ގަމު ފެނަކަ ބްރާންޗު މެނޭޖަރު ފާރޫގް
10 އެޕްރީލް 2023 - 11:45
ލ. ގަން ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެ، އިންޖީނުތައް ހުއްޓުނު މައްސަލައިގައި އެ ތަނުގެ މެނޭޖަރު ފާރޫގް ހުސެއިން އިއްޔެ ސަސްޕެންޑުކޮށްފި އެވެ.
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ގަމު އިންޖީނުގެއިން ތެޔޮ ހުސްވީ ސްޓޭޝަންގެ އިސްވެރިއާ އުއްމީދުކުރި ގޮތަށް ކަންތައް ނުވެ، އޭނާ ދޭންޖެހޭ އިރުޝާދު ނުދިނުމުން ކަމަށެވެ.
ގަމުން ތެޔޮ ހުސްވެގެން އިއްޔެ މެންދުރު ގަޑިއެއްހާ އިރަށް މުޅި ރަށުން ކަރަންޓް ކެނޑުނެވެ.
އެހެންވެ، އެ ސަރަހައްދުގައި އެ ވަގުތު އުޅުނު އެފްއެސްއެމްގެ ބޯޓުން ވަގުތުން ތެޔޮ ގަނެ، ގާތްގަނޑަކަށް ގަޑިއިރެއްގެ ތެރޭގައި ގަމަށް ކަރަންޓު ދީފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިހުމާލުން ޑީސަލް ހުސްވި މައްސަލަ ބަލައި ނިމެންދެން ފާރޫގް އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
"ވެރިއަކަށް ހުރި މީހާ ދޭންޖެހޭ އިރުޝާދު ނުދިނީމަ ވީ ގޮތެއް އެއީ،" ސައީދު ވިދާޅުވި އެވެ.
ތެޔޮ ހުސްވެގެން ރަށްރަށުން ކަރަންޓު ކެނޑުމަކީ އާއްމުކޮށް ހިނގާ ކަމެއް ނޫން ކަމަށް ފެނަކައިން ބުނެ އެވެ. ކަރަންޓު ކެނޑުމުގެ މައްސަލަ ގިނައިން ދިމާވަނީ އިންޖީނަށް މައްސަލަ ދިމާވެގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
7878
11 April 2023
ތިޔަ މީހާ ވާނީ ކޮންމެވެސް ދޯންޏެއްގެ ފަޅުވެރިޔަކަށް ހުއްޓާ މީސްމީހުނާ ދިމާޔަށް ހަޑިހުތުރު އެއްޗެތި ކިޔާތީ މަގާމު ދީފައިވާ މީހަކަށް. ނުކެރޭނެ ކަނޑާކަށް!
ޖުހާ
11 April 2023
ކުންފުނި ތަކަށް ދޭންޖެހޭ ރުފިޔާ ނުދީ ހުރުމުމަކީ ކާކު ޒިންމާ އެއްތާ?
އީދު ކަތިލުން
11 April 2023
އަޅެ ފާރޫގު ކަތިލީ ކޮންކަމަކާތޯ؟؟ މާލެ އޮފީސް ހަދައިގެން މިކަންކަން ބަލަހައްޓަން ތިބި ވެރިން ކުރަނީ ކޮންކަމެެއްތޯއެވެ. ބުރާންޗްގެ ވެރި މީހައަށް އޮންނާނީ ތެޔޮގަންނަން އެންގުމާއި ލިބުނު ތެލެއް އިންޖީނަށް އެޅުމެވެ. މާލޭގައި އޮފީސް ހަދައިގެން 400 މީހުން ލައްވައިގެން ތިޔަ ކުރައްވާ ކަމެއް އަމުދަކުން ނޭގުނެވެ. އަހަރުމެން ބްރާންޗްތަކުން ތީގެއިން ވެރިޔަކަށް ޚާއްސަކޮށް ޕޮރްކިއުމަންޓް ފައިނޭންސް އެޗްއާރަށް ގުޅިޔަސް ފޯނުނުގައެވެ. ޤުރުބާންކުރަނީ އަހަރުމެން.
ލޯބި ކެފޭ
10 April 2023
ފެނަކަ މިހާލަތަށް ފޮނުވައިލީ ސަރުކާރެވެ. އަދި ސަރުކާރަށް ތާޢީދުކުރާ އެމްޕީންނެވެ. މިމީހުންގެ ސައިބޯ ހޮޓަލަކަށް ފެނަކަ ހަދައި، ފެނަކައިގެ އެޗްއާރުގެ ވެރިޔާ މިމީހުންގެ ކޮކްޓެއިލް ޝެފްކަށްވީކަން ސަޢީދުއަށް އެނގޭނުހެން ހީވެސް ނުވެއެވެ.
