ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ އިމާރާތް: އެ ރަށުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މިިދިޔސ އަހަރު ވަނީ އިއުލާން ކޮށްފައި -- ފައިލް ފޮޓޯ: މިހާރު
12 އެޕްރީލް 2023 - 10:27
ހއ. ހޯރަފުށީގައި އަޅާ އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން އަންނަ އޮގަސްޓްގައި ފެށޭ ދިރާސީ އާ އަހަރު ފެށޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށުގެ ކައުންސިލްގެ ސްކޫލު އިމާރާތަކީ އެކި ވިޔަފާރިވެރިންނާއި އެމްޓީސީސީގެ އެހީގައި މި އަހަރު އިމާރާތްކުރި ތަނެކެވެ.
ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ ތައުލީމީ އާ އަހަރާ އެކު އެ ސްކޫލުގެ ކިޔެވުން ވެސް ފެށޭނެ ކަމަށެވެ.
"ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލް"ގެ ނަން ދީފައިވާ އެ ސްކޫލުގައި ކިޔަވައިދޭން ފަށަނީ ޕްރީސްކޫލުންނެވެ. ކޮންމެ ކްލާހެއްގައި 20 ކުދިންނަށް ކިޔަވައިދޭ ގޮތަށް ތިން ކްލާސްރޫމު ހުރެ އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ބިންގާ އަޅާފައި ހުރީ މައްޗަށް އިތުރު ކްލާސްރޫމުތައް ހެދޭ ގޮތަށް ކަމަށާއި ފަހުން ޕްރައިމަރީ ގްރޭޑްތަކާއި ސެކްންޑްރީ ގްރޭޑްތައް އިތުރުކުރާނެ ކަމަށެވެ.
އެ ސްކޫލުގައި ޕްލޭ ގްރައުންޑަކާއި ގުދަނަކާއި ޕަބްލިކް ފާހާނާއަކާއި ދަރިވަރުންނަށް ހާއްސަ ހަތަރު ފާހާނާ ހުރެ އެވެ. އެ އިމާރާތުގައި ތިން ކްލާސްރޫމްގެ އިތުރުން ޕްރިންސިޕަލް ރޫމަކާއި ސްޓާފްރޫމަކާއި ރިސެޕްޝަން އޭރިއާއެއް ވެސް ހުރެ އެވެ.
އެ ރަށުގައި އިންޓަނޭޝަނަލް ސްކޫލެއްގެ ހިންގުމުގެ މަގުސަދަކީ ޕްރީ ސްކޫލުގެ މަރުހަލާއިން ފެށިގެން ކީ ސްޓޭޖު 5 އާ ދެމެދުގެ ދަރިވަރުންނަށް، ޒަމާނީ ވަސީލަތްތަކާ އެކު ދުނިޔޭގެ ކުރިއަރާފައިވާ އެޑިއުކޭޝަން ސިސްޓަމްތަކާ އެއް ފެންވަރެއްގައި ޒަމާނީ ތައުލީމު ރަށުގައި ތިބެގެން އުނގެނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ކައުންސިލުން ބުންޏެވެ.
އެ ސްކޫލު ހިންގުމަށް ދޫކުރާނެ އެންމެ ކުރު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރެވެ. އަދި އެންމެ ދިގު މުއްދަތަކީ 15 އަހަރެވެ. ތަން ހިންގާނެ ބަޔަކު ހޯދަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. އެކަމުގައި ނިންމި ގޮތެއް ކައުންސިލް ނުބުނެ އެވެ. ކައުންސިލުން ބުނީ ސްކޫލުގެ އިމާރާތްތަކާއި ވަސީލަތްތައް، ބިޑް ކާމިޔާބުކުރާ ފަރާތަކަށް އެގްރީމެންޓް ކުރެވޭ މުއްދަތަށް ދޭނީ އެއްވެސް ކުއްޔަކާ ނުލައި ކަމަށެވެ. ކައުންސިލުން ބުނީ ކުލި ނުނަގަނީ ދަރިވަރުންގެ އަތުން ނަގާ ފީ ނިސްބަތުން ކުޑަކުރުން ކަމަށެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބޭ
13 April 2023
ތަން ހިންގަނީ ހަވާލުކުރި އެވިޑް ކޮލަޖާއި، 1500 ރުފިޔާ ކޮންމެ ކުއްޖަކު މަހަކީ ދައްކަންޖެހޭ، އަތޮޅު މަދަރުސާގަވެސް އޮވޭ ޕްރީސްކޫލް ހިލޭ ކިޔެވެން. 3 ކޮޓަރިއާ 4 ފާހާނައާއި ގުދަނެއް ނުނިމިގެން އުޅޭތާ 4 އަހަރު، އަދިވެސް ތަނުގަ ސިމެންތީގެ މަސައްކަތް ނުނިމެ ހިޔާ ނުކުރެ، ދިރާސީ އަހަރު ފެށެން 2 މަސްވީ. ކައުންސިލްގެ ފޮނިކެޑުން ރައްޔިތުންނަށް އިނގޭ
ބޮޑުމީހާ
12 April 2023
ތި ފައިސާ މިހާރު ހުރި ސްކޫލު ހަރުދަނާކުރަން ޚަރަދުކުރެވުނުނަމަ ރަށަށް މާބޮޑަށް ފައިދާވީސްކަން ކަށަވަރު. ކިތަންމެ އިންޓަރނޭޝަނަލް ކިޔަސް ތިތަނަށްވެސް ކިޔަވައިދޭން ދާނީ މިހާރުވެސް ތިރަށު ސްކޫލުގަ ތިބި މުދައްރިސުން. މާލެ އިން ކެމްބްރިޖް ލަންޑަންއިން ތިތަނަށް ކިޔަވައިދޭން ބަޔަކު ނާންނާނެ، އެހެނެއް ނޫން ސަރުކާރުތަކުން ޕްރޮޖެކްޓްތައް ފަށަން ދޮންފަރަންޖީ ފޭކް އިންވެސްޓަރުން ގެންނަ ގޮތަށް މަސްދުވަހަށް ދޮން މީހަކު އަތުވެދާނެ
ޙަސަން ކުރުސީ
12 April 2023
ތިޔަ އިންޓަރނޭޝަނަލް ސްކޫލްގައި ކިތައް އިންޓަރނޭޝަނަލް ދަރިވަރުން ކިޔަވަން ބައިވެއްޖެތޯ! ކެމްބްރިޖް ޕްރިސްކޫލް ކަރިކިއުލަމަށްތޯ ކިޔަވާދެނީ! އިންޓަރނޭޝަނަލް ސްކޫލެއްތޯ ނުވަތަ ރަށުސްކޫލްގެ ނަންބޯޑުގެ ކުރިޔަށް އިންޓަރނޭޝަނަލް އިތުރުކޮށްލީތޯ!
