައް ހެދިޔަސް، ޖާގަ އޮންނަނީ ކުޑަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންސީދީ
04 April 2023
ބަލަ މުއިއްޒުއެއް ނޫންތޯ ތިޔަ މަގު ހެދީ. މަގު ހެދި އިރު އަމިއްލަ އަށް ނޫންތޯ ތިތާގަ އޮންނަންޖެހޭ ޕޭމަންޓް ނުބާއްވާ ތި މަގު ހެދީ. ތިބޭފުޅާ (މޭޔަރު މުއިއްޒު) އަމިއްލައަށް ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ތިޔަ ކުއްވެރި ތި ކުރަނީ.. ކާކަށް ކޯއްޗެއް އޮޅުވާލައްވަންތޯ ތިޔަ އުޅުއްވަނީ
ރޯދަމަސް
04 April 2023
ދެން ކީއްވެ 2 ރުއް ދޭތެރެެއިން ޕާރކިން ދޫކުރާ ވާހަކަ ކުރިން ދޮގުކުރީ؟؟
ކަމަކު ނުދޭ
04 April 2023
މެރީ ބްރައުންގެ ވިޔަފާރިއަށް ފައިދާވާގޮތަށް ޕޭވްމަންޓް ހަނިކޮށްފައި ޕާކިން އަށް ޖާގަ ދިނުން ބަލައެއް ނުގަނެވޭ. ހިގާމީހުންނަށް ޖާޣަ އެބައޮތޭ ބުނާއިރު ފަހަރަކު މީހަކު ސައިކަލުތަކުން ނުނެއްޓިގެން އެންމެ މީހަކަށް ދެވޭ ވަރުގެ ޖާގައެއްގައި ހިގާފައި ދިއުމަކީ އެއީ ހިގާ މީހުންނަށް ޖާގަ ދޭ ގޮތެއް ނޫން. ޕޭވްމަންޓުގެ މެދުގައި ކަދުރު ރުއް އިންދުމަކީ ހަމަ އެކަހަލަ ކަމެއް. މިއީ ރަގަޅަށް މަގު ޕްލޭން ކުރަން ނޭގޭ މީހުން ކުރީމާ ވާގޮތް
ކައިހުސްކޮށްފި
04 April 2023
ތިއީ ޕޭވްމަންޓްތައް ވިއްކާލަން ޖަހާ ފުރަތަމަ މަޅި.
ދމަޒް
04 April 2023
ދެން ހިނގާ މީހުން ހިނގާނެ ކަމެއް ނެތް ދޯ
ރައްޔިތު ކޮއި
03 April 2023
ކީއްކުރަން ކުރިޔެއް މިހާރެއް ކިޔަނީ. މަޤާމާ ޙަވަލު ވާ ހިސާބުން ތީ ކުރަން ޖެހޭ ކަންކަން. ކޮށްފަ ދައްކަން ޖެހޭ ބޮޑު މުސާރަ އާއި އެކު މަޤާމް ޙަވާލު ކުރީ. އަދި އެއްވާހަކަ ލޯކުރިމައްޗަށް ހުންނަ މަގުތައް އެކަނި ސާފު ނުކޮށް ހުރިހާ މަގެއް ސާފު ކުރަން ޖެހޭ އެބަ ބައެއް މަގުތައް ގޮނޑުކަމުން ހިނގަން އުނދަގޫ. ޕޭމަންޓް ހީވަނީ ޑަސްބިން ހެން
ސައުތު
04 April 2023
ތާރައަޅާ އެ މަގު ހެދީ ވެސް މީނަ. މީނަ އެތާގަ ޕޭމަންޓް ނުހަދާ އޮތް ވާހަކަ އަމިއްލަ އަށް އަމިއްލަ މީހާއަށް ގޮވާފަ ދެން މި ބުނަނީ އެތާ ނެތޭ ޕޭމަންޓެއް ހަދާފަވެސް
އަކްރަމު
03 April 2023
ޝިފާއަށް ވޯޓް ނުދީ މުއިއްޒު އަށް ވޯޓް ދެވުނީތީ އުފާ ކުރަން. މުއިއްޒު ވަރެއް ނެތް
ފާރިޝު
03 April 2023
ތިކަމުން މިއަދު ރައްޔިތުންނަށް ވަރަށް ފައިދާ ވާނެ. ބޭރުމަގުން މި ލިބުނީ ޕާކު ކުރާނެ ޖާގަ
ސިރާޖު އިބްރާހިމް
03 April 2023
ތިތަނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ތި ހިފީ. ވަރަށް ބަރާބަރު
ޝަޒުހާދު
03 April 2023
ކޮބާ އިބުރާހިމުގެ ޕާކިން ވައުދު؟ މިއަދު މިކަންވެސް ކުރަމުން މި ދަނީ ހަމަ މުއިއްޒު.