އަލިބީ
10 April 2023
ފެނަކައިގެ އެޗްއާރުކީ ސައީދުގެ ވަޒީފާގެ ހިމާޔަތޯ ތިމަންނައަށް ކަމެއް ވެއްޖެނަމަ އީސަމެން މަޑަކުން ނުތިބޭނެއެވެ. ރޮޒެއިނާ ސުވާލުކުރާނެެއެވެ! އަޅެ ސައީދުމިއީ ޕަޕެޓެއްތަ؟ މުއައްޒަފުންގެ ކޮންޓްރޯލްވެސް މަޖިލިސްއަށްދީގެން އަދި ހަމަ އެމެންބަރުން ދައްކާ މިފަދަ ވާހަކަތަކަށް ބަރޯސާކޮށް ފިޔަވަޅެއް އަޅަން ނުކެރޭއިރު އެއްކަލަ ކާރުގައި މީނާ ގޮވައިގެން ރޯދަކުރުކުރަން ދުއްވަން! ދެންއައިސް ކޮފީތަކުގައި މިއައީ ދުއްވާލަން ގޮސްސައޭ ކިޔައި ފޮނިކަޑަން!
ކޮސްބޮލާ
10 April 2023
އެޗްއާރުގެ ވެރިޔަކަށް ހުންނަ މިހާ ކޮފީ ޝޮޕްތަކުގައި ސައީދުއާއި އެތާގައި އުޅޭ އަންހެން މުއައްޒަފަކާއި އަޅުވައި ކިޔާއިރު، ތިމާގެ މީހުންވެސް ތިބިތޯ ނުބަލާ! އެކަމަކު މިހުރީ ފެންވަރު! ތިމާގެ މޮޅުކަމަކީ ވެރިޔަކަށް ހުންނަ މީހާއަށް ކޮފީ ޝޮޕްތަކަށް އަރާއި އެމީހާ ނެތް ތަންތަނުގައި ތިމާއަށް ނޫނީ ނޭގޭނެ ފަދަ ވާހަކަ ދައްކައި އަބުރު ކަތިލައި އެމީހެއްގެ ޒާތީ ކަންތަކާއިބެހި ތިމާމެން ކުރާ ވިޔާނުދާ ކަންތަށް ވެރިޔަކަށް ހުންނަ މީހާގެ ބޮލަށް ކެނޑުމެއް ނޫނެވެ.
އަސްލޭޓް
10 April 2023
ށ. ކޮމަންޑޫ ކޮންމެ މީޓަރަކަށް މުއައްޒަފެއް! މައްސަލައަކީ ފެނަކައެއް ނޫނެވެ. ސަރުކާރެވެ! 24 މީހުންނަށް ވަޒީފާދީގެން ހިންގޭނެ ތަނަކަށް 70 އަށް ވުރެ ގިނަމީހުން ވައްދައިގެން އުޅެނީ ސަރުކާރުގެ ސިޔާސީ ބޭނުމަށެވެ. މިރަށް ރަށުގައި އުޅޭ ރައްޔިތުންވެސް ބޭނުންވަނީ މިގޮތެވެ! އަސްލު މައްސަލައަކީ ސަރުކާރާއި މެމްބަރުންނެވެ. ދެން ފެނަކައިގެ އެޗްއާރުގައި ހުރި ބުރާންތިކަމެވެ.
އަލި
10 April 2023
އެސް.ޓީ.އޯ އަށް 1.8 ބިލިއަން ދަރާފަ އޯ!. އެނުދައްކާތީ ތެޔޮވެސް ދޭނެ މީހެއް ނުވަނީ.
ލުބްލާ2023
10 April 2023
ނަސީބެއްނު އިންޖީނަށް ފިޔަވަޅު ނޭޅިކަން.
ސުލޭމާނު
10 April 2023
މެނޭޖަރެއްނޫން ސަސްޕެންޑް ކުރަންވީ. ސައީދު ގެއަށް ފޮނުވަންވީ. ސައީދުގެ ނުކިއްސަރު މެނޭޖްމަންޓުގެ ސަބަބުން މުޅި ސަރުކާރަށްވެސް މިވަނީ ބޮޑު ލަދުވެތިކަމަކާ ކުރިމަތި ލާންޖެހިފައި. ދެން އަންނަ ވެރިކަމެއްގައި މި ދައުވާ ނުކުރެވޭނެ ގޮތެއް ނޯންނާނެ. ގަސްތުގައި ކުންފުނި އިނދަޖައްސާލުމަށް ވުރެ ބޮޑު ގެއްލުމެއް ކުންފުންޏަކަށް ނުދެވޭނެ.
ބޮޑުމީހާ
10 April 2023
2.8 ބިލިއަން ރުފިޔާގެ ދަރަނި. މިވަރުންވެސް މިރާއްޖޭގެ ހިންގާ ހުރިހާ ކުޅިވަރު މުބާރާތްތައް ސްޕޮންސަރކުރޭ، ހުރިހާ ނޫހަކަށް ބަރާބަރަށް ފައިސާދެވޭ. ކުންފުންޏަށް ބޭނުންނުވާ އެތައް މުވައްޒަފުންނެއް. ރައްޔިތުންވެސް ބޭނުންވާގޮތް މީ. ރަށެއްގެ އިންޖީނުގެއިން 4-5 މީހަކަށް ވަޒީފާދޭއިރަށް ހުރިހާ ވޯޓެއް ލިބޭ.