ސީއެސްއާރު
12 April 2023
މިތަނެއް ހަދަން އެމް.ޓީ،ސީ.ސީ ވަންނަންޖެހުނީ ކީއްވެ؟ ދެން ބުނޭ ސީ.އެސް.އާރޭ! ސަރުކާރު ކުންފުނިތަކުގެ ސީ.އެސް.އާރަކީ ބޮޑު ކޮރަޕްޝަނެއް. އެމް.ޕީން ރުއްސަން ހަދިޔާ ބެހުމާ، ސަރުކާރުގެ ކެމްޕެއިނަށް ރިޝްވަތު ދިނުމާ، ކުންފުނިތަކުގެ ބޮޑުންގެ ރަށްޓެހިންނަށް ހަދިޔާ ބަހަން އޮންނަ އެއްޗެއް. ސަރުކާރު ކުންފުނިތަކުގެ ސީ.އެސް.އާރުން ހަރަދުކުރެވޭނެ ހަރުދަނާ، ހާމަކަންބޮޑު އަދި ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ. މިހާރުތީ ކޮރަޕްޝަނުގެ ދޮރެއް!
ކޯޑިންގ
12 April 2023
އެފްރިކާގެ ކެންޔާގެ ސްކޫލް ކަރިކިޔުލަމް އަށް މިހާރު ކޯޑިންގ އާއި އާޓްސް އިތުރުކޮށް ޒަމާނީ ޓެކްނޮލޮޖީ ވަނީ ބޭނުންކުރަން ފަށާފަ، އެފްރިކާގެ ގައުމުތައް ކުރިއަރާގެން ދާއިރު، ދިވެހިރާއްޖެ މިކަމުގަ ވިސްނުން ބަދަލުކޮށްގެން ނޫނީ ކުރިޔަށް އޮތް 20 އަހަރުތެރޭގަ ދިވެހިން ގަމާރު ތަންދޮރުނޭގޭ ބަޔަކަށް ބަދަލުވާނެ.
އައިސްތް
12 April 2023
ތިޔައޮތީ އިންޓާރނާޝަނަލް ސްކޫލެއް އިފަންވެފަ
ހުނިނަަ
12 April 2023
އިންޓަނޭޝަނަލް މިވާގޮތް ބުނެދީބަލަ. ބޭރު ކުނފުންޏަކުން ހިންގީމަތަ؟ ރާއްޖޭގަ ސަރުކާރު ސްކޫލްތަކުގަ ވެސް ކިޔަވައިދެނީ ކެމްބްރިޖް ސެޓްފިކެޓެއް ނޫންތަ.
ޔަހުޔާބެ
12 April 2023
ވަރަށް ކުރުކޮއް. ޢެއްތަނުން ކިޔަވާދޭނީ ސެޓްފިކެޓަށް. އެންމެ ރަގަޅު ވަސީލަތްތައް ބައެއްވަގުތު ނުހުރުދާނެ. ޢިނަޓަނޭސަނަލް ސްކޫލް ވަށާޖެހޭ ތައުލީމެއް ކުދިންނަށް ދެވޭތޯ ބަލާނެ. ޢިތުރު ވަސީލަތްތަށް، އިތުރު ބަސްދަސް ކުރުން. ކޮލިޓީ އެޑުއުކޭސަނެއް ދެވޭތޯ ބަލާނެ.
ޔޯލަ
12 April 2023
އަދި ތަން ނުވެސް ނިމޭ.. އެކަމު ކިޔަވައިދެނީ ޔޯލަ... 4 އަހަރުވެއްޖެ އެމްޓީސީއަކުން ކުޑަ ކުޑަ އިމާރާތެއް ހަދާތާ 3 ކޮޓަރިވަރުގެ