09 އެޕްރީލް 2023 - 14:53
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ތަކެތި އަތުލައިގަތީ، މިދިޔަ މަހު 29 އާއި 31 ގައި ކުރިއާ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެއަށް ގެނެސްފައިވާ ކޮސްމެޓިކްސް ޕެކޭޖުތަކެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެ ތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މަސްތުވާތަކެތި ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބަލައި ފާސްކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި ހަ ދަޅަކުންނާއި 31 ވަނަ ދުވަހު ބަލައި ފާސްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި ހަތަރު ދަޅަކުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި.-- ފޮޓޯ: ކަސްޓަމްސް
އެ ބަޔާނުގައި ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 1.8 ކިލޯ ހުރި ކަމަށް ވެސް ބުންޏެވެ.
އެ ތަކެތީގެ މަގުމަތީ އަގަކީ 3,240,000ރ. ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
"މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހާވާލުކުރެވިފަ އެވެ،" ކަސްޓަމްސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖީދު
09 April 2023
ޑުރަގު އަތުލީމާ ކީއްކުރާނީ. ޢަތުލާނެ ކަމެއްނެތް.
އެންދެރި
09 April 2023
ސާބަހޭ އަތުލާފަ ބަހައްޓާ. ކަސްޓަމްސް އިން އަބަދުވެސް އަތުލާ. އެކަމަކު ކޯޓުތަކުން މައްސަލައަށް ވާގޮތެއް ނޭގެނީ
ސސ
09 April 2023
މަސްތުވާ ތަކެތީގެ އަގުގެ ހުރި ބޮޑުމިން މިކަހަލަ ކޮންމެ ޚަބަރެއްގަ ޖެހުމުގެ ބަދަލްގަ އޭގެ ގެއްލުމުގެ ބޮޑުމިން، އިންސާއާއި، އިންސާނުންގެ ހަޔާތަށް ކުރާނެ ގޮތް ޖަހާލަބަލަ. ހިތާމަހުރި ކަމެއް މިތަކެތީގެ އަގުގެ ވާހަކަ ދައްކާތީ ތަކުރާރުކޮށް.
އިބުލޭ
09 April 2023
ބައި އިލެކްޝަނުގައި ކުދިންކޮޅަށް ބަހާލަން ގެނައި އެތިކޮޅެއް އުތަ
މަޖަލެކޭ
09 April 2023
އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތީ މިސަރުކާރުންނާ ބަޔަކު ފަޚުރުވެރިކަމާއެކު ކިޔާތީ އަޑު އަހަން. އެހެންވާނެތާ. މިޔަށްވުރެ ގިނައިން މިތަކެތި އެތެރެ ކުރާނެ ކޮޅުތައް ލިބިގެން ތަކެތި އެތެރެކުރެވޭލެއް ގިނަވީމާ. މިކަހަލަ ކޮޅުތައް އިތުރު ވުމަކީވެސް މިސަރުކާރަށް ލިބުނު ކާމިޔާބެއްނޫންތަ. މިކަންވެސް ހަމަ އަޑަށް ބާރުލާފަ ކިޔާނެ ބަޔަކުވެސް ތިބޭނެނު. ދެން ފަންސރު ތުނޑު ނެތިގެން ޤާނޫނުފޮތުގެ ބޭރު ގަނޑު ނެތިގެން ދޫކޮށްލީމަ ނިމުނީނު. އެނުވާކަމަކަށް ވީނު
ވަނެ
09 April 2023
ތިހަވާލުވާނެ މީހަކު ވެސް ނުވާނެ، ތިހިސާބުން ތިނިމުނީ ،